ޕީޖީ އައްބާސް: ޔޫރިން ސާމްޕަލް ނުދިން މީހުންގެ މައްސަލަ ތަހުގީގުކުރަން އޭނާ ވަނީ އަންގަވާފައި --- ފޮޓޯ/މިހާރު
26 އެޕްރީލް 2025 - 20:26
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ނަމަވެސް އެރޭ ޔުމްނުއާ އެކު އުޅުނު ކަމަށް ބުނާ މީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ޓެސްޓު ނުކުރާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ މައްސަލާގައި ޕީޖީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންވެ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކުޑަކަމުދާތަކެތި ދޭން އެންގުމުން އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
އޭގެ އިތުރުން، ޔުމްނުގެ މައްސަލަ ތަހުގީގުކުރާ އެއްވެސް ފުލުހަކު އިހުމާލުވެފައިވޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ.
"މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާނެ،" އެ ބަޔާނުގައިވެ އެވެ.
ޔުމްނު ވެއްޓުނުކަމަށް ފުލުހުން ބުނާ ފެންލައިޓު.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ޔުމްނުއާ އެކު އެންމެ ފަހުން އެރޭ އުޅުނު އަދި ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އޭނާއާ އެކު ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. އެއީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން އެރޭ ޔުމްނުއާ އެކު އުޅުނު ކަމަށް ބުނާ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، އެ މީހުންގެ ފޯނުތައް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވިޔަސް، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނުއާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން، ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ކޯޓުގައި ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެގެބޭބެ
28 April 2025
މިގޭގަ އުޅެނީ އައިރީން، ނަސީބެއްނު މިގޭގަ ޔޫރީން ނޫޅޭކަން.
ނޮވެލްޓީވެއަރސްއޯފް
27 April 2025
މީނަ ކުރީކޮޅު އުޅުން ވަރަށް ފޯރިނަގާފަ ނޫހަށްއަރައަރާ، ވީގޮތެއްނޭގެ ކުއްލިއަކަށް ފަނޑުވެފަ އަދި މިފެނުނީ
ބަޑިތަކުރު
27 April 2025
ޔޫރިން ނުދިނުންފަދަ ތަހުގީގަށް ހުރަސްއަޅާނަމަ އެއީ އިޢުތިރާފެއްކަމުގައި ބަލައި މަސްތުވާ ތަކެތީގެ މައްސަލަތަކުގައި މައްސަލަ ޝަރީޢަތުން ސާބިތުކުރެވޭގޮތަށް ޤާނޫނުތައް އިޞްލާޙުކުރަންވީއެވެ. ހުރިހާ ޤާނޫނަކާއި ގަވާއިދެއް ހަދާފައިހުންނަނީ ބޭނުންވެއްޖެ ހާލަތެއްގައި ވަކި ބަޔަކު ސަލާމަތްކުރުމަށްޓަކައި އެކިގޮތްގޮތަށް ބާގަނޑުތައް ލާފައެވެ. އެބާގަނޑުތައް ބައްދައިގެންނޫނީ މިކަންކަމެއް ނުހުއްޓުވޭނެއެވެ.
ގާޒީ
27 April 2025
ވަރަށް ރަނގަޅު ހިޔާލެއް..
މުއާނިޝް
27 April 2025
އެމްޑީޕީ ސަރުކާރާ ޕީއެންސީ ސަރުކާރުގެ ތަފާތު މިފެންނަނީ. ފިޔަވަޅު އަޅާ އަދުބު ދިނުމުގައި ވަކި މީހަކަށް މަގާމަކަށް ހައިސިއްޔަތަކަށް ނުބަލާ އަޅަމުން މިސަރުކާރުން ދާކަން ވަރަށް ބޮޑަށް ފާހަގަވޭ
ޒިހުނަތް އަބްދުﷲ
27 April 2025
ބަޔަކު އަދިވެސް ބުނާނެ މިސަރުކާރުން މިކަން ތަހްގީގް ކުރަން ނޫޅެޔޭ. އެކަމަކު އެމީހުން ދައްކާ ވާހަކަޔާ ސަރުކާރުން އަޅާ ފިޔަވަޅު ދިމާ ނުވޭ. ސަރުކާރުން ހަމަ ބާރު މިނުގައި މިދަނީ ކަން އޮންނަ ގޮތަށް ފިޔަވަޅު އަޅައި ބަލަމުން.
ޝައުގީ
27 April 2025
މިދިޔަ ވެރިކަމުގައި ހަމަ ގައިމުވެސް ރޯޔަލް ރޭޕް ކޭސްގައި މީހުން ޔުރިން ނުދީ ދޫކޮށްލީ. މިއަދު އެކަން ބަދަލް ވީމަ އުފާކުރަން
އާބިދު ސައީދު
27 April 2025
ބަރާބަރު. މިހެން ވާން ޖެހޭނެ. ބޭނުންހާ އެއްޗެއް ހަދަން ފުރުސަތު ދީގެން ނުވާނެ.
ބަބްސް
27 April 2025
މިކަން ކަމަކަށް ނުހަދާ ދޫކޮއްލި ފުލުހުންގެ މައްސަލަ ކީއްވެތޯ ނުބަލަނީ ...
ދޫލަ
27 April 2025
ފުލުހުންގެ ޢަމަލުތަކާމެދު ލަދުގަންނަވަރުވޭ، ސަބަބަކީ، މިފަދަ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު ބުއްދިގަބޫލު ނުކުރާ މިންވަރުގެ ކަންކަން މިކަމުގެ ތެރޭގައި ހިނގާފައިވާތީ، ޢާއްމުން ޕުރެޝަރު ނުކުރިނަމަ، މިކަން ދިޔައީހީ، ޒަކިއްޔާގެ މައްސަލަ ދިޔަމަގުން
ޖެނަރަލް ވާންޗޯ
27 April 2025
ހުރިހާ ޕޓނ ހަޔަރު ކުރޭ