ކްރިމިނަލް ކޯޓު -- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖުލައި 2025 - 12:09
މީގެ ހަތް އަހަރު ކުރިން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އަންހެނަކު، ފޭކް ސްލިޕުން ވިޔަފާރިކުރަން އުޅުނު މައްސަލައެއްގައި އަލުން ބަންދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މަކަރާއި ހީލަތް ހެދުމާއި ހުއްދަ ނޫން ގޮތުގައި ހިދުމަތް ހޯދުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ލޫޒަން، އާލާ އިބްރާހިމް ރަޝީދެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އަމުރުގައި ބުނީ ހާދިސާ ރިޕޯޓާއި ބަންދުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން އާލާ ވިޔަފާރިކުރަން އުޅެފައިވާކަން އެނގޭ ކަމަށެވެ.
އޭނާގެ މައްޗަށް އެ ބާވަތުގެ ގިނަ މައްސަލަތަކެއް މި ވަގުތު ވެސް ތަހުގީގުކުރިއަށް ދާތީ، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އެބައޮތް ކަމަށް ވެސް އަމުރުގައި ބުންޏެވެ.
މީގެ ކުރިން ނޫސްވެރިއަކަށް އުޅުނު އާލާ، 33، ޑްރަގްގެ މައްސަލައެއްގައި މީގެ ކުރިން ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ. މީގެ ހަތް އަހަރު ކުރިން، 2018 ވަނަ އަހަރު ހިންގި ފުލުހުން ހިންގި އޮޕަރޭޝަނުގައި އާލާ ހައްޔަރުކުރީ ތިން ކިލޯގެ ޑްރަގާއެކުގަ އެވެ.
އޭރު ފުލުހުން ތުހުމަތުކުރި ގޮތުގައި އާލާއަކީ މާލެ އާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައިޓަލް
19 July 2025
ޚަބަރުގައި އޮންނަން ވާނީ " ނޫސްވެރިޔާ އާލާ " ޞައްޙަނޫން ސްލިޕެއް ބޭނުންކޮށްގެން ވިޔަފާރިކުރަން އުޅެނިކޮށް ހައްޔަރުކޮށްފި. އިސްލާމް މުދައްރިސް ދަރިވަރެއްގެ ގައިގައި ޖަހައިގެން ހައްޔަރުކޮށްފި. މުދިމެއް ވެލައެއް ފަޅާލައިގެން ހައްޔަރުކޮށްފި، ޤުރުއާން މުދައްރިސެއް އެކްސިޑެންޓެއްގައި ހައްޔަރު ކޮށްފި ލިޔާ ފަދައިން.
ރަދީފްއޮފިޝަލް /
19 July 2025
އެއް ޒަމާނެއްގަ ނޫސްވެރިކަން ކުރި ވާހަކަ އެބައޮތް
ގޫ ބައްޑާ
19 July 2025
މި ދެން މިޤައުމަށް ޖެހިފަ އޮތް ބަލ ވެރިކމަމެއްތަ؟މުޅި ޤައުމުގައި ވައްކަމާ ފޭރުމާއި،ޑްރަގް ވިޔަފާރި އާއި،މާރާމާރީތަކުގެ ފަހަތުގައި ތިބީ އައްޑޫ އަށް ނިސްބަތް ވާ މީހުން،މި މާލެއާ ރާއްޖެއަށް ޖެހިފަ އޮތް މުސބތއ މީ،
ކޮރަލް
19 July 2025
ކޯޓް އިން މުއްދަތު ތަކުރާރު ކޮށް އިތުރު ކުރަމުން ދާނަމަ ފަސޭހައިން ދޫވެ އެވެ.
ޑރ ވާންޗޯ
19 July 2025
3 ކިލޯގެ މަސްތުވާތަކެތިން ވިޔަފާރިކޮށްގެން 7 އަހަރުކުރިން ހައްޔަރުކުރެވުނުމީހާގެ ސަރީއަތް އަދިވެސް ނުނިމޭތީތޯ ދޫކޮށްލާފައެހެރީ. ނޫނީ ވިޔަފާރީގެ އޯނަރުގެ ބާރުހަމަގަދައީތޯ؟.
ބެއްޔާގެ ދަރި
19 July 2025
އިހަށް ދުވަހު ދޫކޮށްލި މީހާ