ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން: އޭނާގެ ބަންދަށް މިރޭ ވަނީ 15 ދުވަސް ޖަހާފައި.
28 ޖެނުއަރީ 2017 - 20:39
މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް އިތުރު 15 ދުވަސް މިރޭ ޖަހައިފި އެވެ.
ޒައިދުލް އަމީންގެ ވަކީލް އަހުމަދު މަހްފޫޒް ވިދާޅުވި ގޮތުގައި ޒައިދުލް އަމީން ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ޒައިދުލް އަމީންއާ މާދަމާ ބައްދަލުކޮށްފައި ދެވެން އޮތް މައުލޫމާތެއް ދޭނަން،" މަހްފޫޒް ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލާގައި ޒައިދުލް އަމީންގެ ބަޔާން ފުލުހުން ނަގައި ފޯނު ވެސް އަތުލާފައިވާ ކަމަށެވެ.
ޒައިދުލް އަމީން ހައްޔަރު ކުރީ ބްލެކްމެއިލް ކުރި މައްސަލައެއްގައި ކަމަށްވެ އެވެ.
ޒައިދަކީ ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެބައިވުމުން، އޭނާ އެރުއްވީ ރައީސް މައުމޫންގެ ފަޅިއަށެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސިޔާސަތުތަކަށް އޭނާ ދިޔައީ ފާޑު ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ.މީނާޒު އަހުމަދު
29 January 2017
ބިރުދައްކާ އަނިޔާކޮށް އަނދަގޮޑީ ގެ ޒަމާން މާޒީ ވެއްޖެ ޒައިދު ފަދަޒުއާނުން ޖަލަށް ލާ ގޯނާކުރީމަ ވާނީގޯސް ނާއިންސާފު ނިމި އިންސާފު އަރާހަތަން ވާ މަންޒަރު ސާފު ވެ އުފާފާގަތި ކަމާހިނިތުން ވެ ރައްޔަތުން ހަމައިސްކޮޅަށް ތެދުވެ މިކަމުން މިންޖު ވާން އަޒުމްއާކޮށްފި
އަފިހުން ގޮއްޔެ
29 January 2017
މުސްތަޝާރުގެ ފަޅިއަށް ނާރާ ކޮންމެ މީހަކަށްވެސް ކުރިމަތިލާން މިޖެހެނީ ހާދަ ހިތްދަތި ކަންތަކާއޭ އުތަ، މީ ރައްޔިތުން ވަރަށް ވިސްނަން ވެއްޖެ ކަމެއް، ރައްޔިތުންގެ ވިސް ނުން ހަމަ ގޮތުގަ ހިފާ ކިތަންމެ އަނިޔާއެއްކޮށް ބިރު ދެއްކިއަސް މުސްތަޝާރަށް ނޫނެކޭ ބުނެ ވޯޓުން އެކަން ދައްކަން އަޒުމު ކަނޑައަޅަންވީ ވަގުތު މިއޮތީ އައިސް ޖެހިފަ ނޫންބާ!
މެންޓަލިސްޓް
28 January 2017
ބުލެކްމެއިލްކުރުމަކީ ރާއްޖޭގައި މަދުންނަމަވެސް ހިނގަމުން ދާކަމެށް ،،، ހާއްސަކޮށް ސިޔާސީ މަޝްރަހުގައި ތިޔަކުޅި ކުޅެމުން ގެންދަނީ ،، އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭގެ ސިޔާސީ ވެރިން އިސްލާހްވެ ﷲ އެންގެވި ހައްގުމަގުތައި ތެދުވެރިކަމާޢިއެކު ގައުމަށް ވަފާތެރިވުން ،،، ވަރަށްވެދުން
ޔަމަލުބެ
28 January 2017
ދިވެހި ހުރިހާ ރައްޔަތުން 2018 ގައި ތިބޭނީ ޖަލުގައި
ނެތީމުދޯ
28 January 2017
ފުލުހުން ހައްޔަރު ކުރާނީ އެއީ ކޮންކްރީޓް އެވިޑެންސް ހުރެގެން ނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެއްޖެނަމަ ސޭފް ވާނެއެވެ. އެއީ އެއްވެސް މައްސަލަ އެއްނޫނެވެ. އިދިކޮޅު ކްރިޓިކްސްގެ މިނިސްޓަރުންގެ އޮޑިޓް ރިޕޯރޓްސް ބަލައިގެން މިގޮތަށް ސުވާލު ކުރާ ތަން ވަރަށް އަވަހަށް ފެނިގެން ދާނެއޭ މަމެން ބުނަން ނެތީމު ދޯ، މީމަމެން ނުދައްކާ ވާހަކަތައް އިނގޭ.