އެކްސިޑެންޓުވި މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
05 ފެބުރުއަރީ 2025 - 15:22
ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓުވި މީހަކު ވެއްޓިފައި އޮއްވައި އޭނާގެ ގައިމަތިން ސައިކަލް ދެވުނު އަންހެން މީހާ ފުލުހުން އަންނަންދެން މަޑުކޮށްގެން ހުރި ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު އެކްސިޑެންޓު ހިނގީ ހައިވޭގެ އެއް ފަރާތެއްގައި ސޯލާ ޕެނަލްތަކުގެ މަސައްކަތްކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ބަންގްލަދޭޝް ފިރިހެނެކަށެވެ. އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ދިން މައުލޫމާތުގައި ބުނީ ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
އެކަމަކު އިތުރު މައުލޫމާތެއް ނުދެ އެވެ.
އެ މައްސަލާގައި "މިހާރު"ން ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މައުލޫމާތު ހިއްސާކުރުމާ ހަމައަށް މައުލޫމާތު ލިބުނީ އެވަރަށް އެކަނި ކަމަށެވެ.
އެކަމަކު އޭގެ ފަހުން އާންމުވި ވީޑިއޯގައި މީހާ އެކްސިޑެންޓުވެގެން ވެއްޓުނުތާ ދެތިން ސިކުންތުގެ ތެރޭގައި އޭނާގެ ބޯމަތިން އިތުރު ސައިކަލެއްދާ މަންޒަރު ފެނެ އެވެ. މި ވީޑީއޯއަށް ފަހު، ބާރު ސްޕީޑުގައި ދުއްވާފައި އައިސް ބިދޭސީ މީހާގެ ގައިގައި ސައިކަލުން ޖެހުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް އަންހެން މީހާ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެކަން ހިނގުމާ އެކު ފުލުހުން އަންނަންދެން ސައިކަލު ދުއްވި މީހާ މަޑުކޮށްގެން ހުރި ކަމަށެވެ. އޭނާއާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ލައިސަންސް ހިފަހައްޓައި ސައިކަލު ޓޯކުރީ އެ ސަރަހައްދުން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުރިން ފުލުހުން ބުނި ގޮތުގައި އެ ސައިކަލު ދުއްވީ 60 އަހަރުގެ އަންހެނެކެވެ.
އެކްސިޑެންޓުގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާގެ ބޯމަތިން ސައިކަލު ދިޔައީ އެކްސިޑެންޓުވި މީހާ ވެއްޓުނު ވަގުތާ ބަލާ ނަމަ، ގާތްގަނޑަކަށް ދެތިން ސިކުންތުގެ ތެރޭގަ އެވެ.
އެކަމަކު އެއީ ގާތްގަނޑަކަށް ހައެއްކަ ސިކުންތުގެ ވީޑިއޯއެއް ކަމުން، އެމީހާ މަޑުކުރި މަންޒަރެއް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކުބާ
07 February 2025
ކީވެބާ މިއަންހެން މީހާ ހައްޔަރު ނުކުރީ؟ އުސޫލެއް ގޮތުން އެކްސިޑެންޓްގައި މީހަކު މަރުވެއްޖެނަމަ ހައްޔަރު ކުރަން ޖެހޭ.
އަހުމަދު55
06 February 2025
ދެން ކޮންއިރަކުންތޯ ހައިވޭ ފުޅާ ކުރާނީ؟
ބިީސްޓް
06 February 2025
އާމުކޮއް އަންހެނުން ދުއްވަނީ މަގު މެދުން، ބައެއް އަންހެނުން މާބާރައް ދުއްވޭ ބަޔަކައް ވެގަނެގެން އުޅޭ ބްރިޖު ހައިވޭގައި. މަޖީދީ މަގުން ދެވެނީ ހަތަރެސްފައި ޖަހަމުން.
ބަބޫ
06 February 2025
ތިއީ ދެން ސުވާލުވެސް އުފެދެން ވީވަރު ކަމެއް ނޫނެއްނު. ސްކޫޕީ ސިސްއެއްދޯ؟ ވާތަށް ސިގްނަލް ދީފިއްޔާ ކަނާތައް އަނބުރާނީ. ކުއްލިޔަކަށް ހުއްޓަން ޖެހިއްޖިއްޔާ ބުރަކި ނުޖައްސާ ފައި ޖައްސާނީ މަޑުކުރަން. އެއްލަކިން ލައިސަންސް ދިން ގްރޫޕްތީ
ސުލްތާން
05 February 2025
÷ޕޮލިހުން ތިބެނީ ޕަޕުޖީ ކުޅޭށާ ޓިކުޓޮކު އިންސްޓާ އެފްބީގަ...
ކަތީބު ނައިބު
06 February 2025
މާ އިނގެނީ އިނގޭތޯ…ހަމަ ކުރާނީ އަސަރެއް.
އިއްޕަޓޭ
05 February 2025
އަޅުގަނޑުގެ ތަޖުރިބާއިން، އެންމެ ނުރައްކާތެރިކޮށް ހައިވޭއާއި ބްރިޖްމަތިން ދުއްވަނީ ސްކޫޕީ ސައިކަލުދުއްވާ މެދުއުމުރުގެ އަންހެނުންނާއި ޖީއެން ސައިކަލުދުއްވާ ޒުވާން ފިރިހެން ކުދިން. ވާތްފަޅިން އޯވަޓޭކްކުރުމާއި، މަޑުމަޑުން ލޭނުގެ ނުބައިފަޅިން ދުއްވުމާއި، ސްޕީޑުލިމިޓަށްވުރެ ދެތިން ގުނައަށް ބާރަށް ދުއްވަނީ މިދެންނެވި ދެގްރޫޕުގެ މީހުން. ސްކޫޕީދައްތައިންނަށް ޚާއްސަކޮށް، އެއް ސްޕީޑެއްގަ ދުއްވުމަކީ އުނދަގޫކަމެއް. ކުއްލިއަކަށް މަޑުކޮށްލާ، ބާރުކޮށްލަފާނެ.
ައޮކިބެ
05 February 2025
ވައަތް ފަރާތުން ނުދެވޭހާ ކައިރިން ދުއްވީމަ އޯވަޓޭކު ނުކުރެވޭނެ... ވަރަށް ގިނަމީހުން ވަރަށް މަޑުންވެސް ދުއްވާ މަގުމެދުން
އާންޓީ
05 February 2025
ސައިކަލުތަކުގަ އެބަޖެހޭ އެންޑިކޭޓަރު އެލާމް ހަރުކުރަން. ސައިޑް ލައިޓް ޖައްސާގޮތައް އޭތި އޮފް ކުރުމެއްނޯވޭ، ބޮޑައް މިކަން ފާހަގަ ވަނީ އަންހެން ކަބަލުންގެ ދުއްވާ ސައިކަލުން!
ލާޖާ
05 February 2025
ހަމަ އެއް ލަމަ އެއް އޮންނަ ތަނެއް ނޫން! ޖެހުނު ކޯނެއް ނު ޖެހޭ ކޯނެއް ނޭގުނު. 60 އަހަރުގެ މީހާ ދުއްވި ސައިކަލު ބޮލަށް އެރި ސިކުންތު ނޭގުނު! ދިން މައުލޫމާތު ވެސް ހުރީ މިނިވަން ރެޑިއޯ ޚަބަރު
ޑޮކްޓާރ. ބަނާނާ
05 February 2025
ތިޔަ ނިކަމެތި އަންހެން މީހާ ފަހަތުން ނުދުވެ ތިޔަ ދަގަނޑު ފުނި ( ދުއްވާ މީހުންގެ ފުރާނަޔަށް ނުރައްކާ ވާގޮތަށް ) މަގުގެ އެއްފަރާތަކަށް ޖަމާކުރި ކަނޑުކޮހުން ނާއި އަދި ތިޔަ ކޯން ބެހެއްޓި ބަޔަ ކާއި މެދު ދައުވާ ކުރަން ޕީޖީ އަށް ފޮނުވާ ދެއްވާ!!!!!
ނައުމާސް
05 February 2025
އެވަރުކަމެއް ހަމަ ވެދާނެ ދޯ. މިދައްކަނީ ހަލިމަގުގެ ވާހަކަ. މާ ކަންބޮޑުކުރަން ނޫޅެވަލަ ކަލޭމެން
އޮޑިހަނު
05 February 2025
ދިވެއްސެއް މަރުވިނަމަވެސް ހަމަ ތިހެން ބުނާނަންތަ؟ "މާ ކަންބޮޑުކުރަން" ނޫޅޭށޭ؟! ކުރެވޭވަރު އަދިވެސް މަދީ. ބަލަގަ ފުރާނައެކޭ އެދިޔައީ. އޭނަގެވެސް އާއިލާއެއް ވާނެ ހިތާމަކުރާނެ. ކަލޭމެންގެ އިންސާނިއްޔަތުކަމުގެ ފުކެއްވަރުވެސް ހަމަނެތީތަ؟!!
ލައިޓް
05 February 2025
މި އަންހެންމީހާގެ ނަންހާމަކުރުން ޤާނޫނީގޮތުން މަނައީތަ؟ ކޮންމާއްދާއެއް؟ މީހެއްމަރުވެގެން މިއުޅެނީ!
ގައްބަރުސިން
05 February 2025
އެއީ އަންހެނެއްހެން ހީވާމީހެއް، އަސި ޔަގީންކުރެވުނީމަ ބުނާނެ!