ޚަބަރު / ސޯޝަލް މީޑިއާ

ޓިކްޓޮކް ލައިވްގައި ޔުމްނުއަށް 700،000ރ. ގެ އެހީ ދޮޅުގަޑިއިރު ތެރޭގައި ހޯދައިފި

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ޓިކްޓޮކް ލައިވްއެއްގައި ދޮޅުގަޑިއިރުގެ ލައިވެއްގައި ހޯދައިފި އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ އެ ދުވަހު ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން ބޭނުންވީ އޭނާ މެލޭޝިއާއަށް ގެންދާށެވެ. އެއީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، ޔުމްނު މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އެ ފައިސާ ރޭގެ ވަގުތެއްގައި ޖަމާކޮށްދީފައި ވާއިރު އޭގެ ތެރޭގައި 12 މީހުންގެ ޓިކެޓުގެ ފައިސާ ހިމެނެ އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ފައިސާއިން ޔުމްނުގެ ފަރުވާގެ ކަންކަން ހަމަނުޖެހޭތީ ޝެހެނާޒް މޫސާ އިސްވެ ހުރެ ހިންގި އެ ޓިކްޓޮކް ލައިވްގައި ޔުމްނުގެ އެއްބަނޑު އެއްބަފާ ދައްތަ ވެސް ބައިވެރިވި އެވެ.

ޓިކްޓޮކް ކައިވްގެ އިތުރުން އިންސްޓަގްރާމް އަދި ފޭސްބުކާއި ޓްވިޓާގައި ވެސް ވަނީ ފަންޑްރައިޒް ކުރުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ލައިވް ނިންމާލުމަށްފަހު ލިބުނު ފައިސާގެ އަދަދު ހާމަކުރަން ސޯޝަލް މީޑިއާގައި ޝެހެނާޒް ބުނެފައި ވަނީ ހަވީރު 4:30ގައި ފެށި ލައިވްގައި ޖުމްލަ 735,367.16ރ. ލިބުނު ކަމަށެވެ. އެއީ 565,501.21ރ. އަދި 11,015.95 ޑޮލަރެވެ.

އެ ފައިސާ ޖަމާކޮށްފައި ވަނީ ޔުމްނުގެ ދެ ދައްތަގެ އެކައުންޓަށެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން ވަނީ އެ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ މީހުން.--

މެލެޝިއާއަށް މިހާރު ފުރުވާލާފައިވާ ޔުމްނުގެ އާއިލާއިން ބުނެފައި ވަނީ ޔުމްނުގެ ފުރަތަމަ ސާޖަރީ އަށް އެކަނި ވެސް 878،940ރ. އަރާ ކަމަށެވެ. އަދި އެޑްމިޓް ކުރުމަށް ވެސް ފައިސާ ދައްކަން ޖެހޭ ކަމަށް އާއިލާ އިން ބުންޏެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.

މީގެ އުތުރުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

37 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިމާ ހުރީ ކޮން ހާލެއްގަ؟

27 April 2025

ގިނަ ދިވެހިންނަކީ ވަރަށް ހަސަދަވެރިވާ ތިމާޔަކީ އެންމެ ރަގަޅު ކަމަށް ދައުވާ ކުރާ ބައެއް. ސަރުކާރާ ފުލުހުން ހެދި ގޯސް ދިމާލައް ފެންނަ އޮތް އިރުވެސް އެކަން އޮޅުވާލަން. ބަލަގަ ސީޕީ އިސްތިއުފާ ދިނީ ގޯސް ހެދިފަ އޮތީމަ. ދައުލަތުގެ އިހުމާލު އޮތީމަ އާސަންދަ ވެސް ދޭން ޖެހޭނެ.

The name is already taken The name is available. Register?

ކަރުގަޔާ

27 April 2025

ކޮންމެ ދިވެއްސަކީވެސް ދީނަށް ލޯބިކުރަންޖެހޭ ބައެއް. އަދި ޒިނޭކުރުން ރާބުއިން ފަދަ ފާފަތަކަށް ތަރުހީބުދޭ ބަޔަކަށް ވެގެން ނުވާނެ. ސަރުކާރުންވެސް އެގޮތަށް ކަންކަން ކޮށްގެން ނުވާނެ. ފުރަތަމަ ގޯސްހެދީ ސީޕީއާ ދައުލަތްތަ؟؟؟؟؟ ފުރަތަމަ ގޯސްހެދީ މިކަމުގަ ޝާމިލްވާފަރާތްތައް.

The name is already taken The name is available. Register?

ދޮންއަދަރާދަ

27 April 2025

މީކީ ހަސަދަވެރިވުމެއް ނޫން. ސަރުކާރާ ފުލުހުންނާ ހެދިއެއް ނޫން އެކުއްޖާ ބުއި އެއްޗެއް ބުއީކީ. މުޅި ރޭ ގޭންބޭރުގައި ފިރިހެނުންތަކަކާއެކު އުޅުނީކީ. މީހެއްގެ ގެއަށް ވަގަށް ވަނީކީ. ޖިންސީ ކުޅިވަރުތައް ކުޅުނީކީ. އޭނާ ވެއްޓުމަކީ/ވާއްޓާލުމަކީ ފުލުހުންކުރިކަމެއް ނޫން. ސުވާލު ކުރެވެމުން މިދަނީ މިފަދަ ނޭތްގާނީ ގޮތަށް އުޅުނު ކުއްޖަކަށް އެހެން ހާލުގައި ޖެހިފައިތިބި ދިވެހިންނަށް ނުދެވޭ އިސްކަމެއް މިދެވެނީ ކީއްވެހޭ. އޭނާއަށް އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

ދޮން އަދަރާދަގެ ދަށްގޮހެރޭ

27 April 2025

ދޮންއަދަރާދަ، ބަލަގަ މި ދައްކަނީ ފުލުހުންނާސަރުކާރު އެނައްސަލައިގައި ދޮގު ހެދި ވާހަކަ. ބޯ އެއްޗިސްގެ ވާހަކަ ފަށަނއވީ މުއިއްޒު ރައީސް އޮފީހަށް ލާފަ އެތިބަ ސޮރު ތަކަަ ހަމައިން. އެމަންޖެ ގެ ފާފައިގެ ވާހަކަ އޭގެ ފަހުން ކަލޭ ދައްކާ.

The name is already taken The name is available. Register?

ތިބާ އަކީ ހަމަ ފުރިހަމަ މުސްލިމެއް؟

27 April 2025

މިތާ ކޮމެންޓް ކުރާ މީހުންގެ ބަސްމަގު ހުންނަ ގޮތުން ހީވާކަހަލަ ތިމާ މެންނަކީ ދުވަހު ފާފައެއް ނުކުރާ ބައެކޭ. ޒިނޭ ކުރުން، ނެތި މޮށުން، މައިން ބަފައިންނަށް އިހުމާލުވުން މިހިރީ އާއްމުކޮށް ދިވެހިންގެ ފަަރާތުން ފެންނަ ދީނާދުރު ﷲ ނުރުއްސަވާ ކަންކަން. ޔުމްނުގެ ފާފަ އާއްމުވި ގޮތަށް އެންމެންގެ ފާފަ އާއްމު ނުވިޔަސް ﷲ ތިމާމެން އުޅެފަ ހުރި ގޮތާ އުޅޭ ގޮތް ދެނެ ވޮޑި ގަންނަވާނެ. އަނެކާއަށް އިގިލި ދިއްކުރާއިރު އަނެއް 5 އިގިލި ތިމާއަށް އިނީމަ ކަމަކު ނުދޭ!!

The name is already taken The name is available. Register?

ސޭބޫގެ ގޯޅިގައި ބުއި ކޯއްޗެއްތޭ؟؟

27 April 2025

100 ގެ ވާހަކައެއް. ޝިއު އަ މަލް ދައިތަ މެން އުޅެފަ ހުރި ގޮތް ވެސް ފެނުނު މީހުން އެބަތިބި. ސީސީޓީވިފައި އޭރު ނެތަސް. މިހާރު ދެން މާ މާތްވަން އުޅުނަސް.

The name is already taken The name is available. Register?

އަދީލާ

27 April 2025

ހެޔޮ ކޮއް ތި ވިދާޅުވީ. ޔުމްނު އަކީ ފަހުން ވަރަށް ރަނގަޅު މީހަކަށް ވެސް ވެދާނެ. ﷲ ނޯސް ބެސްޓް.

The name is already taken The name is available. Register?

ކުރުމާ

27 April 2025

ކޮމެންޓްކުރާ މީހުންގެ ބަސްމަގަށްވުރެ ދިވެހި ޒުވާނުން މަސްތައް ގެއްލި ފާޅުގަ ޒިނޭކޮށް މަސްތުވެގެން ތެޅިބޭލުމަކީ 25000 ޑޮލަރުދީ މުޅިއާއިލާ މެލޭޝިޔާއަށް ފޮނުވަންޖެހޭ ސަބަބެއްނޫން. ފާޅުގަ ފާފަކުރުމަށް ހިއްވަރުދޭ ކޮންމެ މީހަކަށް މާތްﷲގެ ލައުނަތްވާކަން އެނގޭތަ؟ އެވަރުން ނުވެގެން މަސްތުވުމާ، ޒިނޭކުރުމަށް ދެކޮޅުހަދާ މީހުންނަށް ފާޑުފާޑަށް ކޮމެންޓްކުރުމަކީ ލަދުކަމެއް.

The name is already taken The name is available. Register?

ޗީޑި

27 April 2025

ކުރުމާ، ޢެހެންވީމަ ކަލޭމެންގެ ރައީސު މީހާ ކައިރި ބުނެބަލަ ތިބުނި ފާފަތައް ކޮއް އެކަން އަމިއްލައަށް އާއްމު ކުރި ޒުވާނުން ވަގުތުން ވަގުތައް ރައީސް އޮފީސް ޖޮބު ތަކުން ކަނޑާ މިސާލު ދައްކަން!!

The name is already taken The name is available. Register?

ދޮގު ހެދުމަކީ މުންކަރާތެއް

27 April 2025

ކުރުމާ، ޢެކަކުވެސް ނެތް ހިތްވަރު ދީ ކޮމެންޓު ކޮއްފައެއް. އަލުން ކިޔާބަލަ. ކަލޜމެން މީހުން ބުނާބަސް އޮޅުވުމުގެ ފާސް ނަގައިގެން ތިތިބީ. ލަދެއް ވެސް ނުގަނޭތަ ދީނޭ ކިޔަން މާމާތް ކަމަށް ހެދިގެން ދޮގު ތިހަދަނީ؟؟؟؟

The name is already taken The name is available. Register?

ފޫހި

27 April 2025

މީގެ ކުރިން ކާކަށްތަ އެމީހަކު ބޭސްފަރުވާއަށް ދާން ބޭނުމީ ފްރާންސަށްށޭ ބުނީމާ އެންސްޕާއިން ފައިސާ ޖަމާކޮށްދިނީ. އެންމެންނަށް ވެސް ސަރުކާރުން ދެމުންދިޔައީ އާސަންދަ ލިބޭ ގައުމުތަކާއި ހޮސްޕިޓަލްތަކަށް. އަހަރެންގެ ސުވާލަކީ ކޮންމެ ދިވެހިރައްޔިތަކީވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަބައެކޭ. އެހެންވީމާ އިންޑިޔާ އަށް ނުފޮވު ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާއަށް ފޮނުވީތީ ހިތުގައި ވަރަށް ގިނަ ސުވާލު އެބަހުރި. އަދި އާއިލާގައި ތަނަވަސްކަންނެތް އިރު ވެސް މެލޭއަށް؟

The name is already taken The name is available. Register?

އަވާގުރާނަ ގޮވާ އެމަޖްލިސް

27 April 2025

ހަމަހަމައޭ؟؟؟ އެހެންޔަ މަޖުލިސް މެންބަރުން ބެންކޮކަށް ދަނީ ބޭސް ފަރުވާއަށް؟؟ ހާދަ ބާރެކޭ ތިކުރަނީ ދޯ؟

The name is already taken The name is available. Register?

ބޮޑުފޮށި

27 April 2025

ޒުވާނުންމުޒާހަރާ ކުރަނީ ޔުމްނުއަށް އިންސާފު ހޯދަދޭށެ ކިޔާފަ. ވަކި ބަޔަކު ފޮރުވާފަ މިކަން ޔުމްނުގެ ބޮލުގަ އެކަނި އަޅުވާތީ، ދެން ތިބި މީހުންވެސް ތަހުގީގުކޮށް ޝަރީއަތްކުރާށެ މުޒަހަރާގަ ގޮވަނި. ސަރުކާރުން މިހާރު އުޅެނީ މި މައްސަލ ކޮންމެ ގޮތަކުންވެސް އޮއްބާލަންހެން ހީވަނީ. ކޮންބަޔެއްގެ ކުށް ފޮރުވަންބާ މިވަރުގެ ހޭދައެއް މިކުރަނީ؟

The name is already taken The name is available. Register?

ހަސަން ދެވަނަ

27 April 2025

12 މީހުންގެ ޓިކެޓޭ. އަޖައިބު ވެދާނެ. ނިކަމެއްޗަކަށް ވިއްޔާ 2 މީހަކަށްވެސް ނުލިބޭ

The name is already taken The name is available. Register?

ވައްޓި

27 April 2025

ދެން ތިބުނާ މީހުންގެ މައްސަލައެއްގައި ޕޮލިސް އިހުމާލޔ އެބޮތް؟؟ ދައުލަތުން އިހުމާލޔ ވެގެން ދޮގު ހަދައިން ރައްޔިޔުން ކެކުނީ. އެހެންވީމަ ޖެހޭނީ ހަމަ ކޮއްދޭން

The name is already taken The name is available. Register?

ޖާރިޔާ

27 April 2025

އެ 12 މީހުންނަކީ ކޮން ބައެއް؟ ތަނަވަސްކަން ނެތް އިރު، ދިވެހީންގެ ޓެކްސް ފައިސާއިން އެހާ ބޮޑު އިސްރާފެއް ކުރަންވީ ކީއްވެ؟ އާއިލާގެ ގިނަ މީހުން އުޅެނީ މެލޭޝިއާގައި، ވީއިރު އިތުރު 12 މީހުންގެ ޓިކެޓް ދޭންވީ ސަބަބެއް ނުވިސްނުނު. ނިކަމެތިންނަށް އިންޑިއާއަށް 2 މީހުންގެ ޓިކެޓް ނުލިބޭއިރު މިއީ ވަރަށް ބޮޑު ބޭއިންސާފެއް.

The name is already taken The name is available. Register?

ޖާރިޔާ ހަރާން

27 April 2025

ޖާރިޔާ، އެހާލަތުގައި އޮތް ބަލިމީހަކު އެއާ ލިފއޓު ކުރެވޭނީ މެޑިކަލް މީހުން ތިބެގެން. އެމީހުންގެ ޓިކެޓް. ކީއްވެތަ ތިހާ ވަރައް ނުހިލެނީ މަޖުލިސް މެންބަރުންނާ ފުލުހުންނަށް ބެންކޮކާ ތަންތަނުން ރައްޔިތުންގެ ޓެކުސް ފައިސާގަ ބޭސް ފަރުވާ ކުރާތީ؟ އެއީ ބޭއިންސަަފަކަށް ނުވޭތަ ޖާރިޔާ ދައިތާ؟؟؟

The name is already taken The name is available. Register?

ޝުކުރު

27 April 2025

މިއެހީގައި އިދިކޮޅުގެ އަތެއް ވާ ކަމަށް ލަފާކުރެވޭ. މިފަދަ ނުވަތަ މާ ބޮޑެތި ނުވަތަ އައުލާކަން ބޮޑު ކަންކަމަށް މިފެންވަރަށް އެހީ ލިބިފައެއް ނުވޭ. އެމަންޖެއަށް އަވަސް ޝިފާއަކަށް އެދެން. އެކަމަކު ފަހުން ޤާނޫނު އަރާ ހަމަކުރަން ޖެހޭ ދެން ޝާމިލުވި ހުރިހާ ބޭކަލުންނާއިވެސް އެކީ. އަދުލު އިންސާފޭ ކިޔާ އެއްޗަށްޓަކައި. ވީޑިއޯ އިން ފެނުނީ މުޒާހަރާގައި އެމަންޖެގެ އަޚުލާޤޭ ކިޔާފާ ކީ އެއްޗަކާއި ދިމާ އިދިކޮޅު. އެވެސް ނިމުނީ އިތުރު ފަޟީހަތަކުން. والله أعلم

The name is already taken The name is available. Register?

ލޮލްލޮލީ

27 April 2025

އިދިކޮޅޭ ނުކިޔާ ފުލުހުން ހެދި ދޮގު ސާފުކޮއް ފެނުން ދޯ؟؟ އަހުލާގު ފެށެނީ ވެރިންނާ ހިސާބުން. މާ މާތްވާން ނުތެޅޭ

The name is already taken The name is available. Register?

ޝުކުރިއްޔާ

27 April 2025

ޢަސަނދަ އުޞޫލްތަކުގެ ދަށުން ދެވޭ އަދަދެއް ސަރުކާރުން ދިނުމުން ޝުކުރިއްޔާ މީގެ އިތުރުން ފައިސާ ދިން ފަރާތްތަކަށް ވެސް ޝުކުރިއްޔާ

The name is already taken The name is available. Register?

ދޮންބޭބެ

27 April 2025

ޝެހެނާޒޫ.. އަހަރެމެންގެ ބޭސް ފަރުވާއަށް ތިންލައްކަ ރުފިޔާ ހޯދަދީބަލަ.. ހީނާ ބުނީ އެންސްޕާއިން އެހީވަނީ ވަކިކަހަލަ ބަލިތަކަކަށޯ. އެހެންވެ އަހަރެމެންވެސް ބޭސްފަރުވާއަށް ނުދެވިފައި މިތިބީ

The name is already taken The name is available. Register?

ޓިކްޓޮކް ޖައްސަބަލަ

27 April 2025

ބަލަ ޝެހެނާޒު ނޫނަސް ކައެ އަމިއްލައަށް ވެސް އެކަމާ އުޅެބަލަ

The name is already taken The name is available. Register?

ޙުސެންބެ

27 April 2025

އަހަރެމެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ސަލާން ޖަހާތާ އެތައް ދުވަހެއް..އެންސްޕާ އާއި އާސަންދައަށް އެތައް ފަހަރަކު ލެވިއްޖެ. އެކަމަކުވެސް ސަރުކާރުން އެކަން ހަމަޖައްސައި ނުދިން.. އެތައް ބަޔަކު ގާތު ސަލާން ޖެހިއްޖެ. ކޮންމެ މީހަކުވެސް ދެނީ ބީރު ކަންފަތެއް. މިހެން މިވަނީ އަޅުގަނޑުމެން މަސްތުވާތަކެތި ބޭނުންނުކޮށް ޕާޓީ ނުކުރާތީ ތޯ. މި ގައުމުގައި ޕާޓީކޮށް އިސްލާމް ދީނުގައި ނަހީކޮށްފައިވާ ކަންކަންކުރާ މީހުންގެ ހައްގު އެކަނިތޯ އޮތީ.

The name is already taken The name is available. Register?

މަސްދަރު ޚަލީލު

27 April 2025

ވަރަށް ތާއީދު ވާހަކައެއް. މިގައުމުގެ ރައްޔިތުންވެސް ސަރުކާރުތައްވެސް ލޯބިވަނީ ޕ އެދަފަ މީހުންދެކެ.

The name is already taken The name is available. Register?

އިންސާނެއްތަ ތީ؟؟؟

27 April 2025

ކަލޭގެ އިންސާނިއްޔަތު ކަމުގެ ޒައްރެއް ވެސް ނެތް. އޭނަ ކޮންމެ ކަމެއް ކުރިއަސް އަެނައަށް ކަން ވީ ރަގަޅަކަށް ނޫން. ސަރުކާރު/ފުލުހުން އިހުމާލުވެސް އެހަަ ބޮޑު. އިސްލަަމު ދީނާ ކިޔާފަ ފަށާއިރު ތިމާމެން ހީވަނީތީ ހުދު ފޮތިކޮޅު ތަކެއް ހެން. ކަލޭ ކޮއްފަ ހުރި ކަންކަން ދެނެވޮޑިގެންވާނީ ވެސް މާތް ﷲ ދޯ؟

The name is already taken The name is available. Register?

ޜޔތމހ

27 April 2025

ޓިކްޓޮކް ލައިވްއިން ކިތަންމެ ލާރިއެެއް ދިނަސް މައްސަލައެއް ނެތް، މައްސަލައަކީ ސަރުކާރުން އެހެން ރައްޔިތުންނަށް ނުކޮށްދޭ ކަންތައްތަކެއް އުސޫލުން ބޭރުން ކުރީމާ، މިގައުމުގަ މިހެން ހީނާ ވަލީދުމެން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގަ ބޭނުްން ކުރާއިރު ބަލާނެ އިދާރާއެއްވެސް ނެތީތަ؟ ހަމައެކަނި މިކުއްޖާތަ މަރަށް ތެޅެނީ، ކިތައް ކެންސަރު ބަލި މީހުން މަރުވެގެންދިޔައީ ބޭނުންވާ ފަރުވާ ފައިސާނެތިގެން ނުކުރެވިގެން

The name is already taken The name is available. Register?

އިންސާފް

27 April 2025

ހެޔޮ ދޯ މަޖުލިހުގައި އަވަގުރާނަ ގޮވާ ކަމަށް ޓަކާ މެންބަރުންނަށް ބޭރު ގައުމުތަކުން ފުރީ މެޑިކަލް؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454