ޚަބަރު / ފުލުހުން

ވާޗުއަލް އޮޓޮޕްސީން ދައްކަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ޒަހަމްވެގެން ކަމަށް

08 އެޕްރީލް 2025 - 13:00

62 comments

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުން، އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ދައްކައިފި އެވެ.

ޒަކިއްޔާ، 50، ގެ ވާޗުއަލް އޮޓޮޕްސީ ހެދީ ފުލުހުންގެ ޓީމެއް މިދިޔަ މަހު އިންޑިއާއަށް ގޮސްގެން، އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވަ އެވެ.

ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.

ނަފްސާނީ މައްސަލަތަކެއް ވެސް ތަހަންމަލްކުރަމުން ދިޔަ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އޭނާގެ ކަރު އޮތީ ކިރިޔާ ބުރި ނުވެ ކަމަށް އެ މީހުން ބުނެ އެވެ.

އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި ކަރުގެ ދެ ފަރާތުގައި ޒަހަމްތަކުން ނާރުތައް ބުރިވެފައި ވިޔަސް ކަށީގައި ޖެހޭ ހިސާބާ ކައިރިއަށް ވެސް އެއްވެސް ޒަހަމެއްގެ ފުންމިނެއް ނެތެވެ. އަދި އެ ރިޕޯޓްގައި، އެ ޒަހަމްތަކުގެ ސަބަބުން ޕްރެޝަރުގައި ލޭތައް ބުރައިގެން ނުދިޔަ ސަބަބާއި އެ ޒަހަމްތައް ލިބިފައި ހުރި ކަމަށް ބެލެވޭ ގޮތް ފަދަ މުހިންމު ސުވާލުތަކަށް މެޑިކަލް ގޮތުން ތަފްސީލް ކޮށްދީފައިވެ އެވެ.

އެ މަރާ މެދު ކަންބޮޑުވުން ފާޅުކުރާ މީހުން ބުނަނީ މީހަކު އަމިއްލައަށް އެ ވަރުގެ އަނިޔާއެއް ނުދޭނެ ކަމަށެވެ. އެއީ މީހަކު ގަސްތުގައި ދިން ހަމަލާއެއް ކަމެއް ބުނެ އިންސާފު ހޯދުމަށް ހޮޅުދޫގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ކުރެ އެވެ.

ނަމަވެސް މި މަރާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ތަޖުރިބާރުންގެ ލަފާ ވެސް މިހާރު ހޯދާފައިވާ ކަމަށާއި އެފަދަ ގޮތަށް ޒަހަމްވެގެން މީހުން މަރުވުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެފައިވާކަން އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.

62 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 70%
icon wow icon wow 5%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޓު

09 April 2025

މަބުނީ އޭ، ދެވަނަ ފަހަރު ވަޅި އަމިއްލައަށް ނޭޅޭނޭ މި ބުނާ މީހުންނަށް ކަތިލާފަ އޮތް ހާލެއް ދުވެ ފުމޭތަން ފެނިފަ ހުރި ހެނެއް ހިއެއް ނުވޭ.

The name is already taken The name is available. Register?

ހުސް ސުވާލު

09 April 2025

އަމިއްލައަށް މަރުވީ، މައްސަލައެއްނެތް؟ ކޮބާ ދެން އެކްރައިމް ސީން، އަދި މާގިނަދުވަހެއްނުވެ، މާލޭގަ އަންހެން ކުއްޖަކު މަރާ ބުރި ކޮށްގެން، އެކަން ސިއްރުކުރަން އުޅުނުތަން ހުރީ ކިހިނެތް؟

The name is already taken The name is available. Register?

އިސްމާލު2.0

09 April 2025

މިކަހަލަ ޒަހުމުތަކާއި އެކު އަމިއްލައަށް މީހާ މަރުވުމަކީ ހަމަ ދުނިޔޭގައި ހިނގާ ކަންކަމެވެ. ޖަޒުބާތުގައި ޖެހިގެން ތަހުގީގެއްވެސް ދައުވާއެއްވެސް އަދި ހުކުމެއްވެސް ނުކުރެވޭނެއެވެ. ކުށެއް ނުކުރާ މައުސޫމަކު ދުނިޔޭގައި ބާކީ އުޅެން އޮތް ދުވަސްތައް ހަރާބުވެދާނެއެވެ.

The name is already taken The name is available. Register?

މހއމ

09 April 2025

ރަނގަޅަށް ވާޗުއަލް އޮޓޮޕްސީ ކިޔާލާ ހުރިހާ ކުދިންވެސް އެއްފަހަރު. ދެން ޑިސައިޑް ކުރޭ. https://www.ijfmts.com/html-article/11883#:~:text=This%20review%20article%20enumerates%20the%20benefits%20and%20drawbacks,achieve%20a%20highly%20acceptable%20procedure%20to%20conduct%20autopsies.

The name is already taken The name is available. Register?

ކިއްލި

09 April 2025

ނަފްސާނީ މައްސަލަތަކެއް ވެސް ތަހަންމަލްކުރަމުން ދިޔަ ޒަކިއްޔާ......! މިގޮތަށް އެބޭފުޅުންގާތު ބުނާ ހިސާބުން މައްސަލަ އެއޮތީ ވަކިގޮތަކަށް ނިމިފާ. ދެން އެއަށް އަންނާނޭ މާކަބޮޑު ބަދަލެއް ނޯންނާނެ. ގޮތްނޭނގޭ ބޮޑެތި ކަންތަކުގާ ކުރަންވާ ހުރިހާ ކަމެއްނުކޮށް އަވަސްއަރުވާލައިގެން ވަޅުލުމަކީވެސް ކޮށްގެންވާނޭ ކަމެއްނޫން.

The name is already taken The name is available. Register?

raajje

09 April 2025

ހޮޅުދޫގެރައްޔިތުން މައިތިރިކުރަން ކުޅުނުޑުރާމާއެއްމީ، ކޮންވާޗުއަލް އޮޓޯޕުސީއެއްތަ! ކޮބާގެއްލުނު ނޫސްވެރިޔާ ކޮންމެމީހަކުވެރިކަމަށް އަރާ އެޔެކޭމިޔެކޭ ކިޔައިގެން ރައްޔިތުންވާވައްދަމުންގޮސް މިހާރު އެކަން ހަނދާންހުރިމީހަކުނެތް، ކޮބާ ޑރ.އަފުރާޝީމުގެ ގާތިލުން؟

The name is already taken The name is available. Register?

ރޯނުއެދުރޭމެން

08 April 2025

މަށަށް ފެންނަނީ އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުންނަށް ކިޔަވައިދޭން މިތާ ކޮމެންޓްކުރާ ދިވެހިިންތައް ފޮނުވަން. ހާދަހާ އިލްމަކާ ތަޖުރިބާއެއް އެބަހުއްޓޭ އެމީހުންގެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

09 April 2025

ކުޑު ކުއްޖައައްވެސް އެގޭވަރައް އޮޅުވާލީ! އޮޕުޓުސީން ނޭގޭނެ އަމިއްލަކަން މަރުވީކަން! އެރިޕޯޓައް ކުރާ ތަހުގީގުން އެގެނީ މަރުވިގޮތް! މިސާލަކައް މީހަކައް ޒަހަރުދީމަރާލައިޔާ ރިޕޯއެގޭނީ ޒަހަރަކުންމަރުވީ އަމިއްލަޔައް ކައިގެންމެއް ނޭގޭނެ! މޫދުގަ މީހަކު މަރުވެއޮތަސް އެގޭނެ އެއްގަމުގަ މާރާލާފަ މޫދައް އެއްލިކަން އެކަމަކު އެއްލާލި ބައެއް އެރިޕޯކުން ނުދައްކާނެ

The name is already taken The name is available. Register?

ގގގގގގގ

09 April 2025

ސަލީމު އިދުރީސް، ިދބެހި ކުލާހަކަށް ޖައްސާލަން ފެނޭ

The name is already taken The name is available. Register?

އެކޮއި

08 April 2025

ތިއަށްވުރެ މާތާހިރުވީސް ޖިންނި ޝައިޠާނަކު ޒަކިއްޔާ މަރާލިކަމަށް ރިޕޯޓުތަކުން ދައްކާކަމަށް ބުނިނަމަ

The name is already taken The name is available. Register?

ލައިޓް

08 April 2025

ތަހުޒީބު ތަންތަނުގައި ގިނަބަޔެއް ކޮމަން ސެންސް ޤަބޫލް ކުރާނެ! ރަނގަޅުވާނީ ތި ޒުވާބު ހުއްޓާލިއްޔާ! ނުކުރާ ކަމެއް. ފިރިމީހާގެ ބޮލުގައި އެޅުވިއްޖެނަމަ އެއީ ދެރަކަމެއް!

The name is already taken The name is available. Register?

‫ނާޑުވާ

08 April 2025

ވ‫ާޗުއަލް އޮޓިޕްސީ އޭ ބުނި ހިސާބުން ޔަޤީންވެއްޖެ މިވެރިން މިއުޅެނީ އަމިއްލައަށް މަރުވީ ކަމަށް ނިންމަން ކަން. ނުކުޅެދޭ ފުލުހުން ތިބި ތަނެއް މި ނޫނިއްޔާ އޮތް ހެނެއް ހިޔެއް ނުވޭ.

The name is already taken The name is available. Register?

ޒަރީރު

08 April 2025

މަރުވީ އަމިއްލައަށް ނޫންކަމުގެ ކޮން ހެއްކެއް އޮތީ. ތަޙްޤީޤްގެ އެއްވެއް އިލްމެއްނެތި ހީވާ ހީވުމެއްގެ މައްޗަށް ތިކަހަލަ ކަންކަމުގަ ވާހަކަދެއްކުމަކީ ބޮޑު ފިތުނައެއް.

The name is already taken The name is available. Register?

ބޫޓު

08 April 2025

ނާޑުވާ އޯޓޮޕްސީ ކިޔަވާ ވިދާޅުވީ ކޮންތާކުންތޯ؟ އިންވެސްޓިގޭޝަންއަކީ ބުރަ އަދި ޒިންމާ ބޮޑު މަސައްކަތެއް، ހެކި ހޯދިޔަސް އެހެކި ސާބިތުކޮށްނުދެވެންޏާ ކުރި މަސައްކަތް ބަޔަކު ބަލައެއް ނުގަންނާނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެބަހުރި 100 ވުރެ ގިނަ އަހަރު ފަހުންވެސް ހާދިސާގައި އަސްލު ވީގޮތް އެގިފައި.

The name is already taken The name is available. Register?

މހއމ

09 April 2025

އެހެންވީމަ ބޫޓު ވެސް ގަބޫލުކުރަން ދޯ އަސްލުވީ ގޮތް އަދި ނުހޯދޭކަން. ކޮންތާކުން އޮޓޮޕްސީ ކިޔަވައިގެން ތި އުޅެނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454