ޚަބަރު / ނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރި ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނަން: ސަރުކާރު

މަސްދަރު ހާމަކުރަން ލާޒިމްވާ މާއްދާއާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ: އެ މާއްދާ ދިފާއުކޮށް ސަރުކާރުން މިރޭ ވަނީ ބަޔާން ނެރެފައި --- ފޮޓޯ/މިހާރު

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ބުނެ، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާބެހޭ ގާނޫނު އޮތް މާއްދާ ސަރުކާރުން ފުރަތަމަ ފަހަރަށް ދިފާއުކޮށް، ރައީސް އޮފީހުން މިރޭ ބަޔާނެއް ނެރެފި އެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ބިލު ތަސްދީގެ ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ނޫސްވެރިން ވެސް ދިޔައީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކޮށް، އަދި ގިނަ ބައެއްގެ ހިޔާލު ހޯދުމަށް ފަހު ކަމަށެވެ. އަދި އެ ގާނޫނު އޮތްގޮތުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި އަދި ވަކި ހާއްސަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އަދި މަސްދަރު ހާމަކުރަން އެންގިޔަސް، އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ އެވެ. އަދި ނޫސްވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަބަދުވެސް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްއެމްސީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ކަންބޮޑުވުމަކީ މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ގާނޫނުގައި ހިމެނިއިރު ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ވެސް ހިމަނާފައި އޮތުމެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވުން އެއްވެސް ގާނޫނެއްގައި މާނަކޮށްފައި ނުވާތީ އާދައިގެ ކަންކަމުގައި ނާޖާއިޒް ގޮތުގައި އޭގެ ބޭނުން ހިފުމުގެ ފުރުސަތު އޮތުމެވެ.

މަސްދަރު ހާމަކުރަން ކޯޓުން ނެރޭ އަމުރުތައް އިސްތިއުނާފް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏަސް، އެގޮތަށް އެ ގާނޫނުގައި ބުނެފައެއް ނެތެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ކުރިން ނޫސްވެރިޔާގެ ބަހެއް ކޯޓުން ހޯދާކަށް ވެސް ނުޖެހެ އެވެ.

23 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެބުރީ

23 July 2022

ނޫސްވެރިކަމަށް ހުރަހެއްނާޅާނެ. ނިންމާލާފަ ނޫހަށްލާ ބޮނޑިކޮށްލާފަ ޑަސްޓްބިނަށް އަޅާނީ... ހެހެ

The name is already taken The name is available. Register?

އިބްރ

23 July 2022

ހުރަހެއް ނާޅާނެ. އެކަމަކު ސަރުކާރުން ނޫސްވެރިކަމަށް ހުރަސްއަޅާތީ ނޫސްވެރިން ތެޅިފޮޅެނީ. ކުރިން ބުނިއެތި ކެންސަލް.

The name is already taken The name is available. Register?

މިކޮމެންޓް ސެކްޟަން ރަނގަޅަށް ހިންގާތި

23 July 2022

ލިޔެބަލަ ބޭނުން އެއްޗެއް. މިތަން ހައްލުކޮއްބަ. މި ސިޔާސީ މީހުންނައް ކީއްކުރެވޭނީ. ﷲ ތިބޭފުޅުންނަށް ކާމިޔާުުބު ދެއްވާނެ. ދިވެހިންކަން ދައްކާތި. ތިވެސް ކުރެވޭގޖިހާދް މިތާ މީޑިޔާގަ އެއްވަނަތީ.

The name is already taken The name is available. Register?

200000

22 July 2022

ނޫސް ވެރިން ލިޔެ ބަލަ. އެކަމުގެ މިނިވަންކަން އެބައޮތް ދެން ފަހުނެނު ހައްޔަރު ކުރާނީ. އެކަން ކުރާނީ ފުލުހުން ދޯ

The name is already taken The name is available. Register?

އަބްޑޫޅް

22 July 2022

2008 ވަނަ އަހަރާ ހަމައަށްވެސް ހުރަހެއް ނޭޅޭ. އެހާތަނަށް ހަމަ އެކަނި އެޅުނީ އަނދަގޮނޑި.

The name is already taken The name is available. Register?

ބިއްލޫ

22 July 2022

މި ބިލުގެ ސަބަބުން ކޮމެންޓުކުރާ މީހުންގެ މައުލޫމާތުވެސް ދޭންޖެހޭނެތާދޯ ހަބަރުތަކަށް

The name is already taken The name is available. Register?

މިއީ މަބުނާ ވާހަކަ

22 July 2022

މިވާހަކަ އަށް ބުނެލަން. ދީނުގެ ނަމުގަވިޔަސް އެހެން ނަމެއްގަ ވިޔަސް ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން ޓެރަރިޒަމް މަނާކުރާ ގާނޫނެއް ހަދާފަ އެބައޮތް. މަސްދަރަކާ ހަވާލާދީ ނޫސްވެރިން ލިޔާ ލިޔުންތަކަކީ ނޫސްވެރިން ޓެރަރިސްޓުންނަށް ވުމެއްނޫން. ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާކުރާ ބަޔަކަށް ވީއެއްވެސް ނޫން. ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ނޫސްވެރިޔާ ލިޔާނަމަ އެއީ ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށް ބެލިދާނެ.

The name is already taken The name is available. Register?

ނަމުން މޮޅުމީހެއް

22 July 2022

ނޫސްވެރިން ދައްކާނެ ވާހަކައެއް ދައްކާފަ ލިޔާނެހާ ލިއުމެއް ލިއުމުގެ މިނިވަންކަން ތަންމިނަށް މިސަރުކާރުން އެއޮތީ ދީފަ. ނުލިޔާކަށްވެސް ނެތް ބުނެފައެއް. މީނޫންތަ ރައިސް އޮފީހުން އެބުނާ ވާހަކަޔަކީ. ޙިފާ ހައްޔަރުކުރުމާ ޖަލަށް ލުމާ މީއަދި އެހެން މަރުޙަލާއެއްކަމަށް ރައީސް އޮފީހުން އެވިސްނާދެއްވަނީ. ވައްކަންތައް ފަޅާއެރުމަކީ ހަޖަމުގައި އުދާސް އަރާކަމެއް. ނަމުންރީތިކުރަން ކަމުން މަޖާ ނަގަނީ.

The name is already taken The name is available. Register?

ޙިނގާހޮއްކޮ

22 July 2022

ހަގީގީ ނޫސްވެރިންނަށް މިހާބޮޑު އުނދަގުލެއް ކުރިމަތިވެގެން މިއުޅެނީ ނޫސްވެރިކަމުގެ އަޚްލާޤް އާ ބީރައްޓެހި، ޒިންމާދާރު ނޫސްވެރިކަމަކީ ކޮބައިކަންވެސް ނުދަންނަ ބަޔަކު "ވަލުދޮރާށިން" ނޫސްވެރިކަމުގެތެރެއަށް ވަދެގެން އުޅޭތީ. ބައެއް ސިޔާސީ ޕާޓީތަކުން "ނޫސްވެރިނަށް ހައްދާފަ" ނެރިގެން މިއުޅޭ މީހުންނާހުރެ މުޖުތަމައަށްވެސް ވަނީ ބޮޑު މުސީބާތަކާ ހަމަވެފަ. އެމީހުން ނުރުހޭމީހެއްނަމަ ހިތުހުރި އެއްޗެއް ލިޔެ ހާމަކޮށްލާ.

The name is already taken The name is available. Register?

ޑިމޮކްރަސީ ދޮންބަފާ

22 July 2022

މީ ނޫސްވެރިންގެ ބޮލައް ޗިޕް ޖަހަނީ ތަ ، ދިވެހި ނޫސްވެރިން ހަމަ މިހާ ގަމާރު ކަމައް ރައީސް ހީފުޅޫ ކުރައްވައިގެން ނުވާނޭ،، ޑިމޮކްރަސީ މީ ކޮންކަހަލަ އަރަތެއް ބާ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454