ޒަކިއްޔާ.
08 އެޕްރީލް 2025 - 08:37
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ވާޗުއަލް އޮޓޮޕްސީ ހެދީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު، އޭގެ ނަތީޖާއެއް އަދި ހާމައެއް ނުކުރެ އެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑުގާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ މައްސަލާގައި ހޮޅުދޫގެ މީހުން، ޒަކިއްޔާގެ ފިރިމީހާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު މިހާތަނަށް އެ އާއިލާގެ ފަރާތުން ވަކި އެއްޗެއް ނުބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ. އެކަމަކު، އެ ވާހަކަތަކާ މެދު ހިތްހަމަނުޖެހޭ މީހުން ގަބޫލުކުރާ ގޮތުގައި މީހަކު އަމިއްލައަށް އެ ވަރުގެ އަނިޔާއެއް ނުދޭނެ އެވެ. އެއީ މީހަކު ގަސްތުގައި ދިން ހަމަލާއެއް ކަމެއް ބުނެ އިންސާފު ހޯދުމަށް ހޮޅުދޫގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ކުރެ އެވެ.
އެ މުޒާހަރާތަކާ ގުޅިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ މަހުގެ ތެރޭގައި ހޮޅުދުއަށް ވަޑައިގެންފަ އެވެ. އާއްމުންނާ ބައްދަލުކުރައްވައި އިހުސާން އެ ދުވަހު ވިދާޅުވީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާ ވަޅުލެވުމަކީ ހެދުނު ގޯހެއް ކަމަށެވެ.
އިހުސާން ވިދާޅުވީ މީގެ ކުރިން ވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބެއްލެވި ކަމަށެވެ. އެކަމަކު އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތިބޭފުޅުން އާދައިގެ ޕެތަލޮޖިސްޓެއް ކަމަށް، އެހެން ނަމަވެސް އެއީ މީގެ ކުރިން އެތައް އޮޓޮޕްސީއެއް ހަދާފައިވާ ރާއްޖޭގައި އެވަގުތު އެވައިލަބަލްކޮށް އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އޭރު އޮޓޯޕްސީ ނުހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅުކަމެއް ކަމަށް."
"ގަބޫލުކުރަން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ވާހަކައެއް ނުދައްކާނެ،" އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިހުސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
08 April 2025
ޖަލުން ކުއްވެރިން މަރުވީމާ ހުރިހާ އެއްޗެއް ހެދޭ ގައުމުމީ
އެޗް އެމް
08 April 2025
ކޮންމެއަކަސް ތިކަމުގަ އެދެވޭ ނަތީޖާ އެއް ދެނެއް ނުނެރެވޭނެ. ދެން އޮންނާނީ މުޅިންވެސް ލަފާކުރުން. ހޮޅުދޫ މީހުން ތިކަމުގަ ވަގުތު ބޭކަރު ކުރުމުގެ ބޭނުމެއް ނެތް. މިގައުމުގަ ތިބާވަތުގެ ކަންކަމުގަ އިހްމާލުވާނެ ފަރާތެއް ޒިންމާވާނެ ފަރާތެއް ނުވޭ. ކަންކުރެވުނީ އެެންމެ ރަގަޅުގޮތަށް ނޫންކަމަށް ބުނެލީމަ އެކަން އެނިމުނީ.
ރުބޭ
08 April 2025
ތިވަރަށް މީހަކު ކޮށާލީމަ ވަރޗުއަލް. ކަރުން ފޮނު އައިސް ހާޓް އެޓޭކެއްހެން ހީވީމާ ސީދާ ފަޅާފަ މޭ ނަގައިގެން އެބަ ބަލަންޖެހޭ. މިއީ އަސްލު މީހުންގެ އިތުބާރު ކަންކަމަށް ގެއްލެންޖެހޭ ސަބަބަކީ.
ޑރ ވާންޗޯ
08 April 2025
ދިރިހުރި މީހެއްގެ އެމްއާރއައި ހަދާފަ އެބަލާފަވެސް ވާނުވާނޭގިގެން އުޅޭބަޔަކު ވާޗުއަލް އޮޓޮޕްސީއޭ ބުނީމަ ހިނިއަންނަނީ..
ިަހަބީ
08 April 2025
މިހާރު ތިހުރިހާ ކަމެއް ތިކުރަނީ ފުލުހުނަށް ހެދުން ގޯސްތައް ފޮރުވަން. މާދަމާ ބުނާނެ މީގެ ނަތީޖާއިންވެސް ދައްކަނީ އަމިއްލައަށޭ..
ހޮޅުދޫ މީހެއް
08 April 2025
ކޮންމެ ފަހަރަކު އެއްވުމެއް ބާއްވަން ރައްޔިތުން އިއުލާން ކޮއްލާއިރަށް ކޮންމެސް ރިޕޯޓެއް އެބަ ނެރޭ ... މި ހުރިހާ ދުވަސް ދިޔައިރު ބަހެއް ނުބުނެ ތިބެނީ ކީއްވެ ... ފުލުހުން ތިޔަ އުޅެނީ ކޮންބައެއް ލޮލުގަ އަދުން އަޅުވަންތަ......
ޖޯސެފް ހަބީ ލޯޔަރޫ
08 April 2025
ތީ ކަންކަން މަތިޖަހަން ކުރާހާ ކަންތައްތައް. މިސާލަކަށް ބަލަމާ ކޮރަޕްޝަން ހިމެނޭ އެތައްކަމެއް ކުރާ އައްޑޫސިޓީ ކައުންސިލުން ސީދާ އެކަންތައްކުރަނީ އަހަރެންވެސް ބައިވެރިވެގެންނޭ އެކަކުވެސް ބުނާނެތަ ނުލާހިކު ސިއްރުން ކުރާހާކަމްކަންމިހުންނަނީ
މަރުވީ ފުރާނަ ގެންދެވީމަ
08 April 2025
މިއީ އަޅެ ރައްޔިތުން އަނގަގޮއްވަން ނޫނީ މަލާމާތަކަށް ކުރާކަމެއްތަ. ކީއްވެގެންތަ އިންޓަރނެޝަނަލް ސްޕޭސް ސްޓޭޝްންގަ ތިބި އެސްޓްރޮނޯޓުން ލައްވާ ނ.ހޮޅުދޫއާ ދިމާލަށް ޒީމް ކޮށްލައިގެން އޮޓޮޕްސީ ނުހެދީ. މިހާރު މި އިނގުނީ އޮޓޮޕްސީއަކީ ޚިޔާލީކޮށް އަދި ރޫޙާނީގޮތަކަށްވެސް ހެދޭ އެއްޗެއްކަން. މިހުރިހާ މޮޅެތިކަންކަން ކުރަންތަ މިހާ ދުވަސްވަންދެން ތި ތިބީ. މަރުވި ސަބަބު ތިއޮތީ ދެން ހޯދިފަކަމަށްބަލާ. މަރުޙަބާ ދިވެހި ފުލުހުންނަށް
ލަންބާ
08 April 2025
ހާދަ ގޮތް ކުޑަ ރަހުމް ނެތް ބަޔެކޭ މިހިރީ ވެރިކަމުގަ، މައްޔިތާގެ މައްޗަށް އެއްވެސް އިހްތިރާމެއް ނެތް ތަ. ހިތު ހުރިހާ މި އުޅެނީ މި ނޫން ދުނިޔެއެއްވެސް އެބޮތް ކަން މިމީހުން ހަނދާން ނުހުންނަނީތަ.
ހޮޅުދޫ
08 April 2025
އަލީ އަރުޝަދު ކިޔާ ހޮޅުދޫ ކުއްޖަކުވެސް ވަރަށްފަހުން މަރުވެއްޖެ ވީގޮތެއް ނޭންގި. އެކުއްޖާ ނިކަމެތި ވީ މަތަ ހޮޅުދޫ ރައްޔިތުން އެވާހަކަ ނުދައްކަނީ.
ހޮޅުދޫ މީހެއް
08 April 2025
އެމަރުގެ ވާހަކަ ދައްކަން އެއާއިލާއިން ބޭނުންވާނަމަ އެކަމަށް ރައްޔިތުން އަޑުއުފުލީސް.. ނިކަމެތި ވެގެނެއްނޫން... ނޭނގޭ ވާހަކަ ނުފަތުރަބަލަ
އިއްބެޭ
09 April 2025
މިކަހަލަ ކޮމެންޓަކަށް އިންތިޒާރު ކުރާތާ ދުވަސްތަކެއް ވެއްޖެ…