މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ، އުމުރުން 57 އަހަރުގެ އެ ބިދޭސީ ފިރިހެންމީހާގެ މަރުގެ ރިޕޯޓު ލިބުނީ ހެނދުނު 11:45 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ސަރަހައްދުގައި ހުންނަ ކުލުނު މެޑިކަލް ސެންޓަރު ކައިރީ ހުންނަ ގެއަކުންނެވެ.
އެ މަރާ ގޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަށް ނުދެ އެވެ.