މޯލްޑިވިއަންގެ އޭޓީއާރު ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: މިހާރު
15 ޖޫން 2025 - 12:09
މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް، ވައިބާރުވުމުގެ ސަބަބުން އެ ރަށަށް ނުޖެެއްސިގެން އެނބުރި އަތުވެއްޖެ އެވެ.
މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގަ އެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނެވެ.
އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ. ވައިގެމަގުން މާލެއިން ކުޅުދުއްފުޓަށް އާންމުކޮށް ދެވެނީ 40-45 މިނެޓުންނެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް، ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ދެންމެ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓް ނެރުނީ ހއ. އިން ފެށިގެން ޅ. އަތޮޅަށް މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 ނިޔަލަށެވެ.
Maldivian flight Q2442 diverts to MLE due to bad weather. White alert is currently issued from Haa Alifu Atoll to Lhaviyani Atoll from 11:45 to 16:00. Numerous white alerts were issued for the northern region of the Maldives in the past 3 days. pic.twitter.com/1UO8Ww9rA2
— AviatorsMaldives (@AviatorsMaldive) June 15, 2025
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ވައިގަދަވި ދުވަސް ކަމަށް ރިކޯޑްކުރެވިފައި ވަނީ މެއި 29، 1991 އެވެ. އެ ދުވަހު ސ. ގަމަށް ގަޑިއަކު 103.5 މޭލަށް ވައިގަދަވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
15 June 2025
ކީއްވެބާ ހަނިނާދޫ އަށް ނުޖެއްސާ މާލެއައީ
ޑެބީ
15 June 2025
ޕައިލެޓުންގެ ސްކިލް ދަށީކަމަށް ޑެބީއަށް ހީވަނީ. މިހާރު ޕައިލެޓުން ހަޔަ ކުރާއިރު ނުބަލާ ސްކިލްފުލް ޕައިލެޓުންތޯއެއް. ލައިސަން އޮވެފަ ސަރުކާރުގެ ބޮޑުމީހަކު ބުނެލާއިރަށް ހަޔަ ކޮށްލަނީ.
ކުރޮސްވިންޑް
15 June 2025
ތިރަށަށް ދިޔަ ޕައިލެޓްގެ ނާޤާބިލް ކަމުން ތި ނުޖެއްސުނީ އެއީ ކުޅުދުއްފުށި އެއަރޕޯރޓަކީ ހުޅަނގު އިރަށް އަޅާފައި އޮންނަ އެއަރޕޯރޓެއް/ ރަގަޅު ރިސްކު ނުނެގިކަން
0ޕޕޕޕޕޕ
15 June 2025
ރަގަޅު. ސޭފްޓީ ފަސްޓް