ފްލެޓް ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑުވެ މިނިސްޓްރީ އަށް މީހުން އެއްވެފައި: އުސޫލުން ބޭރުން އަމަލުކޮށްފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނި - ފޮޓޯ: ނިޝާން އަލީ / މިހާރު
07 ނޮވެމްބަރ 2023 - 14:15
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ މީހުން އުސޫލުން ބޭރުން ހިމަނާފައިވާ ނަމަ، އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު، އެއީ އިންސާފުން ބޭރުން އެކުލަވާލައި، އާންމުކޮށްފައި އޮތް ލިސްޓެއް ކަމުގެ ޝަކުވާ ބޮޑުވެ އޭސީސީ އަށް ވަނީ އެ މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓަށް ޕޮއިންޓް ދިނުމުގައި ހާމަ ކަމެއް އަދި އިންސާފުވެރި ކަމެއް ނެތް ކަމަށް ބުނެ އާންމުން ޕްލޭނިން މިނިސްޓްރީ ދޮށުގައި އަޑުއުފުލުމުން މިހާރު ވަނީ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފަ އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ރައްޔިތުން އެހާމެ ބޭނުން ޖެހިފައިވާ ކަމެއްގައި އުސޫލުން ބޭރުން ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ޝަރުތު ހަމަވާ މީހުންނަށް ވެސް ފްލެޓް ދޫކުރުން އަންނަ ސަރުކާރާ ހަވާލުކުރުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިހާބީ ރައީސްގެ ވައުދުފުޅަކީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައި އެއްޗެއް އަތުނުލުން ކަމަށާއި ނަމަވެސް، ބޭއިންސާފުން ކަމެއް ކޮށްފައިވާ ނަމަ، އެކަން ނުބަލައި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެހެންވެ، ބޭއިންސާފުން އަމަލުކޮށްފައިވޭތޯ އާ ސަރުކާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުހައްގު ނުގަވައިދުން އުސޫލުން ބޭރުން ކަންތައްތަކެއް ކޮށްފައި ހުރި ކަމަށްވާ ނަމަ، ޝަރުތު ހަމަނުވާ މީހުންނަށް ދީފައިވާ ނަމަ، އެހެން ވެސް ކަންތައްތައް ހުރި ކަމަށްވާ ނަމަ، ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވާލަން."
"ސިޔާސީ ވިސްނުމެއްގައި ވަކި ފަރާތަކަށް ޓާގެޓްކޮށްގެން ކުރެވޭ ކަމެއް ނޫން، އެ ވިސްނުމަށް އެއްވެސް ޖާގައެއް ނޯންނާނެ. އެކަމަކު އިންތިހާބީ ރައީސް ދެކެވަޑައިގަންނަވަނީ ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންކަން ކުރިއަށް ދާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމަކީ ވެސް އެންމެ އަދުލުވެރި ގޮތެއް ނޫން،" ފިރުޒުލް ވިދާޅުވި އެވެ.
"ނުހައްގުން، ނުގަވައިދުން އުސޫލުން ބޭރުން ކަންތައްތަކެއް ކޮށްފައި ހުރި ކަމަށްވާ ނަމަ، ޝަރުތު ހަމަނުވާ މީހުންނަށް ދީފައިވާ ނަމަ، އެހެން ވެސް ކަންތައްތައް ހުރި ކަމަށްވާ ނަމަ، ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވާލަން."
ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަމަކީ ގެދޮރުވެރިކަން ކަމަށާއި މިހާރު ހިނގަމުންދާ ގެދޮވެރިކަމުގެ މަޝްރޫއުތައް ވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އާ ސަރުކާރުގައި ބަދަލުކޮށް، މަސައްކަތްތައް ނިންމާނެ ކަމަށެވެ. އަދި އިންތިހާބީ ރައީސްގެ ވައުދާ އެއްގޮތަށް ގެދޮރުވެރިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް އާ ސަރުކާރުގައި ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު އޭގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ނުބަލައި 4،000 މީހުން ހޮވި ގޮތާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތާއި ވެރިފައިކުރަން ސަރުކާރުން ކުރި މަސައްކަތް ހާމަކުރަން ވެސް ދަނީ ގޮވާލަމުންނެވެ. އެ ޝަކުވާތަކާ އެކު ޕްލޭނިން މިނިސްޓްރީ އަށް ދިޔަ މީހުންނާ ބައްދަލުކުރައްވައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ވިދާޅުވީ ޕޮއިންޓް ދީފައި ވަނީ ފޯމުގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯ ހަލާކުވާވޭ
09 November 2023
ހިޔާ ފްލެޓްތައްވެސް އެހެރީ މަކަރުން ހޯދައިގެން ތަންތަން ކުއްޔަށްދީފައި. އެކަންކަން ނުބަލައި ދޫކޮށްލީމަ މިހާވަރު މިވަނީ. ހަމަ ހުރިހާ އެންމެވެސް އެކައްޗެއް ހަދަނީ
ސީތާ
08 November 2023
ފުލެޓްގެ ވާހަކަ ދައްކާއިރު ކޮބައިތޯ މާލެ ސަރަޙައްދުން ބެހި ގޯތީގެ ވާހަކަ
އެއްބައެއް
08 November 2023
ތިތަނުން ބައެއް ދަތްތަމެން ފެނުނު ކަނޑުން ދިންކަމަށްބުނާ ގޯތިތަކެއް ނުފެނިގެން ލޯންޗަކަށަ އަރައިގެން ކަނޑުމަތީގައި އުޅެނިކޮށްވެސް. ހުރިހާ ޑުރާމާއެއްގައި އެއްބައެއްތަ މިއުޅެނީ!
7979
08 November 2023
ގޯސްކޮށް ފްލެޓް ދީފަ ހުރެއްޖެނަމަ ތި ފްލެޓް ދިނުމާ ހަވާލުވެ ތިބި އެންމެން ތިބެންޖެހޭނީ ޖަލުގަ. ކޮރަޕްޝަނަކީ ކުޑަކަމެއްނޫން. މިގައުމުގެ ހަމައާ އިންސާފު ގެއްލި އެންމެންނަކީ ފޭރޭ ބަޔަކަށްވެއްޖެ. ދޮގުހެދުން އާއްމުވެއްޖެ. ޚަރާމް ތަކެތި ކައި ލިބިގަނެ ހެދުން އާންމުވެއް. މިގައުމު ސަލާމަތް ކުރެވޭނީ މިހާރު ކަންކަމާ ހަވާލުވެތިބި މީހުން ހިންގާ ޖަރީމާތައް ބެލި އެމީހުނަށް ބޮޑެތި އަދަބު ދެވިގެން. އޭރަށް މީހުން އެފަދަކަންކަން ކުރުމަށް ޖެހިލުންވާނީ.
8568
08 November 2023
ދިވެހިންނަކީ ފައިސާއާ މުދަލުގެ އަޅޫން. ކައްވަޅުގަ ތިބި މީހުންވެސް އެއްކޮޓަރީގަ ދިރިއުޅޭކަމަށް ލިޔާނެ. ބޮޑެތި ގަނޑުވަރުގަ ދިރިއުޅޭއިރުވެސް ބުނާނެ އެންމެ ކޮޓަރިއެއްގައި 10 މީހުން އެއްފާހާނާ ބޭނުންކޮށްކޮށްގެން ކައްކާ ކަނީވެސް ނިދާ ތަނުތައޭ. މިގައުމަކީ މިހާރު ޔަހޫދީންގެ ގޮތްގަނޑު ހުރި މީހުން ދިރިއުޅޭ ތަނެއް.
2324
08 November 2023
މަށަށް ހެދުނު ގޯހަކީ މައުޅެނީ 1 ކޮޓަރީގައި ދަރިންނާއި ފިރިއަކާ އަތްބަކާއި ދެމީހުންގެ މަންމައާއި ބައްޕައާއި ކާފައާއި މާމައާއި މުނިކާފައާއޭ ކިޔައިގެން ނުލިޔެވުމާއި. އަދި މަ ކައްކާ އުޅެނީވެސް ނިދަނީވެސް އެ ތަންކޮޅުގައި ކަމުގައި ނުލިޔެވުން. 10 މީހުން އެއްފާޚާ ބޭނުން ކުރެއޭވެސް ލިޔެވުނު ނަމަ. ނުޖެހޭ އެއްވެސް ލިޔުމެއް ހުށަހަޅާކަށް. ޖެހެނީ ބޮޑެތި ދޮގުތައް ހަދާލަން. 90 އިން މަތިން މާކްސް ލިބޭނެ މިހެން ހެދުނު ނަމަ.
އަހުމަދު ސައިފުލް
08 November 2023
މި ބުނީ މި ފިރުޒުލު އަކީ ކޮންތަނަކުން އައިސްގެން އުޅޭ މީހެއްތަ؟ ކީއްވެތަ މީނާ އެންމެން ސިންގަޕޫރަށް ދިޔައީ ކޯޓު ފަހަންށޭ ނުބުނީ! އާނ ހުވާ ކުރައްވާ ޖަލްސާ އަށް އެންމެންގަޑު ކޯޓު ފަހަން ނައްޓާލީ ސިންގަޕޫރަށޯ! ދެން މި ހިސާބުގަނދު ގައުމުތަކުގެ މީހުން ޖޯކު ޖަހާނެ ވަރު ހިތަށް އަރުވާލާ!
ހާސަރުތަކުރު
08 November 2023
ރޮޒޭނާގެ ފިރިމީހާގެ ކެމްޕެއިންގައި އުޅުނު ފިރިންނަށް ހިޔާ ފްލެޓުން ފްލެޓް ދީފައި މާލެއަށް ގެނެސްފައި އަނބިން މާލެ އައިތާ ހައެއްކަ އަހަރު ނުވަނީސް އަނެއްކާ އަނބިމީހާއަށް ޝަރުޠު ހަމަވެގެން ތިން ކޮޓަރީގެ ފްލެޓް ދިންގޮތްވެސް ބަލަންޖެހޭ. މީގެ މީހުން ރައީސް އޮފީހުގައި ތިބޭނެ.
ިމަރުދޮޅި
08 November 2023
އަމިއްލަ ރަށުގައި ދިރިއުޅެފައި މާލޭގައި ތިބި ދަންނަ މީހުންނާއި ތިމާގެ މީހުން އަތުން ސިޓީ ހޯދައިގެން، އަދި ރަށު ކައުންސިލުގައި އިންނަ ބޭބެއާއި ޅިޔަން ފަހަރިން ލައްވައި ލިޔުން ތައްޔާރުކުރުވައިގެން ފޯމު ފުރި މީހުންނަށް ޝަރުޠު ހަމަވެގެން ފްލެޓް ދޭނަމަ އެއްވެސް އިންސާފެއް ނެތް. މާލޭގައި އުމުރުދުވަހު އުޅުނު މީހުން ބާކީކުރުމަށް ތިހިންގާ ޖަރީމާ ހުއްޓާލާފައި ޕޮއިންޓް ދޭނެ އުސޫލެއް އަލުން އެކުލަވާލައިގެން ނޫނީ ހައްގުވެރިންނަށް ނުލިބޭނެ.
ނާޒިމާ
08 November 2023
13000 މީހުންގެ މެދުގަގުރުލަބަލަ ތިކަންނިމުނީނު އޭރުން