ލޯކަލް އިންތިޚާބު މޭ ހަ ވަނަ ދުވަހަށް ފަސްކުރިކަން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު (ކ) އަދި މެމްބަރު އަކްރަމް މިރޭ އިއުލާން ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
17 މާޗް 2017 - 21:25
އަންނަ މަހުގެ 15 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފަސްކޮށްފި އެވެ. އިންތިޚާބު ފަސްކޮށްފައި ވަނީ އަންނަ މޭ ހަ ވަނަ ދުވަހަށެވެ.
މިއީ ލޯކަލް އިންތިޚާބު ފަސްކުރި ތިންވަނަ ފަހަރެވެ. މި އަހަރުގެ ލޯކަލް އިންތިޚާބު ފުރަތަމަ ބާއްވަން ނިންމީ ޖެނުއަރީ 14ގަ އެވެ. ދެން އޭޕްރީލް އަށެއް އަދި އޭޕްރީލް 15 ގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އިންތިޚާބު ފަސްކުރީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، މީހުން އާންމުކޮށް އެއްވެ އުޅޭ ނަމަ، ހުމުގެ ރޯގާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެތީ، އެ ކޮމިޝަނުން ބާއްވާ ހަރަކާތްތަކުގައި ވެސް ވީހާ ވެސް ބޮޑަށް އެކަމަށް ރިއާޔަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފައިވާ ކަމަށެވެ.
އިންތިޚާބު ލަސްކުރަން ނިންމީ މިރޭ ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ. އަދި އިންތިޚާބު ފަސްކުރަން އެ ކޮމެޓީގެ ދެ ފަރާތެއް ފިޔަވައި އެހެން ހުރިހާ ފަރާތަކުން ތާއީދުކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
"މީގެ ކުރިން ވެސް ގައުމަށް ދިމާވާ ކަންކަމުގައި، ގައުމީ ކާރިސާތަކުގައި، ގުދުރަތީ ކާރިސާތަކުގައި އިންތިޚާބުތައް ލަސްވެފައި ހުންނާނެ. އެއީ 2004 ވަނަ އަހަރު ސުނާމީ ކާރިސާއާ ގުޅިގެން ވެސް، އޭރު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ވެސް ލަސްކުރެވުނު،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މި ބާވަތުގެ ކަންކަމާ ގުޅިގެން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އިސްކަންދޭން ޖެހޭނީ، އަޅުގަނޑު ވެސް، އިލެކްޝަންސް ކޮމިޝަނުން ވެސް ގަބޫލުކުރަނީ ދައުލަތުގެ ސިއްހީ ނިޒާމްތައް ބަލަހައްޓާ ފަރާތްތަކުން އެ ދޭ އެޑްވައިސްއާ އެއްގޮތަށް، ވީހާ ވެސް ގިނަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް."
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމާ ގުޅިގެން، ވޯޓުލާ މީހުންގެ ރެޖިސްޓަރީ އަށް އަނެއްކާވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިންތިޚާބު ދެން ބާއްވާ ތާރީޚު ކަމަށްވާ މޭ ހަ ވަނަ ދުވަހަށް އުމުރުން 18 އަހަރު ވާ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ހަމަ އެހެންމެ އަޅުގަނޑުމެން އިއުލާން ކުރި ތާރީޚަށް ރެޖިސްޓަރީ ކޮށްފައިވާތީ، މިހާރު އިންތިޚާބު ބާއްވާ ތާރީޚަށް ތަން ބަދަލުވާ ނަމަ، އެ ބަދަލުކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނަން،" އަކްރަމް ވިދާޅުވި އެވެ.
"ހައެއް މޭ އަޅުގަނޑުމެން މި ބެލީ، ކުރިއަށް ރަމަޟާން މަސް ވެސް އޮތުމާއެކު، ހެލްތު މިނިސްޓްރީއާ އެކު ބޭއްވުނު މަޝްވަރާ އާއި އެބޭފުޅުން ފޮނުވި ސިޓީއާ ވެސް އެކުގައި އެ ތާރީޚަކީ އެންމެ ރަނގަޅު ތާރީޚު ކަމަށް ބަލާފައި، މިހާރު މި އޮތް ގޮތަށް އިންތިޚާބު ކުރިއަށް ގެންދެވިއްޖެ ނަމަ، އަޅުގަނޑުމެންނަށް މި އިންތިޚާބުގެ ދެވަނަ ބުރު ވެސް ރަމަޟާން މަހުގެ ކުރިން ނިންމާލެވޭނެ."
އަކްރަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމާ ގުޅިގެން، ޝަކުވާ ހުށަހެޅުމާއި ރީ-ރެޖިސްޓަރީ ވުމަށް އަނެއްކާވެސް ފުރުސަތުތަކެއް ދޭންޖެހޭ ކަމަށާއި އަލުން ތާރީޚެއް އިއުލާން ކުރީ އެ ކަންކަމަށް ވެސް ބެލުމަށް ފަހު ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށް ފަހު، އެ ބޭފުޅުންގެ ކެމްޕެއިނަށް ގާނޫނު ބުނާ ގޮތުން 28 ދުވަސް ވެސް ދޭންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބައެއް ކެންޑިޑޭޓުން އަޅުގަނޑުމެންނަށް ޝަކުވާ އުފުލަމުން އައި، އެބޭފުޅުން ގޭގެ އަށް ވަނީމާ، ބައެއް ގޭގެ އިން ވިދާޅުވާ ކަމަށް މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުން، އިންފްލުއެންޒާގެ ސަބަބުން ބޭރުން އަންނަ ފަރާތްތަކަށް މަރުހަބާ ދަންނަވަން އުނދަގޫވާ ވާހަކަ. އެފަދަ ނުރައްކާތެރި ހާލަތެއްގައި، ކެމްޕެއިން ކުރުމަށް ވެސް މިއޮތީ ވަރަށް ބޮޑު ދަތިތަކެއް ދިމާވެފައި،" އަކްރަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ
18 March 2017
މިޤއުމުގައި މިހާރު ތިބި ވެރިން އެންމެ ބިރުގަންނަ ކަމަކީ އިންތިޚާބު. އެއަށްވުރެން ބޮޑަށް ބިރުގަންނަ އަދި ޖެހިލުންވާ އެއްވެސް އެއްޗެއް ނުވަތަ ކަމެއްވެސް ނެތް. އެހެންވީމާ ދެން ކޮން އިންތިޚާބެއް ބޭއްވޭނީ؟؟
ުހުސައިންގެ ދަރި
18 March 2017
ކަމެއް ކުރިޔަސް ރީތިކޮށް ކަމެއް ކުރަން ނޭންގުމީ ވަރަށް ދެރަކަމެއް. މައުމޫނުގެ ޒަމާނޫގައި ލައްކަ ގަނޑުގަނެފަވޭ އެހެންނަމެވެސް މީހާކަށް ރެއަކާވެސްނުލާ، އެހާ ޕްރޮފެޝަނަލް. ނަމަވެސް މިހާރުގެ ސަރުކާރުން ކަމެއްކުރަން އުޅުނަސް އެ ކަމެއް ވުމުގެ ކުރިން އޮންނާނީ އަތަށްގޮވާފަ، މަންޒަރު އެހާ ނުތާހިރުވެފަ. ފ ޕްރޮޖެކްޓް ފަނިވީމާ ވޯޓުދޭނެ މީހަކުނުވާނެކަން "ޔަޤީންވީމާ" ކޮންމެވެސް ދަންތުރައެއް ޖަހަންޖެހޭނެތާ. ގައުމު ވިއްކާލަން އުޅުނުކަން އަމިއްލަ ޕާޓީގެ "ރަންދުލުން" ވަރަށް ސާފުކޮށް ކިޔައިދީފި. އެނގުނު އެއްޗަކީ މި މީހުން ގައުމިއްޔަތު ނުވަތަ ގައުމަށް ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ކުލުނެއް ނެތްކަން. ލޯބިވަނީ ހަމައެކަނި ފައިސާދެކެ. ހަލާލެއް ޚަރާމެއް ބެލުމެއްނެތް. އެހެންވީމާ، ލަދެއް ހަޔާތެއް ހުރިއްޔާ ދިވެހިންގެ ކައިރީގައި ވޯޓުދޭކަން ނޭދޭނެ. ވިމާ، ގައުމިއްޔަތޭ، އިޖުތިމާއީ ފޭރާމޭ ކިޔުންއެހާ ރީއްޗެއްނޫން އަދި މަޖަލެއްވެސް ނޫން.
ޢަލީ
18 March 2017
އަޅުގަނޑު ވަރައްއުފާވީސް ތިޔަދެބޭފުޅުން ފަގުޑި އަޅައިގެންތިބެ ދެންދުވަހަކުވެސް މިރާެްޖޭގަ އިންތިހާބެއް ނުބާއްވާނަމޭ ބުނިނަމަ އޭރުން ރައަޔިތުންނައް ޔަގީންވާނެ ތިޔައީ ވެރިކަމާހެދި ބޫތުކައިފަ ތިބި ބައެއްކަން
ޞާބޫ
18 March 2017
ސައުދީ ރަސްގެފާނު ރާއްޖެ އައީމާ ނޫނީ ތި އިންތިޚާބެއް ނުބަެއްވޭނެ 2 އަހަރުވިޔަސް
ސަހަރޯ
18 March 2017
ސަހަރޯ މިއޮއްކަމެއްދޯ ދެންމިހާާރުތިބި ކައުންސިލަރުން ކުރިއަށް އޮތް5އަހަރަށް ކުރި ހުވާ ކިހިނެއްބާ ވާނީ ދީނީގޮތުން؟؟؟؟؟
ހަބީބު
18 March 2017
ޕީއޭގެ ބަޔަކު ވަދެ ޕީޕީއެމް ބައިބައި ކޮއްހަލާކު ކޮއްލިގޮތައް އިލެކްޝަން ކޮމިޝަނުގަވެސް ކަތުރުފަނި އަޅާފަ މިކަމުން ސަލާމަތްވާނެ ވެކްސިނެއް ހޯދަންޖެހޭ އެއީ ތައްޔިތުންގެ ވޯޓު ދުވަހެއްގެ ކޮޅުން އިންތިހާބެއް ބޭއްވިޔަސް ކަތުރުފަނި މަރާލެވޭވަރު ކުރަންވާނެ މުޅިއޮޑިމިދަނީ ކަމުން ކަނޑުނުވަނިސް މިކަމުން ސަލާމަތް ނުވެއްޖެ ނަމަ ރަށުތެރެޔައް މިވަބާ ފެތުރި އަތްނުފޯރާވަރުވާނެ
ޕްރޫވެން
18 March 2017
ދިވެހިރާއްޖެ އަށް އަންނަން އޮތް 10 ބިލިއަން ޑޮލަރުގެ ފުރުސަތަށް ހުރަސް މިއެޅީ އެއީ އިދިކޮޅު ކްރިޓިކްސް އިން ސޯޝަލް މީޑިއާ ގައި ޕްރޮޕެގެންޑާ ފަތުރައިގެން ރާއްޖޭގައި ފްލޫ އައުޓް ބްރޭކެއް އުޅޭ ކަމަށް ބުނެއެވެ. އަސްލަކީ އެއީ އުޅޭ އެއްޗެއް ނޫނެވެ. އެހެން ކަމަށްވާނަމަ މަމެން ނަމަ ލޯކަލް ކައުންސިލު އިންތިޚާބު އަންނަ އަހަރު ބާއްވާނީ. އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް ޓަކައި އެވެ. ރާއްޖެ އަށް އެއްގޮތަކަށް ވެސް ހެޔޮ އެދޭ ބަޔެއް ނޫން އިދިކޮޅު ކްރިޓިކްސް ގައި ތިބީ. މަމެން މިކަން ހުރިހާ ގޮތަކުން ވެސް ޕްރޫފް ކޮށް ދޭނަމެވެ.
ދޮންޕުލަސް
18 March 2017
ނިއުސް ކޮންފަރެންސް ދެއްވަން ތިއްބެވި ބޭފުޅުންގެ މޫނުމަތިން ފެންނަނީ ގޮތްހުސްވެފައިވާ މަންޒަރެވެ!. ހިތުގެ އަޑިން މިއީ ގޯހެކޭ ބުނާ ކަހަލައެވެ. ޗޮއިހެއް ދެން ނެތެއެވެ.
ލިވްއިން
18 March 2017
ލޯކަލް އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި އެވެ. އެއީ އުފާވެރި ޚަބަރެކެވެ. ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރައްވަން އޮތް ފުރަމާނަ ދަތުރު ފުޅު ކެންސަލް ކުރެއްވި ގޮތަށް ލޯކަލް ކައުންސިލު އިންތިޚާބު ވެސް ފަސް ކުރަން ޖެހޭނެއެވެ. ރާއްޖެ އަށް އަންނަން އޮތް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަށް އިދިކޮޅު ކްރިޓިކްސް އިން ހުރަސް އެޅުމުން އޭގެ ޕްރައިސް ޕޭބެކް ކުރަން ޖެހޭނީ އެމެންނަށް ލޯކަލް ކައުންސިލުގެ ތަކުގެ %5 ދިނުމެވެ. މިކަން ކުރެވޭނީ އޮޓޯ މޯޑްގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަން އިން ލޯކަލް ކައުންސިލް ތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނަށް ގޮނޑި ތައް ލިބޭނެ ގޮތް ސައުދީ އާއި ޗައިނާ އާއި ގުޅިގެން ސަރުކާރުން ލޮބީ ކޮށްގެންނެވެ. މީ ނުވާނެ ކަމެއް ނޫނެވެ. މީ ވާނެ ކަމެކެވެ. ތ. ގުރައިދޫ އެއީ ނަމޫނާއެވެ. ސައުދީ އެރެބިޔާ އާއި އަދި ޗައިނާ އަކީ އެއީ ނުފޫޒު ގަދަ ގައުމު ތައް ކަން އިނގިރޭސިން ނަށް ދައްކާލަން ރަނގަޅު ފުރުސަތެއް މިފުރުސަތަކީ. މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް. ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން..
ލިވްއިން މާމަ
18 March 2017
ރަސްގެފާނު ކާންނުދިނަސް އަހަރެމެންނައް ރޯދިހުރި އެއްޗެއް ވިއްޔާ އަޖަރެމެންނައް ލިބޭނެ ތިހިރީ ބޮލައް ތެޔޮއަރާފަ ރަސްގެފާނު ރުޅިއައީ ނިހާނު ދެއްކި ވާހަކައިގެ ސަބަބުން ދުނިޔޭގެ ހުރިހާމީހުން ތިބެނީ ޕްރޮންސަކު އާދޭތޯ ބަލަބަލަޔޭ އެމީހުން އައިސް އެދޭފައިސާގަ އަހސރުދުވަސް ވަންދެން ވަޒީފާ އަދާނުކުރިޔަސް އުޅެވެޔޭ ކިޔައިގެން ހެދި ދޮގުގެ ސަބަބުން ކައުންސިލު އިންތިހާބައް ޕީޕީއެމް އިން ނިކުންނާނެ ހަރުދަނާ ކެންޑިޑޭޓަކު ނުވެސްނެތް ވީމާ ބޮޑުލަދަކުން ސަލާމަތް ވާންކުރާ ހުދުމުހުތާރު ކަންކަން ތިޔާހުރީ މުގާބޭވެސް ހެޓިލަރުވެސް ކަންކުރި މަގަކީތީ
އަލީ
18 March 2017
ހާދަހާ ބިރެއް އެބަ ގަނެއޭ ދެއްތޯ އިންތިޚާބެއް ބާއްވާލަން؟ ރައްޔިތުންގެ ބާރެއް އޮންނަ ކަމެއް ވިއްޔާ ހަމަ ކުރަން ޖެހިލުންވަނީ؟