ހުޅުމާލޭގައި އާބަން ފާމިން މަޝްރޫއު އިފްތިތާހު ކުރަނީ-- ފޮޓޯ/އެޗްޑީސީ
20 ސެޕްޓެމްބަރ 2021 - 20:02
ހުޅުމާލޭގައި އާންމުންނަށް ދަނޑު ހެއްދޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީ ކުރި "އާބަން ފާމިން" މަޝްރޫއު މިއަދު ރަސްމީކޮށް އިފުތިތާހު ކޮށްފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހައްދަން ހާއްސަ ސަރަހައްދެއް ކަނޑައަޅައި މަޝްރޫއެއް ހިންގަން ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުމުގަ އެވެ.
އެ މަޝްރޫއު އިފުތިތާހު ކުރުމަށް އެ ސަރަހައްދުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެ މަޝްރޫއުގައި ބައިވެރިވުމަށް 3،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ހޮވީ 48 މީހަކު ކަމަށެވެ.
ހުޅުމާލޭގައި އާބަން ފާމިން މަޝްރޫއު އިފްތިތާހު ކުރަނީ-- ފޮޓޯ/އެޗްޑީސީ
މި މަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ އާމްދަނީއެއް އެ މީހުންނަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.
"މި ބިންތަކުގައި ހައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމަށް އިތުރު ފުރުސަތުތައް ހޯދައިދީ، އެ ކަމުގެ މަގުފަހި ކޮށްދިނުމަށް ޕްލާޒާ އޭރިއާއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރިޔަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
އާބަން ފާމިންއަށް ޖާގަ ހަމަޖައްސާފައި ވަނީ ހުޅުމާލޭ ނެއިބާހުޑް ތިނަކުންނެވެ. އެގޮތުން 16 ޕްލޮޓަށް ބަހާލައިގެން ތިން ގްރޫޕެއްގެ މީހުންނަށް ވަނީ އެ ޕްލޮޓުތައް ހާއްސަ ކޮށްފަ އެވެ. އެ ޕްލޮޓްތަކުގެ 40 ޕަސެންޓު އަންހެނުންނަށް ހާއްސަ ކޮށްފައިވާއިރު، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަނޑައެޅީ 30 ޕަސެންޓެވެ. އަދި އާއްމުންނަށް ވަނީ 30 ޕަސެންޓް ހަމަޖައްސައިފަ އެވެ.
އެ ބިންތައް ދޫކޮށްފައި ވަނީ ދަނޑުވެރި ކަމަށް ބޭނުންވާ ސާމާނުތަކާ އެކީގަ އެވެ. އަދި އެ ޕްލޮޓުތައް ލިބިފައިވާ މީހުންނަށް ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
20 September 2021
ކޮންމެވެސް ދިވެސްސެއްގެ ނަމުގަ ނަގާގެން ތިދަޑުތަކުގަ ރަސްކަން ކުރާތަން ފެންނާނީ ބަންގާޅިން .. ބަލަން ތިބޭތި މިނޫން ގޮތަކަށް ތިކަންތަށް ދޭތޯ .. މިނޫން ގޮތަކަށް ތިކަންތަށް ގޮސްސިނަމަ މަ ލޮނު ލާގެން ބަތް ނުކާނަން
ށަވިޔަނި
21 September 2021
ނިރު އެބުނިހެން މިގައުމުގައި ހިންގާ ތިކަހަލަ މަޝްރޫޢުތަކުން ފާއިދާ ނަގަނީ ބަންލަދޭޝް މީހުން. މިހާރު މިއީ އެމީހުންގެ ގައުމެއް. ގައުމު އެމީހުންގެ މުށުތެރޭ. މިކަން ހުއްޓުވޭނެ މީހަކު މިގައުމުގައިނެތް. ހުޅުމާލޭގެ ކޮމާޝަލް ދެ ޔުނިޓު ހިންގި ދެމީހަކު އެދެތަނުން ފާއިދާ ނަގަމުންގޮސް ހިތްފުރުނީމަ ދެތަން ދޮވެލާފަ ރަށަށް ދިޔައީ. ނަމުން ތަނުގެވެރިޔާ ދަރަނިވެރިވީ. މިފަދަ ކިތައް މައްސަލަ ހޭއަރަން ނުވޭތަ؟