ގޭންގު ލީޑަރު މަރާލި ކަމުގެ ތުހުމަތުވާ އިޝާރާ: އޭނާ ފިލައިގެން ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ބައެެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައި
17 މާޗް 2025 - 10:15
ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކޮށްފައި ހުއްޓާ ބަޑިޖަހައި މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހަކު ފިލައިގެން ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު ގޭންގް ލީޑަރަށް ހަމަލާދިން ފިސްތޯލަ ކޯޓު ތެރެއަށް ވެއްދި ކަމުގެ ތުހުމަތުވާ އިޝާރާ ސެއްވާންދީ ވަނީ ކަނޑުމަގުން ލަންކާ އިން ފިލައިފަ އެވެ. އަދި ވަރުގަދަ އަންޑަވޯލްޑް ގޭންގެއްގެ އެހީތެރިކަމުގައި ފިލައިގެން އޭނާ އައީ ރާއްޖެއަށް ކަމަށް ބެލެވޭ ކަމަށާއި އޭނާ ރާއްޖޭގައި ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ލަންކާގެ ކަމާބެހޭ އިދާރާތަކުން ވާހަކަ ދައްކައިފައެއް ނުވެ އެވެ.
ލަންކާ ފުލުހުން ބުނާ ގޮތުގައި ކުމާރަ ސަމަރަރަތުނަ މަރާލުމަށް ބަޑި ޖެހި މީހާގެ އަތަށް އެ ބަޑި ގެންގޮސްދީފައިވަނީ 25 އަހަރުގެ އިޝާރާ އެވެ. އެ އަންހެން މީހާ ކޯޓު ތެރެއަށް ބަޑި ވައްދާފައިވަނީ އޭނާއަކީ ވަކީލެއް ކަމަށް ހެދިގެންނެވެ. ކޯޓު ތެރެއަށް އެ ވައްދާފައި ވަނީ ފޮތެއްގެ ގަނޑުތައް ބަޑީގެ ބައްޓަމަށް ކަފައި އެތަނުގެ ތެރޭ ފޮރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިޝާރާއަށް މި ތުހުމަތު ކުރެވޭއިރު، ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އޭނާއާ ބެހޭ މައުލޫމާތެއް ހިއްސާކުރާ މީހަކަށް ފައިސާގެ އިނާމު ވެސް ހުށަހަޅައިފަ އެވެ. އެ އަންހެން މީހާ އަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ހަމަލާ ދިން މީހާ ކޯޓުން ނުކުމެ ފިލައިގެން ދަނިކޮށް ހަމަ އެ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ވޭނެއްގައި ދަނިކޮށް ސްޕެޝަލް ޓާސްކް ފޯހުގެ ޓީމަކުން ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ، މުހައްމަދު އަޒްމަން ޝަރީފުއްދީން ކިޔާ މީހެއް ކަމަށް ކުރިން ބުނެފައި ވިޔަސް އޭނާ އެކި ނަންނަމުގައި އައިޑެންޓިޓީ ކާޑުތައް ހަދައިގެން އުޅޭކަން ވަނީ ހާމަވެފަ އެވެ.
ގޭންގު ލީޑަރު މަރާލާފައިވަނީ 15 މިލިއަން ރުޕީސް ހުށަހެޅުމުން އެ ފައިސާގެ ބޭނުމުގައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ވާދަވެރި ގޭންގުތަކުން ލަންކާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަޑީގެ ހަމަލާ ދިނުން ވަނީ ވަރަށް ބޮޑަށް އާންމުވެ ނުރައްކާ ވެފަ އެވެ. މިއަހަރުގެ މިހާތަނަށް މިފަދަ 17 ހާދިސާ ހިންގާފައި ވާއިރު މި ހާދިސާތަކުގައި ފަސް މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަހަމްވެފައިވެ އެވެ. މިފަދަ ހަމަލާތައް ގިނަވެ އާންމު ސަލާމަތަށް ނުރައްކާވަމުން ދާތީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސިޔާސީ މީހުންނާއި އާންމުން ދަނީ ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންކާ
18 March 2025
ލަންކާގަ ގޭންގު ލީޑަރުންގެ ނަމާ އެއްކޮަށް ޖަހަން ކެރޭ، މިގައުމުގަ ނުކެރޭނީ ކީއްވެ؟
ރަދީފްއޮފިޝަލް
17 March 2025
''ގޭންގު ލީޑަރު މަރާލާފައިވަނީ 15 މިލިއަން ރުޕީސް ހުށަހެޅުމުން އެ ފައިސާގެ ބޭނުމުގައި ކަމަށް '' ދުނިޔޭގަ އިންސާނާ ވޭތުކުރާ ކޮންމެ ސިކުންތެއް ގުޅިފައިވަނީ ހިސާބް އަދަދަކާ. (އުމުރު ، ފޯން ނަމްބަރ / ޕިން ނަމްބަރ / ވަގުތު / ފައިސާ / ޓްރަވެލް ޑިސްޓެންސް / ވޯކިން އަވާސް ، ނިދާވަގުތު ، އޯޓީޕީ) މިހެންގޮސް އެތައް އެއްޗެއް.
ކަނޑުކޮސްް
17 March 2025
ކޮމެންޓުގަ ލިޔާނެ އެއްޗެއް ނުވިސްނުނަސް ކޮންމެވެސް ފަތިވަރެކޭ ކޮންމެހެން ވެސް ލިޔެލަން ޖެހޭނެ އޮތަ؟
ކުލަބް ތަކުން
17 March 2025
ސުޕުން އަކީ ވެސް ނަންނަމުގައި އައިޑެންޓިޓީ ކާޑުތައް ހަދައިގެން އުޅޭކަން ވަނީ ހާމަވެފަ އެވެ. އަދި ހުދުވެލާ ރާއްޖެ އެތެރެ ކޮއްގެން ލަންކާއައް ފޮނުވާލި މީހެއް އަދި ރާއްޖޭގެ ބާސްކެޓް ފުޑާލި މީހެއް ބައެއް ދިވެހިން ނާއި ގުޅިގެން ( ރުބިކަން އަދި ބޯގަންވިލާ )
އަހުމަދު...
17 March 2025
ލަންކާމީހުންގެ ބަލާވެރިކަން ރިސޯޓް ތަކަށް ވެސް. ޕްރައިވެޓް ސެކްޓާގެ ހިސާބު ބެލެހެއްޓުމުގެ ހުރިހާ ޖޮބްތައް، އޯޑިޓް ފާރމްތައް ކޮންޓްރޯލް ކުރަނީ ވެސް ލަންކާ މީހުން.
އލށފތ
17 March 2025
އެމީހުން ކުރާ ވައްކަމެއް ނޭގޭހާ ސިއްރުން އެކައުންޓްސް ތަކުން ކުރަނީ، ވިޔަފާރި އައް ވަންނަ ޑޮލަރު ކޮޅުވެސް ކަޓުވާލައި ބޭންކު ރޭޓުގަ ދިވެހި ރުފިޔާލާ ތިކަހަލަ ކިތައް މާހިރުންތޯ އުޅެނީ.
ސޭމޭނު
17 March 2025
ދެންއުޅޭނެ ކައްކަންގެއެއްގަ ހެހެހެ
އެަެއަެދދަ
17 March 2025
މިކަހަލަ ލަޓޯފަޓޯ ގައުމުތަކަށް އެހެން ގައުމުތަކުން އޮން އެރައިވަލް ވިސާ ނުދެނީ ކަމެއް ވެގެން. ރާއްޖެއިންމވެސް މިކަން ހުއްޓަލާލ
މުރީދުބެ
17 March 2025
އަހަރެމެން އުޅޭގޮތުން އަދި ޚާއްސކޮށް ބޭރުގައުމުތަކަށްގޮސް މިހާރު ބައެއް ދިވެހިން އުޅޭގޮތުން އަދި އުޅެވޭ ގޮތުން އެހެން ގައުމުތަކުންވެސް އަހަރެމެން ދެކެނީ ލަޓޯފަޓޯ ގައުމެއްގެ ގޮތުގައި މިހާރު.
ފަހި
17 March 2025
ލަންކާގެ ކޯޓް ތެރޭން ކުއްވެރިޔާ ހައްޔަރު ނުކުރެވުނީތީ ހަމަ ހައިރާންވެއްޖެ!
އިއްޕަޓޭ
17 March 2025
އޯކޭދޯ. ފަލަސްތީނުގެ ނަސްލު ނައްތާލަން ރެޔާދުވާލު ބުރަމަސައްކަތްކުރާ ފަރާތްތައްވެސް އަރާމުކޮށްލަން މިތަނަށް އާދެވޭތާ.
raajje
17 March 2025
ފިލައިގެންވެސް، ޓޫރިސްޓުވިޒާގައިވެސް ހަމައަންނަންވީ، އައިސަ ތިމަންނަ ނުދާނަމޭބުނީމާ ރާއްޖޭގައި އުޅެވޭނެ، މިހާރުވެސް ނުގަވައިދުން (ވިޒާ، ޕާސްޕޯޓު ނުވަތަ ހުއްދަނެތި) ކޮންމެވެސް ރަށެއްގައި ބޭރުގެއާއިލާއެއް ވަރަށްމިނިވަންކަމާއެކު ހަމަ އާންމުންއުޅޭހެން އެބައުޅޭ، (މިވާހަކަދެކުނީ މިހާރުނޫހުން) އެމީހުން އެހެންއުޅެ ދަރިންހޯދާ ބޮޑުވެސްކޮށްފި، އެއްވެސް ފިޔަވަޅެއްނޭޅޭ، އެމީހުނަށް ދެރަގޮތެއްހަދާކަށްނޫން މިގޮވަނީ ނަމަވެސް ގަވައިދާގާނޫނަށްފެތެންވާނެދޯ،
ދަލޭކަ ދައިތަ
17 March 2025
ސިޔާސީމީހުންނާހެދި މިގައުމުގައިވެސް ގޭންގްތަކުގެ ބާރުގަދަވަމުންދަނީ، މިކަން ހުޓުވަން ކެރޭނެބަޔަކު ނެތް. ފަހުން ހުއްޓުވޭނެއެއްވެސް ގޮތެއްނޯންނާނެ. ރިޔާސީ ވައުދަކަށް ގޭންގް މައިތިރިކުރަން ބުނާ ހަމައެކަނި މީހަކީ އުމަރު.
ޙައްލަކީ ޑުޓާޓެ
17 March 2025
އުމަރަކީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ. އުމަރު ޥެރިކަމުގަ ހުއްޓާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޯޓް (އައިސީސީ) އިން ދަމާ ކޫއްތާފަ ގެންދާތަން ފެންނާނީ!
raajje
19 March 2025
ދަލޭކަ ދައިތަ: އުމަރަކީ އަނގައެއްއޮތީތީ ތަޅުވާމީހެއް، ތަނެއްދޮރެއްދަންނަމީހެއްފާޑެއްނުޖަހާ، ފުލެޓުދޮންބެވެސް ބުނި އެންމެރިސޯޓެއްގެ އާމްދަނީއިން ރާއްޖެހިންގާނަމޭ، ނަމަވެސް ވެރިކަންލިބުނީމާ ވީކިހިނެއް؟ ހަދާނެނަހަދާނެގޮތެއް ނޭންގިގެން އިސްތިއުފާދީ ޖެހިގެންއައި ދުވަސްތަކުގައި ރައްޔިތުންގެ މުދަލުގައި ހުޅުޖެހީ، އުމަރަކީ ދެއުޅިއެއްވާމީހެއްނޫން، އުމަރު އެބުނާގޮތަށް އެއްކަމެއްވެސްނުކުރެވޭނެ އުމަރަށް ވާނުވާނެންގޭތީ އަނގަތަޅަނީ