މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިގެން މިރޭ އިރުއޮއްސި 6:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެނގިފައިވާ ގޮތުގައި ބަންގްލަދޭޝަށް ނިސްބަތްވާ އެ ފިރިހެން މީހާ ވެއްޓުނީ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށެވެ. 

އޭނާއަށް މި ވަގުތު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. 

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ 30 އަހަރުގެ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ. 

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.