އަލީ ހުސެއިންގެ ވަކީލުންގެ ޓީމް މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މިހާރުގެ މެންބަރުންނަށް އިސްލާހު ނުހިނގާނެ ގޮތް ހަދަން އެދުނު - ފޮޓޯ: ނިޝާން އަލީ / މިހާރު
17 ފެބުރުއަރީ 2025 - 15:46
ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށައިފަ އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފްވާ ކަމަށް ބުނެ އެވެ.
އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
މަހުފޫޒު ވިދާޅުވީ ގާނޫނަކީ ފަހަތަށް ރަޖްއީކޮށް ހިންގޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ގާނޫނު ހެދުމުގެ އެންމެ މައިގަނޑު އެއް އަސާސް ކަމަށެވެ. މިހާރުގެ މަޖިލީހުގެ މެންބަރުން ޕާޓީގެ ޓިކެޓެއް ހޯދައި، އިންތިހާބުވިއިރު ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަން އެއީ ތަސައްވުރު ކުރެވިފައި އޮތް ކަމެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުއަސާސީއަށް ގެނައި ހަ ވަނަ އިސްލާހު ދެމި އޮންނަ މުއްދަތުގައި ވެސް މިހާރުގެ މެންބަރުންނަށް އެ އިސްލާހުގެ އުސޫލު ނުހިނގާނެ ކަމަށް ކަނޑައަޅަން މަހުފޫޒު އެދިވަޑައިގަތެވެ.
ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފުވާ ކަމަށާއި އެގޮތުން ދައުލަތުގެ ބާރުތައް ދެމިގެން ދާނީ ރައްޔިތުންގެ ކިބައިގައި ކަމަށް އޮންނަ އޮތުމާ ފުށުއަރާ ކަމަށެވެ. މިހާރު ދައުލަތުގެ ބާރުތައް އޮތީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ އަތް މަތީ ކަމަށާއި ނަމަވެސް މެންބަރުން ވަކިކުރުމުގެ ބާރު އޮންނަން ވާނީ ރައްޔިތުންގެ އަތުގައި ކަަމަށް މަހުފޫޒު ވިދާޅުވި އެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާ އެކު ދައުލަތުގެ ނިޒާމް ގަޑުބަޑުވެފައިވާ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމް ކަމަށާއި ގާނޫނުއަސާސީ ވެސް ބައްޓަންކޮށްފައިވަނީ އެގޮތުގެ މަތިން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މަހުފޫޒު ވިދާޅުވި ގޮތުގައި ޕާޓީން ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލުމަކީ ބަރުލަމާނީ ނިޒާމްގެ ސިފައެކެވެ.
މަހުފޫޒު ވިދާޅުވީ އިސްލާހުގެ ސަބަބުން ދައުލަތުގެ ބާރުތައް ވެސް މައްސުނިވެފައިވާ ކަމަށެވެ.
އަލީ ހުސެއިން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މިހާރުގެ މެންބަރުންނަށް އިސްލާހު ނުހިނގާނެ ގޮތް ހަދަން އެދުނު - ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ މެންބަރަކު ޕާޓީ ބަދަލުކުރާ ކޮންމެ ފަހަރަކީ ނުރަނގަޅު ނިންމުމެއް ކަމަށް ބަލައި، އެއީ ނުކުރެވޭނެ ކަމެއް ގޮތަށް ގާނޫނުއަސާސީގައި ބަޔާން ކުރުމަކީ ގޯހެއް ކަމަށެވެ. ރައްޔިތުންގެ މަސްލަހަތު އިސްކޮށް ނުވަތަ ޕާޓީ ބަދަލުކުރަން މަޖުބޫރުވާ ހާލަތުގައި އެ މެންބަރަކު ބޭނުންވާ ނަމަ، އެކަން ކުރުމުގެ ފުރުސަތު އޮންނަންވާނެ ކަަމަށް މަހުފޫޒު ވިދާޅުވި އެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނުން ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މަހުފޫޒު ވަނީ އެ އިސްލާހުތައް އަވަސް އަރުވާލައިގެން ފާސްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ސުޕްރީމް ކޯޓާ ހިއްސާ ކުރައްވައިފަ އެވެ. ގާނޫނުއަސާސީއަށް މަޖިލީހުން އިސްލާހު ގެނެސް، އެ ބިލް ރައީސް ތަސްދީގު ކުރެއްވީ އެއް ދުވަސް ތެރޭގަ އެވެ.
މަހުފޫޒު ވިދާޅުވީ ގާނޫނުއަސާސީއަކީ މިހާ ފަސޭހައިން ބަދަލުކުރެވޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އާންމުކޮށް މަޖިލީހުން ގާނޫނެއް ފާސްކުރާ ނަމަ، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާ ކަމަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައިރު އެފަދަ އެއްވެސް އިޖުރާއަތެއް ހިންގާފައިނުވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
އަލީ ހުސެއިންގެ ފަރާތުން ހުށަހެޅުއްވި މި މައްސަލައަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ޖަވާބުދާރީވެފައެއް ނުވެ އެވެ. ނަމަވެސް، ދައުލަތުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން އިޖުރާއީ އިއުތިރާޒެއް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އަށް ގެނައި ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު
ފާތިމަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާން ކޮށްފައިވީ ނަމަވެސް އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށާއި އެ އަށް ގާނޫނެއްގެ ދަރަޖަ ދޭ ނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ.
ވަކީލް އެހެން ވިދާޅުވުމުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލޭނީ ކޮން ކޯޓަކަށްތޯ ފަނޑިޔާރު އައިޝާ ޝުޖޫން ސުވާލު ކުރެއްވި އެވެ. ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
18 February 2025
ޤާނޫނު އަސާސީ އިޞްލާޙް ޞައްޙަ ކަމުގައި ވާނަމަ ވެސް، ކުރިން ހިނގާފައިވާ ކަމަކަށް ފަހުން އަންނަ ޤާނޫނަކުން ފިޔަވަޅެއް ނޭޅޭނެ. އެއީ، 20 ވަނަ މަޖުލިހުގެ މެންބަރުން ކުރިމަތިލީއިރު ކުރިމަތިނުކުރާ ޝަރުޠެެއް އިތުރުކޮށް، އެ މެންބަރުންގެ މެންބަރުކަން ގެއްލޭނެ އިތުރު ކަންތައްތަކެއް ނުގެނެވޭނެ. އަދި މިކަން މިގޮތަށް ކޮށްފިނަމަ، އަސާސީ ޙައްޤުތަކެއް ވެސް އުނިވާނެ. ޤާނޫނީ ވެރިކަން ނަގަހައްޓަން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ޢަމަލުކުރަން ހުރަސްއެޅޭނެ.
ކަކުނިބޯ
18 February 2025
ޢެހެންވިއްޔާ 2025 ވަނައަހަރު އުފަންވުފާރާތްތަކުން ބޯސިގިރޭޓުން 8 ރުފިޔާދައްކަންޖެހޭނީ އަދި ވޭޕްވެސަ ނުބޮވެނީ އޯކޭ. ޢަންދަލޫސިޔާ ލާންވީ ސްޕްރިމްކޯޓަށް
އައްބެ
19 February 2025
މެންބަރުން އަމިއްލައަށް ފާސްކުރިއެއްޗެއް މެންބަރުންގެ މައްޗަށް ހިނގާނެ. އެހެންވިއްޔާ މުސާރަވެސް އިނާޔަތްވެސް އަމިއްލައަށް ބޮޑުކުރެވިގެންނުވާނެ. ކުރިން މުސާރައާއި އާއި އެލަވަންސާއި އިނާޔަތް އަމިއްލައަށް ބޮޑުކޮށް އަދި ހިނގަމުންދާ ދައުރުގައި އަމަލުވެސްކުރެވޭ. އެހެންވީމައި ޤާނޫނެކޭ ގާބުރިއެކޭ ކިޔާނެކަމެއްނެތް. ޤާނޫނަކީ މަތިން ބާވާލެއްވި އެއްޗެއްނޫން، އެއަށް ބަދަލުނުގެނެވޭކަށް.
65787
18 February 2025
މިހާރު ތިބި މީހުންގެ މައްޗަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަށް ނުހިނގަންޏާ އެ އިންތިހާބަށް ފަހު ފާސްވި އެއްވެސް ގާނޫނެއް އެމީހުންގެ މައްޗަށް ނުހިނގާނޭ. ޢަދި މިސާލަކަށް ބުނަންޏާ، 2008 ގެ ކުރިން ވަޒީފާގަ ތިބި މީހުންގެ މައްޗަށް ވަޒީފާއާބެހޭ ގާނޫނު ނުހިނގާނެ. ޤާނޫނުލް އުގޫބާތު ވުޖޫދުވުމުގެ ކުރިން ދުނިޔޭގަ ތިބި މީހުނަށް ގާނޫނުލް އުގޫބާތު ނުހިނގާނެ.
ލުގުމާން،
18 February 2025
ސްޕުރީމް ކޯޓަކަށްވެސް ރައްޔިތުންގެ މަންދޫބުން ނިންމަވާ ނިންމެވުމެެއް ބާތިލެއް ނުކުރެވޭނެ އިސްލާމް ދީނާ ހިލާފު ނުވާހާ ހިނދަކު
ކައްޒާބު ދައުލަތް
18 February 2025
ކުރެވޭނެ. ޤާނޫނުގަ ލިޔެފަ އޮތް އެއްޗެއް ބެލުމަށްފަހު ކޮމެންޓްކުރޭ
ރާވެރިބެ
18 February 2025
ނަމުން ރައްޔިތުންގެ މަންދޫބުން. އެކަމަކު ސިޔާސީ ޕާޓީއަކުން ވަކި ވެއްޖިއްޔާ ރައްޔިތުންގެ ބަހެއްނެތި އޮޓޮމެޓިކުން ގޮނޑި ގެއްލޭ. ހޮވުނު އިރު އެގިފަ އޮތް ކަމެއްނުން. ރައްޔިތުންގެ މަޖިލިސް މެމްބަރެއް ގައިގަ ހުންނަން ޖެހޭ ސިފަތަކުގަ ނޯވޭ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވާނެ ޖެހެޔޭ. މަޖލިސްގެ މެމްބަރުކަން ގެއްލޭނީ މެމްބަރެއްގެ ޝަރުތެއް ގެއްލިގެން. ބާރު އަތުން ގެއްލިދާނެ ކަމަށް ބިރުން ކުރާ ކަންކަން ހުސް.
ފިދާދް
18 February 2025
ވެރިކަމަށް ތާއީދު ކުރަނީކީނުން، އެކަމަކުވެސް ޕާޓީ ބަދަލު ކުރަންޏާ ގޮނޑިގެއްލެންވާނެ، އަހަރުމެން ވޯޓު ދީގެން އަހުމަދް ދީދީ ހޮވައިދިނީ، ދެން އޭނަ ބޭނުންވީމަ އޭނަ ދާންވީ؟ ކޮބާ އަހަރުމެންގެ ހައްގު
ފިދާދު2
18 February 2025
ވެރިކަމަށް ތާއީދުކުރަން. އެކަމަކުވެސް ޕާޓީ ބަދަލުކުރިޔަސް ގޮޑިގެއްލިގެން ނުވާނެ. އަހަރެމެންވޯޓްދިނީ ހޮވައިދިނީ މީހާގެ ގާބިލްކަމާ ތަޖްރިބާއާއި ރައްޔިތުންނަށް ހުރި އޯގާތެރިކަމަށް ބަލާފަ. ވީމާ މެންބަރު ސަރުކާރުން ރައްޔިތުންނަށް ހެޔޮގޮތް ހަދާނުދެވެންޏާ ޕާޓީން ވަކިވެވޭގޮތަށް ނެތިއްޔާ ކޮބާ އަހަރެމެންގެ ހައްގު. އަހަރެމެންގެ ހައްގުގައި އެބޭފުޅާއަށް ވަކާލާތު ނުކުރެވޭނެ. އެހެންވާނަ އެގެއްލެނީ އަހަރެމެންގެ ހައްގު. ކޮބާ އަހަރެމެންގެ ހައްގު
ސުފްޔާން
18 February 2025
މެމްބަރު އަލީ ހުސައިން އަކީ އެންމެ ގިނައިން ރައްޔިތުންގެ ހައްގޭ ކިޔާފަ ވާހަކަދެއްކިވި އެއް މެމްބަރު. މިއަދު ގޮނޑި ނުލިބުނީމަ ރައްޔިތުންގެ ހައްގުގައި ދައްކާނެ ވާހަކައެއްވެސް ނެތީ ކަންނޭގެ
އަކުރުންއަކުރަށް
18 February 2025
ތި މައްސަލައިގައި އަޅުގަނޑު ކޯޓަށް ހުށަހަޅަން، ތި ޤާނޫނު ފާސްކުރި އިރު އުފަންވެފައި ތިބި އެއްވެސް މީހަކަށް ތި ޤާނޫނު އެޕްލައި ނުވާނެކަމަށް ނިންމައި ދިނުން. އުފަންވިއިރު ޕާޓީ ބަދަލުކޮށްފިއްޔާ ގޮނޑި ގެއްލޭނެކަން މިހާރު ދުނިޔޭގައި ތިބި އެކަކުވެސް އުފަންވި އިރު ނޭގޭނެ. ނަމަވެސް ތި ޤާނޫނުގެ ފަހުން އުފަންވާ ކުދިންނަށް އެކަން ކުރިން އެނގިފަ އޮންނާނީ.
މިއުރާޒް
18 February 2025
ވެރިކަން ބަލިކަށި ކުރުވަން ކުރާހާ ކަންތައް މީ. ހުރިހާ އެންމެވެސް މިކަމަށް ތާއީދު ކުރޭ. ކޮންމެ ކަމެއް ސިޔާސީ ކުރީމަ ކަމަކު ނުދާނެ، މިއަންނަށް 5 އަހަރުގަ ވެރިކަމުގަ އޮންނާނީ ކޮންބައެއްކަމެއް ނޭގެ، މަޖިލީސްވެސް ލިބޭނީ ކޮންބައެއް ކަމެއް ނޭގެ.
ޢައޔަ
18 February 2025
ގޮނޑިގެއްލޭގޮތައް އޮތުން އެންމެ ރަނގްޅު ގޮތަކީ. ރާއްޖޭގެ ކޮރަޕްސަން ފެށޭހިސާބަކީ މަޖްލީސް. ނީލަމުގަ ވިއްކޭ އެއްޗެ ގޮތަށް ތިގޮނޑިތައް އެއްގޮތަކަށްވެސް ހުރެގެންނުވާނެ. ބޮޑުއަގު ހުށަހަޅާ ފަރާތަކަށް ގޮސްގޮސް ތިބޭބައެއް އެއީ. ޟެމްބަރުކަމަށް ކުތިމަތިލެވޭ ތަެުލީމީ މިންގަނޑެއްވއސް އޮތުން މުހިންމު
ޝައުކަތް
18 February 2025
ރައްޔިތުންގެ ހައްގޭ ކިޔައިގެން ކޮންމެ ބަޔަކުވެސް ދައްކަނީ މޮޅެތި ވާހަކަތަކެއް. ގައިމު ތިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން ބޭނުމިއްޔާ މިހާރު އޮތްގޮތައް ބައިންދަންވީނުން. ގައިމު ކޮންމެވެސް ޕާޓީއެއް ތަމްސީލު ކުރީމަތާ އޭނައަށް އެވަރަށް ވޯޓުވެސް ރައްޔިތުން ދިނީ
ދޮހޮއްތު
18 February 2025
އަލީ ހުސޭނާވާ ކޮންބެހޭކަމެއް ތޭ ——-