ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އެކްސިޑެންޓުވި ކާރު.-- ފޮޓޯ: މިހާރު
20 ނޮވެމްބަރ 2023 - 20:42
ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓުގައި ދެ އަންހެނުންނާއި ދެ ފިރިހެނުންނަށް އަނިޔާވި ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އެކްސިޑެންޓުވި ސައިކަލުތަކުގެ ތެރެއިން ސައިކަލެއް.-- ފޮޓޯ: މިހާރު
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނު ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކުވޭ
21 November 2023
ތިއޮތީ ޕްރައިވެޓް ކާރެއް އަތުގަ ޖެހިފަވިއްޔަ. ދެން އަމަލުވެގެން ދުއްވާހެން ދުއްވަނވީނު؟
މަސްތުރާއްޖެ
21 November 2023
ޢެކްސިޑެންޓްތައް ދެން ވާނީ ގިނަ، އެއީ މި ސަރުކާރު އައުމުން މަސްތުވާތަކެތި މެކުހަށް ހަޖާނެކަމަށް ފެނޭ. އަދި ރޭސް ކާރުތައް ވެސް މެކުހަށް މަގުތަކަށް ނުކުންނާނެކަމަށް ފެންނަނީ، މަސްތުވެ ތިބެ ދުއްވާ ކުދިންކޮޅުވެސް މަގުތަކަށް ނުކުންނާނެ. ކުރީގެ ތަޖުރިބާއަށް ބަލާފައި މިބުނީ.
ފަހި
21 November 2023
އެއްވެސްކަމެއް ތަންފީޒުކުރެވޭ ތަނެއްނޫން މިއަކީ އުޅެނެގޮތަކަށް އުޅެންވީ ނިކަމެތި ރައްޔިތުމީހާއަށް ހުރިހާ ގެއްލުމެއް
އަލިފުޅު3
21 November 2023
2 ވަނަ ފޮޓޯގަ (ރަތް ސައިކަލު ކާރީގަ) ކްލިޕްބޯޑެއް ހިފައިގެން އެއްޗެއް ނޯޓު ކުރަން އެހެރީ ކޮން މުއައްސަސާއެއްގެ ބޭފުޅެއް ބާ؟ ހާދަހާ ބޮޑުތުނބުޅިއެއް ލާފަ ހުރި މީހެކޭ! އަނެއްކާ ފުލުހެއްބާ؟ އާބަންކޯ އާތިފު ހެންވެސް ހީވޭ!
އަލިފުޅު3
21 November 2023
ކާރު ދުއްވި ބޭފުޅާގެ ޑްރަގް ޓެސްޓެއް ހަދަން ޖެހޭ!
ކޮމިޝަނަރ
21 November 2023
ގްރޫޕްތައް ރޭސިންގ ކާރާ ތަފާތު ވައްތަރުގެ ކާރުތަކުގައި ގޮސް ރޭގަނޑު އާއްމުކޮށް މީހުން ޕާކުގައި ކަސްރަތުކޮށް އުޅޭގަޑިތަކުގައިވެސް އެތާ އެބަ ބާރުސްޕީޑްގައި ދުއްވާ. އަދި ނުވިތާކަށް ޕާޓޭން އެމީހުންގެ "ބިޒްނަސް ޓްރާންސެކްޝަން" ތައް ހަދަންވެސް ވަރަށް ގިނައިން ސެންޓްރަލް ޕާކްގެ ފެރީޓާމިނަލްއާވީ ފަޅީގައި ތިބޭ. ހިތާމައަކީ އެތާ ކައިރީ އަނެއްފަރާތުގައި ޕޮލިސް ސްޓޭޝަންގެ ބޮޑުސިންގާ އިމާރާތެއް ހުރޭ. އެކަމު އެތަން ހުންނަނީ ކީއްކުރަންބާއޭ ހިތަށްއަރާ.
މުއުތަބަރު
21 November 2023
ތި ކާރަކީ ނުބައި ޒޯންގައި ދުއްވާ ކާރެއް. މައުލޫމާތު ލިބޭގޮތުން ފުލުހެއްގެ ކާރެއް ކަމަށް ވަނީ.
ގުޅަބަޖިޔާ
21 November 2023
ޕޮލިހުން ހުޅުމާލޭގެ މަގުތައް ނުބަލަހައްޓާ. ސްޕޯޓްސް ކާރު ތަކުގަޔާއި ރޭސް ސައިކަލްތކުގައި ބާރުބާރަށް މުޅި ސަރަހައްދުގައި އަޑުހިއްޕާލާފައި ބާރުބާރަށް ޓްރެފިކްގަވާއިދާ ހިލާފުވަމުން ރޭގަނޑު ގަޑިތަކުގައި ދުއްވާމީހުން ފުލުހުންނަށްވެސް އެގޭ. އެކަމާ އުޅޭތަނެއް ނުފެނޭ.
ސަތޭކަ
21 November 2023
މިއީ ހަމަ ސީދާ ާ ާ ާ ާ ތެދު. މިއީ މީސްމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުން ދުއްވާބައިގަނޑެއްގެ ވާހަކަ. އެކަމާ ފުލުހުން ނޫޅޭވާހަކަ. މިގޮތަށް ދުއްވަދުވާފައި ފާޑުފާޑު އެއްޗެހިބޮއެގެން ބިޔަރުދަޅުތައް ހިފައިގެން ބީޗްގައި ޕާޓީވެސް ކުރޭ. (ހމ ބީޗުގައި ހުސްކުރި ބިޔަރުދަޅާއި ރާފުޅިޔާ ކޮންޑަމް އިންތަހާޔަށް އެބައޮތް.)
މިއައު
21 November 2023
މިވަރު ތަންކޮޅެއްގަ ކާރު ކަލްޗަރ ތަންކޮޅެއް ބޮޑުހެން ހީވަނީ. ތޮއްޖެހި ދުންވެފަ ނުވިތާކަ ދުއްވަނީ އެހާ ބާރަށް. ފުލުހުންނަކަށް އެޔެއް ފެންނަނީކީ ނޫން. މުޅި މަގު ދެފަރާރުގަ ކާރު ޕާކު ކޮށްފަ. ދެން ދިވެހިން ކިޔާނެ އެއީ ތަރައްގީއޭ.
ސަލީމު އިދުރީސް
21 November 2023
ހުޅަނގު ޔޫރަފުގެ ގައުމުތަކުގަ ކިރިޔާ ނުކަސިޔާރު ގޮތަކައް ދުއްވިއަސް ދުއްވި މީހަ އިނީ މަސްތުވެގެން ތޯބަލާ ހާދިސާއެއް ނުހިގިޔަސް މަސްތުވެގެން އިދި އެއްޗެއް ދުއްވައިފިއާ ލައިސަން ހިފަހައްޓާ އަދި ބަޔެއް ހާލަތްތަކުގަ ލައިސަންސް އަލުންހޯދުމައް ބޮޑު ހަރަދަކާ އެތައް ތަކުލީފެއް އުފުލަންޖެހޭ!މިހެން ބުންޏަސް މިފަދަ މުސްލިމުގައުމެއް އެދަ ކަމެއް މީހަކު ކޮއްދާނެ ކަމައް ބަލައިގެން ނުވާނެ އަދި ކުރިޔައްތާ ޕީއެޗުޑީ މުދިމުން ފަހަތުގަ ނަމާދު ކުރަންފެށުނީމަ މާރަގަޅު
އެޑްމުންޑޯ
21 November 2023
ކޮމެންޓް ލިޔާ މީހުންވެސް ތިބެނީ ތިގޮތަށް މަސްތުވެގެންތޯ ބެލުން ބުއްދިވެރި ، އެއީ ތިމާއަށް ލިޔެވޭނުލިޔެވޭ އެއްޗެއްގިނަފަހަރަށް ނޭގޭތީ ،
ބުލްބުލާ
21 November 2023
އެޑްމުންޑޯ....ކެކެކެކެކެ