އއ. މަތިވެރި: ހަތަރު ރަށެއްގައި އިސްމާލީ މަރުކަޒު އަޅާނެ ބަޔަކާއި 10 ރަށެއްގައި އިސްލާމީ މަރުކަޒު އަޅާނެ ބަޔަކު ދަނީ ހޯދަމުން.-- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
29 ޖޫން 2025 - 20:05
ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށާއި އެހެންވެ ބިޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.
އެ އިއުލާނުގައިވާ ގޮތުން އިސްލާމީ މަރުކަޒު އަޅަނީ ށ. ފުނަދު އާއި ހއ. އިހަވަންދު އާއި ޅ. ނައިފަރާއި ގއ. ވިލިނގިލީގަ އެވެ. އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގަކީ 102،000ރ. އާއި 126،000ރ. އާ ދެމެދެވެ.
- ރ. މީދޫ
- ކ. ގުޅި
- އއ. މަތިވެރި
- އދ. ފެންފުށި
- ފ. ފީއަލި
- ދ. ރިނބުދޫ
- ގދ. ނަޑެއްލާ
- ގދ. މަޑަވެލި
- ގދ. ހޯނޑެއްދޫ
- ގދ. ފަރެސްމާތޮޑާ
އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 40،000ރ. އާއި 102،000ރ. އާ ދެމެދުގެ އަގެކެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.
މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ. ގެ ނިން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 އަށް ބަންޑޭރި ޕޯޓަލުން ކަމަށެވެ.
އެކަމަށް އެދި ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮތީ ޖުލައި 17 ގެ މެންދުރު 11:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ
30 June 2025
ބަޔަކަށް ލާރިކޮޅެއް ލިބޭނެ މިފަހަރު. ބިމުގެ ދަތިކަން ބޮޑު ކުދި ރަށްތަކުގަ މިސްކިތް މަދުވެގެން އުޅެނީ ކޮންބައެއް؟
ޢެޑްމުންޑޯ
30 June 2025
ހެޔޮނުވާނެ އިތުރު ވައުދުތައް ނުވެ ، ދަބަރުޖަހާ ހަލާކުވަމުންދާ ދަގަނޑުތަކާއި އެކު މިހާރު ބިބްގާ އަޅާފައިވާ މިސްކިތްތަކުގެ މަސައްކަތް ފެއްޓޭތޯ ބަލާދީބަލަ ،
މޫސާ ޔައީޝް
30 June 2025
މަގޭ ރަށްވެސް އެބައިން. މިދިޔަ ސަރުކާރުތަކުގައި އާދޭސް ދަންނަވައިގެން ނުވި ކަމެއް.
ގަސަމް
30 June 2025
ރައްޔިތުންނަށް ވެފައިވާ ވައުދެއްގެ މަތިން އެއްވެސް އިރެއްގަ ރައީސް މުއިއްޒު ހަދާން ނައްތާލައިގެން ނުހުރޭ.. މިކަމުންވެސް އެކަން ސާބިތުވެގެންދޭ
މައުސޫމް
30 June 2025
އަލްހަމްދުﷲ.. އަހަރުމެން ރަށުގެ ނަން އެބައިން، އއ. މަތިވެރީގެ ރައްޔިތުންގެ ހުވަފެނެއް ހަގީގަތަކަށް ވެގެންމިދަނީ
ސުހާނާ
30 June 2025
ދައުލަތުގެ ތަންތަނުން އަމިއްލަ ފަރާތްތަކަށް ދޭންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދީ ހުރިއިރު. އަދި ފައިސާ ނުދީހުރި ބިލްތަކުގެ ތެރޭގައި ދެތިން އަހަރު ކުރީގެ ބިލްތައްވެސް ހުރިއިރު، އަދިވެސް ބަލަނީ އިތުރު މަސައްކަތްތައް މީހުން ލައްވައި ކުރުވޭތޯތަ؟ އަމިއްލަ މީހުން ލައްވައި މަސައްކަތް ކުރުވާފައި ލާރި ނުދީ ތިބެން ލަދެއް ނުގަނޭދޯ؟
އ.ނ.ތ
30 June 2025
ދައުލަތުން އެޑްވާންސް ފައިސާ ނަގައިގެން މަސައްކަތް ނުކޮށް ކިތައް ކުންފުނި؟ ފުލެޓް ހަދަން ދިނީމަ ރައްޔިތުން އަތުން ލާރި ނަގާފައި ފުލެޓްވެސް ނުދީ، އެންމެ ފަހުން އެކަން ކުރަންވެސް ޖެހެނީ ދައުލަތުން. ދައުލަތަށް ގެއްލުން. ދައުލަތުން ގެންގުޅެން ވެއްޖެ "އިންވެސްޓަރ ފައިނޭންސް" އުސޫލް. އެޑްވާންސް ފައިސާ ކުރިން ނުދޭ ގޮތަށް.
ވަތަންގެ ދަރި
30 June 2025
ހެޔޮ ގޮތެޢް ކޮބާތޯ؟ ސަރުކާރަށް ލިބޭ އެއްޗަކުން ބޮލުއެޅިފައޮތް ބޮޑަތި ދަރަނިތަކުން ސަލާމަތްވުމަށް ހޭދަކުރަންޖެހޭތީ ފައިސާގެ ދަތި އޮތީމަ އާއްމު ފަރާތްތަކަށް މަސައްކަތްތައް ހުޅުވާނުލާ ސަރުކާރު ކުންފުނިތަކުން ކުރާކަން ޔަގީން ކުރުވޭ. މިހާރު މި ބިޑަށް ހުޅުވސަލީމަވެސް ކަމަކު ނުދިޔަ. ހަސަދަޔާ، ނަފުރަތުން މި ތިބެވެނީ ބެނދި ހަފުސްވެފަ. ކީއްކުރާނީ
ޝާން އަލީ
30 June 2025
އެމްޑީޕީ ވެރިކަމުގަ ޕުރޮޖެކްޓް ހިންގިހެންނޫން މިސަރުކާރުން ހިންގާނީކީ. މަސައްކަތް ހަވާލުކޮށްފަ އެޑްވާންސް ދީފަ ދެން އިތުރު އެއްވެސް ލާރިއެއް އެމީހުންނަށް ނުދީ އެމްޑީޕީ ޕުރޮޖެކްޓް ހިންގީ. އޭގެ ހިތި ނަތީޖާ އަދިވެސް މި ފެނިގެންދަނީ
މާހިދް
30 June 2025
ޕީއެންއެފް މީހުން އަދި ރޯކަށްނުވޭ، ވައުދާ އެއްގޮތައް މަސައްކަތް ކުރެވެމުންގެންދަނީ. ބަޔަކު މީހުން މިގައުމަށް ޖައްސާފަ ދިޔަ ހާލަތުން މިގައުމު ކަންކަން ހައްލުކޮށްގެން ނޫނީނެތް ގައުމަށް ތަރައްގީ ގެނެވޭކަށް
މުއުމިންް
30 June 2025
އެބަ ރަނގަޅުވޭ.. އިގްތިސޯދު ހަމަޔަކަށް އަޅުވާ މަސައްކަތް ކުރިއަށްދާތަން މިއޮށް ފެނިގެންދަނީ
ޕްރޮފެސަރ. ތާކިހާބެ
30 June 2025
ތިޔާ ޕްރޮޖެކްޓް ތައް އެންމެ ރަގަޅަށް ހިންގޭނެ ކަމަށް ފެންނަނީ އެސް ޖޭ ގްރޫޕް. ޙަވާލުކުރަންފެނޭ..