އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖެނުއަރީ 2023 - 14:04
ވެރިކަމަށް އެއް އަހަރު ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވެން އޮތީ ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން އެއްކޮށް ބަދަލުކޮށްގެން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މާލޭގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހުޅުމާލޭގައި އެބަ އޮތެވެ. ހުޅުމާލޭގެ ބިމުގައި ބޮޑެތި ޕާކުތަކާއި މޯލްތައް އެޅުމުގެ ބަދަލުގައި އެތަންތަނުގައި އަގުހެޔޮކޮށް ދިރިއުޅެވޭނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އަވަހަށް ހިންގަން ޖެހޭ ކަމަށް އެ މަނިކުފާނު ދެކިވަޑައިގަންނަވަ އެވެ. އެކަން ކުރެވޭނީ ނަޝީދު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ވިސްނުން ބަދަލުކޮށްގެންނެވެ.
"މިހާރު މިއޮތް ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ތަބާވެގެން ތިބެ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދެވޭކަށް ނެތް." ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރާނަން. މާލޭ ހުރިހާ އެންމެނަށް."
ހުޅުމާލޭގެ ތަރައްގީކުރުމުގެ ވިސްނުން ބަހައްޓަންވީ 'ސްލަމްއެއް' ސާފުކުރުމުގެ މަސައްކަތެއްގެ ގޮތުގައި: ނަޝީދު
ނަޝީދު މާލެ ސިފަކުރެއްވީ ތޮއްޖެހި، ފިތިބާރުވެގެން ބަޔަކު ދިރިއުޅޭ "ސްލަމް"އެއްގެ ގޮތުގަ އެވެ. އެ ހާލަތުގައި މާލެ އޮތްއިރުގައި ހުޅުމާލެ ހޮންކޮންގު، ދުބާއީ ނުވަތަ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގެ ފެންވަރުގައި އޮންނަން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުޅުމާލޭގެ ތަރައްގީކުރުމުގެ ވިސްނުން ބަހައްޓަންވީ 'ސްލަމްއެއް' ސާފުކުރުމުގެ މަސައްކަތެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މި ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފަސް އަހަރު ނިމިގެންދާއިރު، މި ސަރުކާރުގެ ގިނަ މަޝްރޫއުތަށް އަދިވެސް ނުނިމި އެބަހުރި ކަމަށާއި އެއީ ނާގާބިލު ބަޔަކު ގައުމު ހިންގަން ތިބުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ނަޝީދު ވިދާޅުވީ ރައީސަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މާ ގާބިލު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލެޓްދޮމްބެ
17 January 2023
ފުލެޓް ދޮަންބެއަކީ ވައުވާ ބޭފުޅެއް އަދި ވައުދު ފުއްދަވާ ބޭފުޅެއް . ފޮތްލިސްޓާއި ބޭސްފަރުވާ ހިލޭ........ އަދި އެކަނިވެރިމައިންނަށް އިނާޔަށް ދެއްވާ 65 އަހަރުންމަތީގެ ކާފަ މާމައަށް ޕެންޝަން ދެއްވާން ވީ ވައުދު ފުއްދި ބޭފުޅެއް، އެންމެންގެ ވޯޓު ފުލެޓް ދޮމްބެއަށް
އަލިފުޅު3
16 January 2023
މީ މީގެ ކުރިންވެސް މީނާ ކިޔާ އުޅޭ 'ފަލްސަފާ' ޒާތުގެ ވާހަކައެއް! މި ކަލޭގެ މިގައުމުން ނުދާން މިއުޅެނީ ކީއްވެބާ؟
އެމްސް
16 January 2023
1. ދިވެއްސަކަަށް ވީތީ، 2. ޤައުމަށް ހެޔޮ އެދޭތީ، 3. ދިވެހިން ކުރިއަރާ ދާން ބޭނުންވާތީ، 4. އެއްވެސް ކަރަޕްޝަނެއް ނެތް މީހަކަށް ވާތީ، 5. . . . . !
1828
17 January 2023
ލިބޭ އެތި ބޮޑުވީމައި
އިސްތިއުފާ
16 January 2023
ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ
ފުލެޓުދޮންބެ އަލް ކައްޒާބް
16 January 2023
ފޭކު އެންއަޅައިގެން ރައްޔިތުން އަޅުވާންނޫޅޭ. މީ ނަވާރަސަތޭކައިގެ އަހަރުތަކެއްނޫން. އެހާރަށްވުރެ މިހާރު އެތަށް އެތަށްގުނައަކުން ރައްޔިތުން ހޭލުންތެރި.
އެމްސް
16 January 2023
ރަގަނޅު ވާހަކައެއް، އެކަމަކު ފުދުންތެެރި ނޫން މުޖުތަމަޢެއް ކަމުން، ވަޒީފާއާއި މަޤާމުގެ ބިރު ފޯރުވޭ!
ށ.އސ
16 January 2023
ތިމީހާ ދައްކާ ދޮގު ވާހަކަ ޤަބޫލުކުރާނެ މީހުން މިޤައުމުގަ މިހާރު މާގިނައެއް ނޫން!
އެނދިމަރިޔަނބު
16 January 2023
އެއްގޮތަކަށްވެސް އެހެން ނަހައްދަވާތި. ފުރަތަމަ އަހަރު ހުރިހާ ކަމެއް ހައްލުކޮއްފިއްޔާ ބާކި 4 އަހަރު މަނިކުފާނު ކުރައްވާނެ ކަމެއްނެތި ފޫހިވާނެ.
ކަނބިލި
16 January 2023
މީނާގެ މޮޅުކަމަކީ ދޮގާއި މަކަރުން މީހުން ހައްލާލަން އެނގުން
1 އާއި 2
16 January 2023
ފުރަތަމަ އަހަރު ބޯހިޔާވަހިކަން. ދެވަނަ އަހަރު އަމިއްލައައް އިސްތިއުފާ.
ތާހިރޭ
16 January 2023
ކީހާޅެން ފަރިއްސައްވީ ތިޔަބޭފުޅާގެ ހުދުމުޚުތާރުކަމުން ކަން މަޑަގަސްކަރަ މީހުންވެސް މިހާރު ގަބޫލު ކުރާނެ. ޅޮސްގަހަކު އާރެއް ނުހުންނާނެ. އެއީ ހަމަ ތެދެއް
އިސްލާހު
16 January 2023
އެހެންވީމާ ބޭފުޅާ އަށް ތިއުޅެނީ އެއްއަހަރުވެސް ނުލިބި ތޯއެވެ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟