ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

މޫސުން ގޯސްވުމުން ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ދަންފަޅި ކުރުކުރަން އަންގައިފި

މޫސުން ގޯސްވެފައިވާއިރު ދޯންޏެއް ދަތުރު ކުރަނީ: މޫސުން ގޯސްވުމުން ދިރާސާ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުމުގެ ވަގުތު ވަނީ ކުރުކޮށްފައި --- ފޮޓޯ/މިހާރު

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާތީ އަންނަ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ތިން ގަޑިއިރަށް ފައްތަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑު ގަަދަވުމުން ދަތުރުކުރުމަށް ބުރުއަރާފައިވާތީ މޫސުމީ ހާލަތަށް ބަލައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ކޮންމެ ދަންފަޅިއެއް ވެސް 2-3 ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެ ދުވަސްވަރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އެދެ އެވެ.

ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، މި މަހުގެ މެދުތެރެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމުން، ކަނޑު ދަތުރު ކުރުމުގައި ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.

44 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނޑި

24 May 2024

ދިވެހިރާއްޖޭގެ ވެރިކަން އައްޑުއަށް ބަދަލުކޮށް އަފީފުދީދީއަށް ހަވާލުކުރަން މަޖިލީހުން ފާސްކުރަން ފެނޭ!

The name is already taken The name is available. Register?

އަބްޑޫޅް +

24 May 2024

މުއިޒޫ، އޭނަގެ އޮފީހަށް، ތަންކޮޅެއް ހެނދުނާ ވައްޓާލާފަ، ރައީސުމީހާ ގެ ރަސްމީ ކާރު، އިޝްކޯލު ބަހެއްގެ ގޮތޮގަ ބޭނުން ކުރަން ވީނުން؟ ދެންވެސް ސަރުކާރުގެ ހަރަދުގަ ދުއްވާ މިނިޝްޓަރު ކާރު، ލޯރި، ޓުރެކުޓަރު، ސޭލަ، ޕިކަޕު، ކުރޮޅި، ދަމާގާޑިޔާ، ބޮއްކުރާ، ބަނޑު ފަދަ އުޅަނދުތައް ވެސް، މިގޮތުގަ ބޭނުން ކުރެވިދާނެ.

The name is already taken The name is available. Register?

ބބހހހ

24 May 2024

ކިޔެވުން ފަށަންޔާ ވަގުތު ކުރުނުކޮށް ގަޑި ނޯމަލީވެސް އިންނަ ގޮތަށް ބޭންދިއްޔާ މާރަނގަޅު. އޮފީހަށް ދާ ޕޭރެންޓުންނަށް ސްކޫލަަށް އިރުކޮޅުކޮޅުން ބަލާ ދާންޖެހުންވާނީ ބޮޑު ތަކުލީފަކަށް.

The name is already taken The name is available. Register?

އަހްމަދ

24 May 2024

މޫސުން ގޯސްވެގެނޭ ކިޔާފަ ކިޔަވައިދޭ އިރު މަދުކޮށްގެން ކޮންފަސޭހައެއް ނުވަތަ ފައިދާއެއްތޯ އޮތީ؟ ސްކޫލަށް ކުދިންވެސް ބެލެނިވެރިންވެސް ޓީޗަރުންވެސް ގޮސްސަ އަންނަަން ޖެހޭ. އެކަން އަވަސްވެ ލަސްވެގެން ވާނެ ފައިދާއެއް އެއްގޮތަކަށްވެސް ވިސްނުމަކަށް ނައި.

The name is already taken The name is available. Register?

ޢުސްމާނުބެ

24 May 2024

މިވަރުން 3 ދުވަހު ބަންދުކުރީމަ ނިމުނީއެއްނު، ސުކޫލައް ލަފަ އަނެއްކާ 2 ނުވަތަ 3 ގަޑިއިރު ކޮއްފަ ބަލާ ދިއުމައްވުރެ ފަަސޭހަވާނެ ފުލްޓއިމައް ކިޔަވާ ދިނިއްޔާ ނުވަތަ ބަންދުކުރިޔަސް

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

24 May 2024

ނުސީދާގޮތަކަށް އެބުނެލީ ފޮތްބައިގެ އެއްބައި އަދިވެސް ހަމަނުވެޔޭ

The name is already taken The name is available. Register?

ޅިއަނު

24 May 2024

މުއީޒު އޯގާތެރިވާންވެގެން އޯވާވާހެންވެސްބައެއްފަހަރު ހީވޭ.

The name is already taken The name is available. Register?

އަބްޑޫޅް +

24 May 2024

ހިޔާނުކުރާ ކުލާހުގަތަ ކުދިން ބައިތިއްބާފަ ތިބެނީ؟ ޗުއްޓީ ވަގުތު އިތުރު ކުރުމަށް އަނެއްކާ ބަހަނާ އެއް ހޯދީ ދޯ؟ ކަންނެތް ވިޔަސް ތިޔަވަރު ބޮޑު.

The name is already taken The name is available. Register?

އަމުދުއަލީ

24 May 2024

ރައީސުލްޖުމްހޫރިއްޔާގެ މޮޅު ވިސްނުން ފުޅާއެއްގޮތަށް ނިންމެވިކަމެއްކަމުގައިވާނަމަ ގައުމުގެ ރާއިސަށް ދަންނަވާލަން ބޭނުންވަނީ 2 ގަޑިއިރަށް ދަރިވަރުންނާއި ބެލެނިވެރިން ވާރޭއާއި ވިއްސާރައިގައި ނޫންތޯ ސްކޫލަށް ގެންގޮސް ގެނެސް ހަދަނީ.. ކްލާސް ރޫމްތަކަށް ވާރޭ ނުވެހޭނަމަ ސިލަބަސްވެސް ތަންކޮޅެއެް ރަގަޅުކޮށް ނިންމާލަން ކަނޑައަޅާފައި އޮތްވަގުތަށް ކިޔަވައި ނުދެވޭނެތޯ މިނިސްޓަރު ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާލައިގެން ރައީސްގެ ވިސްނުންފުޅު ހޯދުން މުހިއްމު

The name is already taken The name is available. Register?

ޟމމމ

24 May 2024

މިހާރުވެސް ދުވަސްތައް މަދުކޮށް ސިލަބަސް ކުރުގަޅުވާލައިފި. އަދިވެސް ގަޑިތައް މަދުކުރަނީ. ދިރިވަރުންނާ ބެލެނިވެރން ސްކޫލާޢި ގެއާއި ދެމެދު ހިނގަންޖެހޭ ހިނގުމަކަށް ބަދަލެއް ނާދޭ. މޫސުމް އެކި ހިސާބުގައި އޮތީ އެކި މިންވަރަށް. އެރަށެއްގައި ކިޔަވައިދިނުމަށް ދަތިވާވަރަށް މޫސުމް ގޯސްނަމަ އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވެސް ދަނީ އަޅަމުން. އަހަރެމެން މޮޔަހައްދަން ނޫޅޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454