10 ނޮވެމްބަރ 2022 - 13:45
މާލޭގައި މިހާރު ކެމިކަލް ގުދަނެއް ނުހުންނާނެ ކަމަށާއި މިހާތަނަށް ހިންގި ހުރިހާ ތަނެއް ވާނީ ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެހެން ވިދާޅުވީ، އެޗްޑީސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެރި އޮޅުމަކާ ގުޅިގެންނެވެ.
އެޗްޑީސީން ބުނީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި ނުރައްކާތެރި ހާދިސާ އަށް ފަހު، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފެށި މަސައްކަތުގެ ދަށުން 34 ތަނެއް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު 18 ގުދަނެއް ތިލަފުށީގައި އެޅުމުގެ މަސައްކަތް ކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިއުވާން ވިދާޅުވީ، މާލޭގައި ހިންގާ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފެށި މަސައްކަތަށް ކަނޑައެޅި ތާރީހުގައި ކޮށް ނިންމާފައިވާ ކަމަށެވެ.
"ރާއްޖެ އަށް ކެމިކަލް އެތެރެކުރަން ވެސް ހުއްދަ ނުދޭނެ މާލޭގައި ގެންގުޅޭކަށް. އަޅުގަނޑު ޔަގީންކަން ދެން މާލޭގައި ކެމިކަލް ގުދަންތައް މިހާރު ނުހުންނާނެ ކަމުގެ،" ތަރުޖަމާން ވިދާޅުވި އެވެ.
އެޗްޑީސީން ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ވެއާ ހައުސްތަކަކީ މިހާރު މާލޭގައި ހުރި ތަންތަން ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށެވެ.
މާފަންނު ސެންޑްރޯސް ގޭގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މާލޭގައި މިހާރު ކެމިކަލް ގުދަންތައް ހުރެގެން ނުވާނެ ކަމަށާއި އެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"...އެހެންވީމާ މިހާރަކު މާލޭގައި ހުރެގެން ނުވާނެ އެއްވެސް ކެމިކަލް ގުދަނެއް. އަޅުގަނޑަށް ހަމަ ޔަގީން މިހާރު ނުހުންނާނެ ކަން. ގޭގޭގެ ތިރީގަ އާއި ފިހާރަކުގައި ކުރީގަ [ކެމިކަލް ގުދަން] ހުރި. އެއީ ހެންވޭރުގައި ހިނގި ހާދިސާގެ ކުރިން. ނަަމަވެސް އެެ ހާދިސާއަށް ފަހު އަޅުގަނޑުމެން ވާނީ ވަގުތުން ފިޔަވަޅުތައް އަޅާފައި. މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ވާނީ ތިލަފުއްޓަށް ބަދަލު ކުރެވިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިހސްރ
11 November 2022
ރަނގަޅު ގޮތަކީ މިހާރު މާލޭގައި ކެމިކަލް ގުދަނެއް ނޫނީ ނުހުންނާނެ
ލީލާ.
11 November 2022
އިތުރުފުޅު ހައްދަވާ މީހުން 2023ގަ ނޮހުވަމާ
އޮނަރަބްލް އަފީފު ދީދީ
11 November 2022
ވަރަށްބޮޑު ތެދެއް. އެބޭޅާ ވިދާޅުވިފަދައިން ބައިލޮޖިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންކުރާފަދަ ތަކެއްޗާއި ފައްކާކޮށްފައިވާ ޔުރޭނިއަމް ފަދަ ކެމިކަލް ތަކެއް ތިރަށަކު ނުހުންނާނެ. # ދެން ތިޔަބުނާ އިންފްލެމަބްލް ތަކެތި ހުރިނަމަ އެހުރިތަނެއް އެއީ މާލެއެއްނޫން. އެހެންވީމާ ކެމިކަލް މާލޭގައި ހުރިކަމަކަށް ނުވާނެނޫންތޯ..؟؟
ސްޓޮޕް
10 November 2022
ދޮގު ނުހަދާ
ޅަތީ
10 November 2022
ވެރިންގެ ގެކޮޅުގަ ނެތްވާހަކަ އެބުނީ ދޮގުވެސް އެވަރައްހަދާ
ހަމަ މަގަށް އަޅުވައިދެއްވާ!
10 November 2022
ބިދޭސީން ދިރިއުޅެން ކުއްޔަށް ދީފައި ހުރި ތަންތަން އިންސްޕެކްޓް ކޮށްދެއްވައި އެކަށީގެން ނުވާ ތަންތަނުން މީހުން ހުސްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ ޑީޕޯރޓް ކޮށްދެއްވާށެވެ!
ކަތްދައްތަ
10 November 2022
"ކެމިކަލް"ގެ މާނަ ކޮންމެވެސް މީހަކު ބުނެދީބަލަ މަށަށް.
ކުކްރެއްލާ
10 November 2022
ރަނގަޅަށް ބަލާފަތަ ނުހުންނާނެއޭ ތިޔަބުނަނީ! ބެލީމަ އެނގޭނީ ހުރިއަދަދެއް. ހަމަޔަގީނުންވެސް މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެތެރެއިން %50 ޕަސެންޓް މާލެއިން ބޭރުވިކަން އެނގޭކަށްނެތް.
ތޔކހ
10 November 2022
އަދިވެސް ދޮގު ތެދުކުރެވޭ ތޯ ބަލާތި
ފެންސު
10 November 2022
ކެމިކަލް ގުދަނެއް ފެނުނިއްޔާ އެނގޭނެތަ މިއުވާނޫ. ގުދަނެކޭ ކިޔާފަ ނުބަހައްޓަފާނެ، އެކަމަކު އެހެން ނަމެއްގަ ބެހެއޓިޔަސް މައްސަލައެއް ނެތް ދޯ؟ އަޖާއިބު ދެން ނުވާނެތަ!!!