ހުޅުމާލޭގައި އާބަން ފާމިންގެ ދެވަނަ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
03 ޖޫން 2025 - 21:03
ހުޅުމާލޭގެ އާބަން ފާމިންގެ ދެވަނަ މަޝްރޫއު މިއަދު ފަށައި، 18 ބިމެއް ދަނޑުވެރިކަމަށް ކުއްޔަށް ދޫކޮށްފި އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ހުޅުމާލޭގައި އާބަން ފާމިންގެ ދެވަނަ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީއާ ގުޅިގެން އެ ކުންފުނިން ހިންގާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީނު ދިނުމުގެ އިތުރުން އެ މީހުން ހައްދާ ބާވަތްތައް ވިއްކައި، އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށް ދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ މި މަޝްރޫއުގެ ދަށުން މި ބުރުގައި 84 ދަނޑުވެރިން ތަމްރީނުކޮށް އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
އާބަން ފާމިން މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހައްދާ ދަނޑެއް.-- ފޮޓޯ: އެޗްޑީސީ
މިއަދު އިފްތިތާހުކުރި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމަށް އެ ބިންތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ވެސް ހަދާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އާބަން ފާމިން މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 2021 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހުޅުމާލޭ ނެއިބާހުޑް ތިނަކުން 16 ބިމެއް ދަނޑުވެރިކަން ކުރަން ކުއްޔަށް ދޫކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު އިސްމާލް
04 June 2025
މިކަހަލަ ކަންކަން ގިނަކޮށްގެން ރައްޔިތުންނަށް ފްރެޝް މޭވާ އާ ތަރުކާރީ ލިބޭނީ. މިކަހަލަ ޕްރޮޖެކްޓްތައް ގިނަކުރަންވީ.
ފޫހި
04 June 2025
އާރބަން ފާރމިންގނޭ ކިޔައިގެން މީޑިއާގައި ހެޑިންގ އަޅާއިރު 20 ފޫޓް ކުޑަ ތަންކޮޅެއްގައި ހެއްދޭނެ އެއްޗެއް އޮންނާނެތަ؟ ބޮޑު ހަޑިއެއް ހާވަނީ
އުނބުށޭމު
04 June 2025
އެ ތަންތަން ހަދާފައިހުރިގޮތާއި މަޤްޞަދު ކިތަންމެ ރަނގަޅު ނަމަވެސް އެތަންތަން ދިނުމަށް މީހުން ހޮވުމަށް ނެގި ގުރުއަތާއި ރަށުމާރުކޭޓުގެ ގޮޅިތައް ދިނުމަށް ނެގި ގުރުއަތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވުމަކީ ވަރަށް ދެރަކަމެކެވެ. އަދި ދަނޑުވެރިކަމަކަށް އެކަށީގެން ނުވިޔަސް ދައުލަތުގެ އެވަރުގެ އަގުހުރިބިމަކުން ތަންކޮޅެއް ލިބުމަށްފަހު އެތަންތަނުގެ ބޭނުން ހިފަމުންދަނީ އަދި މާދެރަވަރުކޮށެވެ. ދިނުމަށްފަހު ބެލެހެއްޓުމުގެ ޒިންމާ އެޗްޑީސީން ނަގާބާވައޭ ހިތަށ
ނޫޙް އިބްރާހިމް
04 June 2025
މީ އަބަދުވެސް ކުރަން ޖެހޭ ކަމެއް. މިކަން ކުރުމުން މިގައުމުން އިމްޕޯޓް ކުރަން ޖެހޭ ވަރު މަދުވެ ހަމަ ގައިމުވެސް އިގްތިސާދުން ޑޮލަރ ބޭރުވާ ވަރު މަދުވެގެން ދާނެ.
ސިއްބަޒް
04 June 2025
މިވާނެ ވަރަށް ފައްކާ ކަމަކަށް. މިކަންކަން އިތުރުކޮށް ގައުމުގެ އިގްތިސާދަށް ބޮޑު ލުޔެއް އަންނާނެ.
ހައްގުބަސް.
04 June 2025
އައްޑޫ މިންތަ އައޑޫމީހުން ހެޔޮގޮތުގަ ބޭނުމެއް ނުކުރޭ. ތަހުޒީބެއްނުން
ހަމްދީ.
04 June 2025
ކ.މާލޭގައި ހިގާ ކަމަކާއި ައއްޑޫ ބިމާއި އޮތީ ކޮން ގުޅުމެއް. ވަރިހަމަ އެއްނު ކ.މާލޭގެ އެތައް ބަޔަކު އައްޑޫ އިން ބިން ދަމައިގަނެގެންނު ތިތިބީ.
ސަމްސިއްޔާ
04 June 2025
ދެން ތިޔަތަންތަނުން ކުލި ހޯދަން ދުވަންވީ
މުޑަހަންޖާ
04 June 2025
ތިޔައުޅޭ ދަނޑުވެރިކަމާބެހޭ މިނިސްޓްރީއަކީ ގާނޫނެއްހަދާފަ ރާއްޖޭގައި މަނާކުރަންޖެހޭ މިނިސްޓްރީއެއް. ތިޔަ މިނިސްޓްރީއެއް 40 އަހަރު ހިންގިއިރު ބަނބުކޭލެއް 150ރ އަށް، ކާއްޓެއް 50ރ އަށް އަރައިގެންދިޔައިރު އެންމެ ބަނބުކެޔޮގަހެއް ހެއްދުނުތޯ، އެންމެ ތޮރާ ގަހެއް ހެއްދުނުތޯ. ތިތަނުން ކުރާކަމެއް އޮޑިޓުކޮށްފަ ބަލަންޖެހޭ. ރާއްޖޭގައި 2000 ރަށް އޮތްއިރު ކ.ހުޅުމާލޭ ދެގޯޅިދޭތެރޭ ދަނޑުގޮވާން ނުކުރެވިގެން އެކަމާ ވަޒީރު ގޮސް އެހެރީ.
އޮނަރަބްލް އަފީފު ދީދީ
04 June 2025
ފައިސާ ފޮއްޗެއް ލިބޭ ނަމަ އެކަމެއް ކުރަންވާނީ މާތް ވެގެންވާ މުޤައްދަސް ރަށް ކޮޅުގައި. އިންޓަރނޭޝަނަލް ފައިނޭންޝަން ސެންޓަރ އާއި ޑްބާއީގައި އޮތް ފަދަ ކާރު ރޭސް ޖަހާ ޓެރެކާއި، ވޯޓަރ ތީމް ޕާކް ތަކާއި، އަންޑަރ ވޯޓަރ ޓަނަލް ތަކާއި، މޮނޮރޭލް އަދި ބައިނަލް އަޤުވާމީ ކުރޫޒަރލައިނާރ ޓާމިނަލް އާއި ސައުތު އޭޝިޔާގެ Burj Khalifa ފަދަ ޓަވަރު ތަކާއި، އަދި އެތައް ބައިވަރު އާބަން ފާމިން ހަދާލެވޭނީ ތިރަށުގެ ބިން ވަރަށް ބޮޑު ކަމުންކަން ޔަޤީން. ކަލޭމެނަށް ސާބަސް.
ޏަނާ
04 June 2025
އިންވެސްޓަރުންނަށްވެސް އެނގެޔޭ އަސްލު ދެކޮޅު ޖެހޭނެ އިންވެސްޓްމަންޓް. ކީއްކުރާނީ ކޮންމެ ކަމެއް ގާދޫކޮލާ ހިސާބުން ވިއްޔާ މި ނިންމަނީ.
ހޮޓްކިންގ
03 June 2025
އަޑުވެސް އެހިތާ މިތިބީ. މޭޒުދަށުން ހަވާލު ކުރި ބިންތަކެއްދޯ؟
އުނބުށޭމު
04 June 2025
ނޫން. އާންމުކޮށް އިޢުލާނުކުރި. އަދި ފުރިހަމަ އިންތިޒާމްތަކެއްގެ މަތީން ގުރުއަތުނަގާފައި ހަވާލުކުރީ. އެކަމަކު ރަށުމާރުކޭޓާއި މިތަނުގެ ފުރަތަމަ ތަނުން ފޯމުލާން ނުދާ އެތައް ބަޔެއްގެ ފޯމު ފަހުވަގުތުއެޅުމާއި، އޭގެފަހު ފަހަރު ފުރަތަމަ ނެގި ގުރުއަތުގައި ހީރަސްޖަހަން ވަކިކުއްޖަކު ބެހެއްޓުމާއި ވަކިމީހަކު ގުރުނަގަން ހުރުމާއި އެންމެ އެތިކޮޅެއްވެސް ބަލަންހުރެގެން ހާވައިގެން ނޫނީ ނުނެގުމުން ވަރަށްބޮޑަށް ސުވާލުއުފެދިފައިވޭ.