މީގެ ކުރިން ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލާނާ އެއާޕޯޓަށް ވަޑައިގަންނަވަނީ.-- ފޮޓޯ: މިހާރު
24 އެޕްރީލް 2025 - 19:11
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ އާދިއްތަދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު، މި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއީ، ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދުގައި ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ އިތުރު މަގުތައް ހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުން ހުރި އެއްބަސްވުންތަކުގައި ސޮއިކޮށް، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މަލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވަން
25 April 2025
“މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ”. ތެދުފުޅެއް ބުރުގާ ކޮޅެއްގަނެލާ، ސޮޮޕިންކޮށްލަން، އަހަރުމެން ރައްޔެތުންގެ ޓެކްސް ފައިސާއިން މިވަގުތު ތިކަން ކުރުން ވަރަށް މުހިންމު.
ޢިތޫ
25 April 2025
ޙެޔޮ އަޔަސް. ޢައިއްސަ މިތަނުގަ އުޅޭ މީހުނަށް ރުޅިގަނާު ބާލާނީކީއެއް ނޫން
ވޮޗްމޭން
24 April 2025
މީ އެންމެ ރަނގަޅު ވަގުތުތޯ؟ ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކަށް ރައްޔަތުންގެ އިތުބާރު ގެއްލި ސީދާ މައްސަލައިގެ ހަގީގަތް އޮޅުވާލާ ފެބްރިކޭޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެމުން ދާ ވަގުތެއްގައި އެކަމުގެ ހަގީގަތް ނުބަލާ މަގުމައްޗަށް އެއްވެފައިވާ ޒުވާނުންގެ އަޑު އެހުމެއް ނެތި ތި ފުރާއިގެން ދަނީ.
ބަހުލޫލު
24 April 2025
ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް ކޮންމެހެން ދާންޖެހޭ ތަންތަނަށް ނުދެވޭވަރުގެ މައްސަލައެއް ނޫން. މިގައުމު ނެތް ކުއްލި ނުރައްކަލުގެ ހާލަތުގައެއް. ނޫނީ ބޮޑު ކާރިސާއެއް ދިމާވެގެނެއް ނޫން މިއުޅެނީ. ދެން؟؟
ހަސަނަނާ
25 April 2025
ކޮންމެ ކުރަންޖެހޭ ދަތުރުގެ ބޭނުމަކީ ކޮބާ؟ ކުރާ ރަސްމީ ދަތުރުތަކުގެ ބޭނުންވެސް ހާމަ ކުރަންޖެހޭނެ!
ޢަލްޓިކޯ
24 April 2025
ތިވީޔޭ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ބަސްބުނަންޖެހޭ ދަޑިވަޅު!އަޅުގަނޑު ޚިޔާލަކީ މެލޭޝިއާގަ މަޑުކޮށްލާޝޭ ހަމަގއިމުވެސް ވެރިޔަކު ހޯދާނެ ރައްޔިތުން އަނެއްކާ ރޫލް އޮފްލޯގަ އޮއި ގޮއިތަ
ހަސަނަ
24 April 2025
ކޮންމެ މަހަކު ރާއްޖެއިން ބޭރަށް ދަތުރެއް