ޚަބަރު / ދިވެހި ސިފައިން

ރާއްޖޭގެ އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި

ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑުގައި، އަސްކަރިއްޔާއަށް ގެނައި އާ އުޅަނދުތައް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިވެހި އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޕެރޭޑުގައި ދައްކާލައިފި އެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުން ނުވަތަ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު ފެށީ ރައީސް އޮފީހުގެ ކުރިމަތީގައި ބޭއްވި ހާއްސަ ހުށަހެޅުމަކުންނެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެ ދެކަނބަލުންގެ ދެބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން އާންމުންނާއެކު ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑް ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕެރޭޑުގައި އޮތް އެންމެ ހާއްސަ އެއް ކަމަކީ ދިވެހި އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލުމެވެ. މިއަދުގެ ޕެރޭޑުގައި ފަސް އާމަޑް ވެހިކަލްތައް ދައްކާލިއިރު އެއީ މިދިޔަ އެއްމަސް ތެރޭގައި ރާއްޖެ ގެނައި އުޅަނދުތައް ކަމަށް އެނގިފައި ވެ އެވެ. އެކަމަކު، އޭގެ އެއްވެސް ތަފުސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ އުޅަނދުތަކަށް ހަރަދުވި އަދަދެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖޭގެ އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް މިއަދުގެ ޕެރޭޑުގައި ދައްކާލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސިފައިންގޭގައި މިހާތަނަށް ވެސް އާމަޑް ވެހިކަލްތައް ގެންގުޅެމުން އައިސްފައި ވެ އެވެ. އަދި ސިފައިންގެ ޕެރޭޑުތަކުގައި މީގެ ކުރިން ވެސް އާމަޑް ވެހިކަލްތައް އައީ ދައްކާލަމުންނެވެ.

ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ވިދާޅުވެފައިވާއިރު ދާދި ފަހުން ތުރުކީ އިން ވަނީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ރާއްޖެ އަށް ހަދިޔާކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

މީގެ 44 އަހަރު ކުރިން ހިދުމަތަށް ނެރެފައިވާ އެކަމަކު، މިހާރު އަސްކަރީ ކަންކަމަށް ތުރުކީގައި ބޭނުން ނުކުރާ އެ އުޅަނދު އެ ގައުމުން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އެ އުޅަނދު ރާއްޖެ އަށް ގެނައުމަށް ފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފުތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ތުރުކީގެ ދިފާއީ އޮފިޝަލުން ބުނެފައި ވެ އެވެ.

ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަސްކަރީ ޑްރޯންތައް ވެސް މިދިޔަ އަހަރުގެ މާޗު 15 އިން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ވެސް ތުރުކީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު، އަދި ދިވެހި ދައުލަތުގެ ބަޖެޓުން ވެސް ހޭދަކޮށްގެން ގެނައި ޑްރޯންތަކެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މިއަދުގެ ޕެރޭޑުގައި ވަނީ ސަފައިންގެ ބޭންޑާއި ސިފައިންގެ އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައް ވެސް ދައްކާލި އެވެ،

ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖާ އަބްދުﷲ ސައީދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ވިދާޅުވީ 1940ގެ އަހަރުތަކުން ފެށިގެން ސިފައިންގެ ޝަރަފުގެ ހިނގާލުންތައް މާލޭގައި ބާއްވަމުން އަންނަ ކަމަށެވެ. ކޮންމެ އަހަރަކު ވެސް އެކި މުނާސަބަތުތަކާ ދިމާކޮށް ބާއްވާ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް މިއަދު އާންމު ރައްޔިތުންނަށް ފެނިގެން މި ދިޔައީ ސިފައިންގެ ހިދުމަތަށް މި ނެރުނު އާމްޑް ވެހިކަލްތައް،" ސައީދު ވިދާޅުވި އެވެ.

"މިއަދުގެ ޝަރަފުގެ ހިނގާލުން އެންމެ ބޮޑަށް ހާއްސަވާ ސަބަބަކީ އަލަށް އަޅުގަނޑުމެންނަށް މި ތައާރަފުކުރެވުނު އެއްގަމުގެ ވެހިކަލްތައް. އަޅުގަނޑުމެން ކުރީގައި ވެސް ދިވެހި އަސްކަރިއްޔާގައި، އާބަން ސަރަހައްދުތަކުގައި ނޫނީ އެއްގަމުގެ ހަރަކާތްތެރިވާނެ ވެހިކަލް އެބަހުރި. އެކަމަކު މި ވައްތަރުގެ ވެހިކަލް ސިފައިންގެ ހިދުމަތަށް ގެނެވުނީ ފުރަތަމަ ފަހަރަށް." ސައީދު ވިދާޅުވި އެވެ.

ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގައި ބޭއްވި ޕެރޭޑު ބައްލަވާލަން ވަޑައިގެން ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ކަމަކާ މަޝްވަރާއެއް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި ވެހިކަލްތައް ސިފައިންގެ އޭރިއާ ކޮމަންޑުތަކުގައި ބޭނުންކުރާނެ ކަމަށެވެ.

62 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 46%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައިޝަމުު

20 April 2025

ސާބަހޭ ރައީސް

The name is already taken The name is available. Register?

ރތ54

20 April 2025

ސިވިލް ސާރވަންޓުންގެ ބޮޑުކުރަން ވައުދުވި މުސާރާ؟؟؟

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

20 April 2025

އުއްމީދު ކުރަން ކުރިއަށް އޮތް ތަނުގަ އެފް16 ގެ ފައިޓަރ ޖެޓްގެނެސް ޑިފެންސް އެއަރ ފޯސްއެއް އުފައްދާނެ ކަމަށް!

The name is already taken The name is available. Register?

ބަބޫ

21 April 2025

އެމެރިކާ އަތުން އެފް 16 ގެނައުމަށްވުރެ ރަޝިޔާ އަތުން 6 ތް ގެނެރޭޝަން ފައިޓަރ ޖެޓް ގެނައުން ބުއްދިވެރި.

The name is already taken The name is available. Register?

ތީބޭކާރު ކަމެއް، އެންޓި ރޮކެޓްނަމަ ރަނގަޅު

20 April 2025

7 ފެބްރުއަރީގަ އަހަރެމެން ކަލޭމެންގެ ސައިޒްދެކިފަ މިތިބީ، ޕޮލިހަށް ހަތިޔާރުދިނަސް މާގަދަވާނެ ކަން ޔަގީން މާލެއަށް.

The name is already taken The name is available. Register?

ސަލީމު އިދުރީސް

20 April 2025

ބަރުހަތިއާރުގެންނަނީ ހަގުރާމައަކުން ދިފާއުވާން ކަމުގަވާނަމަ އިޒުރޭލާ ވާހަކަ ދައްކައިގެން އެގައުމުގަ އުފައްދާފަވާ މިސައިލުން ދިފާއުވާ ނިޒާމު އައިރެންޑޯމު ގެނެސްމާލޭގަ ބަހައްޓައިގެން ފެންޕުލާންޓާ އިންޖީނުގެ ދިފާއުކުރަންއުޅޭ! މިއީ ހަގުރާމައެއްގަ ދުސްމިނުންގެ އެންމެ މުހިންމު އަމާޒައްވާނެއިރު މިގޮތައް ދުރާލާ ކަންކުރާނަމަ ރާއްޖޭ މިލުޓަރީގަ 5 އަހަރުގެ ކުއްޖެއްގެ ބުއްދިވެސް ހުރި ކަމުގަ ނުދެކެން!އައިރެންޑޯމުސެޓެއްގެ އަގަކީ މިގައުމުގެކިތައް އަހަރުބަޖެޓުތޯ

The name is already taken The name is available. Register?

ނައިސް ފެހެންދޫ

20 April 2025

ވެރީ ނައިސް އެކަމަކު އަހަރުމެން ރަށުގަ މިވަގުތު ޕެނަޑޯލް ހުރީ ހުސްވެފަ. ބަޓް ދިސް އިޒް ވެރީ ނައިސް. ޕްރައިރިޓީސް ދެއްތޯ.

The name is already taken The name is available. Register?

ށަލިމާ

20 April 2025

ޒަމާން ބަދަލުވެ މީހުން ދުނިޔެއަށް ލޯ ހުޅުވި އިލްމީ ޖީލެއްގައި އިންޓަރނެޓް ފަދަ ވަސީލަތްތަށް ހުރެމެ. ކޮންމެ މީހަކަށް މަޢުލޫމާތު ހޯދައި ކިޔައިލުމުގެ މިނިވަކަން އޮތް ޒަމާނެއްގައި ތިކުރާ ދެކޮޅު ނުޖެހޭކަންތައް ސާފު. 1. ހަގުރާމަވެރި، އަދި ކުރެވޭނެ ޤައުމެއް ނޫން. 2. ތިއީ ރާއްޖެއާއި ނުގުޅޭ ވަރަށް ބޭކާރު ތަކެތި. 3. ކޯސްޓް ގާރޑަށް ހަރަދު ކުރުން ހަމަޖެހޭ. 4. މިސަލައިލް ބޯޓެއް އަދި ބާ ބޯޓު ބޭނުމެއް ނުވޭ.

The name is already taken The name is available. Register?

ﷲ އަކްބަރު

20 April 2025

ބަރު ހަތިޔާރު..... ކޮންބޭނުމެއް؟ ބައެއްގެ ޖީބު ފުރާލުން!!! ޙަމަ އަންތަރީސް ވެއްޖެ

The name is already taken The name is available. Register?

އަސާސީ ހައްގެއް

20 April 2025

ކަރަންޓް 24ގަޑިއިރު މެދުނުކެނޑި ދެވޭތޯ ބަލާފަ، ތިކަން ފަށަމާ.

The name is already taken The name is available. Register?

މުޝައްރަފު / ލިބޭ

20 April 2025

ރަގަޅު.. ދެން އިންޑިއާވެސް ޖެހިލުން ވާނެ. ބިރު ގަންނާނެ. ޒަމާނީ ހަތިޔާރު ދައްކާލީމަ.

The name is already taken The name is available. Register?

އަސްކަރީ ސަމާލު

20 April 2025

މިއަދު ހަވީރު ތި ތަކެތި ދައްކާލުން ހުޅުމާލޭގައި އޮންނާނެތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454