ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުވި ތިން ވަޒީރުން: ޒުވާން މެމްބަރުންނާ އެކު ޖުމްލަ 17 މީހަކު ރޭ ވަނީ އިންތިހާބުކޮށްފައި.
19 ޖޫން 2022 - 10:50
ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމަށް މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލާއި ޕީޕީއެމްގެ ވެރިކަމުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާ އެކު 17 މެމްބަރުން ރޭ އިންތިހާބުކޮށްފި އެވެ.
އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ކައުންސިލަށް އަލަށް އިތުރުކުރި 10 މެމްބަރުންނާއި ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވީ ކައުންސިލްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ކައުންސިލަކީ، އެ ޕާޓީގެ މުހިއްމު ނިންމުންތައް ނިންމާ، އިސް ގުނަނެވެ.
ޕީޕީއެމުން އަލަށް އިތުރުކުރި 10 މެމްބަރުންގެ ގޮތުގައި ކައުންސިލަށް އިންތިހާބުވި މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ އެކި ހަރަކާތްތަކުގައި އުޅޭ ޒުވާނުން ހިމެނެ އެވެ. އޭގެ އިތުރުން ކައުންސިލަށް ފަސް އަންހެން މެމްބަރަކު ވެސް ހޮވި އެވެ.
Congratulations the newly elect council members of PPM. pic.twitter.com/cK4evzMaQA
— علي ادم (@KakaageAli) June 18, 2022
އަބްދުﷲ ނާޒިމް އިބްރާހިމް
ތޯރިގް އިބްރާހިމް
މުހައްމަދު އަމީން (ކެޕްޓަން އަމީން)
ޑރ. ޖިހާދު
މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
ހަމްދާން ޝަކީލް
އަހްމަދު އައިފާން
ޑރ. މުހައްމަދު ޝާފިއީ އަބްދުލް މުންނިމާ
އަހްމަދު މުހައްމަދު ވަހީދު
މުހައްމަދު ވަޖީހް އިބްރާހިމް
މުހައްމަދު މަލީހް ޖަމާލް
އިބްރާހިމް ރައްޒާން (ޓަކީ)
ޝެރީން އަބްދުއްސަމަދު
ޖަމީލާ އަލީ ހާލިދު
ޒީނާޒު އަދުނާން
އާމިނަތު ޝިޔާން (އާނަ)
އާމިނަތު ނާސިހާ
ކައުންސިލަށް 10 މެމްބަރުން އަލަށް އިތުރުކުރަން ނިންމީ މި މަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި، އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގެ ހ. ގެ 16 ވަނަ ނަމްބަރަށް ބަދަލު ގެނެސް އިތުރު މެމްބަރުންނަށް ވަނީ ފުރުސަތު ދީފަ އެވެ.
ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލް 101
20 June 2022
ރާއްޖެ ދުށް އެންމެ ކާމިޔާބު ކްލައުން : މަލީހު ޖަމާލް. ރީތި ބޮޑު ފްލޮޕެއް. ކޮންމެ ދައުރެއްގަ އެއްކޮޅުގަޔާ ދެކޮޅުގަ ހޭކިފަ ފެއިލްވެގެން ނިމޭނީ. ދެކޮޅުގަވެސް އެއްކޮޅުގަވެސް މީނަޔަށް އަސްލު ތާއީދު ކީއްކުރަން އިހްތިރާމެއްވެސް ކުރާ ހަމައެކަނުވެސް ނޫޅޭ. މިފަހަރު ތިޔަ ލިބުނު މަގާމަކީ ޖަމީލު ޔާމީނަށް ވަކީލުކޮށްދިންކަމުގެ ފީ.
ސަދަން
20 June 2022
ރަނގަޅުތާ.. އެއްކަމެއް ނުވިޔަސް އަބަދުވެސް މިނިސްޓަރަކަށް ވުމުގެ ފުރުސަތު އޭނަ އެބަ ހޯދާ.. އެތަކެއް ފައިސާއެއް ލިބިއްޖެ، މިހާރު ބޮޑު މުއްސަންޖެއް އޭނައަކީ
ހަފުސް
20 June 2022
އެއްވެސް ޝައުގްވެރިކަމެއް ނެތް! ކޮންކަމެއް ކުރެވޭނެ ބަޔެއްތަ؟
އެނދިމަރިޔަނބު
20 June 2022
ކިތައް މަލީހުތަ އުޅެނީ؟ ހައެއްކަ މަލީހު އުޅޭހެންވެސް ހީވޭ އެބަ، ޖޭޕީ ކައުންސިލެއް ހެދިޔަސް މަލީހު އެތާ، ޕީޕީއެމް ކައުންސިލެއް ހެދިޔަސް ހަމަ މަލީހު، ކޮންމެ ބަޔަކު ބަޔަކު ވެރިކަމުގަ އޮތަސް ވަޒީރަކަށް މަލީހެއް ހުރޭ. އަނެއްކާ ފުވައްމުލަކު މީހުން މީނަ ކްލޯން ކުރީތަ؟
ޟީލްސް
20 June 2022
މުހައްމަދު މަލީހް ޖަމާލް ޕިސް ޕިސް. މިނޫން މީހަކު ނެތީބާ!!!
ފޯޅި
19 June 2022
ތި މަލީހު ހޮވުމަށް ވުރެ ރަގަޅުވާނެ. ތިތާ މަގުމަތީގަ އުޅޭ އާސްތު ހޮވި ނަމަވެސް.
ހުސްނުހީނާ
19 June 2022
ލަޓޯ ފަޓޯ....
އެއާރ މޯލްޑިވްސް
19 June 2022
ކެޕްޓަން އަމީނު ދޯ.....ޕަކާސް ޕަސް
ގުދުގުދުލީ ބެއްޔާ
19 June 2022
ތި މީހުންގެތެރޭގަ އެކަކުވެސްނެތް ވައްކަން ކުރާ ވައްތަރުޖަހާ. ރަގަޅު ޓީމެއްކަމަށްފެނޭ.
ސަދަން
20 June 2022
މުހައްމަދު އަމީން (ކެޕްޓަން އަމީން) އާއި މަލީހުމެން ތިއްބާ ތިޔަހެން ތިބުނީ؟ ދެން ކީކޭ ދޯ ބުނާނީވެސް. ގައިމު މިނިސްޓަރު ކަން ކޮށްފައި ރިސޯޓެއް ވަރުގެ ގެސްޓްހައުސް ތޯރިގުމެންވެސް އެބަ ގެންގުޅޭ.. ހަމަ މިނިސްޓަރުކަން ކޮށްލި ކަމަށްޓަކައި އެއްކުރެވޭހާ ފައިސާއިން ވާ ކަމެއްތަ؟ އަހަރެން ހަމަ އަޖައިބު ވެއްޖެ!
ކިނބޫ
19 June 2022
މަލީހު ހޮވީ ކީއްކުރަން! ބޭކާރު މީހުން އެއީ. ހަރުދަނާކަމެއް ނުހުރޭ. ނާޒިމް އާއި ތޯބެއަށް މަރުހަބާ!
ފޮނިޓައްޕު ހަސަނު
19 June 2022
@ އަލްފާއިލް ފުވައްމުލަކު މަލީހު ޖަމާލުއަށް ދިވެބަހުގެ ހަރުބަހެއް އޮވާ "ލާނޑާ ވާނީ ލަނޑާ އަށެވެ". ވަރަށް ވެދުން.