ހުރަވަޅި ރިސޯޓް ރައީސް ޔާމީން ރޭ ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
31 ޖެނުއަރީ 2017 - 13:30
"ހުރަވަޅި" އަކީ ދިވެހި ބަހުގައި ބޭއަދަބީ މާނައެއް ދޭހަވާ ބަހެއް ކަމަށާއި އެފަދަ ނަންތައް ރިސޯޓްތަކަށާއި އެހެން ވެސް ބޭނުންތަކުގައި ކިޔައިގެން ނުވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މިއަދު ބުނެފި އެވެ.
"މިއީ ވަރަށް ދެރަކޮށް ވެގެން ދިޔަ ކަމެއް،" ރާއްޖޭގައި ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްގެން ރޭ ހުޅުވި ފަސްތަރީގެ ރިސޯޓްގެ ނަމާ ބެހޭ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވި އެވެ.
ހުރަވަޅި ރިސޯޓުން ރޭ ދިން ޕްލާކެއް -- ފޮޓޯ: ރައީސް އޮފީސް
ޗަމްޕާ ހޯލްޑިންގްސްގެ މި ރިސޯޓް ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. މި ރިސޯޓުގެ ނަމާއި ރޭ ރައީސަށް އެރުވި ހަނދާނީ ފިލަ އާއި އެ ރިސޯޓްގެ ވެބްސައިޓްގައި ވެސް ވަނީ ހުރަވަޅި އެވެ. ދިވެހި ބަހުގެ ރަދީފު ބުނާ ގޮތުން "ހުރަވަޅި" އަކީ ފިރިހެނުންގެ ޖިންސީ ގުނަވަނެކެވެ.
އަޝްރަފު ވިދާޅުވީ ކުރިން ފެށިގެން އެ ރަށަކީ "ހުރުވަޅި" ނަމުގައި އޮތް ރަށެއް ކަމަށާއި އަސްލު ނަމަކީ އެއީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ދިވެހި ބަހުގައި ވަރަށް ގޯސް މާނައެއް ދޭހަވާ ނަމެއް ކިޔުމުން އެ ނަން މަނާ ކުރައްވާނެތޯ ދެންނެވުމުން އަޝްރަފު ވަކި ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ، "އެ ނަން ކިޔުން އެއީ ރަނގަޅު ގޮތެއް ނޫން" ކަމަށެވެ.
"އެކަހަލަ ބޮޑު ކަމެއް، ހާއްސަކޮށް ރިސޯޓަކަށް ކަހަލަ ތަނަކަށް ކިޔާއިރު އަޅުގަނޑުމެންގެ ލަފައަކަށް އެދުނު ނަމަވެސް އަޅުގަނޑުމެން މިތިބީ އެކަން ކޮށްދޭން ތައްޔާރަށް،" އަޝްރަފު ވިދާޅުވި އެވެ.
"ހުރަވަޅި" ގެ ނަމުގައި ރިސޯޓެއް ހުޅުވި މައްސަލާގައި ސޯޝަލް މީޑިއާ އާއި އެހެން ބައެއް ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީދާ
02 February 2017
ހުރަވަޅި އެއީ ގޯސް ބަހެއްނޫން ގޯސް ބަހަކީ އުރަވަޅި
ހަސަން
02 February 2017
ހުރަވަޅި އަދި އުރަވަޅި އެއީ އެކައްޗެއް
މަނިކުފާނު
02 February 2017
ބަލަގަ ށ. އަތޮޅު ގައި ތިޔަ ވައްތަރުގެ ކިތަށް ނަން ކިޔާ ކިތަށް ރަށް އޮވޭތޯ؟ ޅައިމަގު، ފޯކައިދޫ، ބިލެތްފަހި، މަރޮށި، ކުޑަޅައިމެންދޫ، ބޮޑު ޅައިމެންދޫ، ފިރިމެރިދޫ ގދ. ނަޑެއަލާ (ނަޑަރުލާ) މިކަހަލަ ކިތައމެ ނަމެއް އެބަހުރި ބަދަލު ކުރނަ ޖެހޭ. ކީއްވެގެންތޯ ވިޔަފާރި އަށް ހިންގާ ރިސޯރޓަކަށް އެނަން ނުކިޔަންވީ
ލަވް
02 February 2017
ހިތު ވަޅިއަށް ނަން ބަދަލުކޮއްލާ
އަޙްމަދު
02 February 2017
ބަލަ ރާއްޖޭގެ ރިސޯޓުތަކަށް ކިޔާފަ އެބަހުރި '' ކުރަމަތި'' ވެސް ހަމަ އެންމެ އަކުރެއް ބަދަލު ކޮށްލު ކޮށްލީމަ ނިމުނީ
ސަރަފު
01 February 2017
ބަލަ އަސްރަފޫ. އެތަން ހުޅަވައިދެއްވީ މަމެންގެ ރައީހެއް ނޫންތޭ . ދެން ތިޔާކިޔަނޫ ކޮންއެއްޗެކޭތޭ .
އޭނަމީނަ
01 February 2017
ރަދީފުގަ އޮންނަނީ ހުރަވަޅި އެއް ނޫން ބޭ އަދަބީ ބަހަކަށް .... އޮންނަނީ އުރަވަޅި ....
މޮހޮނަސް
01 February 2017
އަސްލު އެރަށަށް ކިޔާނަމަކީ "ހުރަވަޅި" އެއް ނޫން . އެރަށުގެ ނަމަކީ "ހުރުވަޅި" ނަން ކިޔާއިރު ވިސްނާލަންޖެހޭނެކަމަށް ފެނޭ.
އަލްފަހުމް ވަލް ކޮމެންޓް
01 February 2017
އެރަށުގެ ނަން ބަދަލުކޮށްގެނެއް ނޫޅޭ. ހުރުވަޅި ކިޔާ ފަޅުރަށެއްގައި ޗަމްޕާ ހޯލްޑިންގްސް އިން ހަދާފައިވާ ރިސޯރޓް (ވިޔަފާރިއަށް) ކިޔާނަމަކީ ހުރަވަޅި. މަލެ ކައިރީގައި މިއޮންނަ ވިހަމަނާފުށްޓަށް ކިޔަނީ ކުރުނބާ މޯލްޑިވްސް. އެގޮތަށް ކިޔާފައިވާ ނަމެއް ހުރަވަޅި އެއީ. ނަމުގެ މާނައާއި ބެހޭގިތުން އެއްޗެއް ބުނަން ނެތިން.
އަބްދުއްލާ އަލީ
01 February 2017
ނަން ނުބައިކޮށް ލިޔެގެން އުޅޭތީ ނުބައި އެއްޗަކަށްވީވެސް ތިނަމުގެ އަސްލު ގޮތަކީ " ހުރުވަޅި "ތި ރަށުގެ ނަން ކިޔަނީ ރ ގަ އުބުފިލި ޖަހައިގެން.
އާދަނު
01 February 2017
އެކަޑަމީ އަކީ ދިވެހިބަހެއް ނޫން.
ޖަމަލު
01 February 2017
މިވެސް އަންނި ވެރިކަމުގަ ވީ ކަމެއް ނަމަ އިއްތިހާދު ހަދައިގެން ގައުމަށް ޓަކާ ދީނަށް ޓަކާ ނިކުންނާނެ މީހުން ތިބޭނެ.. ދީނާ ގައުމިއްޔަތާ ފެންނާނެ މީހުން ތިބޭނެ. މިހާރު މީހުން މިތިބީ ލޮކުއެޅިފަ