މީގެ ކުރިން ކުރި ވައްކަމެއްގައި ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ދައްކާލަނީ---
23 ޖޫން 2025 - 14:37
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އޮފީސް ރޭ ފަޅާލައި، އެ ތަނުން އަގުބޮޑު މުދާތަކެއް ނަގައިފި އެވެ.
ފުލުހުން ބުނީ، މާލެ ހިޔާ ކައިރީގައި ހުންނަ ގަލޮޅު ޔޫތު ސެންޓަރުގައި ހިންގާ އެ އެސޯސިއޭޝަންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައި ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 8:56 ހާއިރު ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ ތަނުން "ޑެލް އިންސްޕިރޯން 15" ގެ ދެ ލެޕްޓޮޕާއި ލެނޯވޯ ހަތަރު ޓެބްލެޓާއި ދެ ހާޑް ޑިސްކާއި ސެމްސަންގް ފޯނެއްގެ އިތުރުން ވެސް ބައެއް އެހެން ސާމާނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތަކެތި ވިއްކަން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދައުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއްވެސް މައުލޫމާތު އެނގޭ ނަމަ ވީ އެންމެ އަވަހަކަށް 9666918 ނުވަތަ 9499553 އަށް ގުޅުމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން އެދެ އެވެ.
މި ވައްކަމުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސް
23 June 2025
އެއީ ކުރީގެ ގަލޮޅު ވިލީ ބުޑު ދޯ؟؟ މިހާރުވެސް ޕޮލިހުން ކޮފީ އާއި ސިގިރޭޓު ބޮއެ ފުޓްބޯޅަ މެޗު ބަލާލާ، ބްރޭކުގައި ރެސްޓް ކުރާ އަޢްޑާ އެއިނީ އެތަނާ ޖެހިގެން!! Hama އެއްވެސް ކޮޕެއްގެ ލޮލުގައި އަޅައި ނުގަނެ ވަގުކަލޭގެ ސަލާމަތްވީތާ!!
ބުހުތާނު6
24 June 2025
ޑިއުޓީ ނިމުނީމަ ޒިންމާ ނިމުނީ... ޓެކްސީ ކުރުން ފަދަ އަމިއްލަ ކަންކަމަށް އެކުދިން ދެން ދާނީ.. މިފަހަރުވެސް މުސާރަބޮޑު ކުރީމަވެސް އަދިވެސް މުސާރަ ކުޑަ..އެކަމަކު ރަނގަޅު އެއްޗެއް ބޮޑުވި.. ބައިތުލްމާލު އެއްކޮށް ކިހިނެއް ދޭނީ..؟؟ ދެން މިވަރުން ކިހިނެއް ހަދާނީ؟؟