ވީޑިއޯގައި ފެންނަ، ޏ. ފުވައްމަލަކު މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް)
08 ޖުލައި 2025 - 18:02
މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
އެ ވީޑިއޯއިން ފެންނަނީ ޏ. ފުވައްމަލަކު މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ އެއީ މިދިޔަ ހުކުރު ދުވަހު ހުކުރަށްދިޔަ ކުދިންތަކެއް ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.
"އެއީ ދެބުރިއަށް ހުންނަ މިސްކިތެއް. އެކުދިން ސަކަރާތް ޖަހަންވެގެން ހުކުރަށް ގޮސް މައްޗަށް އަރާފައި ކޮށްފައި ހުރި ކަމެއް އެއީ،" އޭނާ ބުންޏެވެ.
Miskiy thakakaki Allah ah alhukan kurumashaai ekalaange zikuru kurumah bin matheegai levvigenvaa maai Binaathah. Ethanthanugai nashai ethanthanaa nugulheykankan kurumaki heyovegenvaane kameh noon. Ekudhinah Ministry in nasheytherivaanan. In Sha Allah https://t.co/B3qPnFMzDi
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 8, 2025
އެ ވީޑިއޯއިން ފެންނަނީ ޓިކްޓޮކްގައި މިހާރު ޓްރެންޑުވަމުން އަންނަ ނެށުމަކަށް ފަސް ފިރިހެން ކުދިން ނަށާތަނެވެ.
އިންޑޮނީޝިއާގެ "ޕަކު ޖަލޫރު" ނަމަކަށް ކިޔާ ބޯޓު ރޭހަކުން ފެށުނު އެ ނެށުން ދިވެހިން ވެސް ޓިކްޓޮކްގައި އަންނަނީ ހަދަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތަކަށް ވާއިރު އެތަންތަނުގައި ނަށައި، އެތަންތަނާ ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަންކަން ނޫން ކަމަށެވެ.
"އެ ކުދިންނަށް މިނިސްޓްރީން ނަސޭހަތްތެރިވާނަން. އިންޝާﷲ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.
މިސްކިތް ތެރޭ ނަށާތަން ފެންނަ ވީޑިއޯއާ ގުޅިގެން އާންމުން ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑަން
09 July 2025
ތިއީ މިހާރަކު ނުވަތަ ޑިމޮކްރަސީ އައިސްގެންވާ ކަމެއްނޫން. މީގެ ތިރީސް ސާޅީސް އަހަރުކުރިން އަހަރުމެން ކުޑައިރުވެސް ތިކަންއޮވޭ. އެކަނި ކުދިންގެ ގްރޫޕެއް ގޮއްސިއްޔާ އޮންނާނީ ހުނުމާ އެކަކުއަނެކަކަށް ޖެއްސުންކުރުން. އޭރު ނެތީ ޒަމާނީ މީޑިޔާ. އެހެންވީމަ މިހާރުހެން ވީޑިއޯއެއް ނުފެންނާނެ.
މަހުދީ33
09 July 2025
ގޭގަ އެކަނިމާ އެކަނި ހުރެގެން ބޮޑުކުރާ ކުއްޖާވެސް ހަމަކިރިޔާ ރައްޓެހިންތަކަކާ ޖެހޭއިރަށް އެބަ ބަދަލުކޮށްލާ. ޢަސްލު މިކަންތައް ފެށެނީ ސްކޫލުތެރެއިން...މާ ބޮޑަށް ކުދީންނަށް މިނިވަންކަންދީ ޑިސިޕްލިންގ ކުރުވުމުގައި ސްކޫލުތަކުން މިހާރު އެހާ ބޮޑުކަމެއް ނުކުރޭ...ޓީޗަރުންގެ މުސާރަ މަތިވީވީހެން ދަރީން ހަލާކުވާވަރު ބޮޑުވަނީ...އަހަރުމެން ކުޑައިރު ތިބިކަހަލަ ޓީޗަރުން ތިބިނަމަ ނުކެރޭނެ މިފާޑަށް މުޖުތަމައުގަ އުޅެން.
ޙާލަތު
09 July 2025
ފުރަތަމަ ރާއްޖެއަށް "ޑިމޮކްރެސީ" ގެންނަން އުޅުމީހުން ދައްކައިދިން ނަމޫނާއިން މީހުންނަށް އިޙްތިރާމުކުރުން ހުއްޓުވުމާއި، 2000 ހިސާބުން ފެށިގެން "ޢިއްޒަތްތެރި" މަޖިލީހުގެ ލައިވް ޖަލްސާތަކުން ދައްކަމުން ދިޔަ އަޑާއި މަންޒަރު ތަކާއި، ސިޔާސީ ޕޯޑިއަމްތުގެ މަންޒަރުތަކާއި މިކަންކަން ސްކޫލްތަކަށް ފެތުރުނީ ފަތުއަޑުކިޔާފައެވެ! ސްކޫލްކުއްޖަކު ސްކޫލްގައި ނުރަނގަޅު ކަމެއް ކޮށްގެން ޓީޗަރު އެއްޗެކޭ ބުންޏަސް ބެލެނިވެރިޔާ އައިސް ބަވާލަނީ އެންމެންގެ ކުރިމަތީގައެވެ! 1990 2000 ގެ އަހަރުތަކުގެ ވަރަށް ގިނަ މީހުންނަކީ އަދު ބެލެނިވެރިންނެވެ. ވީމާ، ދެން ހުރިހާ ކަމެއް ހައްދުން ނެއްޓީމާ ތީ އަދި ކުޑަވަރެކެވެ!
އަހުމަދޭ
09 July 2025
މި ރާއްޖޭގައި މިހާރު ކުރަންވީ އެންމެ މުހިންމު ކަމަކީ، ދަރިން ތަރުބިއްޔަތުކުރުމުގެ ލައިސަންސެއް ދޭންވީ. ނެތިއްޔާ ނެތް ބަޔަކަށް ދަރިން ހޯދުން މަނާކުރަންވީ. ދަރިން ހޯދާފަ އެމީހުންނަށް އަޅާ ނުލާ އުޅޭނެހޭ ގޮތަކަށް އުޅެން ދޫކޮށްލައިގެން މިއޮތް މުޅި މުޖުތަމައު ހަލާކުވަނީ.
ޢާފަ
09 July 2025
ޑަރިން ގޮވައިގެން ބަފައިން ހުކުރަށް ދިޔުން ހުއްޠާލީމަ ނުކުނާނީ މިފަދަ ހިތި ނަތީޖާ.. ބަފައިންގެ ޒިންމާ އަދާކުރަން ދަސްކޮށްދީގެން ހައްލު ވާނީ
ސަފަނިކޮލޫ
08 July 2025
ހައުދަހައިވާ ރިވެތި މިސްކިތްތައް ހުރެޔޭދޯ މިހާރު ރާއްޖޭހެ އެކި ހިސާބުތަކުގައި. މާލެ ނުވޭ އެކައްޗަކަށްވެސް
ހަމީދު 1
09 July 2025
މިސްކިތްތައް ރީތިވުމަކުން ވާކަށް ނެތެއްނު. އެތަންތަނަށް ނަމާދަށް އަރާނެ ބަޔަކު ނެތް، ދަނީ ހުކުރަށް ކުޅެނީ ޓިކްޓޮކް، އެހެންނޫނީ ތިބެނީ ސޯސަލްމީޑިޔާގަ ނުވަތަ ގޭމްކުޅެން.
ޕިކަބޫ
08 July 2025
އަދިވެސް ސޯޝިއަލް މީޑިއާ ކުޑަކުދިންނަށް މަނާކުރާކަށްނުވޭތަ؟
ފާނަކޮށި
09 July 2025
އެއީ މައިން ބަފައިން ނުވަތަ ބެލެނިވެރިންގެ ކަމެއްތާ
ާާޙައިރާ
09 July 2025
ކުދިންނަށް މަނާކުރެވޭނީ މައިންބަފައިން އެކަހަލަ ކޮސް ކަންކަމުން އެއްކިބާވެ ތިބެގެންތާ! މައިންބަފައިންގެ ލޯތަށްވެސް ފޯނުތަކާ އެޕުތަކުން ދުރު ނުވޭ.
ރަދީފްއޮފިޝަލް / ބަސްއަހާ ކުދިން އެއީ ޖަވާހިރުތަކެއް
08 July 2025
ގްރޫޕް ހަދާލާފަ ކުދިން މިސްކިތައް ފޮނުވުމުގެ ބަދަލުގައި ކޮންމެވެސް މީހެއްގެ ބެލުމުގެ ދަށުން އެކަން ކުރުމަށް ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ.މިއަދުގެ ޖީލުގަ އަޙްލާގެއް ، ބިރެއް އަދި އަނެކާއަށް އިހްތިރާމް ކުރުމުގެ އާދައެއް ނެތް.މިގައުމު ސަލާމަތް ކުރެވެން އޮތީ ވަރަށް ގިނަ މަސައްކަތްކޯށްގެން.ކޮންމެ 5 އަހަރަކުން ވެރިމީހާ ބަދަލުކުރެވުނަސް ގައުމަށް ނެތް މުސްތަގްބަލެއް.ވ.ވެދުން
ޑޮކްޓާރ. ބަނާނާ
09 July 2025
ފަރަންޖީ ބަހުން ބުނާނަމަ ބައުންޑަރީ އެއް ނުވަތަ "ހަރިންމައެއް " ނެތި ހައްގުތަކާއި މިނިވަންކަން ލިބިގެން މި އުޑުދަށުގައި އުޅޭ ބައެއް އަހަރެމެން ނޫނީ ނެތޭ ދެންނެވިދާނެ. ލެމަނާއް އާއްސެލަތޯ ކޮފީއެއް ޖަހަލާތް!
ޞކތޗފފ
08 July 2025
ރިބާ ހުއްދަ މުނާފިގު ދިވެހި މުސްލިމުން.. ...
ކަންބޮޑުބެ
08 July 2025
ބަލަ އާންމުން ކަންބޮޑު ވަނީ ކޮންކަމަކާ؟ އެއީ ހަމަ ކަލޭމެންގެ ވެސް ދަރިން ތެޅޭ ގޮތޭ. ދަރިން ތަރުބިއްޔަތު ކުރި ނަމަކާ ތިހެން ނުވީސް.