ޚަބަރު / ތިމާވެށި ހިމާޔަތްކުރުން

އައްޑޫ ހިތަދޫ މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ

އައްޑޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި ހުރި ދިރުންތައް.-- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

އައްޑޫ ހިތަދޫގެ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަން ފަށައިފި އެވެ.

ކްލޮރިން އަޅާފައި ވަނީ ހިތަދޫގައި އޮންނަ ކިނބިވައު ކިޔާ ސަރަހައްދަށެވެ.

އައްޑޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި އޮތް މަހެއް.-- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

އައްޑޫ ނޭޗާ ޕާކު ބަލަހައްޓާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ކިނބިވައު ސަރަހައްދަށް ކްލޮރިން އެޅުމުގެ ސަބަބުން އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް މަރުވެގެން ލައްގާ ކަމަށް އާންމުންގެ މީހަކު ރިޕޯޓްކުރީ އިއްޔެ ހެނދުނު ކަމަށެވެ.

އެ ސަރަހައްދުގައި މޫދާ ކައިރީގައި ކްލޮރިން ހުސްކޮށްފައި ހުރި 25 ކިލޯގެ 15 ވަރަކަށް ފާޓާ ހުރި ކަމަށާއި އެއީ މުއްދަތު ހަމަވެފައި ހުރި ފާޓާތަކެއް ކަން އޭގެ ލޭބަލްތަކުން އެނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި އޮތް ބޯވައެއް.-- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

"އެކި ކަހަލަ ސްޕީޝީސްތައް މަރުވެގެން ބީޗަށް ލައްގާފައި ހުރީ، އެ ސަރަހައްދު ފުރެންދެން،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ފަރުމަތިން ވެސް އެބަ ފެނޭ ކްލޮރިންގެ އަސަރު. ފަރު ވެސް ހުދުވެފައި ހުރީ."

އައްޑޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި އޮތް މަހެއް.-- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

މަރުވެގެން ލައްގާފައި ހުރި އެއްޗެހީގެ ތެރޭގައި ބޯވަ އާއި ބޯވަދިލަމަހާއި ޑިނގާ އާއި ކަކުންޏާއި ވެނާއި ތޮޅިޔާއި ކޮއްޔާއި އެހެން ބާވަތުގެ މަސްތައް ހިމެނެ އެވެ.

މި މައްސަލަ ފުލުހުންނާއި އީޕީއޭ އަށް ވެސް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި އޮތް ދިރުމެއް.-- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

ފުލުހުން ބުނީ ހިތަދޫގެ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން އަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހިތަދޫ ކިނބިވައު ސަރަހައްދުން ފުއްޓަރު ފަރާތަށް ގިނަ އަދަދަކަށް ކްލޮރިން އަޅާފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ކައުންސިލަރުން އަދި އެސްޖީ އިއްޔެ އެ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލެއްވި ކަމަށެވެ.

އައްޑޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި އޮތް ދިރުމެއް.-- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

"މިއީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުކޮށް، މަސްތައް މަރުވެ އަދި އެ ސަރަހައްދުގެ ކަނޑުގެ ދިރުމަށް ނުހަނު ބޮޑަށް ގެއްލުން ލިބިދާނެ ކަމެއް. މިފަދަ އަމަލުތަކަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް. މިފަދަ އަމަލުތައް ނުކުރުމަށާއި މިފަދަ އަމަލުތަކާއި ދުރުހެލިވުމަށް ނަސޭހަތްތެރިވަން،" ސިޓީ ކައުންސިލުން ބުންޏެވެ.

އެ ސަރަހައްދަށް ގިނަ އަދަދަކަށް ކޮލޮރިން އަޅާފައިވާ ކަމަށް ބެލެވޭތީ އާންމުން މި ވަގުތު އެ ސަރަހައްދަށް މޫދަށް އެރި ނޫޅުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

52 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 10%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޏޯޖޫ

11 December 2024

ކޮބާ އެއްކަލަ އީޕީއޭ ކިޔާ ޖަމާއަތް ފަރައް ބޯޓެއް ނާރާތީ އާލާވެސް ނުލާ އެތިބެނީ މިމީހުންގެ ކަމަކީ ތިމާވެށީގެ ނަމުގަ ކޮމިޝަނެއް ހަދައި މީހުން ފެލުން ތިތަނަކުން ރުފިޔާއެއް ނުލިބޭނެކަން އެނގޭތީ އަޅާނުލާ އެތިބެނީ

The name is already taken The name is available. Register?

ބަދަ

11 December 2024

ތިއީ ޕުލޭންކުރެވިގެން މޫދަން އެރޭތަނެއް ހެދުމުގެ ބޭނުމުގަ މޫދުވިނަ ނައްތާލަން ބަޔަކުކޮށްގެން އުޅޭކަމެއް.މިކަންކުރަން ރޭވިފަވާކަން ނުރަސްމީކޮށް އިދާރާތަކަށް އެގިފަ އޮތުމަކީވެސް އެކަށީގެންވާ ކަމެއް.ރަގަނޅަށް ބަލަންޖެހޭ ކަމެއް.

The name is already taken The name is available. Register?

މަދިރިދުންދަނޑި

10 December 2024

މަބުނީ، މޫދަށް ނާޅައި ބިމަށް އެޅީމަ ކިހިނެއްތަ ވަނީ. ތިއެއްޗެއް ނައްތާލަންވީގޮތަކީ ކޮބާތަ.

The name is already taken The name is available. Register?

ކުލޮރިން ބޭބެ

11 December 2024

މިފަދަ ކެމިކަލް ނައްތާލުމުގެ ކުރިން އޭގެ ބާރު ކަނޑުވާލަންޖެހޭ (ނިއުޓްރަލައިޒް ކުރުން). ކުލޮރިން ނިއުޓްރަލައިޒް ކުރާނީ ސޯޑިއަމް މެޓަބައިސަލޮފޭޓް ބޭނުންކޮށްގެން.

The name is already taken The name is available. Register?

އޭނަ

12 December 2024

ފެނަށް ގިރުވާފަ ބަހައްޓާތާ އިރުގަނަޑަކުން ކްލޮރިންގެ އަސަރު ކެނޑޭނެ. ސްވިމިންގ ޕޫލްތަކުގަ ޢާއްމުކޮށްބޭނުންކުރާނެ ކްލޮރިން.

The name is already taken The name is available. Register?

ޢަލީ ކުރުސީ

10 December 2024

އާދައިގެ މީހަކު ވަޅެއް ދިޔަހިއްކާލިޔަސް ޖޫރިމަނާ ކުރަން ދުއްވައިގަންނާނެ އީ.ޕީއޭ އިން. އެކަމަކު މިވަރު ބޮޑު ކަމެއްކޮށްލީމަވެސް ދޫކޮށްލާނެ ނަސޭހަތެއް ދީފަ! ފަރަށް ގެންލުން ދީގެން މިލިޔަނުން ފައިސާ ދައްކަން ހުރި ބޭރު ކުންފުންޏަކުން އެފައިސާ ނުދައްކަނީސް މިހާރުވެސް ސަރުކާރުން ޕްރޮޖެކްޓް ދެމުން، ތަކެތި އޯޑަރުކުރަމުން އެގެންދަނީ. އަހަރެމެންގެ ސައިކަލު ސްޓިކާއެއް ނުދައްކާ އޮތަސް ދެން އިތުރު ޚިދުމަތެއްލިބޭނީ އެ ފައިސާ ދައްކާ ޚަލާސް ކުރީމަ!

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

10 December 2024

ވަގުތުންވަގުތަށް ތިކަންކުރިބަޔަކު ހައްޔަރުކޮށް މުއްދަތުޖަހާ. ދެން އުފެދޭ ސުވާލަކީ ތިހާބައިވަރު ކެމިކަލް ގެންގުޅޭނީ ކޮންބައެއްބާވައޭ؟ ކޮންމެވެސް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ސްޓޮކުގާ ތިޔަވަރަށް ތިޔަ ކެމިކަލް ހުންނަަނީ. އެއީ ޔަގީންކަމާއެކު ބުނަން ކެރޭ އެއްޗެއް.

The name is already taken The name is available. Register?

ހަސަންދީ(ލ)

10 December 2024

ތިހާ ގިނައިން ކްލޮރީން ގެންގުޅޭނީ ފެން ޕްލާންޓު ހިންގާ ބަޔަކު.

The name is already taken The name is available. Register?

ސައީދު89

11 December 2024

ތީ ފެނަކައިން ކޮށްގެން އުޅޭކަމެއް.

The name is already taken The name is available. Register?

ކޫދަކާ

10 December 2024

އައްޑޫމީހުން މަޝްހޫރު ވާން ކުރާ ކަންކަން. ދީ

The name is already taken The name is available. Register?

ފިނިހަކަ

10 December 2024

މޭޔަރުންގެ ނާގާބިލްކަން. ކަންނިމުނީމަ ވީޑިއޯ ހަދާލަނީ

The name is already taken The name is available. Register?

ޑރ ވާންޗޯ

10 December 2024

ތީ ކައުންސިލްއަށް ނޭނގި ހިންގޭނެކަމެއްނޫން، ތިއަދަދަށް ކްލޮރިން އާންމުންގެ މީހަކު ނުގެންގުޅޭނެ.

The name is already taken The name is available. Register?

ދަނއ

10 December 2024

ތީ ބަންދު ކޮއްފަ ހުރި ރިސޯޓް ގެ ޕޫލް އަށް އަޅަން ގުދަން ކޯސްފަ ހުރި ކުލޮރިން މުައދަތު ހަމަވީމައި ކމއުކާލީ ނޫންބާ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454