ޕީއެންއެފްގެ ޖަލްސާގައި މަދަދާއަށް ފުރައްސާރަކޮށް، ހިނިގަނޑެއް ޖަހާލަނީ.-
12 މެއި 2025 - 16:38
ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ އަށް ފުރައްސާރަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޖަލްސާގައި ދެއްކި ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވެއްޖެ އެވެ.
އެ ކޮމިޝަނުން ނެރުނު އެންގުމެއްގައި ބުނީ، އެކި ފޯރަމްތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަކުރަންދާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބު ކުރާއިރު، ޒާތީ ތައައްސުބުން އެއްކިބާވެ، އިހުތިރާމާ އެކު ކޮންޓެންޓު ގެނެސްދިނުމަށް ބްރޯޑްކޮމުން އެދުނެވެ.
"އެހެންކަމުން މިފަދަ ގޮތްގޮތަށް ނޫސްވެރިންނަށް އަމާޒުކޮށް ދެއްކެވޭ ވާހަކަތައް ބްރޯޑްކާސްޓުކުރުމުގައި ސަމާލުކަން ދިނުމަށް ވެސް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެންގުމުގައި ވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 1:15 ސިކުންތުގެ ވީޑިއޯގައި، ޕީއެންއެފް އިން މި ފަހުން ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) މަދަދާ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ޖޯކު ޖަހާ ތަން ފެނެ އެވެ.
އޭގައި ވަހީދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ މަދަދާ ފިޔަވައި އެހެން އެންމެންނަށް ފިއްލަވައިގެން ކަމަށެވެ.
އެހެން ބުނެ، ކައިރީގައި ތިބި މީހުން ހިނިގަނޑެއް ޖަހާލަ އެވެ.
އެ އަށް ފަހު، ޔާމީން ވަނީ އެ ކަހަލަ ހުރިހާ ޖަލްސާއެއް ކަވަރު ކުރަން ރަށްރަށަށް ގެންދަނީ މަދަދާތޯ ސުވާލު ކުރައްވައިފަ އެވެ. އެ ވަގުތު، ވަހީދު ވަނީ، މަދަދާއާ ބައްދަލުވުމުން ރައީސް މުއިއްޒަށް ހުރިހާ ކަމެއް ކަވަރުވީ ކަމަށް ބުނެ، ފުރައްސާރަކޮށްފަ އެވެ.
"މަ ދާ ތަނަކަށް މަދަދާ ތަ ދަނީ" މަދަދާ އަށް ޖޯކު ޖަހައި، ޔާމީން އެހެން ވިދާޅުވުމުން ވަހީދު ވަނީ "އާދެ"އޭ ބުނެފަ އެވެ. އެއާއެކު، ކައިރީގައި ތިއްބެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ކުރީގެ ނައިބު ރައީސް ޖަމީލް ވެސް ވަރަށް ބާރަށް ހިނިގަނޑެއް ޖައްސަވަ އެވެ.
ޖަމީލާއި ވަހީދު ވަނީ މަދަދާ ހެދުން އަޅާ ގޮތަށް ވެސް ޖޯކުޖަހައިފަ އެވެ.
"ވައްޑެ، އެއީ ހާއްސަ ކުއްޖެއްތޯ،" އެ ފުރައްސާރައިގެ ތެރޭގައި މަދަދާ އަށް ނިސްބަތްކޮށް ޔާމީން އައްސަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭޅި
13 May 2025
މީގައި އަސްލުގޮސް ގުޅެނީ ނޫސްވެރިޔާއަކަށް ނޫނެވެ. ރައީސް މުއިއްޒަށެވެ. ދެން އޭނާ ހެދުން އަޅާގޮތް ލަތީފް (ޝެއިހް ލަތީފް) އެޕްރޫވް ކުރައްވާތޯ ސުވާލު ކުރުމުން ނޫސްވެރިޔާއަށް ކުޑައިމީސް ވެއެވެ. އެއީ އޭނާ ހެދުން އަޅާގޮތާމެދު "ހަޖޫ" ޖެހުން ކަމަށްވެދާނެއެވެ. އެހެނަސް އެއިގެވެސް ބޮޑުބައި މި ގުޅެނީ މުއިއްޒުގެ "ދީން ވެރިކަމާ" އާދެ ސަލަފިއްޔާއާ އޮތް ގުޅުމަށް. ޖުމްލަ ކޮށް ބުނާ ނަމަ ނޫސްވެރިޔާއަށް ފުރައްސާރަ ކުރުމުގެ ނިޔަތެއްގައި ކުރިކަމެއްކަމަށް ނުބެލެވޭ
މާޖެހި ޕިންކު ޖަންގި..
13 May 2025
2028ގަ މަނިކުފާނު ގޮޅިއަށް ލީމަ ޕާޕާ ނޫނީ ހުސައިން ވަހީދު ނޫނީ ޖަމީލުމެން މީހަކު ހުސް ގޮނޑިއެއް ހިފައިގެން ނިކުމެ ވެރިކަން ހޯދާނެ. ހަޑިކޮށް ނޫޅުއްވާ.
ޢަލީ ބަލީ
13 May 2025
ތި މީހުންނަށް ހީވަނީ ތިވަރު ގެ ބަޔަކު ނެއްހެން. އެކަމަކު މި މީހުންނަށް ތާއީދުކުރާ ދިވެހިރައްޔިތުންގެ 0.0001% މީހުންވެސް ނޫޅޭނެ.
ޝާރލީ
13 May 2025
ތީގަ ވާގޮތަކީ ވެރިކަމަށް އަންނަ ބަޔަކު ވާދަވެރީން ގޮޅިއަށްލާ ދަތިކުރީމަ ރައްޔިތުން ވޯޓު ދެނީ ވެރިކަން ވައްޓާލަން. މިސާލަކަށް އަންނި ހައްޔަރުކޮށް އިލެކްޝަނަށް ކުރިމަތި ނުލެވުނީމާ އިބޫ ނެރެ ޔާމީނު ވެރިކަން ނިންމީ. ހަމަ އެގޮތަށް 2023 ގަ ޔާމީނަށް ކުރިމަތި ނުލެވުނީމާ އިބޫގެ ވެރިކަން ނިންމަން މުއިއްޒަަށް ވެރިކަން ދިނީ. މާބޮޑު ތާއީދެއް އޮވެގެން ވާކަމެއް ނޫން ތީކީ. ހަމަ އެގޮތަށް މާދަމާ މަންދީ، ޝަމްހީދު، ޖަމީލު، ޕާޕާ މީހަކަށްވެސް ވެރިކަން ލިބިދާނެ..
އަޚްލާގުގެ އެންމެ މަތީ ދަރަޖަ
13 May 2025
މުޒާހަރާއެއްގެ ތެރެއިން، އޭރުގެ ރައީސަށް މުޚާތަބުކޮށް މިހާރު މަޖްލިސް ރައީސް ބުނި ބަސްކޮޅު އަދިވެސް ހަމައެއްވަނަ. އެހެންވީމަ އަޚްލާގް އޮތްތަން އެނގެ އެއްނު.
ކޮއިމާލާ
13 May 2025
ޔާމީނާއި، ޖަމީލާ، ހުސޭން ވަހީދާއި ބާރުގަ ތިބި ދުވަސްވެސް އަހަރެމެން ދެކުނިން.. ނޫސްވެރިން އުޅުނު ހާލުވެސް އަހަރެމެން ދެކުނިން.... ކުދިންނޭ މިވެސް ދުނިޔެ.. ހިޔެއްނުވޭ ދެންތި ޕީއެންއެފް ބޮޑް ޕާޓީއަކަށް ވާނެ ހެނެއް. ދެން ޕީއޭ ސައިޒުގަ ތިބޭ
ޔުއާފުރެންޑް
13 May 2025
ކިތައްމެ ޖޯކެއް ޖެހިޔަސް އޯކޭ.. ހުއްޓާ ނުލާތި ކުރިޔަށް ބާރަށް ކަމަނާ ދާންވީ.. އެއުޅެނީ ޖެލެސްވެގެން.. ހަމަ އަސަރެއްކުރަނީ އެމީހުން އެހެންނަށް..
ަވަދީ
13 May 2025
އަހަރެން ހަމަ އަންތަރީސްވޭ މިގައުމުގެ ބޮޑޮތި މަގާމުތައް އަދާކޮށްފައި ތިއްބެވި ބޭފުޅުން އުޅުއްވާ ގޮތުން.. ކޯއްޗެއް މަދުވެގެންބާއޭ ހިތަށް އަރާ، ޅަޒުވާނުންނަށް ރީތި މިސާލު ދައްކަންވީމަ މިބޭފުޅުން މިއުޅުއްވަނީ ބަންގާޅު ޑުރާމާ ތަކުގަ އުޅޭ ސިޔާސީ މީހުން އުޅޭފާޑަށް
ކަރީމު
13 May 2025
ޔާމީނެވެ..! ދިވެހިންގެ ބެއިތެލްމާލުން މަނިކުފާނަށް މިހާރުވެސް ކުރީގެ ރައީސަކަށްވީމަ ލިބިވަޑާގަންނަވާ އިނާޔަތުގެ ފައިސާކޮޅު މަދޫތޯއެވެ؟ ގައުމަށް ފައިދާ ހުރި އެއްވެސްކަމެއް މިހާރު ކުރައްވާތަނެއް ނުފެނެއެވެ. ފިތުނަޔާ ފަސާދައާއި މީހުންގެ އަބުރާ ބެހުމާއި، އާޑަ ފުރައްސާރަކުރުމަކީ ހީރޯ އިން ކުރާ ކުރާކަމެއް ނޫނެވެ. މަނިކުފާނުވެސް ޒީރޯ އެއްގެ ދަރަޖަޔަށް އަމިއްލަފުޅަށް ވެއްޓިވަޑާނުގައްނަވާށެވެ.
މަދާދާ
13 May 2025
އަހަންނަކީ ރައީސް ޔާމީނައް ވަރައް ތާއީދުކުރި މީހެއް އަދިމިހާރުވެސް ބައެއްކަހަލަ ކަންތައްތަކުގަ ހަމަ ތާއީދުކުރުވެވޭ. ނަމަވެސް މިހާރު ދީނީގޮތުން މާރަގަޅުމީހުނައް ހެދިގެންއުޅޭ މީހުނާ މާގަޓުވެގަނެގެން އުޅޭމީހުން ތިބެގެން ތިގެންދާ ދެބައޮޑުވުވުމުގެ ސިލްސިލާތަކުން މަނިކުފާނާ ޑރ. ފޮނިބެގެ އަގެއް ކީއްކުރަން ތިޕާޓީގެ އަގެއްވެސް ނެތް. ތިބޭފުޅުން އަންގަދޭން ތިއުޅުއްވަނީ ނެތިމޮށުމާ ހަޖޫޖެހުމަކީ ގޭގެ ސިޓިންރޫމުގަ ކުރުން އެންމެ ރަގަޅުކަމެއްކަން.
ކަވާ
13 May 2025
ދެން ވޯޓޫލާކަށަް ނުދާނަން ވ ފޫހި މިސިޔާސީ މީހުން ދެކެ