ހުޅުމާލޭގެ ކްރިމިނަލް ކޯޓު: ޑްރަގު ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލައި، އޭނާގެ އަތުން ފެނުނު ފައިސާ ދައުލަތަށް ނަގަން ވަނީ އަމުރުކޮށްފައި
22 ޖެނުއަރީ 2025 - 21:19
މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލައި، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އޭނާގެ އަތުން ފެނުނު ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވާފައިވަނީ މ. ޏަމްޏަމްގެ އިސްމާއިލް ޝަރީފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ޑިސެމްބަރު، 2019 ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އޭނާ މާލެއިން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސް ކުރިއިރު އެތަނުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ. އެ އެޕާޓްމެންޓްގެ ބަދިގޭގެ ކަބަޑެއްގެ ތެރެއިން 125.8 ގްރާމްގެ ކެނެބިސް ފެނިފައިވާތީ އޭނާގެ މައްޗަށް ކުރީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
މީގެ އިތުރުން 442،900ރ. ވެސް އެ އެޕާޓްމެންޓްގެ ތެރެއިން ފުލުހުން ހޯދާފައިވެ އެވެ. އަދި ކިހިނެއް ހޯދި ފައިސާއެއް ކަމަށް އިސްމާއިލް ޝަރީފަށް ބުނެދެވިފައި ނުވާތީ، އެއީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާތައް ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.
އެ މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އިސްމާއިލް ޝަރީފްގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި އެ ކުށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އުމުރު ދުވަހު (25 އަހަރު)ގެ ޖަލު ހުކުމެއް އިއްވައި އަދި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. އަދި އެ ފައިސާ އެއް އަހަރު ތެރޭގައި މީރާއަށް ދައްކަން ވެސް އޭނާގެ މައްޗަށް ހުކުމްކުރި އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮންނަ ނަމަވެސް، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
ހުކުމުގައިވާ ގޮތުން އެ މައްސަލާގައި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ އެ މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ މީހެއްކަން ހެކިތަކުން އެނގެން އޮތުމުންނެވެ.
މީގެ އިތުރުން އިސްމާއިލްގެ އެޕާޓްމެންޓުން ފެނުނު 442،900ރ. އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ ދައުލަތަށް ނަގަން ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކޮއެ2
23 January 2025
ދަޢުލަތުގެ ޙަޒާނާއަށް އަތްބާނާ ލޫޓުވާ ވަގުންނަށްވެސް މިކަހަލަ ހުކުމްކޮށް އުލުބައިންދަބެލަ...ނިކަމެއްޗަކު 50 ގުރާމް މަސްތުވާތަކެތި ގެންގުޅުނީމާ ތިޔަހަރީ ކޮށްލާ ވަރޭ...ހައިރާނޭ
އުނބުށޭމު
23 January 2025
ސުވާލު އުފެދެނީ މަތީމަރުހަލާގައި ތިޔަ ހުކުމަށްވާނެ ގޮތަކާމެދުގައެވެ. އިޖްރާޢަތްތައް ގިނަކަމުން އާޚިރުގައި އެއްވެސް ކުށެއްގައިނުބެދި ހުކުމްވެސް އެންމެފަހުން ހުރިހާ ހަމަތަކާ ޚިލާފުވެގެން ނެގިލާރިކޮޅުގެ އިތުރަށް ދައުލަތުން ބަދަލުވެސް ދޭން ނުޖެހުނިއްޔާ ރަނގަޅެވެ.
ސަޓޯރ
23 January 2025
މީ އާރެއް ބާރެއް ނެތް ނިކަމެތި ސޮރަކަށް ވާނީ..
ދޗެހހހ
23 January 2025
ޔަގީންތާ
ބަޑިތަކުރު
23 January 2025
އަލްޙަމްދުލިﷲ. މިގޮތަށް މިކަން ކުރާ އެންމެންނާމެދުވެސް އެއްގޮތަކަށް ޢަމަލުކުރުން ލާޒިމްވާނެ އަދި އިޖްރާއަތުގެ ނަމުގައި އެމީހުންނަށް ފަހިވާގޮތަށް ހަދާފައިހުރި ހުރިހާ އިޖްރާޢަތެއް ބާޠިލުކޮށް ފަސޭހައިން ކުށްސާބިތުކޮށް އަދި މުދަލާއި ފައިސާ ލިބުނު ގޮތް އެފަރާތުން ޝަރީޢަތަށް ސާބިތުކޮށްނުދެވިއްޖެނަމަ ދައުލަތަށް ނަގަންވެސް ލާޒިމްވާގޮތަށް ޤާނޫނުތައް އިޞްލާޙުކުރަންވީއެވެ. އެވަރުން ނުވާނަމަ އެތެރެކުރާ ފަރާތްތަކަށް މަރުގެ ހުކުމްވެސް ތަންފީޒްކުރަންވީއެވެ.
ހާޝިމް
23 January 2025
ވަރަށް އުފާވެއްޖެ. މިކަހަލަ މީހުން މުޖްތަމައުން ވަކިކުރުމުން އެތަކެއް ޒުވާން ކުދިންނެއް މިވަބާއިން ސަލާމްތް ވާނެ. މަޖިލިސް މެދުވެރިކޮށް ޖުރިމަނާކުރެވޭ އަދަފު ބޮޑުކުރަންވީ. މީނާ ޖަލުގަ ހުރެގެން ހިނގާ ހަރަދުވެސް ވަކިކުޑައެއް ނުވާނެތާ.
ލައިޓް
23 January 2025
ޤާޒީއަކީ އަކީ ޤައުމީބަތޮލެއް! ވީ ސެލިއުޓް ޔޫ!
އަގިލް
22 January 2025
ގުރާމު ގެންގުޅޭ މީހުނަށް އަވަސް ޝަރިއަތާ އުމުރު ދުވަހު ޖަލު ހުކުމާ ބޮޑު ޖޫރިމަނާ. ކިލޯ ގެންގުޅޭ މީހުން ނުނިމޭ ޝަރީއަތާ، އުންސުރު ހަމަނުވެގެން ދޫކުރުން...
ފާގަތި
22 January 2025
ކެނެބިހަކީ ކޯންޗެއް؟
އެގްސް
23 January 2025
އެއީ ކެނައިން އަޅާ ބިސް!
ތެފައާސާ.
23 January 2025
ކެނެބިހަކީ ކެނައިން އަޅާ ބިސް.
އައްޕަތުރޭ
22 January 2025
އެކޮއެގެ ކުށަކީ ކިލޯއަކަށްވުރެ މަދުންގެނައީމަ 50ވަރަކަ ކިލޯ ގެނާނަމަ މިޤަޢުމުގަ ކުއްވެރިއެއްނުވާނެ!
ޏަމްޏަމް އާދަނު
22 January 2025
މީވާލެއް އައްޔާރެއް ނެތްމީހެއްދޯ.. އެނޫނީ ފެނުނު އެތިކޮޅުމާކުޑައީ.. ފެނުނު ރުފިޔާ ކޮޅުވެސް މާމަދުހެން ހީވޭ