މޭޑޭގައި އެއްވުމެއް ބޭއްވުމާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ: އެމްޑީޕީ
25 އެޕްރީލް 2025 - 18:37
މަސައްކަތްތެރިންނާއި ހުރިހާ ދިވެހިންގެ ހައްގުތަކުގެ ދިފާއުގައި މޭޑޭގައި ބޮޑު އެއްވުމަށް ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މެއި 1 ވަނަ ދުވަހު ފާހަގަކުރާ، މޭޑޭގެ އެއްވުން ބާއްވަން ނިންމާފައިވަނީ އެ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.
މި އެއްވުމުގައި ހައްގުތަކުގައި ދިފާއުގައި ގިނަ ބަޔަކު އަޑު އުފުލާނެ ކަމަށާއި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ އިތުރުން ވެސް ގިނަ ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި ވަގުތު ރާއްޖޭގައި ފަރުދީ ގޮތުން ނިކަމެތިކަން ތަހައްމަލު ކުރަން ނުޖެހޭ އެންމެ ފަރުދެއް ވެސް ނެތް ކަމަށެވެ.
އެގޮތުން އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޭސް ލިބުމުގެ ހުރި ދަތިތަކާއި ސިއްހީ ފަރުވާ ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީފާގެ މިނިވަންކަމާއެކު ވަޒީފާގައި ހުރުމުގެ މިނިވަންކަމެއް ނެތް. ކިރިޔާ ވެސް ހިޔާލު ތަފާތުވާ ބޭފުޅެއް ކަމަށް ވެއްޖެއްޔާ. ހަމަ އެހެންމެ ސިޔާސީ ބޭނުމަށްޓަކައި ތަންނެތް މިންވަރަށް އާމްދަނީއާ ނުކަތާ ވަރަށް، އިގްތިސާދު ފުނޑިގެންދާ ވަރަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާ ދެއްވަމުން އެ ގެންދަނީ،" ބިގޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީ އުފެދުމުގައި ވެސް މަސައްކަތްތެރިންގެ ބޮޑު ބައިވެރިވުމެއް އޮތް އިރު، މަސައްކަތްތެރިންގެ ހައްގުތައް މިހާ ބޮޑު ގޮތެއްގައި ސަރުކާރުން ނިގުޅައިގެންފައިވާތީ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމަށް ގޮވާލައިފަ އެވެ.
ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ އެއް ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންން
26 April 2025
ނަޝީދަށް އޮތް ތަރުހީބެއްގެ ސަބަބުން މޭޑޭގަ މީހުން ނުކުމެފަވާތީ، ހީވަނީ ދޯ ވަރަށް މީހުން ނުކުންނާނޭ، ނަޝީދު ބޭރު ކުރިބަޔަކަށް ތާއިދު ކުރާނެ ބަޔަކު މިހާރު ނެތް، ތި ބޭކާރު ޕާޓީއެއް މިހާރު
ބުރެވި
26 April 2025
ކަލޭމެންގެ ފުރިހަމަ ބާރާ އާރު އޮވެމެ އެއްވެސް ކަމެއް ރަނގަޅު ނުކުރި ބައެއް ތީ
އެދުރު ބެ
26 April 2025
އެމްޑީޕީއަކީ މޭޑޭގެ އައްޕަ.
ޔާހުޔާ
26 April 2025
ކޮބާތޯ ވެންޓިލޭޓަރުތައް ކޮބާތޯ އަދީބު ކޮބައިތޯ ސަފާރީ ރޭޕް ކޭސް ކޮބައިތޯ އަލީވަހީދު. ކިހިނެއްތޯ ވީ ނޫސްވެރިޔާ ޔާމީން ރަޝީދައް އޭނަގެ ފޮޓޯ ޖަހައިގެން ވެރިކަމައް އައީ ވެސް. އަދި ހިޔާ ފްލެޓުން އަލަތު ކައިވެނި ކުރި މީހުންގެ ފްލެޓްތައް ވަނީ ކަޓުވާލާފަ އަދި ވެސް ކިޔާ ޒުވާނުންނޭ. އަދި މުސާރަޔާ އިނާޔަތްތައް ވެސް ކަލޭމެން ހަދާފަ ދިޔަގޮތައް އޮތީ އިތުރައް ރަނގަޅުކުރީ އަދި ކަލޭން ސިޔާސީޔޭ ކިޔާފަ މީހުންތަކައް އޭރު މަޖުބޫރު ކޮއްގެން ކަނޑާލީވެސް.
ދޮން
26 April 2025
ޓެކްސީ ކުދިން ކޮޅާއި ބިރަކާއި ނުލައި މަޖާކުރަން ގޮވާލާ ކުދިން ދާނެ ހާސް ނުވޭ ،
ޢަލްޓިކޯ
26 April 2025
ކޮސްނޮގޮވާ މަޑުންތިބޭ އަހަރެމެންނޫޅެން ހީކުރީތަ ރައްޔިތުން ވެރިކަންދީފަ ނަގާފަ އަނެއްކާ ދޭނެކަމަށް ތިޔަ ކުންހީޔެއް އެވިސްނުން ނެއްރައްޔިތުންގެ
ޢަލްޓިކޯ
26 April 2025
އަހަރެމެން ނޫޅެން ސަރުކާރު ގޯސްވުމަކީ ކަލޭމެން ރަގަޅު ވުމެއްނޫން ތިން ހަތަރު މީހަކަށް ބައި އަޅާގެން ވެރިކަން ކުރި ގޮއި އަދި ހަދާނުގަ އެބަހުރި
ހެހެހެހެއް
25 April 2025
ތިއީ މިހާރުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ބާއްވާ އެއްވުމެއް..
ޜޔތމހ
25 April 2025
މިއީ ދިވެހި ތައްޔިތުން އެންމެ ބޮޑަށް ތަފާތު ކުރި ސަރުކާރު ހިންގި މީހުން، ވަކި ތަނަކަށް އުފަން ބަޔަކަށް މާލެ ސަރަހައްދުގަ ހުރި ހުރިހާ އަގޮ ބޮޑެތި ބިންތައް ބަހާލާފަ ރާއްޖެތެރޭ މީހުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހެދި ސަރުކާރު، ރައްފުށުމީހުން އެއްވުމަށް ގެންނަން ރާއްޖެ ތެރެއަށް ބުރު ޖަހަނީ، ރައްފުށު މީހުން އެމީހުންގެ ދަރިފަސް ކޮޅަށް ވިސްނާފަ މިމީހުންގެ މަކަރުވެރި ކަމުން އަވަހަށް ސަލާމަތްވޭ! މާލެއަށް އުފަން މީހުން ގޮވައިގެން މުޒާހާރާ ކުރަން ދޭ
މާމިނގިލީ ޒާހިރު
25 April 2025
ތި އެއްވުމުގެ ލީޑަރުކަން ޙަވާލު ކުރަން ޖެހޭނީ ޢިމްރާނާ އަލީވަޙީދު އާ، އެއިރުން ފަހުވަގުތު އެންމެން ދޫކޮށްފަ ފިލޭނީ..