އެމްއޭސީއެލްގެ އެމްޑީ ޝަރީފު.
15 ޖުލައި 2025 - 20:49
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިރޭ "މިހާރު" އަށް ވިދާޅުވީ، 26 ވަނަ ދުވަހުގެ ރޭ ބާއްވާ އެ ހަފުލާ އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވަކިވަކިން ދައުވަތު އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ޒަމާނީ ޓާމިނަލް ހުޅުވުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އޭގެ ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލް ހުޅުވުމެވެ.
މިއަދު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ، އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގައި ވެރިކަން ކުރެއްވި ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
17 July 2025
ހީވަނީ ވަހީދުއާއި މައުމޫނު ވަޑައިގަންނަވާނެހެން ފަހަރެއްގައި ނަޝީދުވެސް ގޮއްސާނެ! ހަމަގައިމުވެސް ވަހީދުދާނެ!
އަހަރުމެން ކޮބާ ؟
16 July 2025
ރައީސް އަމީނު އާއި ނާސިރަށް ވެސް ތޯ ؟
އަހަންމަދާ
16 July 2025
ތީ ދެން ކޮން ވާހަކައެއް ތީ ޖޯކެއްވެސް ނޫން ދޯ ނިޔާވެފަ ތިބި ބޭފުޅުންގެ ވާހަކަ ނުދައްކަވާ. ހެޔޮދުއާ ކޮށްދެއްވާ. މުއީ ވަރުގެ ވެރިއަކު ނުހުންނާނެ މި ދުނިޔާގަވެސް
ތަފާތުކުރުން
16 July 2025
" ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލް ހުޅުވުމެވެ " ނޫހުގަ ޚަބަރުގަ ޖަހާފައޮތް އެއްޗެއް / މީތޯ މިކަމުގެ ތަފުސޯލަކީ ؟ ނޫނީ ހަމަ ޖެހިލުން ވަނީތޯ ؟
މަހުދީ
16 July 2025
ޑިމޮކުރޮސީގެ ރީތި އުސޫލު މިފެނިގެންދަނީ މިވެރިކަމުގަ އެކަނި. ހަމަ ހަގީގަތުގަވެސް މުއިއްޒު މީ ނަމޫނާ ބޭފުޅެއް
ފިރާގް
16 July 2025
މީ ނޫންތޯ ރީތި އުސޫލާ ހަމަޔަކީ. މީގެ ކުރީގަ ވެރިކަންކޮށްފަ ދިޔަ އެއްވެސް ބަޔަކަށް މިވަރުގެ ކަމެއްކޮށްލާކަށް ނުކެރުނު. މުއިއްޒު އަށް ހަމަ ސެލިއުޓް ހައްގު
ލިޔާމްް
16 July 2025
ޔާމިނަކަށް ނުކެރޭނެ އަންނާކަށް. ހަމަ ހިތްބަލިވެގެން ރޯންޖެހޭނީ.
ވަސީމާާ
16 July 2025
ޔާމިންއަކަށް ނުކެރޭނެ ތި ޖަލްސާއަށް އަންނާކަށް. ރައީސް މުއިއްޒުއާއި ފޭސް ކުރަން ޖެހިލުންވާނެ.
މުންޝިދްް
16 July 2025
ރައީސް މުއިއްޒުގެ ހުންނާނެ ގަޓު. ދެން އަހަރެމެން ބަލާނަން މިތަނަށް އަންނަނީ ކިތަށް ރައީސުންނެތްތޯ.
އަވަސް
16 July 2025
6 މިލިޔަން ޑޮލަރު ހަރަދުކޮށްފަ ކީއްކުރަން ޖަހާ ސަކަރާތެއް، އެންމެ ފުރަތަ އަންނަ ފްލައިޓަށް މަރުހަބާ ކުލަ ގަދަކޮށް ކިޔުން ނު ގޮތަކީ
ދސވވފ
16 July 2025
ތަންކޮޅެއް އަދަދު ބޮޑުކޮށްލަންވީނުން
ކޮލަމާހުއްޓާ
16 July 2025
ކޮބާ ދިވެހިރައްޔިތުމާހީ. އޭނަގެ ޓެކްސްފައިސާ އިން ތިޔަ ލޯނުދައްކާނީ. ވެރިން ބައިތިއްބާ ފަހަށް.