މާލޭގެ ގެއެއްގެ ހަތަރުވަނަ ބުރީގެ ވައިގޮޅިއަކުން އުމުރުން 76 އަހަރުގެ އަންހެނަކު ރޭ ދަންވަރު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، ދަންވަރު 1:30 ހާއިރު މާފަންނުގެ ގެއެއްގެ ވައިގޮޅިން ވެއްޓުނު ދިވެހި އެ އަންހެންމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށެވެ.
އެ މީހާ ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން، ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.
އެ މީހާ ވެއްޓުނު ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.