ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017

ސިޓީ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް

މިއަދު މުޅި ރާއްޖޭގައި ބޭއްވި ލާމަރުކަޒީ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.

06 މެއި 2017 - 08:03

149 comments
06 މެއި 23:49

މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އިދިކޮޅު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

06 މެއި 23:48

މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އިދިކޮޅު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް ހަސަން ލަތީފް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

06 މެއި 23:40

ހަސަން ލަތީފް: ބައެއް ދާއިރާތަކުގައި ދެތިން ވޯޓުގެ ތަފާތެެއް އުޅޭތީ މުޅި އިންތިހާބު ބާތިލު ކުރަން އުޅޭ ކަމުގެ އަޑުތަކެއް މިހާރު ދަނީ ފެތުރެމުން. އެކަމަކު އެފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް އުންމީދު ކުރަން.

06 މެއި 23:39

ހަސަން ލަތީފް: އެމްޑީޕީއަކީ ވޯޓުން ތާއީދު ދައްކާ ޕާޓީއެއް. ބުރަ މަސައްކަތުން މި އިންތިހާބު މި އޮތީ ބޮޑު ތަނުން ކާމިޔާބު ކޮށްފައި.

06 މެއި 23:38

ޝިފާޒް: މި ނަތީޖާގެ އަލީގައި ދެން މަޖިލީހުގައި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ކައުންސިލްތައް ބާރުވެރި ކުރުވުން.

06 މެއި 23:38

ޝިފާޒް: ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި 2011 އިން ފެށިގެން އެމްޑީޕީން މި އައީ ލާމަރުކަޒީ އުސޫލު ދަމަހައްޓަން މަސައްކަތް ކުރަމުން. އަޅުގަނޑުމެން ދަންނަވާނީ ރައީސް ޔާމީން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާށޭ. ގާނޫނުގެ އުސޫލުން ކަންތައް ކުރައްވަން ދަސްކުރައްވާށޭ.

06 މެއި 23:36

ޝިފާޒް: މި ކާމިޔާބަކީ ރައީސް ޔާމީނަށް ނޫނެކޭ ބުނަން ބޭނުންވެފައި ތިބި މިންވަރު ދައްކައިދިން އިންތިހާބެއް. ރައީސް ޔާމީނަށް އެނގެންވީ ޗާޓުން ބޭރުގައި އުޅުއްވެން ނތް ކަން. ދެން އަވަހަށް ޗާޓުން އެތެރެ އަށް ވަޑައިގަންނަވަންވީ. ރައީސް ނަޝީދު ޖަލުގައި ބެހެއްޓެން ނެތް ކަން ރައީސް ޔާމީނަށް މިހާރު މި އެނގިވަޑައިގެންނެވީ.

06 މެއި 23:35

މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

06 މެއި 23:34

ހަސަން ލަތީފް: މި އިންތިހާބުގެ 65 ޕަސެންޓް މިވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި. އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދު މިއޮތީ ހިސާބު އަދަދުން ދައްކައިދީފައި. އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދު ރަށްތަކުން ފެނުނު. އަޅުގަނޑުމެން އެދުނީ އެ ތާއީދު ހިސާބު އަދަދުން ވޯޓުން ދައްކައިދޭން.

06 މެއި 23:33

ހަސަން ލަތީފް: މާލޭގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް، އައްޑޫން ހަތް ގޮނޑި އާއި ފުވައްމުލަކުން ވެސް ވަނީ އިދިކޮޅު ކެންޑިޑޭޓުން ކާމިޔާބު ހޯދާފައި.

06 މެއި 23:32

ހަސަން ލަތީފް: ރައީސް ޔާމީނަށް އޮތީ ދެ ގޮތެއް. ފުރަތަމަ ގޮތަކީ އިންތިހާބު ބޭއްވުން. ދެ ވަނަ ގޮތަކީ ވެސް އިންތިހާބު ބޭއްވުން. މިއީ އަނެއްކާ ވެސް ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެއް.

06 މެއި 23:32

ހަސަން ލަތީފް: ރައީސް ޔާމީނަށް ނޫނެކޭ ބުނި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. މި އިންތިހާބަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު މި ފެނުނީ. ވަރަށް ގިނަ ރައްޔިތުން އެ ވަނީ ވަރަށް ބޮޑު ކޮށް ނޫނެކޭ ބުނެފައި.

06 މެއި 23:31

މިއަދުގެ ލާމަރުކަޒީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީން ބާއްވާ ނިއުސް ކޮންފަރެންސް ފަށައިފި. މި ކޮންފަރެންސްގައި މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް.

06 މެއި 22:18

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ނިންމާލައި، އޮފިޝަލުން ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު

06 މެއި 22:13

މިއަދުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ސިޓީ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވާ އިރު، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން ދާދި ދެންމެއަކު ވަނީ، މި އިންތިހާބުގައި ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހަބާ ދަންނަވާ، ވިލިމާލޭ ދާއިރާ އިން ޕީޕީއެމް ބަލިވިކަން ގަބޫލުކުރައްވާފައި.

06 މެއި 22:11

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓް

06 މެއި 22:04

މާފުށީ ޖަލުގައި ބެހެއްޓި ވޯޓު ފޮށި ބަންދު ނުކުރެވިގެން އުޅެނީ، އެ ތަނުގައި ބެހެއްޓި ފޮއްޓަކީ އެންމެ ގިނަ ދާއިރާގެ މީހުން ވޯޓު ލުމަށް ހަމަޖެހިފައިވާ ފޮށި ކަމަށްވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނަށް. އެ ފޮއްޓަށް 198 ދާއިރާއަކުން ޖުމްލަ 1136 މީހަކު ވޯޓުު ލުމަށް ރަޖިސްޓްރީ ކޮށްފައިވޭ.

06 މެއި 21:59

މިހާތަނަށް ސާފު ކުރެވުނު ނަތީޖާ އަށް ބަލާއިރު، ތިން ސިޓީ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ހޯދާފައި. މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު، އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުން. މާލޭ ސިޓީ ކައުންސިލްތަކުގެ ތެރެއިން ހެންވޭރު އުތުރު ފިޔަވައި އެހެން ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީ. ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ފަހު ވަގުތު ވަނީ ޕީޕީއެމް ކޯލިޝަނާ ގުޅިފައަި. މި ދާއިރާ އަށް ވާދަކުރެއްވި ޑީއާރުޕީގެ ކެންޑިޓޭޓް މުހައްމަދު ފިޝާވީން ވަނީ 348 ވޯޓުން ކާމިޔާބުކުރައްވާފައި. ފަހު ވަގުތު ފިޝާވީން އަށް ތާއީދު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހަމްޒާ ހަސަނަށް ލިބިވަޑައިގަތީ 306 ވޯޓު. މިއީ މާލޭ ސިޓީ ކައުންސިލުން ސަރުކާރު ކޯލިޝަނަށް ލިބުނު ހަމައެކަނި ގޮނޑި. ތިން ކައުންސިލަރުން ހިމެނޭ ފުވައްމުލަކު ސިޓީ ކައުންސިލްގެ ދެކުނާއި މެދު ދާއިރާ ވެސް އެމްޑީޕީ އަށް ގާތްގަނޑަކަށް ކަށަވަރު ވެފައިވާ ކަމަށް އެނގިފައިވޭ. ފުވައްމުލަކުން ޕީޕީއެމް އަށް ލިބޭނެ ކަމަށް ބެލެވެނީ އުތުރު ދާއިރާ.

06 މެއި 21:45

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ގިޔާސުއްދީން ސްކޫލް ހޯލުގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނަމުން ދާއިރު، ފުލުހުން ސަލާމަތީ ކަންތައް ބަލަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

06 މެއި 21:44

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނަމުން ދާއިރު، މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

06 މެއި 21:43

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނަމުން ދާއިރު، މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

06 މެއި 21:23

ފުލުހުން ކުރި ޓުވީޓް

06 މެއި 21:22

ޕޮލިސް: މިއަދު ބޭއްވި ލޯކަލް އިންތިހާބުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ތެރޭގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވޭ.

06 މެއި 21:13

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 21:12

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 21:11

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 21:11

ބ. އޭދަފުށި: މޭ 6، 2017: ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަމުންދާއިރު މޮނީޓަރުންނާއި، އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: އޯރިގް އަބްދުއް ރަހުމާން /މިހާރު

06 މެއި 21:03

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަމުންދާއިރު މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 21:03

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަމުންދާއިރު މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 21:02

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 20:32

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

06 މެއި 19:44

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: އަބްދުﷲ ޖަމީލް /މިހާރު

06 މެއި 19:26

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން (ވ) އަދި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގުބާލް އާދަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 19:23

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގައި ބެހެއްޓި ފޮއްޓެއްގެ ނަތީޖާ ގުނަނީ.---މިހާރު ފޮޓޯ: އަބްދުﷲ ޖަމީލް

06 މެއި 19:16

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލާން ގޮސް ތިބި ބަޔަކު މިރޭ މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 19:16

ސުވާލެއް ވެސް ކުރުމަށް ނޫސްވެރިންނަށް ފުރުސަތެއް ނުދީ ޕީޕީއެމްގެ ނިއުސް ކޮންފަރެންސް ނިންމާލައިފި.

06 މެއި 19:15

ނިހާން: ޕްރެސް ރިލީޒެއް ނެރުމުގެ ބަދަލުގައި، އިދިކޮޅު ފަރާތްތަކުން ކުރާ މިފަދަ ސިޔާސީ ޖަރީމާތައް ކުށްވެރިކުރަން މި ނިއުސް ކޮންފަރެންސް މި ބޭއްވީ. ވޯޓު ނަގަމުންދާ ވަގުތުގައި މިފަދަ ކަންތައް ކުރާނީ ޑިމޮކްރެސީގެ ޑާކޫން (ފޭރޭ މީހުން) ކަމަށް އަޅުގަނޑު ދަންނަވާލަން.

06 މެއި 19:15

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލާން ގޮސް ތިބި ބަޔަކު މިރޭ މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 19:14

އިގުބާލް: ހަގީގަތެއް ނެތް ހުއްޖަތްތަކެއް ދައްކައިގެން އިދިކޮޅު ފަރާތްތަކުން ގައުމުގެ ހަމަޖެހުން ނަގައިލުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރަން.

06 މެއި 19:13

ނިހާން: ޑިމޮކްރެސީ ހަރުދަނާ ކުރަން ވަކާލާތު ކުރައްވާ ފަރާތްތަކުުން ޑިމޮކްރެސީއާ ޚިލާފަށް ކުރައްވާ ކަންތައް އަޅުގަނޑުމެން ކުށްވެރިކުރަން. ސަރުކާރާއި މިިނިވަން މުއައްސަސާތަކުގެ އަގު ވައްޓާއިލުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަން. ވޯޓު ފޮށިތައް ހިސޯރު ކުރުމަށާއި އިލެކްޝަންސް ކޮމިޝަނަށް ވަދެގަތުމަށް އިދިކޮޅު އެމްޑީޕީން ގޮވައިލި ގޮވައިލުން ކުށްވެރިކުރަން.

06 މެއި 19:11

ނިހާން؛ ނޫސްވެރިންނަށް ވެސް އިންތިހާބުގެ ވޯޓުގެ ކަންތައް އޮބްޒާވް ކުރެވޭނެ ގޮތްތައް އެބަހުރި. ވޯޓުގައި ކިތަންމެ ކުޑަ ގޯހެއް ވިޔަސް ބޮޑު ގޯހެއް ވިޔަސް ހަދައިފިއްޔާ ފެންނާނެ އޮބްޒާވަރުންނަށް ވެސް.

06 މެއި 19:11

ނިހާން: ރައީސް ނަޝީދުގެ ޓުވީޓަށް ފަހު އިންތިޚާބުގެ ގާނޫނާ ޚިލާފަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ޝުއޫރު ފާޅު ކުރަމުން. ވޯޓުގައި ގޯހެއް އުޅޭ ނަމަ އެކަން ރިޕޯޓް ކުރެވޭނެ އުސޫލުތައް އެބަހުރި. އެ ކަންތައް ބެލޭނެ އިދާރާތައް އެބަހުރި.

06 މެއި 19:09

ނިހާން: އިދިކޮޅު ފަރާތްތަކުން އިލެކްޝަންގެ އޮފީހަށް ވަދެގަތުމަށް ކުރި މަސައްކަތް އަޅުގަނޑުމެން ކުށްވެރިކުރަން. އިދިކޮޅު ފަރާތްތަކުން ދަނީ ވޯޓާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދައްކަވަމުން

06 މެއި 19:09

ވޯޓާ ގުޅޭ ގޮތުން ޕީޕީއެމުން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި. މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް

06 މެއި 19:04

ވަގުތު އިތުރުކުރީ ސިޔާސީ ޕާޓީތަކުން އެގޮތަށް އެދުމާއެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރުމަށް ފަހު ގާނޫނީ ހުރަހެއް އޮތް ކަމަށް ކޮމިޝަނުން ނުފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނަނީ އެ ޕާޓީތަކާ މަޝްވަރާ ނުކުރާ ކަމަށާއި އެކަން އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް. ވަގުތު އިތުރު ކުރުމަށް އެދުނީ ކޮން ޕާޓީތަކަކުންތޯ ސުވާލުކުރުމުން އިލެކްޝަނުން ބުނީ "އިންތިހާބުގައި ބައިވެރިވި ޕާޓީތަކަކުން" ކަމަށް. އެމްޑީޕީ އާއި ޖޭޕީ ފިޔަވައި ދެން އިންތިހާބުގައި ބައިވެރިވީ ވެރިކަންކުރާ ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޑީއާރްޕީ. ޑީއާރްޕީން ވާދަކުރައްވަނީ އެންމެ މެންބަރެއް.

06 މެއި 18:52

ބަންދުކޮށްފައި ވަނީ 6:00 ވީ އިރު ވޯޓުލާން މީހުން ނެތް މަރުކަޒުތަކުގެ ފޮށިތައް. ހެނދުނު 8:00 ގައި ވޯޓުލާން ނުފެށުނު ތަންތަނުގައި ފޮށި ބަންދުކުރާނީ 8:00 ގައި. ނަމަވެސް ވޯޓު ލާން މީހުން ގޮސް ކިއޫގައި ތިބި ނަމަ އެ މީހުންނަށް ފުރުސަތު ދޭނެ

06 މެއި 18:51

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ނިމުނު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

06 މެއި 18:44

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރަން ގޮސް ތިއްބާ ގިނަ އަދަދެއްގެ ފުލުހުން އެތަނަށް ގޮސް، ފުލުހުން އެންގުމުން އެތަނުން ނިކުމެވަޑައިގެންފި. ޕާޓީތަކުގެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ ވޯޓު ލުމުގެ ވަގުތު އިތުރު ކުރުމުން އެކަމާ ގުޅިގެން. އެ ބޭފުޅުންނަށް ކޮމިޝަންގެ މެންބަރުންނާ ބައްދަލެއް ނުވި.

06 މެއި 18:38

ގަލޮޅު މަދަރުސާގައި ބެހެއްޓި ބައެއް ފޮށިތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި

06 މެއި 18:35

ކަލާފާން ސްކޫލުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓެއްގައި ވޯޓުލުން ކުރިއަށް ގެންދާތީ އެތަނުގައި ތިބި ބައެއް މީހުން ޝަކުވާކުރަމުންދާއިރު، ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އާސިމާ ނިޒާރު / މިހާރު

06 މެއި 18:34

ކަލާފާނު ސްކޫލާއި އަމީނިއްޔާ ސްކޫލުގައި ވެސް ފުލުހުން ގޮސް، މީހުން ދުރަށް ޖައްސަނީ.

06 މެއި 18:29

މައްސަލަ ބޮޑުވި ކަލާފާނު ސްކޫލްގައި، ޝަކުވާކުރަމުން ދިޔަ މީހުން ބޭރަށް ލުމަށް ފަހު ގޭޓު ބަންދުކޮށްފި

06 މެއި 18:28
06 މެއި 18:27

ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސެވީ އިންތިޚާބުގެ ކަންކަމުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނާތީ ލުއި ފަސޭހަކޮށްދިނުމަށް ކަމަށް.

06 މެއި 18:24
06 މެއި 18:20

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ހަމަޖައްސަވައިފި

06 މެއި 18:17

ކަލާފާނު ސްކޫލްގައި ވޯޓާ ގުޅިގެން ޝަކުވާ ކުރަނީ.

06 މެއި 18:12

ކަލާފާން ސްކޫލުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓެއްގައި ވޯޓުލުން ކުރިއަށް ގެންދާތީ އެތަނުގައި ތިބި ބައެއް މީހުން އަންނަނީ ޝަކުވާ ކުރަމުން، ޝަކުވާ ކުރާ މީހުން ގޮވަމުން ދަނީ އެ ދެ ފޮށި ބަންދުކުރުމަށް. މިއީ މިއަދު ހެނދުނު 8:00 ހާއިރު އެކު އެކީގައި ވޯޓުލާން ފެށި ތިން ފޮށި ކަމަށާއި ބަންދުކުރި ފޮށިތައް ބަންދުކުރީ ވޯޓު ލާން މީހުން ގޮސް ތިއްބާ ކަމަށް އެތަނުގައި ތިބި މީހުން ބުނޭ.

06 މެއި 18:04

މެންދުރު ކުރިން ވޯޓު ލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް ހަވީރުވި ފަހުން، ނިކުތް މީހުންގެ އަދަދު ވަނީ އިތުރުވެފައި.

06 މެއި 18:02

ލަހުން ވޯޓުލާން ފެށި މަރުކަޒުތައް ފިޔަވައި އެހެން ތަންތަނުގައި ވޯޓު ފޮށި ބަންދުކުރުމަށް ފަހުން ހަމަޖެއްސި ވަގުތު 6:00 ގައި ވަނީ ހަމަވެފައި. ނަމަވެސް ވޯޓުލާން ކިއޫގައި މީހުން ތިބި މީހުންނަށް ވޯޓު ލުމުގެ ފުރުސަތު އޮންނާނެ.

06 މެއި 17:39

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 13 ވަނަ މާއްދާގެ ށ.ގައި ބުނަނީ "ވޯޓު ނެގުން ބާއްވާ ތާރީޚާއި ވޯޓު ނަގާ ގަޑި އާއި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި" އިންތިޚާބު ބާއްވާކަން އިއުލާނުކުރާއިރު އާންމުކޮށް އަންގައި އިއުލާނުކުރަން ޖެހޭ ކަމަށް.

06 މެއި 17:33

ޑރ. ހުސެން: އިންތިހާބުން ވަކި ނަތީޖާއެއް ނެރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްލަހަތު އޮންނަ ކަމެއްގެ ގޮތުގައި ބެލެވޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އޭނާ ވިދާޅުވީ އިންތިހާބުތަކޭ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން، އިންތިހާބުގެ ކުރިން އިންތިހާބުގެ ތާރީހާއި ވަގުތު އޮންނަން ޖެހެނީ ކަނޑައަޅާފައި. ވޯޓުލާ ވަގުތު އިތުރު ކުރެވޭނީ ކުރިން ކަނޑައަޅާ ވަގުތު ހަމަވާއިރު ވޯޓުލާން މީހުން ގޮސް ތިބި ހިނދެއްގައި އެކަނި ކަމަށް.

06 މެއި 17:32

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު (ކ) އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 17:30

ހަސަން ލަތީފް ވިދާޅުވީ މިހާރު އޮތް ކޮމިޝަނުގައި މިވަރުގެ ބޮޑު އިންތިހާބެއް ބޭއްވުމުގެ ގާބިލްކަން ނެތް ކަމަށް. އިންސާފުވެރިކޮށް މި ކޮމިޝަނަށް އިންތިހާބެއް ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި.

06 މެއި 17:29

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް (ވ) އަދި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 17:27

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެމްޑީޕީން ވަރަށް ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް. އޭނާ ވިދާޅުވީ ވޯޓު ފޮއްޓެއް ބަންދުކުރުމަށް ފަހު އިޖުރާއަތްތަކާ ޚިލާފަށް ހުޅުވާފައިވާ ކަމަށާއި ވޯޓުލާން ދާއިރު އެ މީހުންގެ ނަމުގައި ވޯޓު ލާފައިވާ މައްސަލަ ވެސް ދިމާވެފައިވާ ކަމަށް.

06 މެއި 17:26

އިދިކޮޅު ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 17:25

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ވޯޓުލާން ގިނައިން ނިކުތީ އެމްޑީޕީ މީހުން ކަމަށާއި އެގްޒިޓް ޕޯލުން ވެސް ދައްކަނީ ބޮޑު ތަފާތަކުން އެމްޑީޕީއަށް ކާމިޔާބު ލިބުނު ކަމަށް ދައްކާ ކަމަށް. ވޯޓުލާ ވަގުތު އިތުރު ކުރީ ޕާޓީތަކުގެ މަޝްވަރާ ނުހޯދާ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ނިޔާ ވެސް ވިދާޅުވި.

06 މެއި 17:22

ޝިފާޒް ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި.

06 މެއި 17:20

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް މުހައްމަދު: ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި. ކެންޑިޑޭޓުންނާއި މަންދޫބުންނަށް ފާސް ނުލިބި ވެސް އެބަހުރި. ވޯޓުލާ މަރުކަޒުގައި އޮތް ލިސްޓުގައި ނަން ނެތުމުގެ މައްސަލަ ވެސް އުޅޭ. ވޯޓު ލާން ރަޖިސްޓްރީކޮށްފައި އޮންނަ ތަން، ދެ ނެޓްވޯކުން އެސްއެމްއެސް ކުރުމުން ދެގޮތަށް ވެސް އާދޭ. އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރު ކުރުމަކީ ކޮމިޝަނުން ހިންގި ޖަރީމާއެއް.

06 މެއި 17:18

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް: އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމާ ގުޅިގެން ކޮމިޝަންގެ މެންބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ. މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަން.

06 މެއި 17:15

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެން ރަޝީދު: ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް. މިގޮތަށް ނިންމާފައި ވަނީ އެއްވެސް ޕާޓީއެއްގެ ލަފައެއް ހޯދުމަކާ ނުލައި. މިއީ ވަކި ގޮތަކަށް ނަތީޖާ ނެރެން ކުރި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ. އިންތިހާބުގައި ވަކި އަދަދަކަށް ވޯޓު ނުލުމުން ވަގުތު އިތުރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ހުސެން ވިދާޅުވި. އޭނާ ވިދާޅުވީ ވަކި އަދަދަކަށް މީހުން ވޯޓު ލުމަކީ އިލެކްޝަނުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި.

06 މެއި 17:14

އިންތިޚާބުގައި ވޯޓު ލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރު ކުރުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި.

06 މެއި 17:12

އިންތިހާބާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބާއްވާ ޕްރެސް ކޮންފަރެންސެއް ފަށައިފި

06 މެއި 16:41

ފުލުހުން: ވޯޓުލާ މަރުކަޒުތަކުގައި ވޯޓުން އާދައިގެ ގޮތެއްގައި ކުރިއަށްދޭ. އާންމު ހާލަތު ރަނގަޅު

06 މެއި 15:57

ވޯޓު ފޮށިތައް ބަންދުކުރާ ގަޑިއަކީ މިއަދު 6 ޖަހާއިރު ކަމަށް ކަނޑައަޅައި، އަދި ލަހު ވޯޓު ލާން ފެށުނު ފޮށިތައް ބަންދުކުރާ ގަޑިއަކީ މިރޭ 8 ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.

06 މެއި 15:53

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ގޮސް ތިބި ބައެއް މީހުން މިއަދު ވޯޓު ލާ މަރުކަޒުގެ ބޭރުގައި މަޑުކޮށްލައިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

06 މެއި 15:52

ވޯޓު ލާ ނިންމުން ހަތަރެއް ޖަހާއިރަށް ނިންމާލަން އޮތް ނަމަވެސް، ބައެއް ފޮށިތަކަށް ވޯޓު ލުން ފެށުނީ ލަހުން ކަމަށް ވާތީ އެ ފޮށިތަކަށް ވޯޓު ލުން ކުރިއަށް ދާނެ. ބައެއް ތަންތަނުގައި ހުރި ފޮށިތައް ކައިރީގައި ވަރަށް ދިގު ކިޔޫ އަދިވެސް އެބައޮތް. ބެލެވޭ ގޮތުގައި ވޯޓު ލާ ނިމެން އަދިވެސް ގިނަ ވަގުތުތަކެއް ނަގައިފާނެ.

06 މެއި 14:09

އެކި ސަބަބުތަކާ ހުރެ ވޯޓުލުން ނުފެށި ލަސްވި ސަރަހައްދުތަކުގައި ވޯޓުލުމަށް އިތުރު ވަގުތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. ވޯޓުފޮށި ބަންދުކުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި.

06 މެއި 13:57

ކައުންސިލް އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

06 މެއި 13:56

މާލޭގައި މިއަދު ވޯޓު ލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

06 މެއި 12:55

ކައުންސިލް އިންތިހާބުގައި ވޯޓު ލާން ގޮސް ތިބި ބަޔަކު ވޯޓިން ބޫތުގެ ބޭރުގައި މަޑުކޮށްލައިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

06 މެއި 12:54

ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

06 މެއި 12:35

ހިރިޔާ ސްކޫލް ކަައިރީގައި ކެމްޕޭނުކުރަމުން ދިޔަ ބަޔަކު ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފި. ވޯޓުލާ ދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސި 6:00 އިން ފެށިގެން ވޯޓު ލާ ނިމެންދެން ކެމްޕޭނު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް.

06 މެއި 12:28

ލޯކަލް އިންތިޚާބުގައި މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 12:26

ލޯކަލް އިންތިޚާބުގައި މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 12:23

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލާ މީހެއްގެ މައުލޫމާތު އޮފިޝަލުން ޗެކް ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

06 މެއި 12:15

ފޭކް ވޯޓު ކަރުދާސް ޗާޕްކޮށްގެން ގެންގުޅުމަކީ އިންތިޚާބާ ބެހޭ ގާނޫނުގައިވާ ގޮތުން ކުށެއް. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައ ވޯޓު ކަރުދާސް ޗާޕްކޮށްގެން ގެންގުޅުނު މީހެއްގެ މައްޗަށް ދައުވާ ވެސް ކުރި.

06 މެއި 12:12

އިލެކްޝަންސް ކޮމިޝަން: ފޭކް ވޯޓު ކަރުދާސްތަކެއް ހަދައިގެން އުޅޭ ކަމުގެ ޝަކުވާތަކެއް ވަނީ ލިބިފައި. ކޮމިޝަނުން ޕްރިންޓް ކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ހުންނާނީ ސެކިއުރިޓީ ފީޗާސްތައް ހިމަނާފައި. މިގޮތަށް ފޭކް ވޯޓު ކަރުދާސްތަކެއް ޕްރިންޓް ކޮށްގެން އުޅޭ ނަމަ އެއީ ކަންބޮޑުވާ ކަމެއް. އަދި މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނަން.

06 މެއި 12:10

ފުލުހުން: ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް، ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުމެއް ނެތް

06 މެއި 11:57

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި މިއަދު ހެނދުނުން ފެށިގެން މިރޭ 9:00 އާ ހަމައަށް ހައި ކޯޓު ހުޅުވާފައި ހުންނާނެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބަލަނީ ހައި ކޯޓުން.

06 މެއި 11:45

ފޭދޫގެ ވޯޓްލާ މަރުކަޒެއްގައި އޮފިޝަލުންތަކެއް މަސައްކަތުގައި.---މިހާރު ފޮޓޯ: އަހުމަދު އަދުޝަން

06 މެއި 11:41

ލޯކަލް އިންތިޚާބުގައި މަރަދޫފޭދޫގައި މީހަކު މިއަދު ވޯޓުލަނީ.---މިހާރު ފޮޓޯ: އަހުމަދު އަދުޝަން

06 މެއި 11:39

ލޯކަލް އިންތިޚާބުގައި ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހަކު މިއަދު ވޯޓުލަނީ.---މިހާރު ފޮޓޯ: އަހުމަދު އަދުޝަން

06 މެއި 11:18

މިފަހަރުގެ ލާމަރުކަޒީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ، ޗާޕު ކުރި ވޯޓު ކަރުދާހުގެ އަދަދު ދެ ގުނަ އިތުރު ވެފައިވަނީ، ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް ވަކިން ވޯޓު ކަރުދާސް ޗާޕު ކޮށްފައިވާތީ އެވެ.

06 މެއި 11:15

ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ރަށެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކު ވެސް ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލަށް ވޯޓު ލާންޖެހޭތީ، އެއިން ކޮންމެ މީހަކަށް ދެ ކަރުދާސްކޮޅު ޗާޕު ކުރަންޖެހޭނެ އެވެ. އެހެންކަމުން ރަށްރަށުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދުގެ ދެގުނަ އަށް ވޯޓު ކަރުދާސް ޗާޕު ކުރަންޖެހޭނެ އެވެ. އަދި ސިޓީ ކައުންސިލްތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް ޗާޕު ކުރަންޖެހޭނީ އެއް ކަރުދާސްކޮޅެވެ. އަދި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާގޮތުން، އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ އަދަދަށް ވުރެ އެއް ޕަސެންޓް އިތުރު ނުވާ އަދަދަކަށް ވޯޓު ކަރުދާސް ޗާޕްކުރަން ޖެހޭނެ އެވެ. އެހެންކަމުން ލާމަރުކަޒީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ވުރެ، ޗާޕު ކުރަންޖެހޭ ވޯޓު ކަރުދާހުގެ އަދަދު ދެ ގުނަ އަށް ވުރެ އިތުރުވާނެ އެވެ.

06 މެއި 11:00

އަކްރަމް ވިދާޅުވީ ވޯޓުކަރުދާސް ޗާޕްކޮށްފައި ވަނީ ގާނޫނުގައި ބުނާ އަދަދަށް ކަމަށް. ރަށު ކައުންސިލަށް ވޯޓުލާ މީހުން އަތޮޅު ކައުންސިލަށް ވެސް ވޯޓުލާން ޖެހޭނެ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މި އިންތިހާބުގައި ވޯޓު ކަރުދާސް ޗާޕްކޮށްފައި ވަނީ އެ ގޮތަށް ބަލައިގެން އެއްވެސް މައްސަލައެއް ދިމާނުވާނެ ގޮތަކަށް ކަމަށް.

06 މެއި 10:59

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން ވޯޓު ކަރުދާސް ޗާޕްކުރަން ޖެހޭނީ އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ އަދަދަށް ވުރެ އެއް ޕަސެންޓް އިތުރު ނުވާ އަދަދަކަށް. އަކްރަމް ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 255،987 މީހުންނަށް. މި އިންތިހާބުގައި ވޯޓުލުމަށްޓަކައި 431،939 ވޯޓުކަރުދާސް ވަނީ ޗާޕްކޮށްފައި ކަމަށް އަކްރަމް ވިދާޅުވި.

06 މެއި 10:57

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން މާ ބޮޑު ޝަކުވާއެއް މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށް. ނަމަވެސް ކިޔޫ ބޮޑުވުމާއި ހޫނުގަދަވުން، އަދި އެކި އޮފިޝަލުން އެކި ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް.

06 މެއި 10:23

ވޯޓުލީކަން އަންގައިދިނުމަށްޓަކައި އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭ ކަމަށް ބައެއް މީހުން ބުނަމުން އެބަދޭ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ އެ ފާހަގަ ފޮހެވޭ ކަމުގެ ޝަކުވާއެއް ނުލިބޭ ކަމަށް. އަދި މި އިންތިޚާބުގައި ވެސް ބޭނުކުރަނީ 2013 ގެ ރިޔާސީ އިންތިޚާބާއި އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ބޭނުންކުރި ދެލި ކަމަށް.

06 މެއި 10:09

ލޯކަލް އިންތިޚާބުގައި ރައީސް ޔާމީން މިއަދު ވޯޓުދެއްވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 10:07

ލޯކަލް އިންތިޚާބުގައި ވޯޓުލެއްވުމަށްޓަކައި ރައީސް ޔާމީން އިނގިލީގައި ފާހަގަޖައްސަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 10:04

ވޯޓުލާ މަރުކަޒެއްގެ ކައިރީގައި އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: އަބްދުﷲ ޖަމީލް

06 މެއި 10:02

ފުވައްމުލަކުގެ ކެންޑިޑޭޓުންގެ މަންދޫބުން މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: އަބްދުﷲ ޖަމީލް

06 މެއި 10:00

މާލޭގައި ބަހައްޓާފައިވާ ފުވައްމުލަކުގެ ވޯޓުފޮއްޓަށް ވޯޓުލާން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: ފުވައްމުލަކުގެ ވޯޓުފޮށިތަކަށް ވޯޓުލުން ފެށުނީ އެއް ގަޑިއިރަށް ވުރެ ގިނަ ދުވަސްވީ ފަހުން.---މިހާރު ފޮޓޯ: އަބްދުﷲ ޖަމީލް

06 މެއި 09:49

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލާން ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން.---މިހާރު ފޮޓޯ

06 މެއި 09:46

އަރަބިއްޔާ ސްކޫލުގައި ފުވައްމުލަކު މީހުންނަށް ބަހައްޓާފައިވާ ވޯޓުފޮއްޓަށް ވޯޓުލުން ފަށައިފި.

06 މެއި 09:45

މާލޭގައި ބަހައްޓާފައިވާ ބައެއް ވޯޓުފޮށިތަކަށް އަދިވެސް ވޯޓުލާން ނުފެށޭ. އޮފިޝަލުން ހަމަނުވުމުންނާއި ތަފާތު އެހެން ސަބަބުތަކާ ހެދި ވޯޓުލުން ނުފެށި ލަސްވާއިރު، އިންތިޒާމުތަކާ މެދު އާންމުންގެ ހިތްހަމަނުޖެހުން ވެސް ދަނީ ފާޅުކުރަމުން.

06 މެއި 09:43

ޣިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް އެސްއޯ ފުލުހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

06 މެއި 09:29

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިތަކެއްގެ ކައިރީގައި ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 09:27

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލުމަށްޓަކައި ބަޔަކު ކިއޫގައި މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

06 މެއި 09:26

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލުމަށްޓަކައި ބަޔަކު ކިއޫގައި މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

06 މެއި 09:21

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 09:20

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 09:18

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 09:16

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ފުލުހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 09:13

ގަލޮޅު ދެކުނުގެ މީހުންނަށް ގަލޮޅު މަދަރުސާގައި ބަހައްޓާފައިވާ ތިން ވޯޓުފޮށީގެ ތެރެއިން ތިންވަނަ ފޮއްޓަށް ވޯޓުލާން ފަށައިފި. އެ ފޮއްޓަށް ވޯޓުލާން ފެށުން ވެސް ލަސްވީ އޮފިޝަލުން ހަމަނުވެގެން.

06 މެއި 09:09

ވޯޓުލުން ހެނދުނު 8:00 ގައި ފެށި ނަމަވެސް އަދިވެސް ބައެއް ތަންތަނުގައި ވޯޓުލުން ނުފެށޭ. ސަބަބެއް ކަމަށް ވަނީ އަދިވެސް ބައެއް ވޯޓުފޮށިތަކަށް އޮފިޝަލުން ހަމަނުވުން.

06 މެއި 08:52

މާލެ: މޭ 6، 2017: ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުުލުމަށް އިނގިލީގައި ފާހަގަ ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

06 މެއި 08:51

މާލޭގައި ބަހައްޓާފައިވާ ވޯޓޮފޮށިތަކެއްގެ ކައިރީގައި އޮފިޝަލަކު މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:46

މާލެ: މޭ 6، 2017: ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

06 މެއި 08:45

މާލެ: މޭ 6، 2017: ލޯކަލް ކައުންސިލް އިންތިހާބުގައި އުމުރުން ދުވަސްވީ މީހަކު ވޯޓުލުމަށްފަހު، އެހީތެރިޔާއެކު ނުކުންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

06 މެއި 08:42

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަަކަށް ވޯޓުލުމަށްޓަކައި މަޑުކޮށްލައިގެން ތިބި ބައެއް.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:40

އަރަބިއްޔާ ސްކޫލުގައި ފުވައްމުލަކު މީހުންނަށް ބަހައްޓާފައިވާ ވޯޓުފޮށިތަކަށް ވެސް އަދި ވޯޓުލާން ނުފެށޭ. ސަބަބެއް ކަމަށް އޮފިޝަލުން ވިދާޅުވީ ވޯޓުފުށި ސީލް ނުކުރެވިގެން ކަމަށް.

06 މެއި 08:39

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ ކިނބިދޫ ދާއިރާގެ މީހުންނަށް މާލޭގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ނުފެށި ލަސްވަނީ ކޮމިޝަނުން ކަނޑައެޅި އަދަދަށް އޮފިޝަލުން އަދި ހާޒިރު ނުވެގެން ކަމަށް. މީގެ އިތުރުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުން ނުފެށި ލަސްވަނީ ކަރަންޓުގެ މައްސަލައެއް ޖެހިގެން ކަމަށް އޭނާ ވިދާޅުވި.

06 މެއި 08:36

ލޯކަލް އިންތިޚާބުގެ ވޯޓުފޮށި ކައިރީގައި ހަރަކާތްތެރިވާ ބައެއް އޮފިޝަލުން.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:34

މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިޚާބުގައި ވޯޓުލިކަން އަންގައިދޭ ފާހަގަ މީހެއްގެ އިނގިލީގައި ޖަހަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:31

މިއަދު ކުރިއަަށް ގެންދާ ލޯކަލް އިންތިޚާބުގައި މާލޭގައި މިއަދު މީހަކު ވޯޓުލަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:30

ލޯކަލް އިންތިޚާބުގެ ވޯޓުލުމަށްޓަކައި މީހަކު މާލޭގައި މިއަދު ނަން ޗެކް ކުރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:28

މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިޚާބުގެ ވޯޓުލުމަށްޓަކައި މާލޭގެ ސެންޓަރެއްގެ ކައިރީގައި މީހުން މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:27

މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިޚާބުގެ ވޯޓުލުމަށްޓަކައި މާލޭގެ ސެންޓަރެއްގެ ކައިރީގައި މީހުން މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ނިޝާން އަލީ

06 މެއި 08:26

ވޯޓުލުން ހެނދުނު 8:00 ގައި ފެށި ނަމަވެސް ބައެއް ތަންތަނުގައި އަދި ވޯޓުލުން ނުފެށޭ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.

ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، މާލޭގައި ވޯޓުލުމަށްޓަކައި ގިނަ ބަޔަކު ވަރަށް ހެނދުނާ ނުކުމެފައިވާކަން ފާހަގަކުރެވެ އެވެ. ވޯޓުން ފެށިއިރު ވެސް، މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ކައިރީގައި ގިނަ ބަޔަކު ވަނީ ކިޔޫ ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން އެ ކޮމިޝަނުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. އިންތިހާބީ މަރުކަޒުތަކަށް އޮފިޝަލުން ހަމަކޮށް، ވޯޓު ކަރުދާސް ފޮނުވައި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިޚާބުގެ ވޯޓުލުމަށް މާލޭގެ ސެންޓަރެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އަޅުގަނޑުމެން ވާނީ ވަރަށް ބޮޑަށް އިންތިހާބުގެ ހުރިހާ ކަމަކަށް ތައްޔާރުވެފައި. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން މި ޔަގީންކުރަނީ އެއްވެސް މައްސަލައެއް ނެތި އިންތިހާބުގެ އިދާރީ ހުރިހާ ކަމެއް ކުރިއަށް ދާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި އެ ކޮމިޝަނުގެ 4،000 އޮފިޝަލުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

އިންތިހާބުގެ ބައެއް މައުލޫމާތު

- ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 255،987 މީހުންނަށް. - ވޯޓުލާން 431،939 ވޯޓުކަރުދާސް ވަނީ ޗާޕްކޮށްފައި.

- އިންތިޚާބުގައި 422 ވޯޓުފޮށި ވަނީ ބަހައްޓާފައި.

- ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 1،497

- ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1،146 މީހަކު ހަރަކާތްތެރިވާނެ.

- ބޭރުގެ ހަ ގައުމަކުން އިންތިހާބު އޮބްޒާވްކުރަމުން އަންނައިރު، ރާއްޖެ އިން 898 އޮބްޒާވަރުން ހަރަކާތްތެރިވާނެ.

- އިންތިޚާބުގައި 179 ރަށު ކައުންސިލަށް 563 ކައުންސިލަރުން އިންތިޚާބުކުރާނެ. - 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުން ހޮވާނެ. - މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުން ހޮވާނެ. - އިންތިޚާބުގައި ހޮވަން ޖެހޭ ޖުމްލަ އަދަދަކީ 653 ކައުންސިލަރުން. ތަފާތު ސަބަބުތަކާ ހުރެ 13 ކެންޑިޑޭޓަކަށް ވަނީ އޮޓަމެޓިކުން ގޮނޑި ކަށަވަރުވެފައި.

- މި އިންތިޚާބު މިއަދު މި ބާއްވަނީ އެކި ސަބަބުތަކާ ހުރެ ތިން ފަހަރަށް ފަސްކުރުމަށް ފަހު އެވެ.

149 ކޮމެންޓް, 142 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 4%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

07 May 2017

ދަރުބާރު ފެކްޝަންއަށް ސީޓު ދޫކޮށްލި މީހާ އެހެން ނެހެދިނަމަ އޭނަވެސް ހޮވޭނެ. 13/13 ލިބޭނެ. އެމީހަކަށް ލިބުނު ވަގުތީ މަންފާއަށްވުރެ ވަޒީފާއިން މާގިނަ ފައިސާވެސް އަދި އިހްތިރާމުވެސް ލިބޭނެހެން ހީވަނީ. މިވެސް ދެންތިބި ބަޔަކަށްވެސް ލިބުނު ފިލާވަޅެއް.

The name is already taken The name is available. Register?

ޔަޤީން

07 May 2017

މިފެންނަނީ އައްޑޫ ފޯއްމުލަކުގެ ދާއިރާގެ ރައްޔިތުންނަށް މާލޭގައި އިންވެސްޓްކޮށްގެން އާއިލާއަށް ރާއްޖޭންބޭރުންނާއި މާލެއިން ތަޢްލީމު ޚާސިލްކޮށްދީ އަރާމުގައި އުޅެ، ދާއިރާގެ ރައްޔިތުން ބިކަކުރާތަނެވެ. ކޮންދަފުތަރެއްތޯ އުވާލާ މިކަމުގެ ބޮޑު ޒިންމާ މައުމޫނު ނަންގަވަންޖެހޭނެ.

The name is already taken The name is available. Register?

ލިމޯ

07 May 2017

ޕީޕީއެމް އައް ރާކަނިމަސް ކެވިފައޮންނާނީ....ހެ ހެ ހެ

The name is already taken The name is available. Register?

މުހައްމަދު

07 May 2017

މިއަދަކީ އެމްޑީޕީއަކަށްވެސް ޕީޕީއެމް އަކަށްވެސް ކާމިޔާބު ލިބުނު ދުވަހެއް ނޫނެވެ. ކާމިޔާބު ހޯދީ ރައްޔިތުންނެވެ. ރައްޔިތުންނާ ދެކޮޅަށް ރައްޔިތުންގެ ނުހުރުމުގައި ކަންކަން ސަރުކާރުން ކުރަން ފެށީމާ އެމްޑީޕީއާ ދެކޮޅަށްވެސް އަދި ޕީޕީއެމް އާ ދެކޮޅަށްވެސް ރައްޔިތުން ވަނީ އެމީހުންގެ ބަސް އިއްވާފައެވެ. ރައްޔިތުން މިއިން ކޮންމެ ޕާޓީއަކާވެސް ވެރިކަން ހަވާލުކުރަނީ ފޮނި އުންމީދުތަކަކާއެކުގައެވެ. އެ އުންމީދު ހާސިލުކޮށް ނުދީ ތިމަތިމާގެންގެ އަމިއްލަ އެދުމާއި ޖާހު މަތިވެރިކުރުމަށް ޑްރާމާ ކުޅެން ފެށީމާ ކޮންމެ ފަހަރަކު ރައްޔިތުންގެ އެމީހުންގެ ބަސް އިއްވަނީއެވެ. ރާއްޖޭގެ ބޮޑެތި ޕާޓީތަކުން މާޒީން އިބްރަތް ހޯދައިގެން ރައްޔިތުން ރުހޭ ގޮތަށް އަދުލުވެރިކަމާއެކު ވެރިކަން ނުކުރާނަމަ ކުރިމަގުގައިވެސް ކަންކަން ނިމިގެންދާނީ މި ބީދައިންނެވެ.

The name is already taken The name is available. Register?

ކަރމާ

07 May 2017

ގެ ކުއްޔާ ކަރަންޓާ ފެނާ ކާބޯތަކެތި ހެސްކިޔާފަ ބޮޑު ވެއްޖެ. ސޯޝަލް ހައުސިންގ އަތްނުފޯރާ ހިސާބުގަ. ޓެކްސް ލާރިން ތަރައްގީ މާލެ އަށް އެކަނި. ހިއްކާ ބިމެއްވިއްޔާ މުއްސަދިންނަށް އެކަނި ގަނެވޭ އަގުގަ. ރާއްޖެތެރެ އަށް މި ލިބެނީ ބަށި ކޯޓެއް. އިންސާފެއް އެއްކަމެއގައިވެސް ނެތް. ކޮރަޕްޝަން ނެތް ތަނެއް ނެތް. ޕޕއމ ބަލިވި ސަބަބު ވަރަށް ސާފު

The name is already taken The name is available. Register?

ރ.މޫސަބެ

07 May 2017

މަޖިލިސް ހުޅުވުނީމަ ނޯ ކޮންފިޑެންސް ނަގާ މިކަން ނިންމާ ލަންވީ

The name is already taken The name is available. Register?

ޒާހިދު ޑިސްޓުރޯޔާރ

07 May 2017

ކޯޑިނޭޓަރޫ.......ތަމެން ބޮޑެތި ކުއްކުރާ މީހުން ކައުންސިލަ ތަކައް ނެރުނީމަ ތާހިރު ވެއްޖެނު.......ދެން ލަލަލާ

The name is already taken The name is available. Register?

ނިޔާޒް

07 May 2017

ޔާމީން ބަލިވީ އިދިކޮޅު ހުރިހާަ އެންމެނާ ކުޅެގެން...ވީމާ އަންނި، މައްމޫނު،އަދާލަތު އަދި ގާސިމް އަށް ލިބުނު ހުރިހާ ވޯޓެއް އެއީ އެންޑީޕީ އަށް ލިބުނު ވޯޓެވެ..މިއިން އެނގުނު ކަމަކީ ޔާމީނަށް އޮތް ތާއީދު ކުޑަނުންކަމެވެ.

The name is already taken The name is available. Register?

އަލީ

07 May 2017

މިއީ އިދިކޮޅު ގިނަ މީހުން ޖަލުގައާއި އަރުވާލެވިފަތިބެ މާކަބޮޑު ކެންޕެއިނެއްވެސް ނުކޮށް ސަރުކާރުން ބޭނުންވާވަރަށް ތައްޔާރުވެ ބެނުން ތާރީހެއްގަ ބާއްވާފަ ގިނަ ރައްޔިތުން ވަޒީފާގެ ބިރަށްވެސް ވޯޓްލައިގެންވިވަރު. ގިނަ މީހުންނަށް ނުވެސް އިނގޭ އެމްޔޫއޯއިން ނެރުނު ބައެއްވެސް. އަސްލު ފްރީ އެންޑް ފެއާ އިލެކްޝަނެއްގަ ވަހީދުއަށްވިވަރުވެސް ނުވާނެ.

The name is already taken The name is available. Register?

އުމަރު

07 May 2017

ޕީ.ޕީ.އެމް ސަރުކާރަށް ތާއީދު އެބޮތް..... މިފަހަރު ޕީ.ޕީ.އެމް އިން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައި ތިބި ގިނަ މީހުންނަކީ ރަށްރަށުގެ ތަރައްޤީއެއް މަސައްކަތް ކުރާބަޔަކަށް ނުވާތީ ޕީ.ޕީ.އެމްގެ ގިނަ ރައްޔިތުން ވޯޓު ދޭން ބޭނުން ނުވި....

The name is already taken The name is available. Register?

އިބްރާހީމް

07 May 2017

ވީގޮތަކީ ވަރަށް ފޫހި ރައްޔިތުންނާ ބީރައްޓެހި މޫނެއް ކެމްޕެއިން ޕޯސްޓަރު ތަކުގައި ހުރުމުން ވީގޮތެއް

The name is already taken The name is available. Register?

ފާދުވެރި

07 May 2017

އިންތިޚާބުގެ ނަތީޖާ ޗާރތަކުން ދައްކާލިނަމަ ވަރަށް ސަޅިވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454