ޚަބަރު / ސިވިލް ކޯޓް

ބޯޓެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ކޯޓަށް

ކައިޒީން: އޭނާގެ ބައްޕައާ ދެކޮޅަށް އޭނާ ދައުވާކުރީ އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމަށް ބޯޓެއް ރަޖިސްޓްރީ ކުރުމުން

22 ޑިސެމްބަރ 2022 - 18:06

97 comments

މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ދައުވާކޮށްފި އެވެ.

ޅ. ނައިފަރަށް އުފަން ކައިޒީން ދައުވާކުރީ އޭނާ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން އެ ބޯޓު އޭނާގެ ރުހުން ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ. ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

ކޯޓުގެ އަމުރުގައިވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެހެންވެ މައްސަލާގައި ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

97 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 15%
icon angry icon angry 37%
icon wow icon wow 13%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮރުބެ

24 December 2022

މީނާއަށް އަސްލުވެސް ކިޔަނީ ކައިޒީންތަ؟ ބައްޕަ ދިން ނަމުން މުޚާޠަބުކުރަން ލަދުގަންނަނީބާ؟

The name is already taken The name is available. Register?

ދޮންކަބިލި

25 December 2022

ކަލެޔަށް ކިޔަނީ ސޮރުބެ ތަ؟!

The name is already taken The name is available. Register?

ބައްޕައަށް ދޭނީ

24 December 2022

މަނަމަ ތީތި ބައްޕަ އަށް ދޭނީ ދައުވާ ނުކޮށް. ސަވާބާ ދަރުމައަށް ޓަކައި. ﷲ އަށްޓަކައި.

The name is already taken The name is available. Register?

މޯޑިސް.

24 December 2022

ބަލަ ފައިސާލިބޭނީ ގަދައަޅާ މަސައްކަތްކުރާމީހުނަށް، ގޭގަނިދަންއޮވެފަ ނޫނީ އަބަދު ކޮފީގަ އިންނަމީހަކަށް ފައިސާއެއްނުލިބޭނެ. އެކަހަލަމީހުން އެހެންމީހަކަށް ފައިސާއެއްލިބޭކަންއެގުނީމަ ޖޭ ވަނީ؟!! ދިސްއިޒް މޯޑިސް. ޗެކިޓައުޓްއެވްރިބަޑީ!!

The name is already taken The name is available. Register?

ކޮރަލް

23 December 2022

ބައްޕަ އަށް ތިޔަ ބޯތް ދޭން ވީ އެވެ. ބައްޕަ ކައިޒީން ބަލާ ބޮޑޫ ކުރަން ކުރި މަސައްކަތައް ބަލާއިރު ތިޔަ 3.6 މިލިއަން ރުފިޔާ އަކީ މާ ބޮޑޫ އެއްޗެއް ނޫނެވެ.

The name is already taken The name is available. Register?

ދޮންކަބިލި

24 December 2022

ކައި ގެ ނަމުގައި ބޯޓް އިނަސް ބައްޕައަށް ބޯޓް ދުއްވޭނެ.

The name is already taken The name is available. Register?

ސަމުގާ

23 December 2022

ދިވެހިންގެ މެދުގައި ހަސަދަވެރިކަން ހުރިވަރުފެނިފަ އަންތަރީސް ވެއްޖައީމުއެވެ. ދިވެހި ޒުވާން އަންހެންކުއްޖަކާ ދިމާލަން ނުކިޔާކަށް ވަކިއެއްޗެއްނެތެވެ. ކައިލީނީ އަކީ ތިމަންމީހާގެ ދަރިއަކަށް ނުވަތަ ދައްތައަކަށް ނުވަތަ ކޮއްކޮއަކަށް ވިނަމަވެސް ތިޔަގޮތަށް އަމަލު ކުރީސް ހެއްޔެވެ. ހަމަ ހިތުލަފައަކަށް މީހާކާ ދިމާލަށް މިފަދަ އިބާރާތްތަކުން ގޮވާކަށް ނުވާނެއެވެ.

The name is already taken The name is available. Register?

ހަފުސް

23 December 2022

މިތިބައުޅޭ ގަމާރު ފަގީރު ހަސަދަވެރި ކޮމެންޓޭޓަރުނަށް ބުނެލަން! މަސައްކަތެއް ދަންނަ މުރާކި ހޭޖެހޭ ޒުވާނަކަށް 3 4 މިލިޔަން ހޯދައިގެން ރަނގަޅު ހަރުމުދަލެއް ގަނެވިދާނެ. މަގޭ އެކައުންޓްގައި ބައިލައްކަ ވެސް ހަމަނުވޭ. މިދިޔަ 16 އަހަރުތެރޭ 2 މިލިޔަން ރުފިޔާ ކޮޓެރިކުއްޔަށް ހޭދަކުރިން. އާއިލާގަ ކޮޓަރިގަނޑެއް ހުރިނަމަ ވަރަށް ބޮޑުވަރު އެއީ.

The name is already taken The name is available. Register?

އެއްކަލަ އިބުރާ

23 December 2022

ކައިޒީން ބޯޓް ވެސް ދުއްވާތަ؟

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

23 December 2022

ކަލޯ ގަޔާ މީމަންޖެ އަތުގައި ހާދަ ފައިސާއެކޭދޯ.. އެހާ ބުރަ މަސައްކަތެއް ކޮށް ޅައުމުތުގައި އެކައުންޓް ގައިި މިލިއަން ހުރުމުން ދެންބައްޕަވެސް ގޮވައިގެން ކޯޓަށް ދާނެތާ ދޯ..

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

23 December 2022

މިއަދު ބައްޕައަކަށް އިތުބާރުކޮށްގެންނުވާނެ. އެކަމަކު މަށަށް ލިބުނީ އެއްވަނައިގެ ބަފައެއް. މަށަށް ވަރަށް ހަދިޔާ ދޭނެ.

The name is already taken The name is available. Register?

އާދަނު33

23 December 2022

ގިނަދިވެހިންނަކީ ކޮންކަހަލަބައެއްކަން ކޮމެންޓްތަކުންއެގޭ. ހާއްސަކޮށް ފޭސްބުކު ގަ މީހުންކޮށްފަހުންނަ ކޮމެންޓްތަކުން. ފޭސްބުކުން ކާކުކަމާ ވަޒީފާގަ އުޅޭތްނާ ބަލާއިރު….. ބުނާނެއެއްޗެއްނެތް!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454