އެކްސިޑެންޓުގެ މަންޒަރެއް.
04 ފެބުރުއަރީ 2025 - 10:33
ސިނަމާލެ ބްރިޖު ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި މީހަކު އެކްސިޑެންޓުވެފައި އޮއްވައި އޭނާގެ ބޯމަތިން ސައިކަލެއް ދާ ވީޑިއޯއެއް އާންމުވެއްޖެ އެެވެ.
މިދިޔަ ހޮނިހުރު ދުވަހު ހެނދުނު 8:19 ހާއިރު އެކްސިޑެންޓު ހިނގީ ހައިވޭގެ އެއް ފަރާތެއްގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތްކުރާތީ އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.
އެ ހާދިސާގައި އަނިޔާވި ބަންގްލަދޭޝް ފިރިހެނަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެ ދުވަހު ވަނީ މަރުވެފަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނީ ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ ކަމަށެވެ. އިތުރު އެހެން އަނިޔާތަކެއް އޭނާއަށް ލިބުނު ކަމަށް ނުބުނެ އެވެ.
އެކަމަކު ރޭ އާންމުވި ވީޑިއޯގައި ފެންނަނީ ސައިކަލުގައި ދިޔަ މީހާ، ކޯނެއްގައި ޖެހި ވިއްސައިގެންދާ މަންޒަރެވެ. ހަމަ އެ ވަގުތު އޭނާ ތެދުވަން މަސައްކަތްކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް ދަނީ އޭނާގެ ބޯމަތިންނެވެ.
އެއީ އެކްސިޑެންޓުވި މީހާ ވެއްޓުނު ވަގުތާ ބަލާ ނަމަ، ގާތްގަނޑަކަށް ދެތިން ސިކުންތުގެ ތެރޭގައި ހިނގި ކަމެކެވެ.
އަނިޔާވެފައިވާ މީހާގެ ބޯމައްޗަށް އެރުނު ނަމަވެސް ސައިކަލު ދިޔައީ މަޑުނުކޮށެވެ.
އެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސައިކަލު ދުއްވީ 60 އަހަރުގެ އަންހެނެއް ކަމަށެވެ. އެކަމާ ގުޅިގެން އޭނާއާ ސުވާލުކޮށްފައިވާ ކަމަށާއި އެމީހާގެ ލައިސަންސް ހިފަހައްޓައި ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޖަމީލް
05 February 2025
ތީ ދޮންމީހެއް ނަމަ ވަރަށް ކަންތަކެއް ހުރީސް، ދިވެހިން ނުދެކޭ ބަންގަލަދޭޝް މީހުންނަކީ އިންސާނުންގެ ގޮތުގައެއް، އެހެން ނޫންނަމަ އެ ދައިތަވެސް މަޑުކޮށްލީސް ތާ
raajje
04 February 2025
ދެތިންސިކުންތުތެރޭ ބުރެކިޖައްސާ ސައިކަލު މަޑުނުކުރެވިދާނެ، ނަމަވެސް ކޮންޓުރޯލުނުވެ ވެއްޓިފައިއޮތްމީހެއްގެ ބޯމައްޗަށްއެރުމުންވެސް މަޑުނުކޮށް ދިޔުމަކީ ވަރަށްއަނިޔާވެރިއަމަލެއް ބޮޑުގޯހެއް، 60 އަހަރުގެމީހަކަސް 100 އަހަރުގެމީހަކަސް ތިޔަކަންބަލާ އަދަބުދޭންޖެހޭ
ރަމްޒު
04 February 2025
އެއްފަހަރު އެއީ 60 އަހަރުގެ މީހެކޭ އަނެއްފަހަރު އެއީ އެންމެ 2 ނުތަތަ 3 ސިކުންތުގައި ހިނގި ކަމެކޭ ބުނެ އޮޅުވާލަން ފޮރުވާލަން މަސައްކަތް ކޮށފައިވާކަން ފާހަނގަވޭ އެއީ އަނިޔާ ލިބުނީ ބޭރުމީހެއް ވީމަ ކަން ކުރަންޖެހޭ ގޮތެއްނޫން ޤާނޫނާއި ގަވާއިދު ތަނަފީޒުކުރަން ތިބޭމީހުން ވާނެ އަދުލުވެރިކަމާއެކު މިފަދަ ކަންތަށް ކުރަން ނުވާނަމަ ޒިންމާއިން ބަރީޢަވާން ތިމާއާއި އަނެކާގެ ސަލާމަތަށްޓަކައި .....
ރަމްޒު
04 February 2025
ވިމާ ތިމީހާ މަރުވީ ކޯނުގައި ޖެހިގެން ވެއްޓިގެންކަމަށް ނުވަތަ ވެއްޓިފައިވަނިކޮށް ފަހަތުން އައި ސައިކަލް އޭނާގެ ބޯމަތިން ދުއްވާފައިދިޔުމުންކަމެއް ސާފުކޮށްދޭންޖެހޭ އަދި ފުރަތަމަ އެސައިކަލް ދުއްވަން ހުރިމީހާ ގެއަތުން މީހެއްގެ ބޯމަތިން ސައިކަލުދިޔުމުން އޭނަ ހިމާޔަތް ކުރަންވެސް ނުވަތައެ ސީން އިން އެމީހާ ގެއްލުވާލަން މަސަކަތް ކޮށްފައިވޭ
ސުއްބު
04 February 2025
ލައިސަންސް ނަގަން ޓެސްޓުގަ ދުއްވަން ޖެހެނީ 30 ހުން ތިރީގަ. އެކަމަކު ބުރިޖުގަ ދުއްވަނީ ބާރު ސްޕީޑުގަ. ޓެސްޓުގަ ނުބަލާ ބާރު ސްޕީޑުގަ ދުއްވަމުން ކުއްލިއަކަށް އަކަމަކު ސައިކަލު ކޮންޓްރޯޅްވާ ގޮތަށް ބުރެކި ޖައްސަން އިނގޭތޯ! މިކަން ޓެސްޓު ނުކުރަންޏާ ދުއްވަން ދަސްކޮށްދޭ ތަންތަނުންވެސް މި ހުނަރު ދަސްކޮށެއް ނުދޭނެ. މިއީ އަށެއް އެޅުމަށްވުރެ މާ މުހިންމު ހުނަރެއް!
ހަސަންދި
04 February 2025
2 ނޫނީ 3 ސިކުންތު ތެރޭ ތި ހިނގި ކަމެއް ހިނގައިގެން ތި އުޅެނީ. އެންމެ ފަރިތަ މީހާ އަށްވެސް މަޑު ކޮށްލަން އެހާ ފަސޭހަ އެއް ނުވާނެ.
ޢާދެ
04 February 2025
އެކަމަކު މަޑު ނުކޮށް ދިޔައީމަނު ގޯސްވަނީ
އަހައްމަދޫ
04 February 2025
ތިސްކޫޕީ އާންޓީންތައް ވަރަށް ކުރީގަ އުޅެނީ. މިއަދު ވެސް ކުރިއަށް ގޮސްގޮސް ހުއްޓާ ހަމަފަހަތުން އައިސް މަޑުވެސް ނުކޮށްލާ ކުރިމަތިން އެގޯޅިއެޅީ
ޒިޔާ
04 February 2025
މުސްކުޅި އުމުރައް ދިއުމުން ސައިކަލް ދުއްވުން މަނާ ކުރަން ވީ.
ސާމްނާ
04 February 2025
މިހާރު 60 އހަރުން މުސްކުޅި ނުވޭ! ބައެއް 60 އހަރު މީހުން ހާއްސަކޮށް އަނހެނުން 60 ވާއިރު ވެސް ހަމަ 35 އހަރުގަ ޖަހާ ވައްތަރު އަދި އުޅުން ވެސް އެގޮތަށް ހުންނަ މީހުން ބައިވަރު މިހާރު! ވިސްނާލާ މީގެ 30 އހަހރު ކުރިން އޭ 30 އހަރު މީހުން! ސއިކަލާ ހުރިހާ އެއްޗެއް އޭރު ވެސް ރާއްޖޭގަ ހުރޭ
ކޮރަލް
04 February 2025
އަނިޔާވެފައިވާ މީހާގެ ބޯމައްޗަށް އެރުނު ނަމަވެސް ސައިކަލު ދިޔައީ މަޑުނުކޮށެވެ. ފުލުހުން އިތުރު އެހެން އަނިޔާތަކެއް އޭނާއަށް ލިބުނު ކަމަށް ނުބުނެ އެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އިތުރަށް ތަހުގީގު ކުރާ މައްސަލަ ތަކުގަ އިތުރު މައުލޫމާތެއް ލިބެނީ ހާލަކުން ފަހަރަކު އެވެ.
ސޫމޭ
04 February 2025
ޕާޓީ ސިސްޓަމާއެކު ދިވެހިންގެ ހިތްތަކުން ރަހުމު ފިލައިފި