ފުރުމުގެ ކުރިން ގާތްތިމާގެ މީހުންނާއި ސަލާންކުރަނީ.--- ފޮޓޯ: މިހާރު
14 ޖެނުއަރީ 2025 - 12:05
ރާއްޖެ އިން މި އަހަރު އުމްރާގެ ހުއްދަ ދިން ކުންފުންޏަކުން މީހުން އުމްރާއަށް ނުގެންގޮސް އޮޅުވާލައިގެން އެމްއެމްއޭ އިން ޑޮލަރު ގަތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ މި ކުންފުނީގެ މައްސަލަ ބަލަމުންނެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދަން ހުއްދަ ދިން ކުންފުންޏަކުން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގާފައިވާ ކަމަށެވެ.
މިއީ ކޮން ކުންފުންޏެއް ކަމެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
އުމްރާ އަށް ފުރާ މީހުންނަށް ވެސް ޑޮލަރު ދޫކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންނެވެ. އެ ކުންފުނިން ޑޮލަރު ނެގީ ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ތުހުމަތު ކުރެ އެވެ.
އެ މައްސަލަ އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަން ޕޮލިހަށް ވެސް ފޮނުވަން ވަނީ ނިންމައިފަ އެވެ.
އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ މައްސަލަ ފާހަގަވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އުމްރާއަށް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލަ ބެލުމުގެ ތެރޭގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާ އެހެން ކުންފުނިތައް ފާހަގަވެ މިއަދު ވަނީ އެ ކުންފުނިތަކަށް ފިޔަވަޅު އަޅަން ވެސް ނިންމައިފަ އެވެ. އެގޮތުން އެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000ރ. އިން ޖޫރިމަނާ ކުރަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ހާލުގައި ޖެހުނު 23 އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
15 January 2025
30،000 ޖޫރިމަނާދޯ؟ ތީ ކޯޗެއް އޮޅުވާލައިގެން ހޮޑި ޑޮލަރު މާރުކޮށްގެން ލިބުނު ފައިދާއާއި ބަލާފަ؟ ރިހާކުރުފުޅި ނެގި މީހާއަށް ލިބުނު އަދަބު ތިއަށްވުރެ ބޮޑު.!
ސަލާމު
15 January 2025
މަކަރުހަދައި އަޅުވާލައިގެން ، ހަމަ އަގުގައި އެތަކެއްހާސް ޑޮލަރު ގަތީމާ ގްރޫޕްތަކަށް ދިން އަދަބަކީ އެންމެ 5000 ހާސްރުފިޔާއިން ޖޫރިމަނާކުރުން. މިއީ ކިހާބޮޑު ޖޯކެއް. އެ ގްރޫޕްތަކުން އުމްރާވެރިންނަށް ޑޮލަރު އަގުބޮޑު ވިއްކައިގެން ނުވަތަ ވިޔަފާރިކޮށްގެން ކިހާފައިދާއެއް ނަގާފައިވާނެބާ؟ އެހެން ގްރޫޕުތަކުންވެސް މިކަން ކުރިމަގުގައި ކުރުމަށް ލިބުނު ރަސްމީ ބޮޑު ހިތްވަރެއްނު ތީ؟
އަބުލްކަލާމް
15 January 2025
ޑަކްޓަރު ޝަހީމޫ ! އަހަރުމެންނަށް އޮޅުވާލަން ނުހައްދަވާ ! ހިޖްރަ ގުރޫޕް ކުޑަ ކުޑަ ޖުރިމަނާއެއްކޮށްފަ އިސްލާމިކް މިނިސްޓްރީން ކުރީބައިގަ ރާވައިގެން ބޮޑު އަދަދެއްގެ ފައިސާ އެމީހުންނަށް ދޭގޮތަށް މުޅި ޕްލޭން ރާވާފައި މައްސަލަ ޖެހިއްޖޭ ބުނިތާ ފަސްމިނިޓް ތެރޭ ފިޔަވަޅު އަޅާ ތަންފީޒު ކުރުމުން ޔޫސޭގެ ދިރިއުޅުމަކާ އެއްވަރު ނުވޭބާ ؟
މެކުހަށް
14 January 2025
ސާބަހޭ ޑރ ޝަހީމު ތިކުރައްވާ ހިތްވަރުފުޅަށް. ވަންކަން ތިޔައޮތީ މެކުހައްޖަހާފަ މަނިކުފާނުގެ މިނިސްޓަރުކަމުގަ. ދަޢުލަތް ހުސްއަރުވާލާތި.
އަބޫ
14 January 2025
ތި ކުންފުނިތަކުގެ ނަން އިއުލާންކޮށްދެއްވާ, އެއިރުން އެފަދަ ކުންފުނިތަކާއި ކައިރިނުވާން ރައްޔިތުންނަށްވެސް ސަމާލުވެވޭނެ.
ހުސްވައްކަން.
14 January 2025
މިސަރުކާރެއް އައިފަހުން ކޮންމެ ކަމެއްގައިވެސް މިފެންނަނީ ވައްކަމާއި ޚިޔާނާތް. މިމީހުންގެ ސަބަބުން ޢާންމު ކޯފާއެއް އަތުވެދާނެތީވެ ބިރުގަނޭ.
ވަހީދުބެ
14 January 2025
ނަސީބެއްނު އިރުއެރިފަހުން ނޫނީ އަހަރެން ދުނިޔެއަށް އުފަންވިފަހުންނޭ ނުބުނިކަން.
ކަތްދައްތަ
14 January 2025
އޭ ތިޔަ ކުންފުނި ރުފިޔާއިން ޖޫރިމަނާ ކުރީމާ ކަޑައޭ. ޖޫރިމަނާ ކުރަންޖެހޭނީ ނެގި ޑޮލަރުތައް ދައުލަތަށް ލިބޭ ގޮތަށް. ރޯދަ އޮތީ ކުރިއަށް. ތިޔަހެން ޑޮލަރެއް ދޫކޮށެއް ނުލެވޭނެ. ބިހެއް އަލުތްވެއް ފިޔާއެއް އެތެރެކުރާނެ ފަދަވެސް ނެތިގެން މިއުޅެނީ.
ސްކޭމް
14 January 2025
ތިއޮތީ މޮޅު ސްކޭމްއަކުން ފައިސާތަކެއް ކަޅާކޮށްލާފައި! އެއީ، ގްރޫޕްތަކުން އެވްރެޖް 100 މީހުންނަށް ވުރެ ގިނައިން ގެންދޭ! 100 މީހުންކަމަށް ބެއްޔަސް ބޮލަކަށް 500 ޑޮލަރަކީ 50000 (ފަންސާސް ހާސް ޑޮލަރު) 19ރ އަށް ވިއްކާލައިގެން 950000ރ ލިބޭނެ. ބޭންކުން ޑޮލަރު ގަންނާނީ، ފަނަރަ ސާޅީސް ދޭއްގެ ރޭޓުން އެއީ 771000ރ. 30000ރ ގެޖޫރިމަނާ ދައްކާފައި ވެސް، 149000ރ (އެއް ލައްކަ ސާޅީސް ނުވަހާސް) ކަޅާކޮށްލެވުނީ!
ޥޭމަންޑޫ
14 January 2025
އިސްލާމިކް މިނިސްޓަރު އަދި މިނިސްޓްރީގެ އިތުބާރު މިފަހަކަށް އައިސް ބޮޑުތަނުން ....؟؟ ފިލް އިން ދަ ބްލޭންކްސް
ކަތީބީ
14 January 2025
އިތުރުވެއްޖެ. ކުރިން ދިމާވެފައި ހުރި މިކަހަލަ ކަންކަން އަޅާނުލާ އުޅުނެއް ކަމަކު މިފަހަރު އެބަ ބަލާ.
އާއި
14 January 2025
ތިވަރުގެ ކުޑަ ޖޫރިމަނާއެއް ކުރުންއެއީ އެއްވެސް މާނައެއްހުރި ކަމެއްނޫން އަދި ވަގުން އެއްވެސް ޖެހިލުމެއްނުވާނެ