ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު: އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
07 މެއި 2025 - 19:23
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން އަމުރު ކުރި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ޝައްމާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ތާއީދުކޮށްފައި ވާތީ އެވެ.
އެކަމަކު ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މައްސަލަ ބަލައިނުގަންނާށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހު އެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައި ވާތީ އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރިޔަސް، ހައި ކޯޓުގެ ހުކުމުގައި ބުނީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނީ ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް އޭނާގެ ފަރާތުން ދެއްކިފައި ނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާ ބަންދުކުރަން ނެރުނު އަމުރުތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވެސް އޭރު ހައްޔަރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
07 May 2025
ސަރުކާރާއި ދެކޮޅު އެއްވެސް ކަމެއްގެ މައްސަލައެއް ބަލައިގަނެވޭނެ އެއްވެސް ކޯޓެއް އަދި ހުކުމެއް ކުރަންކެރޭ ޖަޖެއްވެސް މިހާރުނުހުންނާނެ. އެވަރަށް ސައިޒްކޮށްފަ އެތިބީ. ސަރުކާރުގެ ނޭއްގާނީ ބާރު ފޯރިވަރުން ބިރުންތިބީ.
ހަސކކސ
07 May 2025
ޒީރޯ ޓޮލަރެންސް ގެ ދަށުން ކީއްވެތަ އެފްއޭއެމްގެ ރައީސް އަދި ފަޒުލް ހައްޔަރު ނުކުރެވެނީ ކީއްވެގެންތޯ؟
ވަގުތި
08 May 2025
މިއީ މަގޭވެސް ސުވާލަކީ. ކުރީ ވައްކަމާއި ހިޔާނާތް. އެއެންމެން މިނިވަންކަމާއި އެކު އެ އުޅެނީ. ދެން ވާނުވާ ޖަހާފައި ޝައްމާން ބަހައްޓަންވީ ކީއްވެ؟
އޮނަރަބްލް އަފީފު ދީދީ
07 May 2025
މިފަދަ ހަބަރުތައް ގެނެސްދިނުމުގައި ކިއުންތެރިންނަށް އޮޅުންނާރާ ގޮތަށް ހަބަރުލިއުން ވަރަށްމުހިންމު. ސުޕްރީމްކޯޓް ގައި 7 ފަނޑިޔާރުން ތިއްބަވާ އިރު ރައީސް އާއި މަޖިލިސް، އޭސީސީ އާއި ޖޭއެސްސީ ބައިވެރި ވެގެން ބެންޗްގެ 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވާކަން އެންމެނަށް އިގޭ. ބެންޗްގައި 4 ފަނޑިޔާރުން މިހާރު ތިއްބެވި ކަމަށް ވިޔަސް ތިޔަ މައްސަލަ ފަނޑިޔާރުންނާއި ހަމައަކަށް ނުދޭ. ރެޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ޤާނޫނުން ލިބިދޭ.
ބީސޭރު
07 May 2025
އެންމެ ރަގަޅު ވާނީ ޖެންޒީ ގުރޫޕް އާއި ބައިވެރިވެގެން މަގުމައްޗަށް ނުކުމެ ހަޅޭލެވީމަ.... އޭރު ހުރިހާ ކަމެއްވެސް ހަމަޖެހޭ ނެ.
ސުޕްރީމު
07 May 2025
ސުޕްރީމްކޯޓެއް އެބޮތްތޯ؟
ތަސްތަސްމޫރޯ
07 May 2025
ސަމްޢާންނަށް 5 ލައްކަ ރުފިޔާގެ ރިޝްވަތުގެ ތުހުމަތު ކުރެވިގެން، ވަޒީފާއިން ވަކިކުރެވި ބަންދުކުރެވިއްޖެ. 5 މިލިޔަނުގެ އެތަށްގުނައެއްގެ ވައްކަންކުރި ޑރ އައި ޖީ އެމް އެޗް ގައި ވައްކަން މެކުހަށް ޖަހަން ބަހައްޓާފައިވާ ސަބަބަކީ ކޮބައިތޯ..އޭސީސީއިން އެބޭފުޅާގެ ވައްކަމުގެ ރިޕޯޓުވެސް އެވަނީ ޝަރީޢަތް ހިންގުމަށް ފޮނުވާފަ...މިއީ ސަރުކާރުން ހިތްވަރުދީގެން ވައްކަން ކުރައްވާ ބޭފުޅަކީތޯ.