ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ކޮންމެ އަތޮޅަކުން އެއް ސްކޫލް މަސައްކަތް ދަސްކޮށްދޭން ހާއްސަކުރަނީ

ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ޓީވީއެއް ހެދުމުގެ މަސައްކަތް ކުރަނީ: ވ. އަތޮޅު ސްކޫލުގައި ސްކިލް ޕްރޮގްރާމުގެ ގޮތުގައި ހަތަރު ކުލާހެއް ހިންގާ.

އަންނަ އޮގަސްޓުގައި ފަށާ ދިރާސީ އަހަރާ އެކު ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ވޮކޭޝަނަލް އެޑިޔުކޭޝަން (މަސައްކަތް ދަސްކޮށްދޭ ލެބްތަކެއް) ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދޭން މިހާރު ވެސް ލެބްތައް ގާއިމް ކޮށްފައި ހުރެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިރާސީ އަހަރާ އެކު 28 ސްކޫލުގައި ވޮކޭޝަނަލް ތައުލީމް ދޭން ފަށާނެ ކަމަށެވެ. ކޮންމެ ސްކޫލެއްގައި ވެސް ވޮކޭޝަނަލް އެޑިޔުކޭޝަން ދަސްކޮށްދޭން ދެ ލެބް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ސްކޫލްތަކުގައި ހުންނާނީ އެކި ކަހަލަ ލެބް. މިސާލަކަށް ބައެއް ސްކޫލްތަކުގައި ކާޕެންޓްރީ ލެބެއް ހުރިއްޔާ އަނެއް ބައި ސްކޫލްގައި ހުންނާނީ އޭސީ ރިޕެއާ ލެބެއް. އަނެއް ސްކޫލްގައި ތަފާތު ލެބެއް." ރަޝީދު ވިދާޅުވި އެވެ.

އެނދު އަޅާނެ ގޮތް އިއްޒުއްދީން ސްކޫލްގެ ކުދިންތަކެއް ދަސްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޮކޭޝަނަލް އެޑިޔުކޭޝަން ފަށާ ސްކޫލްތައ

- ހއ. އިހަވަންދޫ ސްކޫލް

- ހދ. ކުޅުދުއްފުށި، އަފީފުއްދީން ސްކޫލް

- ށ. ފުނަދޫ ސްކޫލް

- ނ. ހޮޅުދޫ، މޭނާ ސްކޫލް

- ރ. ހުޅުދުއްފާރު ސްކޫލް

- ބ. އޭދަފުށި، އަތޮޅު ތައުލީމީ މަރުކަޒު

- ޅ. ހިންނަވަރު، އަތޮޅު ތައުލީމީ މަރުކަޒު

- ކ. ކާށިދޫ ސްކޫލް

- އއ. އުކުޅަހު ސްކޫލް

- އދ. މަހިބަދޫ، އަތޮޅު ތައުލީމީ މަރުކަޒު

- ވ. ކެޔޮދޫ ސްކޫލް

- މ. މުލީ، އަތޮޅު ތައުލީމީ މަރުކަޒު

- ފ. ނިލަންދޫ، އަތޮޅު ތައުލީމީ މަރުކަޒު

- ދ. ކުޑަހުވަދޫ، އަތޮޅު ތައުލީމީ މަރުކަޒު

- ތ. ތިމަރަފުށި، އަތޮޅު ތައުލީމީ މަރުކަޒު

- ލ. ފޮނަދޫ، އަތޮޅު ތައުލީމީ މަރުކަޒު

- ގއ. ވިލިނގިލި، އަތޮޅު ތައުލީމީ މަރުކަޒު

- ގދ. ތިނަދޫ، އަތޮޅު ތައުލީމީ މަރުކަޒު

- ޏ. ފުވައްމުލަށް، އަތޮޅު ތައުލީމީ މަރުކަޒު

- ސ. ހިތަދޫ، ހިތަދޫ ސްކޫލް

- ސ. މީދޫ، އަތޮޅު ތައުލީމީ މަރުކަޒު

- ރެހެންދި ސްކޫލް

- ޖަމާލުއްދީން ސްކޫލް

- ކަލާފާނު ސްކޫލް

- މުހިއްދީން ސްކޫލް

- އަމީނިއްޔާ ސްކޫލް

- ތާޖުއްދީން ސްކޫލް

- މަޖީދިއްޔާ ސްކޫލް

މިނިސްޓްރީން ބުނީ މިހާރު ކުރަމުން އަންނަނީ އެކަމަށް ބޭނުންވާ ކޮންސަލްޓެންޓެއް ނެގުމަށް ފަހު ސިލަބަސް އަދި ހޭންޑްބުކް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ މަހު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މީހުން ބިނާކުރުމުގެ މަސައްކަތަކީ ތައުލީމީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން އެ ސްކޫލްތަކަކީ ފޮތުން ކިޔަވައިދޭ މާއްދާތަކާ އެއްގޮތަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

17 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖީމު

24 June 2023

އިންތިހާބަށް 3 މަހަށްވިމަ މެގަޕްރޮޖެކެޓެއް ކަމަށް ދެއްކެން ޖަހާލި ސުރުޚީއެއް މީ. މިއިން އެއްވެސް ކަމެއް ތަރުތީބުވެގެން ނުދާނެ. މިނިސްޓަރަކީ އެހާ ޤާބިލް މީހެއްނޫން. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަކި ސިޔާސީ ގޮތުން ހައްދުފަހަނަޅާފަ ވާތަނެއް.

The name is already taken The name is available. Register?

ހަމަހުވާތަ

24 June 2023

(އަންނަ އޮގަސްޓުގައި ފަށާ ދިރާސީ އަހަރާ އެކު ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ވޮކޭޝަނަލް އެޑިޔުކޭޝަން (މަސައްކަތް ދަސްކޮށްދޭ ލެބްތަކެއް) ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.) މިއަދު ކުރި އިޢުލާނަށް ކިހިނެއްބާ ހުރިހާ ތަނަކަށް ފެސިލިޓީ ހަމަކޮށް ޢިމާރާތްތައް ތައްޔާރުކޮށް މީހުން ހީދައިގެން 2 މަސްދުވަހުން ތިކަން ފަށާނީ. ރަނގަޅު ވުސްނުމެއް. ހީވަނީ ނުފަޅާނެ ގަހެއްގެ ޢޮށެއް އިންދާ އިންތީޚާބީ ކަޑައެއްހެން.

The name is already taken The name is available. Register?

މުހަންމާކަލޯ

24 June 2023

ދިރާސީ އަހަރާއެކު ވޮކޭޝަނަލް ޓްރެއިނިން ފަށާވާހަކަ ވިދާޅުވެފައި، ދެން ވިދާޅުވަނީ، މިހާރު ކުރާ މަސައްކަތަކީ ސިލަބަސް އެކުލަވާލުމޭ. ދެން ތިޔަ ކޯސް ރެޖިސްޓްރީކޮށް ސެޓްފިކެޓް ދޭނެ ތަނެއް ކަނޑައެޅުނީމަ ނޫންތޯ ކޯސް ފެށޭނީ. ދެން ކިހިނެއް ދިރާސީ އަހަރާއެކު ފަށްޓާނީ؟ މުޅިންވެސް ޚިޔާލީ ފޮލާ.. އަންނަނީ އަންނަނީ ގައި މި ތިބެން ޖެހެނީ

The name is already taken The name is available. Register?

1206

24 June 2023

އިންތިޚާބަށް ކަޑަޖެހުން މިއީ މި ރާއްޖޭގައި ނުހުއްޓޭނެ ސަގާފަތެއް. ރައްޔިތުން ހޭލުންތެރިވެ ސިޔާސީ މީހުންގެ މި ފަދަ މަޅިތަކަށް ނޫނެކޭ ބުނެގެން ހުއްޓޭނީ. މި ރައީސް އަކީ މި ފަހަކަށް ފާޅުގައި މި ފަދަ އެންމެ ގިނަ ކަޑަ ޖެހި މީހާ. ނޫސްވެރިންނެއް މި ވާހަކަ ނުދައްކާނެ. އެ މީހުން ތިބީ ހަމަ ރަނގަަޅަށް ވެސް ވިކި ހުސްވެފައި. ރައްޔިތުންނޭ ހޭ އަރާ.

The name is already taken The name is available. Register?

ަ1206

24 June 2023

އެޑަލްޓް ސުޕަރވިޝަންއާއެކު ކުރިއަށްދާ ހަރަކާތެެއްކަން ފޮޓޯތަކުން އެނގެންވާނެ. ޕްލަސް ސޭފްޓީ ހެޒާޑްސްއަށް ވިސްނާފައި ނުވާކަން ފާހަގަވޭ.

The name is already taken The name is available. Register?

އަތޮޅު މީހާ

24 June 2023

ކޮންމެ އަތޮޅަކުން އެއް ސުކޫލުކަމަށް އޮތްއިރު ކ.މާލެ އިން 1 ސުކޫލަށްވުރެއް ގިނައިން އެބައޮތެވެ. ހުރިހާ މޮޅެއް މާލެއަށެވެ. މިނޫން ދުވަހެއް ފެންނާނެ ކަމަށް އުންމީދު ކުރަމެވެ.

The name is already taken The name is available. Register?

ތަފާތެއް ނުކުރޭ

24 June 2023

ފައިސާ ހޯދަނީ ޓެކްސްފައިސާއިން. ރަށްތަކުގައި އުޅޭ މީހުންގެ 3 ގުނަމީހުން މާލޭގައި އުޅޭ. ސަރުކާރަށް ފައިސާ ލިބެނީ މާލޭ މީހުން އަތުން. އެހެންނޫނަސް މާލޭއަކީ ރާއްޖޭގެ ކެޕިޓަލްސިޓީ. ކެޕިޓަލް ސިޓީ ތަފާތުނޫންތަނެއް ނޯންނާނެ. މެލޭޝިޔާގެެ ވެރިރަށް ތައިލެންޑްގެ ވެރިރަށް ފަދަ ތަންތަންވެސް އެންމެ ކުޑަމިނުން ދަތުރުފަތުރުގެވެސް ތަފާތު ފެންނާނެ. މާލެޔާއި ތިރަށް އެއްގޮތްވާއިރު ތިރަށުން ލިބެނީ ހުސްގެއްލުން. ފައިދާނެތް ޚަރަދުކުރަނީ. ރިސޯޓަކަށް ތިރަށް ހެދުން ރަގަޅު

The name is already taken The name is available. Register?

އަސޭލ

24 June 2023

މާލޭގަވެސް ދިރިއުޅެނީ މާލެ އުފަން 200 މީހުންވިއްޔާ

The name is already taken The name is available. Register?

މާލޭ މީހާާ

24 June 2023

ސްކޫލް ކަނޑައަޅަނީ އާބާދީން. އަތޮޅުގައި އެއްރަށެއްގައި ގިނަވެގެން 5،000 ކުދިން ނުތިބޭނެ. މާޅޭގައި އެބައުޅޭ 30-40،000 ކުދިން

The name is already taken The name is available. Register?

1206

24 June 2023

މާލޭ މީހާ ތިޔަ ބުނާ 5000 ކުދިން ތިބި ވަކި ރަށެއް ރާއްޖޭގައި ނުއޮންނާނެ. މާލެއާއި ހުޅުމާލެ ފިޔަވައި. މާލެ ހުޅުމާލެ ފިޔަވައި، ވަކި އަތޮޅެއް ނޫން، ވަކި އެއް ރަށުގައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑު އަތޮޅު ހިތަދޫ (އާބާދީ 11،000) ނުތިބޭނެ 5،000 (ސްކޫލު) ކުދިން.

The name is already taken The name is available. Register?

ޙިނި

24 June 2023

ތައުލީމު ހަމަ ފޭލް، އަހަރުން އަހަރައް ފާސްވާކުދިން ދައްވަނީ. މިނިސްޓަރު އިސްތިފާ ދީ

The name is already taken The name is available. Register?

ކަޓް

24 June 2023

ދެން 50 އަހަރު ފަހުންވެސް، ދިވެހިން އެދުއަޅަން ދަސްކޮށްފާ، ހުރިހާ ބޮޑު މުސާރަލިބޭ ވަޒީފާތަކަށް ބޭރުމީހުން ގެނައިމައި އެެއޮތީ ކަމެއްކުރެވިފާ

The name is already taken The name is available. Register?

ރޯޒަސް

24 June 2023

ކޮންމެ މީހަކަށް ވަޒީފާއަށް ވަންނަ ގޮތަށްގޮސް މެނޭޖަރަކަށް ނުވެވޭނެ. އަލަށް ވަޒީފައަށް ވަން ކުދިން ޖެހޭނީ ތިރިން ފަށަން. މީ ރާއްޖޭގައި ނުވެގެން އުޅޭ ކަމަކީ. އަނެއް މައްސަލައަކީ ދިވެހިންނަށް ފަށައިގަންނަން އަދި ދަށުފަންތީގައި ދޭ މުސާރަ މިސަރަހައްދުގެ ޗީޕް ލޭބާއާއި އަޅާ ކިިޔާފަ ކަނޑައެޅުން. ބޭރުމީހުންގެ ވަޒީފާތަކަށް އެބަޖެހޭ ބޮޑެތި ޓެކްސް ލާން ނޫނީ ދިވެހިން ގެން ގުޅޭނަމަ ޓެކްސް ރިލީފް ދޭން.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

23 June 2023

ތީ ވަރަށް ރަނގަޅު ކަމެއް. ފަހުން ކޮންމެރަށެއްގާވެސް ހުރުން މުހިއްމު ތަނެއް. ފުރުތަމަކޮޅު ވަރަށް އާދައިގެކޮށްވެސް ފެށިދާނެ. ފެށީމާ އެތަންތަނަށް ފޯރާ މީސްމީހުން ތަކެތި ޚައިރާތުވެސްކުރާނެ. ފައިދާ ފެންނަންފެށީމާ އެންމެން އެމީހަކަށް ވީވަރުން އެކަމަށް ހިއްސާއެއް ލާނެ.

The name is already taken The name is available. Register?

އަދުރޭ

23 June 2023

ފޮޓޯއިން އެ ފެންނަ ޓީވީ ހަދާ މަންޒަރުގައި އެކުދިން އަތުގައި އެ އޮތް ޓޫލް އަކީ އެކަން ކުރުމަށް މާ ބާރުގަދަ އަދި އެއިން ގެއްލުމެއް ލިބިދާނެ ވަރު ޓޫލެއް. މަސައްކަތް ދަސްކޮއްދިނުމާއި އެއްޗެހި ބޭނުން ކުރަން އެގުން އެއީ ވަރަށް ރަނގަޅުކަމެއް. ނަމަވެސް އުމުރާ ގުޅޭ އަދި އެހެން ދަރިވަރަކަށް ގެއްލުމެއް ލިބިދޭނެ ފަދަ ތަކެތި ދިނުމުގައި ފުންކޮށް ވިސްނާލުން މުހިންމު.

The name is already taken The name is available. Register?

ބްރަހް

24 June 2023

ފޯޓޯ ބަލާފަ ދޯ ކޮމެންޓު ކުރަނީ.. ކިހިނެތް އިނގޭނީ އެތަނުގަ ސުޕަވައިޒްކޮށްގެން ނުންކަން މިކަން މިކުރެވެނީ. ކިހިނެތް އިނގެނީ އެކުއްޖާއަކީ އެޓޫލް ބޭނުންކުރުމުގެ ޓްރެއިނިން މަރުހަލާތައް ނިންމާފައި ނެތް ކުއްޖެއްކަން؟

The name is already taken The name is available. Register?

1206

24 June 2023

އަދުރޭގެ ކޮމެންޓަށް ތާއީދު. މި ފަދަ ފޮޓޮއެއް ލާއިރު އެޑަލް ސުޕަރވިޝަން އޮތް ކަން ފާހަގަވާންޖެހޭނެ. ޕްލަސް ޕަވަރޑް ޓޫލްސް އަދި ޕަވަރޑް ނޫނަސް ޓޫލްސް އަދި ޚާއްޞަކޮށް ތުއްތު ކުދިން ވީމަ ސޭފްޓީ ހެޒާޑްސް އަށް ވިސްނައިފައި އޮންނަންވާނީ. ފޮޓޮއިން އެ ކަން ނުފެނުން އެއީ ކަންބޮޑުވާންޖެހޭ، މަ ވެސް ކަންބޮޑުވި މައްސަލައެއް. މިއީ މި ޚަބަރު ލިޔުނު މީހުން ވެސް ފާހަގަ ކުރަންޖެހޭނެ ކަންކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454