އަޝްފާ އާއި ތޭރަގެ ދަރިފުޅު އަލްސަން
13 ޖުލައި 2025 - 22:25
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު އަލްސަލް މުހައްމަދު ކަން އެނގިއްޖެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 16 އަހަރާއި 17 އަހަރުގެ ދެ ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނިޔާވީ ހ.ވާވޮއި، އަލްސަން މުހައްމަދު އެވެ.
ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި ޒެބްރާ ކްރޮސްއިން ހުރަސްކުރި 40 އަހަރުގެ މީހާ ވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންނެވެ.
މިރޭ އެކްސިޑެންޓުގައި މީހަކު އަނިޔާވެފައި--
ފުލުހުން ބުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރިޕޯޓު ކުރީ މިރޭ 8:00 ހާއިރު އެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.
އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
101
14 July 2025
އެމްސްޓެޑަމް ގޮތަށް ހިގމީހުނަށް ފަސޭހަ ރައްކާތެރި ތަނަކަށް މަގުތަށް ހަދަން ބައިސްކަލާއި ބަޕްލިކް ޓްރާންސްޕޯޓް ބޭނުންކުރަންވީ. 10މިނެޓުން ދެވޭތަނަށްވެސް ސައިކުގަ ނުގޮސް. ނުރައްކާ ދުމުން ސަލާމަތްވެ ސިއްހަތަށްވެސް ފައިދާވާނެ. ޕާކުކުރަން ޖާގަ ހެދުމަށްވުރެ،އާއިލާތަކަށް ޕާކުހެދުން ރަނގަޅުވަން
ޢިދްރީސް
14 July 2025
މެލޭޝިއާ އަދި ބެންކޮކް ފަދަ ގައުމު ތަކުގައި ހުންނަ ގޮތަށް މަގު ހުރަސް ކުރާ މީހުންނަށް ޕޭމަންޓް މަތިން ސިޑި އަަކަށް އަރައިގެން މަގު ހުރަސް ކޮށްލެވޭ ގޮތަށް ހަމަޖައްސަން ފެނޭ
އަނީ
14 July 2025
ވަރަށްވެސް ހިތާމަވެރި ހަބަރެއް. އުމުރު ހަމަނުވާ ކުއްޖަކަށް ސައިކަލު ދިނުންފަދަ އިހުމާލު ވާ މީހުނަށް ހަރުކަށި ފިޔަވަޅު އެޅިގެންނޫނީ މިކަހަލަ ކަންކަން ތަކުރާރު ނުވެ ނުދާނެ.
ޕޫރުބެ
14 July 2025
މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވައި، ކޮންމެ ނަފުސެއްގެ ޢަޖަލު ޖެހުމުން އެކަމަކަށް ލަހެއް ފަހެއް އަވަހެއް ނުވޭ! ދިރިތިބީ އިންޞިލާޙުވެ ޢިބުރަތްހޯދައި ތަޢުބާވެ މަރަށް ތައްޔާރުވާންވީ! މީ ކުއްދެއްކުމުގެ މަހަލެއް ނޫން!
އިބުނު މަހުދީ
14 July 2025
ﷲ އެއާއިލާއަށް ކެއްތެރިކަން ދެއްވާންދޭ. ލޯބިވާދަރިން ހެޔޮގޮތުގައި ބަލަހައްޓަމާ
raajje
14 July 2025
އާއިލާއަށްކެތްތެރިކަންދެއްވާށީ، އެކުސިޑެންޓުވި ހާދިސާގެއިތުރުންވެސް ދިވެހިންގެ މަދުގައި އަށަގަންނަމުންދާ އެންމެދަރިއަކު ހޯދުމުގެ ވިސްނުންބަދަލުކުރަންޖެހޭ ކަމުގެ ސިގުނަލް މިހާދިސާއިންލިބޭ، ނިޔާވިދަރިފުޅުގެ ޕޭރެންޓުންނަށް ކިހާބޮޑުދެރައެއްތޯ، ދިރިއުޅެންނުފެށެނީސް ދުނިޔެއާދަރިފުޅުވަކިވީ، މައިންބަފައިން މުސްކުޅިވާދުވަހުއަޅާލަންހުރި ދަރިފުޅުދުނިޔެއާވަކިވީ، މިވާހަކަތައް އަޅުގަނޑު މިޖެހީ މީވިސްނާލަންޖެހޭ ސަމާލުކަމަށްގެންނަންޖެހޭ ކަންކަން ކަމުގައިފެންނާތީ
ކަލްމީ
14 July 2025
ދަރިން ހޯދަނީ މުސްކުޅިވާ ދުވަހު ބަލާނެ މީހަކު ހޯދާކަށް ނޫން!!! ދަރިން ބޮޑުކުރުމުގައި އިހްމާލުވީމަ ދަރިން ލައިސެންސް ނެތި ދުއްވަނީ، ބާރަ ކޮންޓުރޯލް ނެތް މިންވަރަށް ދުއްވަނީ! އަދި ވިސްނޭކަށް ނުވޭތަ؟
raajje
14 July 2025
ކަލްމީ: ދޮންކަލޯ ކޮމެންޓުރަނގަޅަށްކިޔާފަ ރިޕުލޭކޮށްބަލަ، ބުނެފައެއޮތީ "އެކުސިޑެންޓުވި ހާދިސާގެއިތުރުން" ނޭދޯ! އެހެންވީމާ މާނައަކީ ބާރަށްދުއްވުމާ ލައިސަންސުނެތްވާކަހަކަނެތެކޭނޫން، އޭގެއިތުރުން ކަމެއްފާހަގަކުރާވާހަކަ، ލައިސަންސުއޮންނަމީހުން ބާރަކަށްނުދުއްވާތަ؟ ލައިސަންސުއޮތީމާ އެކުސިޑެންޓެއްނުވާނެތަ؟ ނޮންސެންސް، އަދިބުނަން ދީނީގޮތުންބަލާއިރުވެސް ދަރިންހޯދާ ބަލާބޮޑުކުރުމުގެ އެއްބޭނުމަކީ މުސްކުޅިވާދުވަހު އެހީތެރިވެ ތިމާބަލަހައްޓާނެބަޔަކުތިބުން،
ހަސަންދީީ
14 July 2025
އުމުރު ހަމަނުވާ ލައިސަންސް ނެތް ކުއްޖަކަށް ސައިކަލު ދުއްވަން ދިނުމަކީ ކުށެއް. ލައިސަންސް ނެތް ކުއްޖަކަށް ސައިކަލު ދީގެން އަނިޔާވުމަކީ ސައިކަލު ދިންމީހާގެ އިހުމާލު އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނެ. އިހުމާލުވާ ފަރާތަކީ ޖިނާއީ ޒިންމާ ނަގަންޖެހޭ ފަރާތެއް.
ފަހި
14 July 2025
ކޮންމެމަރަކީވެސް ދިރިތިބީންނަށްވާ ޢިބުރަތެއް މީގެންވެސް އެތައް ޢިބުރަތެއްވޭ
ލިބިގަނެގެން މިތިބީ!
14 July 2025
ތިޔަ ކޮމެންޓަކީވެސް އިބްރަތެއް.
raajje
14 July 2025
ކަސްރަތުކޮށް ދުވެހަދަން ވަކިހާއްސަތަނެއް ރަށްރަށުގައި އޮންނަންޖެހޭ، މަގުމަތީގައި ދުވުންމަނާކުރަންޖެހޭ، ލ.ގަން ފަދަބޮޑެތިރަށްރަށުގައިވެސް ދުވުމަށްހާއްސަ ސަރަހައްދެއް ނުވަތަ ޖާގައެއްނެތް، ދުވަނީ މަގުމަތީގަ، ބައެއްމީހުން ވެހިކަލްދުއްވަނީ ދުވާމީހުންގެ ގަޔާދިމާލަށް އެހާބާރަށް، މަގުމަތީގައި ދުވާނަމަ މިފަދަ ހާދިސާތައް ތަކުރާރުވުމުގެ ފުރުސަތުބޮޑުވެގެންދޭ
raajje
14 July 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ، ޒިބުރާކުރޮސްއަށް އަރާހުރިނަމަ ދުއްވާއެއްޗެހި މަޑުކޮށް ހުރަސްކުރަންތަންދޭންޖެހޭ، ހުރަސްކުރާމީހުން ޒިބުރާކުރޮސްއަށް އަރަންވާނީ މަގުގެދެކޮޅުބެލުމަށްފަހު ދުއްވާއެއްޗެއް ކައިރީގާނެތްނަމަ، އެކުސިޑެންޓުގައި ހިމެނޭ އެންމެންވެސްކަންތައްކުރީގޯސްކޮށް، ކުށްލިއަކަށް ކުރިމައްޗަށްއެރީމާ ބާރުސުޕީޑުގައި އަންނަ ވެހިކަލް މަޑެއްނުކުރެވޭނެ، މިފަދަހާދިސާތައް ތަކުރާރުވަމުންދަނީ ޓުރެފިކުގަވައިދު ރަނގަލަށްތައްފީޒުނުކުރާތީ!
ހައިވޭއެއްނޫން
14 July 2025
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ދުއްވަންޖެހޭ ސަބަބެއްނެތް. ހުޅުމާލޭގައި ދުއްވާ މީހުންނަށް ހައްތާވެސް އޮންނަނީ ހައިވޭ. ދާލެއް ބާރުކަމުން ހީވަނީ ގިޔާމަތްވެގެން އުޅޭހެން. މިކަން ބޮޑު އުނދަގުލަކަށް ވަނީ ވެފައި. ބާރަށް ދުއްވުން ހުއްޓުވާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރާ.
raajje
14 July 2025
ހައިވޭއެއްނޫން: އަޅުގަނޑުގެ ކޮމެންޓުގައި ބާރަށްދުއްވުމަށްހިތްވަރުދީފައެއްނުވާނެ، ބާރަށް ނުވަތަ މަޑުންދުއްވިޔަސް ހުރަސްކުރާމީހުންވެސްބަލަންޖެހޭ، ހަމަކުއްލިއަކަށް ޒިބުރާކުރޮސްއަށްއަރާފަ ދުއްވައިގަތުމަކީ އެކަންކުރަންޖެހޭގޮތެއްނޫން، އަނެއްހަގީގަތަކީ ދުއްވަންހުއްދައޮންނަ 25km/hr ގަދުއްވާ އެކަކުވެސްނޫޅޭކަން، އަންޒަމާނުގެ ގަވައިދުތަކެއްހުރީ، މީހުނަށްއަމަލުކުރެވޭގޮތަށްހުރިއެއްޗެއްނޫން، ޒަމާނާގުޅޭގޮތަށް ގަވައިދާގާނޫނު ފަރުމާކޮށް ތަންފީޒުކުރަންޖެހޭ