ސޯސަން މަގުގައި ހުރި ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓިގެން ފުލުހުން ހަރަކާތެރިވަނީ --- ފޮޓޯ: ޕޮލިސް
03 މެއި 2025 - 23:10
މާލޭގެ ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓި، މަގުމަތީގައި ހުރި މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބެލްކަނިން ވެއްޓި ޒަހަމްވި އުމުރުން 28 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ނަމަވެސް، ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ، ސޯސަން މަގުގައި ހުންނަ އެ ގޭގެ ދެވަނަ ފްލޯގެ ބެލްކަނިން ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:18 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކަށް ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ބާވެފައި ހުންނަ ބައެއް އިމާރާތްތަކުގެ ބެލްކަނިން ބައިތައް ވެއްޓި މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައިވެ ތަކެއްޗަށް ވެސް ގެއްލުން ވެފައިވެ އެވެ.
އެފަދަ ހާދިސާއެއް ހިނގާއިރަށް ކަމާބެހޭ ބައެއް އިދާރާތަކުން އެކަހަލަ އިމާރާތްތައް އިންސްޕެކްޓްކުރާ ކަމަށް ބުނުން ފިޔަވައި، އިތުރު ފިޔަވަޅެއް އަޅާތަނެއް ނުފެނެ އެވެ. އެހެންވެ، އާންމުންގެ ފާޑުކިޔުން އެކަމުގައި އަބަދުވެސް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަރުބޯ
04 May 2025
ވެއްޓުނީތަ… ވައްޓާލީތަ؟؟
ހުޅަގު މޫސުން
04 May 2025
އިހަކަށް ދުވަހު ވެއްޓުނީ ފެންލައިޓުން. މިފަހަރު ބެލްކަނީ އިން.. ކިހިނެތްތަ މިވަނީ؟
ދެލޯފުޅާ
04 May 2025
ބެލްކަނި ވެއްޓުނީ! ބެލްކަނި! ހުވޭ ސަހާދެއް. މި ކުދިންނާހެދި މަ މަރުވާނެ!
އެމްސް
04 May 2025
ކިތަންމެ މައްޗަށް ޢިމާރާތެއް އެރިޔަސް އިމުން ބޭރަށް ޢިމާރާތް ކުރެވެންޏާ މިނުރައްކާ އަބަދުވެސް ބޮޑުވާނެއެވެ!
ދެލޯފުޅާ
04 May 2025
ބާވެގެން! ބާވެގެންނޭ!
ާދުރުމި
04 May 2025
ކޮބާ ޒެންޒީ ގްރޫޕު މޭޔަރ އާޒިމްއަށް މާލެތެރެ ނުބެލެހައްޓޭތީ އާނަ އާއި ދެކޮޅަށް މުޒާހަރާ ކުރަން ނުނިކުންނަނީ ކީއްވެ
ޏަމް
04 May 2025
ޖަސްޓިސް ފޯ ބެލްކަނި.
އމވއޑ
04 May 2025
ހިތުގައުފެދޭ ސުވާލަކީ، މިފަދަކަންކަން ވިޔަނުދިނުމަށް ދައުލަތް ހަރުދަނާކުރެވިދާނެ ގޮތްތަކަކީ ކޮބާބާއޭ؟
އެމްސް
04 May 2025
އިމުން ބޭރަށް މަގުމައްޗަށް ޢިމާރާތްކުރުން ހުއްޓުވުމެވެ!
ކޮސް
04 May 2025
ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަމަވެސް ޑރ. މުއިއްޒު ތަންތަނަށް ލައްވާފައިވާ ބޭފުޅުންގެ ނާޤާބިލުކަން ވަރަށް ބޮޑު. !!! އެހެންވީމަ ޙައްޤު ހޯދުމަށް އޮންނަނީ މަގުމަތި. އެހެން ގޮތަކަށް އަޑެއް އިވުމެއް , އިހުސާސްވުމެއް , ފެނުމެއް ނޯވޭ. ވ. ސަލާމް.
މހއމ
04 May 2025
ހައްގު ހޯދެން އޮންނަ ގޮތަކަމަށް ކޮސް އެބުނި ވާހަކައާ މަ ތާއީދު. ތަޖުރިބާ ކޮށްފަ ހުރި ކަމެއް ވީމަ މިހާ ފަސޭހައިން މި ތާއީދު ކުރެވުނީ.
ޖިންނި ޒީ
04 May 2025
މި މީހާގު ހައްގުގަ ސޯސަންމަގު ބަންދުކޮށް ކާރިވަލެއް ބާއްވަން ގޮވާލަން
ކެރެދި ބެއްޔާ
04 May 2025
ކައުންސިލް އިން ހެސްކިފާ ބޯކޮށް މުސާރަ ނަގައިގެން ތިއްބެވި "ކޮންސަލްޓެންޓުން" ލައްވާ މާލޭގެ ހުރިހާ އިމާރާތެއް އިންސްޕެކްޝަނެއް ހަދާ އާއްމު ރައްޔިތުން ފުރާނަ ސަލާމަތް ކުރުމަށް ކައުންސިލް އިން މަސައްކަތް ފަށާ އަދި ޢަނިޔާލިބުނު ފަރާތުން މައްސަލަ ކޯޓަށް ވައްދާ އިހުމާލު ވާފަރާތް ތަކާއި މެދު ދައުވާ ކުރައްވާ.
އެމްސް
04 May 2025
އިމުންބޭރަށް މަގުމައްޗަށް ހުރި ބެލްކަނީތައް ނަގަން ފެނެއެވެ!
ގަބްރޮ
04 May 2025
ޑރ.މ މި މައްސަލަ ބަލަން މުނަށްވަރު ލައިގެން ކޮމިޝަނެއް ހަދާން ގޮވާލަން.