ޚަބަރު / އެޗްޑީސީ

މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑުގެ މައްސަލަ ކޯޓުން ބަލައިގެންފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި: އެ ސަރަހައްދުން ހިލޭ ގޯތި ދޭން ވަނީ ނިންމާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

26 ސެޕްޓެމްބަރ 2022 - 13:27

72 comments

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގާނޫނީ ދެ ވަކީލުން ކަމަށްވާ ޝިހާދު އިބްރާހިމް އަދި ހަސަން ފަލާހު ހުށަހެޅި މައްސަލަ ބަލައިގަނެ، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ދިވެހި ދައުލަތާއި އެޗްޑީސީއާ ދެކޮޅަށް އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ. އެކަމަކު، އެ ކޯޓުން ދުސްތޫރީ މައްސަލަ ބަލައިނުގަތެވެ.

ހައި ކޯޓަށް ހުށަހެޅީ އޭގެ ފަހުން، މިދިޔަ މަހުގެ 31 ގަ އެވެ.

އެ ކަމާ ގުޅޭގޮތުން ޝިހާދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ މާލޭ މީހުންނަށް ގޯތި ދޭތީ ކަންބޮޑުވެގެން ނޫން ކަމަށެވެ. ޖާގަ އޮތް ވަރަކުން ހިލޭ ގޯތި ވެސް ދޭންވީ ކަމަށާއި އެކަމަކު، އެކަން ކުރަންޖެހޭނީ ގާނޫނު ހުއްދަކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ހުށަހެޅި މައްސަލައިގައި އެ ވަކީލުން ވަނީ، ގޯތި ދިނުމަށް މާލޭ ރައްވެއްސެއް ކަމަށް ބަލާ މިންގަނޑު އިސްލާހުކުރަން ނުވަތަ އެ މާއްދާ ބާތިލްކުރަން އެދިފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯއްޗަށް އެދުމުގެ ޝަރުތަކަށް އެންމެ ފުރަތަމަ ކަނޑައެޅީ މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުން ކަމަށެވެ.

އެކަމަކު، މި މަހުގެ 15 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން އެ އުސޫލަށް ގެނައި ބަދަލުގައި ބުނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާނަމަ އެއީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.

ޝިހާދު ވިދާޅުވީ ފަހުން ގެނައި އިސްލާހުން ވެސް މާމަ ނުވަތަ ކާފަ މާލޭ ރައްވެއްސަކަށް ވެއްޖެނަމަ އަމަލުކުރާނެ ގޮތެއް ނެތް ކަމަށެވެ.

"ގޯތި ދިނުމުގެ މުޅި ޕްރޮސެސް ހުއްޓުވާކަށް ނޫން މި އުޅެނީ،" ޝިހާދު ވިދާޅުވި އެވެ.

72 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޖކޖގކޖ

28 September 2022

މާލެއަށް ރާއްޖޭގެ އެހެން ހިސާބުތަކުން މީހުން ހިޖުރަކުރުމަކީ މަނާކަމެއްގެގޮތުގަ ހަދާބަލަ. އޭރުން ރާއްޖެތެރޭ މީހުން މާލެއަރާ މުސްކުޅިވާއިރުވެސް އުޅޭނެތަނެއް ނުލިބިގެން އުޅެންނުޖެހޭނެ. އެކަމަކު ހަގީގަތަކީ މާލެ މާލެއަކަށް ހެދީ ރާއްޖެތެރޭމީހުން. ވަޒީފާތަކަށް ބަލާލިޔަސް މިކަން އެނގޭނެ.

The name is already taken The name is available. Register?

ވޯލް

27 September 2022

ކޯޓުން ބޭރުކޮށްލަންޖެހޭ ކަހަލަ މައްސަލަ މިހުންނަނީ. މުޅި ރާއްޖެގެ ހުރިހާ ރަށެއްގައި ހަމަ އެކަނި އެރަށެއްގެ ރަށްވެހިންނަ ގޯތި ދެމުން އަންނަނީ. ދައުލަތުގެ 3 ބަރު ވަކިވެފަ އޮތްއިރު، ވަކި ސްކީމެއްގެ ބޭނުމަށް ރަށްވެހިކަން މާނަ ކުރުން ބަދަލު ކުރެވިދާނެ. މާލެއަށް އުފަން މާލެ މީހުންނާ އެހެން ރަށްރަށުން މާލެއަށް ރަށްވެހިކަން ބަދަލުކުރި ހުންނާ ނުވާނެ މާލެ މީހުންނަކަށް. ސޮރީ.

The name is already taken The name is available. Register?

ގޯލް

28 September 2022

ރަށްވެހިން ވާނީ ރަށްވެހިންނަށް. އެއީ އިތުރަށް މާނަކުރަންޖެހޭ ބަހެއް ނޫން. މިއީ ކުޑަކެކުރިއާއި ބޮޑުކެކުރީގެ އުސޫލުން ކަންކަން ކުރެވޭނެ ޒަމާނެއް ނޫން.

The name is already taken The name is available. Register?

ރައްޔިތުންނަށް އޮޅެނީތަ؟

27 September 2022

ރަޖިސްޓްރީގައި މާލެއޮތިއްޔާ އެއީމާލެ މީހެއް. ކިހިނެއް އެލިޔުން ބާތިލްކުރާނީ؟

The name is already taken The name is available. Register?

ނމހ

27 September 2022

އަމިއްލަ ގޯއްޗެއް ނެތް ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ގޯއްޗަށް ލުމުގެ ފުރުސަތު ދޭންވާނެ. ޕޮއިންޓް ދިނުމުގައި މާލޭ މީހުންނަށް ގިނައިން ޕޮއިންޓް ދެވިދާނެ. އެއީ ރައްރަށުގައިވެސް އެ ރަށެއްގެ މީހަހަށް ޕޮއިންޓް ލިބޭލެއް ގިނަވާނެ ގޯތި ދޫކުރާއިރު އަމަލުކުރާގޮތް.

The name is already taken The name is available. Register?

ާއުނިމާ

27 September 2022

މިތާ ކޮމެންޓްކުރި ބޭފުޅެއް ވިދާޅުވީ އަސްލު މާލޭ މީހުން އަތުގަ ރައްވެހިކަމުގެ ލިޔުމެއްނޯނާނޭ، ލިޔުން އޮތީ ރައްތަށުން އައި މާލޭ މީހުން އަތުގަ ކަމަށް! އެހެން ބުނާ ކަމަށް ވަންޏާ މާލޭ ދަފްތަރު މިހުންވެސް ގޯތި ހިލޭ ލިބޭ ގޯތި ބޭނުންވެގެން މިއުޅެނީ އަސްލު މާލެޔަކުންނެއް ނޫނޭ...ހުޅުމާލޭ 2 ފޭހުންނާއި ގުޅީފަޅުންމޭ!

The name is already taken The name is available. Register?

ބޮޑުމީހާ

26 September 2022

ވެރިން ރައްޔިތުންނަށް ހިތުހުރިހާ ގޮތެއް ހަދަނީ ރައްޔިތުން އުޅޭ ގޮތުން. ބޯހިޔާވެހިކަން ނުދީގެން މުޒާހަރާއެއްކޮށްލާނެ މީހަކުނުވޭ. ކޮންމެވެސް މީހަކު ޖަލުގަ އޮތްނަމަ ނުވަތަ ޑިމޮކްރަސީ ނުލިބިގެން ހުއްޓާނުލާ މުޒާހަރާކުރެވޭ

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

26 September 2022

ވަރަށް އަވަހަށް ކޯޓައްވައްދާނަން! ގދ ތިނަދޫ، ކ.މިންމަފުށި. ކ.މާފުށީގެ ހިއްކިބިމުން އެރަށުނޫން މީހުންނަށް ގޯތި ދޭނެ އުސޫލު ކަނޑައަޅަން! މިހެން ގޮސް 10 ވަރަކަށް ރައް އެބައޮތް ދައުލަތުގެ ފައިސާއިން ހިއްކާފައި ހދ ކުޅުދުއްފުށިވެސް! ދ. ކުޑަހުވަދޫ މިހެން ކިޔާނެކަމެއްނެތް! މިރަށްރަށުން އެރަށުގެ މީހުންނަށް އެކަނި ގޯތި ދެވިގެން ނުވާނެ!

The name is already taken The name is available. Register?

ދޮންބޭސް

27 September 2022

ކަލޯ ކީއްވެ ނުލާތިހިރީ، އެތަނުން ގޯތި ބޭނުންވެގެން މީހަކު އުޅުނީތަ، ރާއްޖެތެތޭއިން 5 ކޮޓަރި ހިމެނޭ ގެޔެއް އަދި ގޯތީގަ ހިމެނޭ ކުރިހާތަކެތި ބޭނުންކުރާގޮތަށް މަހަކު 1000 ރުރިޔާ އަށް ހިފާނެ މީހަކު ނުވޭ، ކަލޭތިހިރީ ހަމަހޭގަތަ

The name is already taken The name is available. Register?

ތިވަރުންވެސްނުފުދޭ

26 September 2022

ވަކި ޚާއްސަ މިންގަނޑެއް ބޭނުމެއް ނުވޭ. އެރަށެއްގެ ރަޖިސްޓްރީގައި ތިބޭނީ އެރަށެއްގެ ރަށްވެހިން. އެރަށެއްގެ ވަޒަންވެރިންނާއިމެދު އަމަލުކުރަންޖެހޭނީ އެއްއުސޫލަކުން. ފޫޅުކެނޑިތަނެއް ބަލާކަށް ނުޖެހޭ. އެއީ ދުނިޔޭގެ އެއްވެސްތަނެއްގައި އަމަލުކުރާ އުސޫލެއް ނޫން. މިސާލަކަށް އޮސްޓްރޭލިއާގައި 5 އަހަރު ދިރިއުޅުމުން ވަޒަންވެރިކަން ދިނުމަށްފަހު އޮސްޓްރޭލިޔާ ރައްޔިތަކައް ލިބޭ ހުރިހާ ހައްގެއް ލިބޭ. އޭޝިއާ މީހުންނަށް ގެދޮރު ނުގަނެވޭނެއެކޭ އެމީހުން ނުބުނޭ.

The name is already taken The name is available. Register?

ބލއއ ހވ މބނ

26 September 2022

ފުވާދު މިންގަނޑެއް އަސްލަމް މިނގޏޑެއް. ޢެއް ދައުލަތެއް ތެރޭ ކިތަން މިންގާނޑު އޮންނަން ޖެހޭ. ދެން އެތިބަ މެމްބަރުން ވަކި ކޮށްބަލަ. މާލޭ މީހުން މަދުވެއްޖެ ރޭސިސްޓް މިންގަނޑުން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 September 2022

އިންސާފުގެއްލި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ހައްދުން ނެއްޓިފައިވާތީ މައުމޫނުގެ ވެރިކަން ވައްޓާލަން ރައްޔިތުން ނިކުތުމުން އޭނާއަށް މަޖުބޫރުވެ އިސްލާޙްކުރި ޤާނޫނުއަސާސީގެ 14 ވަނަ މާއްދާގައި އޮތީ "ދިވެހިރާއްޖޭގެ ވެރިރަށަކީ މާލެ" ކަމަށް އިގޭތޯ. # ރަށުގެ ނަމުގެ ކުރިއަށް ނުވަތަ ފަހަތަށް "މާލެ" އިތުރުކޮށް ރައީސްގެ ޤަރާރަކުން މާލެއަތޮޅުފަޅުތަކާއި ރާއްޖޭގެ އެހެންރަށްރަށަކީ މާލެކަމުގައިކަޑައެޅުމަކަށް ޤާނޫނު އަސާސީ ހުއްދައެއް ނުކުރޭ. މާލެއަކީ މާލެ.

The name is already taken The name is available. Register?

ފިލިއަފީފު

26 September 2022

ކަލޭ ސީށެލްސްގަ އޮވެ ދިވެހިރާއްޖޭގެ ކަންކަމާ ނުބެހޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454