ވަގު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފަށް މެޑަލް އޮފް ބްރޭވަރީ ދެނީ -- ފޮޓޯ: ސްޓެލްކޯ
15 ޖެނުއަރީ 2025 - 17:44
ހުޅުމާލެ 2 ގައި ހުރި ކަރަންޓް ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފުންނަށް މެޑަލާއި ހަނދާނީ ލިޔުން މިއަދު ދީފި އެވެ.
ރޭ 9:30 ހާއިރު ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރިކަން އެނގުނީ ޓްރާންސްފޯމަރުގެ ކޭބަލް ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.
އެއާ އެކު، އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ. އަދި އެ މީހުން ހުއްޓުވަން އެ މުވައްޒަފު މަސައްކަތް ކުރުމުން އެމީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި، މާރާމާރީ ހިންގި އެވެ.
އެ މާރާމާރީގައި އެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ސްޓެލްކޯއިން މިއަދު ބުނީ ޓްރާންސްފޯމަރު ހުއްޓުވަން މަސައްކަތް ކުރި މުވައްޒަފުން ދައްކުވައިދިން ކެރުންތެރިކަމާއި ހިތްވަރު ފާހަގަ ކުރުމުގެ ގޮތުން އެ މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެއް މުވައްޒަފަކަށް އެ ކުންފުނީގެ "މެޑަލް އޮފް ބްރޭވަރީ" ދިނުމުގެ އިތުރުން އިތުރު މުވައްޒަފަކަށް ހަނދާނީ ލިޔުން ވަނީ ދީފަ އެވެ. "މެޑަލް އޮފް ބްރޭވަރީ ދީފައިވަނީ ޒަހަމްވި މުވައްޒަފަށެވެ.
ވަގު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ބުނީ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އެ މައްސަލާގައި ވައްކަން ކުރުމުގައި ހަރަކާތްތެރިވި އެކަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީބެ
16 January 2025
އަހަރުމެން އުޅޭ އޮފީހުގައި ތިކަހަލަ ވަގެއް ހުއްޓުވައިފިއްޔާ ބުނާނެ ސެކްޝަނުގެ މެންޑޭޓުގައި ހިމެނޭކަމެއް ނޫނޭތީ. ތިކަންކަމާ ނުބެހި މައިތިރިވެގެން ހުރިނަމަ ރެންޗަކުން ނުޖަހާނެއޭ. އެހެން މީހުން ކުރާކަންކަމާއި ނުބެހޭށޭ. އަންގަންޖެހޭ ފަރާތައް އަންގާފަ އަނގަބަންދުކޮށްގެން ހުންނާށޭ. މިއީ ހުސް އަހަރުމެންގެ ބޮސްމެންގެ ބަސްމަގު ހުންނަގޮތް. ވާގޮތަކީ ކަންކަމާ ބެހުނީމަ މިމީހުންގެ ވައްކަންވެސް އެނގިދާނެތީ. ސްޓެލްކޯގެ ވެރިން ރަނގަޅު ވީމަ ތި މެޑަލް ދެނީ.
ޖުންދުމް
16 January 2025
ސާބަހޭ. ރީތިވެސް ކުއްޖެއް
ފައިސާގެ އިނާމެއް ޙައްޤު
16 January 2025
މެޑަލް އަދި ސަރޓިފިކޭޓް އާއިއެކު ރަނގަޅު ޢަދަދެއްގެ ފައިސާގެ އިނާމެއް ވެސް ދޭންޖެހޭނެ އެވެ.
އަމަން އަމާންކަން
16 January 2025
ފުލުހުން މީ ކީއްކުރާ ބައެއް
ފަހި
15 January 2025
ވަރަށް ރަނގަޅު ހިތްވަރުގަދަ މުވައްޒަފެއް އަދި އެކުރިމަތިލީ ވަރަށްރިސްކީކަމަކާ ސާބަސް
ނަގިއްޔާ
15 January 2025
ކުއްލިއަކަށް ވަގުން ގިނަވެގެން މިއުޅެނީ ކީއްވެބާ!؟ ވައްކަންކުރަން ހިތުުލައިގެން ތިބިމީހުންނަށް ކޮން ހިތްވަރެއްބާ ލިބުނީ. މީގެކުރިން ރައްރަށުގައި ބައިސިކަލްވެސް ތަޅުލާކަށް ނުޖެހޭ، ނަގާނެ މީހަކު ނުހުންނާނެ. މިހާރު ނުކުރާކަށް ކަމެއްނެތް ރޯމާދުވާލު މިހުން ބަލަންތިއްބާ ތަންތަން ފަޅާލާ އެހެރަ އެއްޗެހި ނަގައިގެންދަނީ. ކޮން ބިރެެއް ކެނޑިގެން މިއުޅެނީ؟
އުދުހޭ
15 January 2025
ފައިސާގެ އިނާމެއް މިސޮރަށް ހައްގުކަމުގައި ދެކެން. ބްރޭވަރީ މެޑެލަކީ ސިފައިންނަށް ދޭ އެއްޗެއް.
ކިޔުންތެރިއެއް 2
15 January 2025
ވަރަށް ރަނގަޅު ކަމެއް. ސުކުރިއްޔާ ފަހުމީ!
ވޮޗްމޭން
15 January 2025
ފަހުމީ އަށް ސާބަސް. ފުލުހުންނަށް އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާނުކުރެވުމުން ކުންފުނީގެ މުވައްޒަފު ނިކުމެ ދެއްކި ހިތްވަރަށް މިއޮތީ މެޑަލް ޖަހާދީފައި. މީގެއިން މި ދޭހަވަނީ މެޑަލް ޖަހާއިގެން ތިބި ފުލުހުންގެ އެއްވެސް އަގެއް ނެތްކަން. ފަހުމީ މި ބުނެދެނީ އާންމުން އެ ބައެއްގެ އަމިއްލަ ނަފްސާއި މުދަލުގެ ރައްކާތެރިކަން ހޯދަން ކެރިގެން ނިކުންނާށޭ. ގައުމި މިއޮތީ ފެއިލްވެފައޭ.
އައިމިނާ
15 January 2025
ތިމާގެ ޑިއުޓީއެއްނޫނޭ ތިމާގެ ދާއިރާއެއްނޫނޭ ތިމާގެ ސެކްޝަނެއް ނޫނޭ ބުނުމެއްނެތި ހައްގު މަގާމު އަދާކޮށްފި.އައްސަރިބަހާސާބަސް.