އެންފީލްޑަށް ކުރި ޒިޔާރަތުގެ ތެރެއިން ރައީސް، އިއަން ރަޝް އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
04 އެޕްރީލް 2025 - 17:32
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމާއެކު، ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމުގައި އެ ކްލަބުން އެހީތެރިވެދޭނެ ކަމަށް އެ ކްލަބްގެ ލެޖެންޑް އިޔަން ރަޝް ބުނެފި އެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
ލިވަޕޫލްގެ ރަސްމީ ދަނޑު އެންފީލްޑްގައި، މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ބައިވެރިވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން އިޔަން ރަޝް ބުނެފައިވަނީ މި ކެމްޕެއިން ލޯންޗުކުރުމުގެ ތެރެއިން ރައީސަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ.
ލިވަޕޫލްގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހިކަމުގެ ރެކޯޑު އޮތް ކުޅުންތެރިޔާ ބުނެފައިވާ ގޮތުގައި، އެ ކްބަލާއެކު ވިޒިޓް މޯލްޑިވްސް އިން މިފަދަ ކެމްޕެއިނެއް ފެށުމަކީ ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ތެރެއިން ދެ ފަރާތުން ވެސް ގަބޫލުކުރާ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޯލުތަކަށް ވާސިލްވުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ގެންގުޅޭ ޕޮލިސީތަކަށް ތައުރީފްކުރަމުން އޭނާ އިތުރަށް ބުނީ، ލިވަޕޫލުގެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމަށް ގެންގޫޅޭ "ދަ ރެޑް ވޭ" ގެ ތެރެއިން ހޭލުންތެރިކަން އުފައްދައި ރާއްޖޭގެ އަމާޒަށް ވާސިލް ވުމަށް އެ ކްލަބް އެހީތެރިވެދޭނެ އެވެ.
އެންފީލްޑަށް ކުރި ޒިޔާރަތުގެ ތެރެއިން ރައީސް، އިއަން ރަޝް އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ވިޒިޓް މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ޔޫރަޕްގެ އިތުރުން މުޅި ދުނިޔެއަށް ވެސް މި ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާނެ އެވެ. ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވަނީ ރާއްޖޭގެ އިޝްތިހާރުކޮށްފަ އެވެ. ދަނޑުގެ ލެޑް ޕެނަލްތަކުގެ އިތުރުން ލިވަޕޫލްގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އަލަށް 100،000 ޓޫރިސްޓުން އަންނާނެ އެވެ. އަދި 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަގެރޮޓިޔާ
05 April 2025
ތިޔަ އަންދާޒުކުރާ އާމްދަނީގެ ބައިކުޅަބައި ލިބުނަސް ޖީބު ފުރޭނެ....ފަހާ ތަނަކަށް ދާންވީ ދޯ. ފަޓުލޫނުގެ ޖީބުތައް ބޮޑުކުރަން..
ޗޫޤީ
05 April 2025
އެންމެފުރަތަމަ ބަލަންވީ ލިވަޕޫލަށް ލީގުތަށި ނަގާދެވޭތޯއެވެ.
ކޮން
05 April 2025
އޯއި.. ތަށި ލިބުމާއި އިސްތިހާރު ކުރުމާ އޮތީ ކޮން ގުޅޫމެއް
ލިހާޒް މުހުސިން
05 April 2025
ލިވަޕޫލްއަކީ ބޮޑު ފޭން ބޭސްއެއް އޮންނަ ބަޔެއް. އެތައް ދުނިޔޭގެ ބޮޑެތި ސްޕޮންސާ އޮންނަ ބަޔެއް. އެމީހުންގެ ފޮތަށް އަހަރުމެން އެރުމަކީ ނުހަނު ފައިދާވާނެ ކަމެއް
ސިޔާދު އަލީ
05 April 2025
އުފާވެރި ހަބަރެއް. ބަޔަކު ބުނި މިކަންވެސް ފެއިލްވާނެޔޭ. އެކަމަކު ފެންނަނީ އުފާވެރި ހަަބަރު
އަހްލަމް
05 April 2025
މީގެ ސަބަބުން ޓޫރިޒަމް ސިނާއަތް ބޫސްޓްވާނެ
އަހްސަން ހަމިދު
05 April 2025
މީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރުކާރަކުން ކުރި އެއްމެ ރަނގަޅު ކަންތައް
ދިއްދޫމީހާ
05 April 2025
ތިޔަ ވުރެން މާރަނގަޅުވާނެ އިންޑިޔާގެ މޯހަންބާގާ އެކު ތިޔަ ކަމެއްކުރިޔަސް
ކޮން
05 April 2025
އެއީ ކީއްވެ؟
ސަފޯޓަރ
04 April 2025
ގައުމެއްގެ ރައީސެއް އަކަށް ދޭށްޖެހޭ އިއްޒަތާއި ލަގަބު ދިން ތަނެއް ލިވަރފޫލްގެ ދަނޑް ގެ މަންޒަރުތަކުން ނުފެނޭ ހަގީގަތުގަ. މިސާލަކަށް ދައުވަތު ދީގެން ގެން ގޮސް ލިވަފޫލުގެ ސީއޯ އަތުން މީގެ ކުރިން ޖޯޒީވެސް އަރުވަނި އެކަމު މިފަހަރު އެފަދަ މަންޒަރެއް ނުފެނުނި..
ކީއް؟
05 April 2025
ހުރިހާ ފަހަރު އެއްގޮތަކަށް ވާން ނުޖެހޭ ދޯ
މޯޑް
04 April 2025
ބޭކާރު ހަރަދު.
ފަހުދު.
04 April 2025
ލިވަރޕޫލްއިން އަދިވެސް ރަސްމީ ސިފައެއްގައި މިކަން އިއުލާނެއް ނުކުރޭ. މިދަނީ އެމީހުންގެ ސޯޝަލްމީޑިޔާ ވެސް ބަލަމުން. މިކަމުގެ ހިލަމެއްވެސް ނެޠް. ރައްޔިތުންގެ ފައިސާކަން ދަންނަންވާނެ. ޖަވާބުދާރީ ކުރުޥޭނެ ދުވަހެއް އަންނާނެ