ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސުލް ކަމަށް ޝަކީލާ އައްޔަންކޮށްފި

ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސުލްގެ މަގާމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އައްޔަން ކޮށްފި އެވެ.


ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް އެ މަގާމަށް ޝަކީލާ އައްޔަން ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ބެލްޖިއަމުން ރާއްޖެއަށް އޮނަރަރީ ކައުންސުލް އެއް އައްޔަންކުރި ފުރަތަމަ ފަހަރެވެ.

މި މަގާމަށް ޝަކީލާ އައްޔަންކުރެއްވުމާ ގުޅިގެން، އިންޑިއާގެ ނިއު ދިއްލީގައި ހުންނަވާ ބެލްޖިއަމްގެ ސަފީރު ޖެން ލިއަކްސް ވަނީ ރާއްޖެ ވަޑައިގެން ޝަކީލާއާ ބައްދަލު ކުރައްވައިފަ އެވެ.

ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސުލްގެ މަގާމަށް ޑރ. މަރިޔަމް ޝަކީލާ އައްޔަންކުރެއްވުން

މި ސަރުކާރުގެ ފުރަތަމަ ހެލްތް މިނިސްޓަރު ކަމާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެންވަޔަރްމަންޓް މިނިސްޓަރު ކަން ކުރެއްވި ޝަކީލާ އަށް ދާދިފަހުން ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓްގެ އެޑްވައިޒަރީ ބޯޑަށް ވެސް އައްޔަންކޮށްފަ އެވެ.