މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން
03 ޖެނުއަރީ 2023 - 12:04
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އެމަނިކުފާނާއި ދައުލަތުގެ ފަރާތުން ވެސް އާ ހެކިތަކެއް ހުށަހަޅާނެ ކަމަށް މިއަދު ކޯޓުގައި ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.
އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބާއްވަން ފެށުމުން ގިނަ ދުވަސްތަކެއް ވަންދެން އަޑުއެހުމެއް ނުބާއްވައި އޮތް ފުއްގުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ އެ މައްސަލަ ބަލާ ގާޒީ ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ. ކުރިން މައްސަލަ ބެއްލެވީ، ޔާމީންގެ އާރަށު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
ނަދީމް މައްސަލައާ ހަވާލުވެވަޑައިގެންނެވި އިރު މައްސަލަ އަދި ކުރިއަށް ގޮސްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅުންތައް ހުށަހެޅުމުގެ މަރުހަލާގަ އެވެ. އޭނާ މިއަދު ވަނީ ހުރިހާ ހަސްމުންގެ ކިބައިން މައްސަލަ ހިނގާފައި އޮތް ހިސާބު ސާފު ކުރައްވައި، ގާޒީ ބަދަލުވި ކަމުގެ ލިޔުން ލިބުނުތޯ ވެސް ބައްލަވައިފަ އެވެ.
ގާޒީ ބަދަލުވި ކަމުގެ ލިޔުން ލިބުނުތޯ ސުވާލުކުރުމުން ދައުވާ ރައްދުވާ ހުރިހާ ފަރާތްތަކުން ބުނެފައި ވަނީ އެ ލިޔުން ނުލިބޭ ކަމަށެވެ. އެ ލިޔުން ކޯޓުން ފޯރުކޮށްދޭނެ ކަމަށް މިއަދު ނަދީމް ވިދާޅުވި އެވެ.
ދައުލަތުން ވަނީ މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައިވާތީ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި އިތުރު ހެކިތައް ހުށަހެޅުމަށް އެދޭ ކަމަށް ބުނެފަ އެވެ. އެއީ ފުއްގިރީގެ މުއާމަލާތާ ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ހުށަހަޅާ ކަންކަމާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދެއްވުމަށް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު އެދިވަޑައިގަތެވެ. އަދި ޔާމީންގެ ފަރާތުން ވެސް މިއަދުގެ ވަގުތެއްގައި އާ ހެކިތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އެ ހެކިތައް ހުށަހަޅަން ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.
ގާޒީ ނަދީމް ވިދާޅުވީ، އާ ހެކިތައް ހުށަހެޅުމުން ބެލުމަށްފަހު ބަލައިގަންނަން ޖެހޭ ނަމަ އެ ހެކިތައް ބަލައިގަންނަން ނިންމާނެ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ އާ ހެކިތަކާއި ލިޔުންތަކާ ގުޅޭގޮތުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމަށް ފުރުސަތު ދިނުން ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ރިޒާގެ ވަކީލު ހުސްނީ މުބާރިކް ވަނީ ގާޒީ ނަދީމް މައްސަލައިން ތަނާޒުލުވާން ޖެހޭ ހާލަތެއް އޮތް ކަމަށް ވިދާޅުވެ އެކަމަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ ނަދީމް އަކީ މި މައްސަލައިގައި ހެކިބަސް ދެއްވަން ހަމަޖެހިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ފުއްގިރި މައްސަލައިގައި ކުރިން ރިޒާ ތަމްސީލު ކުރެއްވި ވަކީލު އަހުމަދު ޔާމީން، މި މައްސަލައިގައި ހެކިބަސް ދޭ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމެވެ.
ފުށުއަރާ މަސްލަހަތު ތަފްސީލުކޮށްދޭން އެދުމުން ހުސްނީ ވިދާޅުވީ، އަދީބު ނައިބު ރައީސްކަމުން ވަކިކުރެވުނު ފަހުން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ނަދީމް އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ އަދީބު ދައުލަތާ އެކު އިއުތުރާފު އެއްބަސްވުމެއް ހަދައިގެން ހެކިބަސް ދޭ މައްސަލައެއްކަން ފާހަގަކޮށް އަދީބުގެ މަސްލަހަތެއް އޮތް ކަމަށް ވިދާޅުވި އެވެ.
ހުސްނީގެ ވާހަކަތަކަށް ތާއީދު ކުރައްވައި ޔާމީންގެ ފަރާތުން ބުނީ، އަދީބު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިގެން ހެކިބަސް ދޭއިރު، އޭނާ ޔާމީނާ މެދު ޒާތީ ކަމެއް ގެންގުޅުއްވާ ކަމަށެވެ. އަދި ނަދީމް އަދީބަށް އެހީތެރިވި ބަންދުގެ މައްސަލައަކީ ފިނިފެންމާ ލޯންޗުގެ މައްސަލަ ކަމަށާއި އެއީ ޔާމީނާ ގުޅުން އޮތް މައްސަލައެއްކަން ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް، ދައުލަތުން ފާހަގަކުރީ ރިޒާގެ ވަކީލަކަށް ކުރިން ހުންނެވި އަހުމަދު ޔާމީން ތަނާޒުލުވާން ޖެހުނީ އޭނާ އެމްއެމްޕީއާރްސީގެ މައްސަލައިގައި ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުން ކަމެވެ.
ނަދީމް ވިދާޅުވީ އޭނާ އަދީބުގެ ވަކީލެއްގެ މަސައްކަތް ކުރެއްވީ، މީގެ ހަތް އަހަރު ކުރިން އޭނާގެ ބަންދާ ގުޅޭ ކަމެއްގައި ކަމަށެވެ. އަދި އޭނާ އަށް ތުހުމަތު ކުރެވުނު ކުށެއްގެ ތަހުގީގަށް ވެސް ގޮސްފައި ނުވާނެ ކަމަށާއި ދައުވާ ކުރެވުނު ކުށަކާ ގުޅިގެން ވެސް ގާނޫނީ ހިދުމަތެއް ދީފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ވިދާޅުވި ނަމަވެސް، ތަނާޒުލުވާން އެދުނު އެދުމާ މެދު އިތުރަށް ވިސްނަވާފައި ގޮތެއް ނިންމަވާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނެ ތާރީހެއް މިއަދު އިއުލާނު ނުކުރެ އެވެ. ނަދީމް ވިދާޅުވީ، މައްސަލަ ތާވަލުކޮށް ފަހުން އެކަން އަންގަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރީއަތުގަ ވަގުންގެ ހުކުމަކީ ކޮބާ؟
05 January 2023
މޑޕ މޮޅުވުމުގެ އެއްވެސް ޗާންސެއް ނޯންނާނެ، އިދިކޮޅުގަ އެކަކުވެސް ހުރެގެނެއް. ފަހަރަކު މީހަކު އެހެލާނެ. މިއީ ގޯސް ކަމެއް ނޫން. ރނ އައް ރޔ ދިނީ ހަމަ މިލަނޑު! މޑޕ އައް މިހާރު މިދިމާވެގެން އުޅޭ ޓޯއިބޯއި އަކީވެސް ރޔ ގެ ރޭވުމުން ލިބުނު ލަނޑެއް!
ހޯޯހޯ
04 January 2023
ތަރައްގީއާއެކު ކަޓުޖައްސަވާ ލީޑަރެއް. ހެއްހެއް
ޢަލަ
04 January 2023
މިތާގައި ކޮމެންޓް ކުރާމީހުންނަށް އެނގޭބާ؟ ތިޔައިން އެއްވެސް އެއްޗެއްގައި ދައުލަތުގެ ފައިސާއަކަށް އެމަނިކުފާނު ޚިޔާނާތްވި ވާހަކައެއް ނާންނާނެ. ނުވަތަ ދައުލަތަށް ލިބެން އޮތް އެއްޗެއް ނުލިބޭގޮތް ހެދި ވާހަކައެއް ވެސް ނޯންނާނެ. މިކަމަކީ ހަސަން ކުރުސީ އާއީ އަދީބާ ދެމީހުންވެގެން އެމަނިކުފާނަށް ދީގެން އުޅޭ ލަނޑެއް. ދައުލަތަށް ލިބެން އޮތް ކިތައް ކިތައް ފައިސާތޯ މިހާރުގެ ރައީސް މާފުކޮށްގެން އެއުޅެނީ. ނުވަތަ ބަހާ ހުސްކުރީ ބަދަލޭ ކިޔައިގެން.
ސަމަރޭ
04 January 2023
ޔާމީން ވަގުތުން ދޫކޮށްލާ އޭރުން ކުރިން ކެއިވަރަށްނުކާނެ އަދި ވެރިކަމަށްވެސް ގެންނަން ރަގަޅީ ހަމަ ޔާމީނު އިތުރަކަށްދެން އަޅާނެ ގެއެއްވެސް ނުހުންނާނެ! މީމަގޭ ޚިޔާލު.
އަސްރަފްަ
04 January 2023
ރައީސް ޔާމީން ވަރަށް އަވަހަށް މިނިވަން ވާނެ. މި އިންޑިއާގެ އަޅުވެތިކަމުން ދިވެހިން ސަލާމަތްވާނެ. އއ
ފޮނިޓައްޕު ހަސަނު
04 January 2023
މި މީހާގެ މޫނު ފެނުނަސް ހިނި އާދޭ.
ފިނރުޓޭ
04 January 2023
މީނާ ކުށްވެރިވާ ކަމަށް ވަންޏާ ދޫކޮށްލައިގެން ނުވާނެ! އެއީ ގައުމުގެ ރައީސަކަށް ހުރެގެން މި ޒާތުގެ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން! މީނާ އަކީ ރައީސްކަން ކޮށްފަ ހުރި މީހަކަށް ވާތީއޭ ކިޔާފަ އެއްވެސް ހާއްސަ އިނާޔަތެއް ދީގެން ވާނެ ކަމަކަށް ނުދެކެން!
ޢަލއަ
04 January 2023
ރައީސް ކަމުގައިހުރެ މީހުން ހިފައި ހައްޔަރުކޮށް ގެއްލުވާލި ރައީސް އޯކޭދޯ ކޮންމެގޮތަކަށް އުޅުނަސް. ވެރިކަން ވައްޓާލަން ޤާޟީންނަށް ރިޝްވަތު ދިންމީހުން ޑީލްހަދައިގެން މައްސަލަ އޮއްބާލައިގެން ތިއްބަސްއޯކޭދޯ
ފުއްގިރިއަށް އެރި އަލަމްގިރި
04 January 2023
މިފަދަ މީހުންނަށް ވެސް މުޙާޠަބު މިކުރެވެނީ މަނިކުފާން ކިޔައިގެން
ކުއްޖާގެ
04 January 2023
ކުޑަކުއްޖަކު ކިޔާއަޑު އިވޭ ބަލާލަ ބަލާށޭ، މިހިރަ މީހާގެ މޫނެއް، މިފަދަ މީހަކު ފަހަތުން ދުވާނަގަނީ، އުއްމީދުކުރާ މަންފާއެއްގެ ބޮޑުކަމުން ނޫންހެއްޔެވެ؟
ޒަހަރު
04 January 2023
ފަރުދެއްގެ ގޮތުން ޔާމީނު ކުރި ކަމަކާއި’ އޭނާގެ އަގީދާ މުހިއްމެންނުން. އަސްލު މައްސަލައަކީ ދިވެހި ގައުމުގަ ހަރުދަނާ ގާނޫނީ ނިޒާމެއް އޮތުމާއި ބަޔަކު ދެކޮލުވެ’ ކޯޓުން (އަދި ގޯސްކޮއްވިޔަސް) ހުކުން ކޮއްފައިވާ މީހެއް ގެ ދިފާއުގަ ތެދުވުން. މި އުކުލަކަކީ ކޮއްމެ ސިޔާސީލީޑައ އަކައްވެސް ސިސްސްޓަމް ކަޕަޕްޓުކުރެވެން އޮއް ވިހަ ޒަހަރެއް. މުޒާހަރާ ހުއްޓުވާ!
ކޮމެންޓްކުރާމީހާ
03 January 2023
ޔާ ﷲ... މި ޤައުމު މުނާފިޤު ވެރިންގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ.. އާމީން..