ފާމަސީއަކަށް މީހަކު ވަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 މެއި 2025 - 12:07
އަސާސީ ބައެއް ބޭސްތައް ލިބުން ދަތިވެގެން ދިޔައީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ރީފޯމްގެ ތެރެއިން 1،000 ނުވަތަ 2،000 ޕަސެންޓު ލައިގެން އާސަންދައިގެ ތެރެއިން ބޭސް ގެނައުން ހުއްޓުވުމަށް ސަރުކާރުން އަގުތައް ކުޑަކުރި ކަމަށެވެ.
އޭގެ ބަދަލު ހިފުމެއްގެ ގޮތުން ސަރުކާރަށް ޖެއްސުމަށް، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލި ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވީ އެ ސަބަބާ ގުޅިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ އިތުރުން ދެން ހުރިހާ ބޭހެއް ގެނެސް އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި ބާކީ ހުރި 308 އަށް އޯޑަރު ދީ، 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، އަގު ކެޕް ކުރި ބައެއް ބޭސްތަކުން 15 ޕަސެންޓު އިތުރުކޮށްދީ، 77 ބޭހަކުން ބޭސް ގެންނަން ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށާއި މިއީ ބޭސް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެލީ އޯކޭ
04 May 2025
އަމިއްލަ ވިޔަފާރި ވެރިން އެމީހުން ބޭނުމިއްޔާ ޕުރޮޑަކްޓް ގެންނާނީ. އެކަމަކު ސަރުކާރު އެސްޓީއޯ އިން ޖެހޭނެ ދޯ ގެންނަން؟؟
ބޭސް ނުލިބިމުގެ ރެކޯޑު
04 May 2025
ދެން ތިކަން ވެސް ސިފައިން ނަަ ހަވަަލު ކުރަންވީނު. މަނިއްޕުޅަކަށް ނުވިއެއްނު
ވާންޗޮ
04 May 2025
ބަލަގަ ސަރުކާރުގެ ޒިންމާ އެކޭ އެސްޓީއޯ ފާމަސީތަކުން ރައްޔިތުންނަށް ބޭސް ލިބޭނެ ގޮތް ހެދުން.
ޑެބީ
03 May 2025
ދޮގުހެދުން ކަށީގަ ހިފައިިފި މީހާ އެހަލާކުވީ. ތެދެއް ހަދަން އުޅުނަސް ހެދޭނީ ދޮގު. ދޮގުހަދަމުން ހަދަމުންގޮސް ދެން ގިނައިން ހެދޭނީވެސް ތާކުންތާކު ނުޖެހޭ ދޮގު
ބަބްސް
03 May 2025
ކަނޑައެޅިގެން ހެދި ބޮޑު ދޮގެއް. ވިޔަފާރިވެރިންގެ ތެރޭގައި އެސް.ޓީ.އޯ ހިމެނޭނަމަ މިހަދަނީ ތެދު.
ގުޅިގެން ވައްކަން
03 May 2025
އޯކޭ ބޭސްގެނައުން ހުއްޓީވިޔަފާރިވެރިން އެމީހުންބޭނުންވާ އަގުތަކުގައި ބޭސްނުވިއްކޭތީވެ މަނިކުފާނު އެޅުވިފިޔަވަޅުވަޅުގެސް ރަގަޅު އެކަމު ސަލާމަތީބާރުތައް ބޭސްފަރުވާ ބެލެހެއްޓުމަށް ހަރުދަނާ އުސޫލެއްނޯންނަތާ އަގުލިސްޓެއްވެސް ނޯވޭ، މިހާރުވެސްގޮސް އެމްއެންޑީއެފް މެޑިކަލްސަރވިސް ބަލާ، ހަރުދަނާ ސިސްޓަމެއްވެސް ނެތް، ނަތީޖާއަކީ ކުލިނިކުތަކުންް އެވަގުތަކު ހިތައްއެރި އަގެއްނެގުން ނުވިތާކަށް ނުދޭފަރުވާއަށްވެސް ބިލުކުރަނީ މިކަން ހުއްޓުވާ
ރާވެރިބެ
03 May 2025
އެތަކެއް ޒަމާންތަކެއް ވަންދެން ބޭސްއެއެތެރެކޮށް ވިއްކަމުން އަންނަ ވިޔަފާރިވެރިން ގަސްދުގަ ބޭސްނުގެންނަނީއޭ ބުނީމަ ގަބޫލް ކުރަން ދަތި. އެމީހުން ވިޔަފާރި ބޭނުންވާނެ. ކުރީގަ ބޭނުން އަގެެއްގަ އާސަންދައަށް ބިލު ކުރެވެން އޮވެފަ އެކަން ބަދަލު ކުރީމަ މައްސަލަ ޖެހުނީ. ބަފަލު ކުރީ ރަގަޅަކަށް. އެކަމަކު ސަރުކާރުން ބޭނުންވީ އަމިއްލަ ފަރާތްތަކަށް ބޭސްވިއްކުންދަތި ކުރަން. އެސްޓީއޯ އަށް އެކީ ވިޔަފާރި ލިބެން. ވީމަ އެސްޓީއޯއަށް އެކަން ނުވަނީ ނުން.
އެހޭ
03 May 2025
އެންމެ ަގުބޮޑުކޮއް ބޭސް ވިއްކަނީ އެސްޓީއޯ އިން. ޢަހަރީ ރިޕޯޓްވެލީމަ އިގޭނެ. ޢެއީ އަސްލު މެޑކަލް މާފިއާއަކީ. ތެލައްފަހު އެންމެ ފައިދާ ވާނީ އެސްޓީއޯ މެޑިކަލްސް އައް
ޔޯޔޯ
03 May 2025
1.ސަރުކާރުން ދޭންޖެހޭ ފައިސާއަވަހަށް ދިނުން 2.އޭޑީކޭއަށް ދީފައޮށް %59 ބޭހުގެ އެކްސްކުލޫސިވް އިމްޕޯރޓް ބާތިލް ކުރުން(މިސާލަކަށް އޮގްމެންޓިން އެންމެންގެނެސް 4ރ ވިއްކާ ހުއްޓާ އެކްސްލޫޓިވިޓީ ނަގާފަ 10ވިއްކުން)3.ބޭސް ކެރީ ކުރެވޭނެ ގޮތްހެދުން(ކުޑަ މާރކެޓް އެއްވީމަ އެންމެ އައިޓަމެއް ހުސްވިޔަސް މިޖެހެނީ ދެން ޝިޕްމަންޓް އޯޑަރުކުރަންދެން މަޑު ކުރަން) 3.ބޭސް އިމްޕޯރޓްކޮށް ވިއްކުމުގައި ހަދާފަވާ ޔޫރަޕް ގާނޫނުތައް ރީޖަނަލް ފެންވަރުގެ ގާނޫނުތަކަށް ބަދަލު ކުރުން
ޔަތީނުބެ
03 May 2025
އެސްޓީއޯ އަކީ ކާކުގެ ކުންފުްޏެއް ތައް؟ ރައީސް އައް ޖެއްސުން ކުރަނީ.