މިއުވާން، މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
02 ނޮވެމްބަރ 2022 - 15:25
ރާއްޖޭގައި އިސްލާމްދީނާ ދީނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާން މިއުވާން މުހައްމަދު އެހެން ވިދާޅުވީ، އައްޑޫ ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އިންޑިއާގެ އެފްކޮން ކުންފުނީގެ މުވައްޒަފުން ހިންދޫ ދީނުގެ އަޅުކަން ކުރުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. އެއީ، ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއެއް ފެށުމަށް އެހެން ގައުމެއްގެ ދީނީ އަޅުކަން ބަޔަކު އިސްކޮށް، އެ ގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނާއި ރާއްޖޭގެ ބައެއް މީހުން ވެސް އިސްލާމްދީނާ ހިލާފު ކަންކަން ކުރާ ކަމުގެ ކަންބޮޑުވުން ފަހަކަށް އައިސް ވަނީ އިތުރު ވެސް ވެފަ އެވެ.
އިސްލާމް ދީނާ ހިލާފު މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ފިޔަވަޅު އަޅާ ތަން ނުފެންނަ ކަމަށް މިއަދުގެ ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ބުނުމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމެއް ކަމަށާއި ދީނާ ހިލާފު ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރާ ނަމަ ބަލަން ނުތިބެ ފިޔަވަޅު އަޅާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
"ދީނާ ހިލާފު ކަމެއް ހިނގާ ނަމަ އެފަދަ ކަމެއް ހިނގާތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ. އަޅުގަނޑުމެން ދޫކޮށެއް ނުލާނެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނާ ހިލާފު އަމަލެއް ރާއްޖޭގައި ހިންގުމުގު ފުރުސަތެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.
ހިތަދޫގެ ހިންދޫ ދީނުގެ އަޅުކަމެއް ކުރުމުން، ދިވެހިން އިންޑިއާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެ ދިވެހި ސަރުކާރަށް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ އަމަލު ނުހުއްޓުވުމުން ވެސް މީހުން ވަނީ ރުޅިގަދަ ވެފަ އެވެ.
ދިވެހިން ފިރިހެނުންތަކެއް އަންހެން ހެދުން ލައިގެން މަގުމަތީގައި އުޅުން މައްސަލައެއް ވެސް ވަރަށް ފަހުން ފެންމަތިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasan
03 November 2022
މިހާރު ތިހިރީ މިއުވާން ، ކުރީހުރި ކަލޭގެ އެއީ ދޮގު ހަދާސޮރެއް ނޫން . ރާއްޖެޓީވީގައި އުޅުނީ ، ފިސާރި މަތިއޮމާން ކުރުން އޮންނާނެ ، ގަތާލާނީ ރިބަން ފަށާއި ، ތަފާތު ކުލަކުލައިގެ ފަށުއި ބަރަނިން !
ހުސެންދި
03 November 2022
އަދި ނެތް ފިޔަވަޅެއް އަލާފައެއް
އިސްލާހު
03 November 2022
ތައުލީމީ ގާބިލު މީހެއް މިފަހަރު އމޑޕ އިން ވެރިކަމަށް ނެރެން އެބަޖެހޭ
ޙަބީބު.
03 November 2022
ޢެމްޑީޕީ ދެފަހަރު ޗެކުކުރެވިއްޖެ ނަމަވެސް ދީނީ ރައްޓެހި މީހަކު ނުވި ހަމަ ހުސް ނަތަންޔާހޫއިން ފެނުނީ ބަލާބަލަ ދީނޭ ގައުމޭ މަރުތަކޭ ހުދުމުހުތާރޭ ހައްގުމިންވަރޭ ކިޔައިގެން ރައްޔިތުން ސިކުނޑި ދޮވެލާފަ އަރާކުރަމުންދާ ނުބައިކަންކަން ޔާމިނު ނުވޭ ކުނޑި ކޮޅަކައްވެސް މިރޮނގުން ވީމާ ޕީޕީއެމްގެ ޔާމިނު ހަމަރަނގަޅީ ވެރިކަމައް ރާއްޖެޔައް އާރުލާ ކަމެއް ކުންފުންޏެއް ގެނެސްދެވިފަ އޮތީ ޔާމިނައް
ކާލިގަޓާ
03 November 2022
ކުރީމާތަ ފިޔަވަޅު އަޅަންވަނީ. ޢާނ . ޢޭރުންނޫންތާ މަޑުމަޑުން ވިޔަސް މިކަން ދިވެހިންނަށް ދައްކާލެވޭނީ. ކުރިޔަނުދީ ހިފެހެއްޓުމެއް ނެތްތަ. މަނާކުރަަނެ ބަޔަކު ނުނިކުންނާނެ.
ޢަލީ ބަލީ
03 November 2022
މިހާރުގެ ސަރުކާރުން ދެން ފިޔަވަލު އަޅަން ޖެހޭނީ ރަޢީސް އޮފީހުގަ ތިބި ސިޔާސީ ފަރާތްތައް ރައީސް އޮފީހުން ބޭރަށް އެއީ 2023 ގެ ފަހުކޮޅު.
މޭޔާ
03 November 2022
ދީން އިނގޭ މީހަކަށް ދީނާ ހިލާފު ކަންތައްވެސް އިނގޭނީ
މުންބާމާވަޑިބެ
02 November 2022
ޗަކޮއިމެނަށް ދީނާހިލާފު ކަންތައްއިގޭބާ. އަނެއްކޮޅުން ކޮންދީނަކާއި ހިލާފުވީމަބާ. މިހާރު ތިބުނި އެއްޗަކާއި ދޭތެރޭ ވިސްނާލާއިރު ކުޑާކޮށް ބިރުގަނެ ބޮލުންދުން އަރަންފަށައިފި
ޑޮކްޓާރ. ބަނާނާ
02 November 2022
އަނެއްކާ މަގޭދެފައިގަ ބަރަނި އޮޅި " ހާލި " ވެ ދެލޯ އަދިރިވެ ކަންފަތު ގެ އަޑު ނީވި ސިކުޑިވެސް ހަމަނުޖެހޭ މީހަކަށް މަ ވީބާ؟
ފިޔަވަޅު
02 November 2022
މިއުވާނު . ފިނިހަކަ ސްޕީޓުގަ ފިޔަވަޅު އަޅައިގެން ކިހިނެއް ކަންކަން ރަނގަޅު ކުރަނީ
ޛޫޙޑށ
02 November 2022
ފިޔަވަޅު އެޅުމަކީ އެމީހުންނަށް އިނާމެއް ދިނުން ދޯ !