ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވަނީ.
02 މެއި 2025 - 19:10
މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ މީހުން ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ރޭގެ މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް މިއަދު އިތުރުކޮށްފަ އެވެ.
ފުލުހުން އިއްޔެ ބުނީ އުމުރުން 28 އަހަރުގެ މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އުމުރުން 19 އަހަރުގެ ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް ބުންޏެވެ.
އެ ދެމީހުން ހައްޔަރުކުރީ ރޭ 8 ފެށިގެން ކުރިއަށް ގެންދިޔަ އެ މުޒާހަރާ 12 ޖަހަނިކޮށް ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިންނެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ.
މަހުޒޫމާއި ޝިމަން ހައްޔަރުކުރީ ފުލުހުން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނިގޮތުގައި، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަހުން އެކި ރޭރޭ މަޖީދީމަގުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ބަންދުކޮށްގެން ތިބެ މުޒާހަރާ ކުރާއިރު، އޭގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާ ކަމުގެ ޝަކުވާ މެދުނުކެނޑި އެ އިދާރާއަށް ދަނީ ލިބެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަސްޓިސް
03 May 2025
ކީއްވެ މި ޖެންޒީ ކުދިން ހަމަ އެކަނި މި އުޅެނީ ޔުމްނު ރައްކާތެރި ނުވެގެން. އޭނަ އަދި އެހެން މީހުން ކުރި ގާނުތާ ހިލާފު ކަންތަކަށް އަދަބުވެސް ލިބެންޖެހޭނު. އެހެންވެސް ކިޔާބަލަ ތި މުޒާހަރާތަކުގަ. ޖަސްޓިސް ފޮރ ޔުމްނު އެންޑް އަދާސް. ޕެނަލްޓީ ފޮރ ޔުމްނު އެންޑް އަދާސް.
ތެޔޮބިޑި ޓައްޕު
03 May 2025
ހަމަހެއަށް އައިއްސަ ތިބިހެން ހީވޭ މިހާރު. ޕަކާސް.
ތެދު ތެދު
03 May 2025
ހަމަ ހޭގައި ނެތް ނަމަ ފުލުހުން އެމީހުން ޓެސްޓު ކުރި އިރު ކޮންމެސް އެއްޗަކަށް ޕޮޒިޓިވް ވީސް ތާ ދޯ ؟ ދޮގު ވާހަކަ ނުފަތުރާ
ހދހހދބބ
03 May 2025
ދެން އުފަްދާ ޒުވަނުން މުންޖޭ ކިޔާ ޕާޓީއެއް
އަދަބުއަހުލާގު
03 May 2025
ހާދަ ބަސްމަގު ހުތުރޭ ތިބޭފުޅަަގެ.
ޖދހޖދ
03 May 2025
ކޮން މުޒާހަރާއެއް ކުރާކަށް. އެމްޑީޕީ އިން ކުރާނެ ކަމެއް ނެތިގެން ޒުވާނުން ގުރޯނުގަ ޖައްސަން ކުރާ ކަމެއް ތީ.
ސިޔާސީ ދ
03 May 2025
ދެން މުއިއްޒު ވެސް މުޒާހަރާ ކުރި ދޯ. އެކަމާ އެހާ ހިތްދަތި ނުވެބަލަ ލޮލް
އަންދާ ގާނޫނު
03 May 2025
ފުލުހުން ހަދަނީ ހުސް ދޮގު!!!! މިއަދު ކޯޓުގައި ވެސް ހެދީ ދޮގު. މިއޮތް ޓެކުނޮލޮޖީ ޒަމާނު ލައިވުކޮއް ފުލުހުން އަރައިގަތް ތަން ހުރީ ފެންނަން. ޢިންޒާރެއް ވެސް ނުދީ. އެވަރުންވ ވެސް އެ ޖެހީ މުއްދަތު. އަދުލު އިންސާފު ގަޑުބަޑު ވާނީ މިވަރަކަށް!
އަންދާގާނޫނު ބޭބެ
03 May 2025
ކޮއްކޯ، ބޭބެ އެތާހުރިން ފުލުހުން ތާޅަފިލިތަކުން ދިން އިންޒާރު އަޑު އެހިން. ހަމަ ނުކިޔަމަންތެރިވީމަ ވާނެ ގޮތް ތިޔަވީ. ކޮއްކޮވެސް ބަސްއަހައިގެން ގޭގަ ހުރޭ
މޅވހކ
03 May 2025
ކަލޭބޭނުންވާ ގޮތަށް ފުލުހުން ވާހަކަ ނުދައްކައިފިޔާ އެހެދީ ދޮގު. ކކކކކކ…
ހަމަ ބުނެލީ އޯކޭ
03 May 2025
ރައުދު ހައްޔަރު ކުރަން ފުރަތަމަ ކުރިމިނަލް ކޯޓުން ނެރުނު އަމުރު ފުލުހުން ތަންފީޒު ވެސް ނުކުރޭ! އެހެންވީމަ އެކުއްވެރިޔާ ގެ ހައްގު މި ދެކުދިން ހައްގަށް އަޑު އުފުލި މީހުންނަށް ތުރެ ބޮޑު ވީތާ ދޯ؟ އަދި ކޮބާ ޔޫރިން ނިދިން ނެޕޯ ސޮރުތައް؟
ާސަދޫމް
03 May 2025
ބޭއިންސާފުވި މީހުން ފިނިކޮޓަރީގަ! ބޭއިންސާފާއި ދެކޮޅަށް އަޑު އުފުލި މީހުން ހައްޔަރަށް!
ސިޓީ
03 May 2025
ބޭއިންސާފާއި ދެކޮޅަށް އަޑު އުފުލީ ކެރެމް ބޯޑާއި ޓީޓީ މޭޒުން. ހީހީ ހަލާކު!
ރައްޔިތުމީހަ
03 May 2025
ކިތަންމެ ވަރަކަށް ބޮޓުން ޑިސްލައިކު ޖެހިޔަސް އެއީ ތެދެއް
ކެރަމް ބޯޑު
03 May 2025
ސިޓީ ޕީޕީއެމް އިން މަގުމަތީ އިށީދެ ޖެހި ސަކަރާތް ހަމަ ހަދާން ނެތީ؟ ލޮލް
ޗޮކް
02 May 2025
28 އަހަރުގެ ޑެޕިއުޓީ މިނިސްޓަރ ؟ ތަޢުލީމީ ފެންވަރަކީ ކޮބާ ؟ އަހަރެމެން ކިޔަވައިގެން އައިސް ،، މި ބޮނީ.
ސަލާ
03 May 2025
ހީ އިޒް އަ ލޯޔަ ގުރެޖުއޭޓެޑް ފުރޮމް މެލޭޝިއާ އިސްލަަމިކު ޔުނިވާސިޓީ. ވަރަށް ވެދުން!
ދެންދެން
03 May 2025
ފަސްޓް ޑިގުރީ ނަގާފަ.
ޓާހިރެއްނުނު
02 May 2025
ޔުމްނުވެއްޓުނުރޭ ބޮއެގެން ޕާޓީކުރި ބައިގަޑު ޔޫރިންދޭން އިންކާރުކުރީމަ ދުވަސްނުޖަހާ ތަންތަންވެސް ފާސްކުރީ ހެކިގެއްލުވާލަން 4 5 ދުވަސް ގެއްލުވާލާފަ. ފުލުހުން އެކި މީހުންނަށް އެކިގޮތަށް އެކި އަވދްމިނުގަ ބަްދުކުރާތީ އެންމެނަށް ހަމަ ހަމަކޮށް ކަންތައްކުރށޭބުނެ މުޒާހަރާކުރީމަ ވަގްތުން ވަގްތަށް ކޯޓަށްގެންގޮސް މުއްދަތު. ޥަރަށް ތާހިރު
ރަގަލު ނިންމުމެއް
02 May 2025
މި ވަކަރު ގޭ ކުދިން އުލެން ބޭނުން ގޮތަކަށް އުޅެން ދޫކުރުމަކީ ހެޔޮވާ ވަރު ކަމެއްނޫނޭ. ހަމަ 300 ވަރަކަށް ވޭޕު ނުބޮވިގެން އުޅޭ މީހުން ނުކުމެ ތެޅި ފޮޅި ގަތީމަ ގާނޫނީ ސަރުކާރު ކުޑަކަކޫ ޖަހަން ވީތަ. މޮޔަ ނުވެ ބަލަ ..
ވަކަރުގެ މަޖއލިސް
03 May 2025
ކަލޭ ދެކުނިންތަ އެ ދެ ކުދިން އެއްޗެއް ބުއި ތަން؟ ފުލުހުން ގެންގޮސް ޓެސްޓުވެސް ކުރާނެ. ޕޮޒިޓިވް އެއް ނުވޭ. ކޮން ބައެއްބާ ތި ސާބިތު ނުހިފޭ ދޮގު އިލުޒާމު ފަތުރަނީ؟؟